ޑރ.އަފްރާޝީމް އަލީގެ މަރު މައުސޫމް މީހުންނާއި ގުޅުވަން ކުރާ މަސައްކަތަކީ ހަޤީޤީ ގާތިލުން ފޮރުވަން ކުރާ މަސައްކަތެއް ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ އަފްރާޝީމްގެ މަރާއި ގުޅިގެން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓްގައި ޝަހީމްގެ މައްޗަށް ތުހުމަތުތެއް ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ކޮމިޝަންގެ ރިޕޯޓާއި ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އަނިޔާވެރި އަމަލުތަކުން އަޅުގަނޑު ބަރީއަވެގެންވާ ކަން މާތްﷲ ދެނެވޮޑިގެންވާނެ އެވެ. ޓީވީ ޕްރޮގްރާމާއި ބެހޭ ގޮތުން މަރު ކޮމިޝަނުނަށް ދީފައި ވާނީ ތެދު މައުލޫމާތުއެވެ."

އަފްރާޝީމް އަވަހާރަކޮށްލުމުގައި ޝަހީމްގެ ބައިވެރިވުމެއް އޮތް ކަމަށް ކޮމިޝަންގެ ރިޕޯޓްގައި ނެތެވެ. ނަމަވެސް ރިޕޯޓްގައި ވިދާޅުވެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލި ހާދިސާ ހިނގިރޭ "ޓީވީއެމް" ގެ ޕްރޮގްރާމަށް އަފްރާޝީމް އަރައިވަޑައިގެންނެވީ ވެސް ޝަހީމް ވިދާޅުވެގެން ކަމަށް ކޮމިޝަނަށް ކަށަވަރު ކުރެވޭ ކަމަށެވެ.

އަފްރާޝީމް އަވަހާރަކޮށްލި ދުވަހު ޝަހީމް އަފްރާޝީމާއި ބައްދަލުކުރި ކަމަށާއި އެބައްދަލުވުމަށް އަފްރާޝީމް ވަޑައިގެންނެވީ އަފްރާޝީމް ބޭނުންފުޅު ވެގެން ކަމަށް ޝަހީމް ކޮމިޝަނަށް ވިދާޅުވި ކަމަށް ވެސް ރިޕޯޓްގައި ވެއެވެ. ނަމަވެސް ޝަހީމް ދެއްވާފައި ވަނީ ދޮގު މައުލޫމާތެއް ކަމަށާއި ދެބޭފުޅުން މެދުގައި ބަދަލުކުރެވުނު އެސްއެމްއެސް އަށް ބަލާއިރު ބައްދަލުވުމަށް އަފްރާޝީމް ވަޑައިގެންނެވީ ޝަހީމް އެދިވަޑައިގަތުމުން ކަން ހާމަވާކަމަށް ރިޕޯޓްގައި ވެއެވެ.

އަފްރާޝީމް ތައުބާ ވެއްޖެނަމަ އޭނާގެ މައްޗަށް ހިތްހެޔޮ ވާނެ ކަމަށް ބުނެ މީހަކު ޝަހީމަށް ފޮނުވި މެސެޖެއް ޝަހީމް އަފްރާޝީމަށް ފޯވާޑް ކުރި ކަމަށާއި ނަމަވެސް އެމެސެޖް ޝަހީމަށް ފޮނުވި ފަރާތުގެ ނަން ހަނދާން ނެތް ކަމަށް ޝަހީމް ކޮމިޝަނަށް މައުލޫމާތު ދެއްވި ކަމަށް ވެސް ރިޕޯޓްގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މަރުމޯލު

    ދިވެހިރާއްޖޭގެ ދީނީ ދަންނަބޭކަލުން ޚާއްސަކޮށް ސަލަފު ޖަމިއްޔާއިން އޭރުވެސް އަދި މިހާރުވެސް އެންމެ ބޮޑަށް ޚިޔާލު ތަފާތުވެ ދެކޮޅުވެރިވެފައިވަނީ ކެނެރީގޭ ނަސީދުއާއެވެ. އެހެންވީމާ ދީނީ ބަޔަކު މީހަކު މަރާނަމަ އަފްރާޝީމަށް ވުރެކުރިން ކެނެރީގޭ ނަސީދު މަރާލީހެވެ. އަފްރާޝީމުގެ މަރުގެ ހަގީގަތްވެސް އެންމެފަހުން ލާދީނީ ބަޔަކު އެމީހުންގެ އެޖެންޑާ ފުރިހަމަކުރުމަށް ރައްޔިތުންނަށް އޮޅުވާލީއެވެ. ތުނބުޅިލާފައި ފައިކުރި ބުރިކުރި ކޮންމެ މީހަކީ ސަލަފު ޖަމިއްޔާއަށް ނިސްބަތްވާ މީހެއްނޫނެވެ.

    95
    2
  2. ސާމި

    މުޙައްމަދު ޝަހީމް ޢަލީ ސަޢީދަކީ ތިހާފަދަ ދަށު ދަރަޖައިގެ ޢަމަލެއްގައި ބައިވެރިވެދާނެ ބޭފުޅެއްކަން އެއްގަޮތަކަށްވެސް ޤަބޫލެއްނުކުރަމެވެ.

