އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމީ ރަނގަޅަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ.

މިއަދު ބޭއްވި ކޮމެޓީ ބައްދަލު ވުމުގައި އެދެފަނޑިޔާރުން ވަކި ކުރަން ފާސްކުރުމަށް ނިންމާފައި ވަނީ ކޮމެޓީގައި ބައިވެރިވި 5 މެންބަރުންގެ އިއްތިފާގުންނެވެ.

އެދެފަނޑިޔާރުން މަގާމުން ވަކިކޮށްދިނުމަށް އެދި ޖޭއެސްސީން ހުށަހަޅާފައި ވަނީ އިއްޔެއެވެ. އެ ދެފަނޑިޔާރުން މަގާމުން ވަކިކުރުމަށް ނިންމާފައި ވަނީ ޖޭއެސްސީ އަށް ހުށަހަޅާފައި ވާ ސުލޫކީ މައްސަލަތަކެއް ބެލުމަށް ފަހު އެވެ.

ޖޭއެސްސީ އިން އިއްޔެ ވަނީ އެ ދެފަނޑިޔާރުން ދެމަސްދުވަހަށް ސަސްޕެންޑް ކުރުމަށް ނިންމާފައެވެ.

ޖޭއެސްސީން ބަލަމުން އަންނަނީ އުއްތަމަ ފަނޑިޔާރު ގާނޫނު އަސާސީއާއި ހިލާފަށް ކޮށްފައިވާ ހުކުމުގެ މައްސަލައެވެ. އެހެން ނަމަވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖޭއެސްސީން ބަލަމުން އަންނަނީ ސުޕްރީމް ކޮޓުގެ ފަނޑިޔާރުން ކޮށްފައިވާ ހުކުމަކާއި ގުޅޭ މައްސަލަ ކަމާއި އެކަން ޖޭއެސްސީ އަށް ނުބެލޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ތަހުގީގަށް ހާޒިރުވާން ފޮނުވި ނޯޓިހާވެސް އުއްތަމަ ފަނޑިޔާރު ވަނީ ހަވާލު ނުވެފައެވެ.

ޖޭއެސްސީ އިން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލައަކާއި ގުޅިގެން ފަނޑިޔާރަށް ތަހުގީގަށް ހާޒިރުވުމަށް ނޯޓިސް ފޮނުވުމުން ވަނީ އުޒުރުވެރި ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދި ތަހުގީގަށް ފޮނުވާފައިވަނީ ބާތިލް އަމުރެއް ކަމަށްވެސް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް ވަކި ކުރަން ޖޭއެސްސީން ނިންމާފައިވާއިރު، އެ ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ދީދީ ވެސް ދާދިފަހުން ވަނީ މަގާމުން ވަކިކޮށްފައެވެ.
އަދި އެ ކޯޓުގެ އިތުރު ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކެއް އެ ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ާަބިޖޫ

  ރަންގަޅެއްނުވާނެ ތިޔަތަނައް ހިޔަނިއެޅޭގޮތައް ކެނެރީދާއްބަ ހުރެގެނެއްއެއީ މިރާއްޖެއައް ޖެހިފަވާ މުސީބާތެއް

  18
  2
 2. Anonymous

  ދައުލަތެއްގެ ވެރިކ ކަމުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަން ތިޔަވަނީހަނދާނުންފުހެވިފަ . ޢަދިރައްޔިތުން ނި ކުމެ ބަސްބުނާނެ. ކުޅެމުން ތިޔަދަނީ މުޅިންޗާތުންބޭރުން. ތިޔަކުރެވެނީ އިސްލާހީ މަސައް ކަތެއް ކަމުގަ ބަލައިގަނެ ގަބޫލެއްނު ކުރަން.

  16
  2
 3. ކަނަމަނަ

  ބަލަތިކޮމެޓީގައި ތިބީވެސް ކޮންބައެއް ހެއްދެވި ފަރާތުން އައިސްފާނެ ކޯފާއަކައްވެސް ޖެހިލުންނުވާބައެއް

  17
  2
 4. ކަނަމަނަ

  ތިކޮމެޓީން ނިންމާ ބޭރުކުރިޔަސް ތިދެފަޑިޔާރުން ހާލަކް ނުޖެހޭނެ ކަލޯމެންހެން ނުކިޔަވާތިބި ބައެއްނުން އެެއީ