ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން މިހާތަނަށް މައިގަނޑު ގޮތެއްގައި ކުރެއްވި ބޮޑު މަސައްކަތްތަކަކީ 32 ބިލިއަން ރުފިޔާގެ ބަޖެޓެއް ފެންފޮދަކާ ނުލާ ދިރުވާލުމާއި، ރަސްރަނި ބަގީޗާގެ ނަން ބަދަލުކުރުމާއި، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ނަން ބަދަލުކުރުމާއި، ކަޅުވަކަރު މިސްކިތް ހޯއްދެވުން ކަހަލަ ބޮޑެތި މަޝްރޫޢުތަކެއް ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް، އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ސަރުކާރަށް މަލާމާތް ކުރައްވައިފިއެވެ.

ރޭ ޕީޕީއެމް އަށް ބައެއް ބޭފުޅުން ސޮއި ކުރުމަށް އެޕާޓީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ޞާލިހު ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން، މިދިޔަ އަހަރަކީ ވަރަށް ކާމިޔާބުކަމާއެކީ ތަރައްޤީގެ ބޮޑު މަޝްރޫޢުތަކެއް ހިންގި އަހަރެކޭ ވިދާޅުވިކަމަށެވެ. ރައީސް ޞާލިހުގެ އެ ވާހަކައާ އެކު އޭނާގެ ގާތަށް އަންނަނީ "ހިނި" ކަމަށް އަދުރޭ ވިދާޅުވިއެވެ.

"އެ މަޝްރޫޢުތައް ވީ ތަނެއް ނޭނގޭ. އެ މަޝްރޫޢުތައް ލޮލުން ދުށް ރައްޔިތެއް ނެތް. ތަނެއް ހުޅުވައިފިއްޔާ ހުޅުވަނީ ރައީސް ޔާމީން ޢިމާރާތް ކޮށްފައި ހުރި ޢިމާރާތެެއް. މައިގަނޑު ގޮތެއްގައި މި ބޭފުޅުން ހިންގަވާފައިވާ މަޝްރޫޢަކީ ރަސްރަނި ބަގީޗާގެ ނަން ބަދަލުކުރުން، ކަޅުވަކަރު މިސްކިތް ހޯއްދެވުން، ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ނަން ބަދަލުކުރުން، މިކަހަލަ ބޮޑެތި މަޝްރޫޢުތަކެއް. ދެން ހިންގެވި އެންމެ ބޮޑު އެއް މަޝްރޫޢަކީ 32 ބިލިއަން ރުފިޔާގެ ބަޖެޓެއް ފެންފޮދަކާ ނުލާ ދިރުވާލުން. އަދި އޭގެ އިތުރަށް 1.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްގެން އެމީހުން ވެރިކަމަށް ގެންނަން މަސައްކަތް ކުރެއްވި މީހުންނަށް ބަދަލުދިނުމުގެ ޕްރޮޖެކްޓެެއް ހިންގި ވަރަށް ބާރަށް." އަދުރޭ ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ޑީއާރްޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވަނީ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު، އަދުރޭ ވިދާޅުވީ މި ދަނޑިވަޅުގައި ކާނަލް ނަޝީދު ޕީޕީއެމް އާއި ގުޅިވަޑައިގަތުމަކީ ރައީސް ޔާމީންގެ ޓީމުގެ ސިޔާސީ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.

އަދުރޭގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވެރިކަމުގެ ހުވާ ކުރެއްވި ފަހުން ފާއިތުވެދާ ކޮންމެ ދުވަހަކީ ދިވެހިވަންތަ ކަމުގެ ސިފަތައް ގެއްލެމުންދާ ދުވަހެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ "ފުނޑާލަން" މިހާރުގެ ސަރުކާރުން އެޖެންޑާ 19 ހާސިލްކުރުމުގެ ތެރެއިން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އަދުރޭ ތުހުމަތުކުރެއްވިއެވެ.

