ގދ. ތިނަދޫއަށް އުފަން އުމުރުން ހަތް އަހަރުގެ ކުއްޖެއްގެ ބަނޑުން 20 ދަގަތްފާނުކޮޅު ނަގާއިފިއެވެ.

މި ކުއްޖާ ދަގަތްފާނު ބޯޅަތަކެއް ދިރުވާލާފައި ވާއިރު އިއްޔެގެ ވަގުތެއްގައި ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލްގައި ކުރެވުނު އޮޕަރޭޝަންގައި މިހާރު ވަނީ ގޮހޮރުގެ ތެރޭގައި ބުރެއްހެން އެތުރިފައި ހުރި އެ ދައްގާތްފާނު ބޯޅަތައް ނަގާފައެވެ.

ގްރޭޑް އެކެއްގައި ކިޔަވަމުންދާ އެ ކުއްޖާ ދިރުވާލާފައި ވާ ބޯޅަތަކަކީ މީގެ ކުރިން އޭނާގެ ދައްތަ ކުޅެ ރާވަން ބޭނުން ކުރަމުން އައި އެކި ކުލަ ކުލައިގެ ދަގަތްފާނު ބޯޅަތަކެކެވެ. މި 20 ދަގަތްފާނުކޮޅު އެކުއްޖާއަށް ދިރުވާލެވިފައި ވަނީ މީގެ ހަތަރު ވަރަކަށް މަސް ކުރީން ކަމަށް ބެލެވޭ ކަމަށް އޭނާގެ އާއިލާއިން ބުނެފައި ވެއެވެ.

އެކުއްޖާގެ އާއިލާއިން ބުނި ގޮތުގައި ދަގަތްފާނުކޮޅުތައް އޭނާ ދިރުވާލިކަން އެނގުނީ އެނާ ބަނޑުގައި ގަދައަށް ރިއްސަން ފެށުމުން އެތަކެތި ދިރުވާލެވިއްޖެ ކަމަށް އަމިއްލައަށް އޭނާ ބުނުމުންނެވެ.

މި މައްސަލަ ފެންމަތިވުމުން އެކުއްޖާ ވަނީ ތިނަދޫ ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ. ނަމަވެސް ގޮހޮރުތެރޭގައި ހުރި އެ ދަގަތްފާނުތައް ބޭރު ނުކުރެވުމުން ފަހުން ވަނީ މާލެއަށް ގެނެސް ޓްރީޓޮޕް ހޮސްޕިޓަލްގެ ޑޮކްޓަރުންނަށް ދައްކާފައެވެ. އެއާއެކު މިހާރު އޮޕަރޭޝަނެއް ކޮށް، ތާށިވެފައި ހުރި ދަގަތްފާނުތައް އެކުއްޖާގެ ގޮހޮރުން ވަނީ ނަގާފައެވެ.

ކާމިޔާބު މި އޮޕަރޭޝަނަށްފަހު ކުއްޖާގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޮޔަބެ

    ކުދިންގެ ހަރަކާތާއި އިތުރު އަޅާލުން ދެއްވާ؛ އަޅުގަނޑުމެންގެ ދެލޯފަދަ ދަރިންތަކުގެ ހަރަކާއްތައް ބައްލަވާ ކަންކަމުގައި ސުވާލުކުރައްވާ... މިއީ އެއްގޮތަކަށްވެސް މައިންބަފައިންގެ ފަރުވާކުޑަކަމެއްނޫން؛ ކުދިންތައް އަތް
    ވެސް މިޒަމާނު މާދިގީ..

    10
    2