ގދ. ގައްދޫގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެ މޫދަށް ވެއްޓިއްޖެއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިރޭ 11:00 ހާއިރު އެވެ.
މި ހާދިސާ ހިނގިއިރު، ސައިކަލު ދުއްވަން އިނީ 16 އަހަރުގެ ފިރިހެން ކުއްޖެކެެވެ.
އެ ސައިކަލު މޫދަށް ވެއްޓިފައި ވަނީ ޖެޓީ މަތީގައި ސައިކަލު ދުއްވަނިކޮށް، ކޮންޓްރޯލް ނުވެގެން ގޮސްއެވެ. މި ހާދިސާގައި އެ ކުއްޖާ މޫދަށް ނުވެއްޓި ވަނީ ސަލާމަތްވެފައެވެ.
"ސައިކަލު މަތީއިން އެ ކުއްޖާ މޫދަށް ނުވެއްޓި ސަލާމަތްވީ ކިހިނެއް ކަމެއް ނޭގެ. މޫދަށް ވެއްޓުނު ސައިކަލު މިހާރު ވަނީ ނަގާފައި". އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
މި ހާދިސާގައި މޫދަށް ވެއްޓުނީ ޖީއެން ސައިކަލެކެވެ.
މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.
އެހެން އެވަނީ ކުޑަކުދިންގެ އުމުރު ކުޑަކަމުން. އަވަހަށް 40 އަހަރު ނުފުރޭނަމަ ކުޑަކުދިންނަށް ހަދަންވީ
މިކުޑަކުދިންގެ އުމުރު ފުރާ ބަދަލުކުރަން ވެއްޖެނު، ކާފަރުން 18 އަހަރޭ ބުނީމަ އަހަރެމެން ޖިހޭތަ އެހެއް ކިޔައިގެއް ތިބެން ހުރިހައި ނުބައިކަމެއް ކުރަނީ 18 އަހަރުން ދަށުގެ މީހުން، މިމީހުންނަށް އަދަބެއް ނުދެވޭގޮތައް ހިމާޔަށް ކޮއްފަ ތިބި ބައެއްމީ، ކުށެއް ކޮއްފިއްޔާ އުމުރަށް ނުބަލާ އަދަބު ދޭންވީ، މިނޫން ގޮތަކަަށް ގައުމެއް އި ސްލާހެއް ނުކުރެވޭނެކަން ޔަޤީން
ލޮލް..