"އެކަން ރައީސް ޞާލިހު ވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި އެއްބަސްވެފައި. މިހާތަނަށް ރާއްޖޭގައި އިސްލާމްދީނަށް ފުރައްސާރަނުކުރާ ވަރަށް، މި ވޭތުވެދިޔަ އަހަރު ތެރޭގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ކަމަށް ރައީސް ޞާލިހު ވަނީ އެއްބަސްވެފައި. މިއަދު ދިވެހިރާއްޖޭގެ ޢަދުލުއިންސާފުގެ ނިޒާމް ވަނީ ފުނޑާލާފައި. މުސްލިމް ޤައުމެއްގެ އެންމެ ފަހު ބަސް ބުނާ ކޯޓުގައި އިސްލާމީ ޝަރީޢަތް ނުދަންނަ ބަޔަކު ތިބުމަކީ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް." އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ދިވެހިރާއްޖޭގައި މިހާރު ރައީސް ޔާމީން ނޫނީ އިސްލާމްދީނުގެ ދިފާޢުގައި މަސައްކަތް ކުރައްވާ އެހެން ލީޑަރަކު ނުފެންނަ ކަމަށެވެ. ރާއްޖޭގެ ސިޔާސީ ހުރިހާ ލީޑަރުންނަކީ ޤައުމުގެ ހައްގުގައި މަސައްކަތް ކުރައްވާ ލީޑަރުން ނޫން ކަމަށާއި، ސިޔާސީ ލީޑަރުންގެ ނަމުގައި، އެ ހައިބަތު ހޯއްދަވައިގެން އަމިއްލަ އެދުމުގައި މަސައްކަތް ކުރައްވާ ލީޑަރުން ގިނަވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ދިވެހި ރައްޔިތަކަށް މި ދަނޑިވަޅުގައި ކޮށްދެވޭނެ އެންމެ ރަނގަޅު ކަމަކީ ޤައުމާއި، ދީނުގެ ހައްގުގައި ޕީޕީއެމް-ޕީއެންސީގެ އޮޑިއަށް އެރުއްވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ދެން ތިއްބެވި ކޮންމެ ލީޑަރަކުވެސް މިހާރު އެ ތިއްބެވީ ހިނގާ ކަންތައްތައް ނުހިނގާ ކަންތައްތަކަށް ހަދައިގެން. އިވޭ އަޑު، ނީވޭ އަޑަކަށް ހަދައިގެން. މީގެ ކުރިން އިސްލާމްދީނޭ، ނުވަތަ ކީރިތި ރަސޫލާ އޭ ކިޔައިގެން މީހަކު (ނުބައި) އެއްޗެއް ބުނެފިއްޔާ އެދުވަހު ހަތަރުދަމު ބައެއް ބޭފުޅުންގެ ކަމަކަށް ވެފައި އޮންނަނީ ފޭސްބުކް އާއި ޓުވިޓާގައި އެމީހަކާ ދެކޮޅަށް އަޑުއުފުލުން. އެކަމަކު މި ވޭތުވެދިޔަ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި އެމްޑީއެން އިން އިސްލާމްދީނާ ޙިލާފަށް ރިޕޯޓެއް ނެރުމުން، މި ދެންނެވި ބޭފުޅުންނަށް ނުކެރުނު އެމްޑީއެންއާ ދެކޮޅަށް އެއްޗެއް ލިޔުއްވަން، ޕޯޑިއަމެއްގައި ވާހަކައެއް ދައްކަން. ހިތާމަޔާއެކު ދަންނަވަން ޖެހެނީ ޤައުމަށް ޙިޔާނާތްތެރިވި މީހުން މިޤައުމުގައި ބައިވަރު." އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ހޯރަ ބޭ

  ސަރުކާރުން އެންމެގިނައިން ކުރާކަމަކީ ޓިނު ވަގަން ނަގާފައިވިއްކުން ހެހެހެ

  8
  7
 2. އައިން

  ނިމި ދިޔަ ސަރުކާރުން ހިންގި އެންމެ ބޮޑު މަޝްރޫޢަކީ އަތޮޅުތެރޭގެ ރަށެއްގައި ޓިނުތަކެއް ވަގަށް ނަގައިގެން އުޅުނު އެ އަތޮޅު އަތޮޅު އޮފީހުގެ މުއައްޒަފަކު މާލެ ގެނެސް ވަރަށް މޮޅުމީހެއްކަމަށް ހަދާ ދިވެހި ރައްޔިތުންނަށް ދެއްކުން.

  6
  11
 3. ޓިނު

  އަދުރޭ ކިހެނެއްވެގެން ތިއުޅެނީ ތިބުނާ ރަސްރަނި ބަގީޗާއަށްވެސް މީގެކުރިން ނަމެއްކީކަމެއްނެއިގޭތަ ؟

  6
  9
 4. ގލޅ

  އައްނިގެ އަނިޔާވެރި ސަރުކާރުން މިހާތަނަށް ހިންގިއެންމެ
  މުހިއްމު ޕްރަޖެކްޓަކީ ރަސްރަނިބަގީޗާގެ ނަންބަލުކުރުމެވެ
  މިއީ ރައްޔިތުންނަށް ވަރަށް ފައިދާހުރި ކަމެކެވެ

  12
  6
 5. އަލީ

  ތިޔައީ ފިސާރި ލީޑަރެއް
  ފޮނަދޫ ރައްޔިޔުން ފަހުރުވެރިވާނެ ދަރިއެއް،

  15
  7
 6. ވަގު

  ޅޭއިނބައް މިހާރު ކުރިން ލިބުނުވަރައްނުލިބެނީދޯ ދުށީމު މުންޑު އަނދެފަ ރަށުގަ ދޭބަންދުގަ ހުރިއިރުވިސް މިހާރުވިސް ހުސް ވައްކަން

 7. ވަގު

  ފަހުރުވެރިވާތީތޯ މިފަހަރު ނުހޮވުނީ ދެން ލަލަލާ