އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުން ހުއްޓާނުލާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ މަގާމުގެ ޒިންމާތަކުން ދުރުކޮށް އިއްޔެ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެމަނިކުފާނު މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ފޮނުވާފައެވެ.
އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީއަށް އެމްއެންޑީއެފް އިން ދެމުން އަންނަ ސެކިއުރިޓީ ހުއްޓާލާ އެމަނިކުފާނަށް އެމްއެންޑީއެފް އިން ދީފައި އޮންނަ ކާރު އަތުލައިފި ކަމަށް މީސް މީޑިއާގައި ދަނީ އަޑުފެތުރެމުންނެވެ.
ނަމަވެސް އެމްއެންޑީއެފް އިން މިރޭ އުއްތަމަ ފަނޑިޔާރަށް އެމްއެންޑީއެފުން ފޯރުކޮށްދެމުންދާ ސެކިއުރިޓީއާއި އެހެނިހެން ޚިދުމަތްތައް ކަނޑާނުލާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.
ޖުޑީޝަލް އެޑްމިނިސްޓޭޝަން އިން ވެސް މިރޭ ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ދައުލަތުން ފޯރުކޮށްދެމުންދާ ސެކިއުރިޓީ އަދި ޢިނާޔަތްތައް މެދުކަނޑައިލައިފައިވާ ކަމަށް ދެކެވެމުންދާ ވާހަކަ ތަކަކީ ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށާއި އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ އަދި އެހެނިހެން ޢިނާޔަތްތައް ދައުލަތުން ފޯރުކޮށްދެމުންދާ ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވަނީ އެމަނިކުފާނު ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމި ނިންމުން ބަލައި ނުގަންނާނެ ކަމަށް މިރޭ ވިދާޅުވެފައެވެ.
އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އާދަމް ފަނޑިޔާރު ކަމުން ވަކިކުރުން އަންނަ ހޯމަ ދުވަހު އޮންނާނެ އެވެ.
ގާނުނައި ހިލާފަ އެކި ހުކުންކުރާތީ ދެރަވެ ނުނިދިނުވެ. މިއަދު މަނިކުފާނަށް ވެގެންއުޅެގޮތަކީ ދުވަހަކުވެސް އެމްޑިޕީއަށް މަޖިލިސް މެޖޯރިޓީ ނުލިބޭނެކަމުގެ ޔަގީންކަމާއި އެކު ކުރެހިތަސްވީރުގަ ކުލަނުޖެހުމެވެ،
އާނ އެހެންޏާ ފަހެ. ބާޣީ ލުޠުފީ ލަންކާގަ ހުންނަ ދިވެހި އެމްބަސީއަކުވެސް ނުގެންގުޅޭނު. މަރުވެގެންވެސް ތެދެއް ނަހަދާ ވޭތޯ ބަލާތި.