    112
    6
  3. ކަނބުލޮ

    އަސްލުވެސް ހަޤީޤީ ޤާތިލުން ފޮރުވަން

    98
  4. ބަހުރު

    ކިހިނެއް މިކަލޭގެޔަށް އެނގެނީ މައުސޫމު މީހުން ކަމެއް؟ ކަލޭ ތީ ތަހުގީގު ކުރާ ކޯޓު ތަ؟

    9
    91
  5. ދަޔާ

    ޢެދުވަހުޝަހީމް އަފްރާޝީމާ ބައްދަލު ކުރުމަކާ އޭނާގެ މަރަކާ ކޮން ގުޅުމެއް އޭނާ މަރަން އުޅެބަޔަކު އޭނަޔަށް ފާރަލައިގެންއުޅު ، ޝަހީމް ނޫނަސް ކިތައްމެބަޔަކާވެސް އެދުވަހު ބައްދަލު ކުރާނެ ކީއްވެބާއެވާހަކަތައް ނުލިޔުނީ ހަމައެކަނިޝަހީމްއާ ބައްދަލު ކުރި ވާހަކައެއް މި ލިޔުނީ މިހާރުހީވާން ފަށައިފި މިކަން ތައް ވަކި ބަޔަކުގެ ބޮލުގަ އަޅުވަންއުޅޭހެން އެބުނާހެން އަންނި ބުނެފަވޭ އަފްރާޝީމް މަރާލިމީހާ ހަމަ އެރޭ ފުރައި ގެން ދިޔަވާހަކަ މިފަދަޔަގީން ކަމާއެކު އެވާހަކަ ދެއްކި މީހަކާ ސުވާލެއްވެސް ކޮށްފަ އެއްނުވޭ ދެން ތިޔައީ ތެދު އެއްޗެއްކަމުގަބަލާނީ ކިހިނެއް

    72
    5
  6. މަބޭ

    ފުލުހުން ފުރަތަމަ އެފްބީއައި އާއި އެއްކޮއް ހިންގި ތަހުގީގުގަ މިކަމައްފަން ޑުކުރިކަމައް ބުނިމީހުން މިހާރުކޮބާތޯ މިރިޕޯޓްތައްޔާރުކޮއްފަވަނީ ކޮމިސަންގެރައީސް މަގާމެއްގެ ބޭނުމުގަ ބަޔަކުރުއްސުމައް ކަމައް ވަރައްބޮ ޑައް އެބަޔަގީންކުރެވޭ އެކަންކުރިމީހުން އެރޭން އެރެޔައް ރާއްޖެއިން ފުރައިފިލަމައްވެސް މީހަކުބުނި އެނަޔައް އެކަން އެންގުނުގޮތެއް ކޮނިސަނުން ކީއްވެތޯ ސުވާލުނުކުރީ.

    62
  7. ހިޔަޅު

    ހިޔަޅު އޮވެދާނެ ކަންބަޅި އެއްހެން ހެދުން އަޅައިގެން

    10
    27
  8. އަލިފު!

    ﷲ އަށް ތަހައްދީކޮށް ރަސޫލާއަށް ފުރަށްސާރަ ކުރިބަޔަކު، ކޮށްފައި ނުކުރާނެ ހަމައެއްކަމެއްވެސް ނޯންނާނެ! އަސްލު ޤާތިލުން ފޮރުވައި އިސްލާމީ ޢިލްމުވެރިންގެ ބޮލުގައި އަޅުވަމުން އެގެންދަނީ! އޭގެން ހާމަވާ ދެކަމެއްވޭ! އެދެކަމުގެ އަސްލުވެސް ގޮސް ހުއްޓެނީ ދީނަށް ފުރައްސާރަ ކުރިމީހުންނާ އެމީހުންނަށް ވާގިވެރިވެ އެމީހުން ހިމާޔަތް ކުރި މީހުންނަށެވެ. ދިވެހިރާއްޖެ މިހާރު މިވަނީ މިރާއްޖެ ކުރިމަތިލާނެ އެންމެބޮޑު ނުރައްކަލާ ކުރިމަތި ލެވިފައެވެ. މިކަމުން ސަލާމަތްވުމާ ނުވުން މިވަނީ ފިފްޓީ ފިފްޓީ ވެފައެވެ.

    13
  9. ކަންނެލިއޮޑި

    ޑރ. ޝަހީމުކަހަލަ ސާފުތޯހިރު އިލްމުވެރިންގެ ބޮލުގައި މަރުގެ ތުހުމަތު ނާޅުވައްޗެ. އޭނާއަކީ ބުއްޅަބޭކަހަލަ ޖާހިލެއްނޫން. . ދެފޫދޯރިއެއްނޫން. އެނގިއްޖެތަ.

    5
    1
  10. ބޮނަކުއާ

    ތިޔައީ މަތިން ފައިބައިފަ ހުރި މީހެއްތަ؟؟ ހިތުން މާ މާތްވެގެން އުޅެނީ.. ޒަކާތު ފަންޑަށްވީ ގޮތާ ބޮނަކުއާގެ ކުޅިގަނޑާ ރަނުގެ ވަގު ވިޔަފާރީގެ ސަބަބުން ތިޔަ ބުނާ މާތްކަން ހުރިވަރު ދިވެހި ކުދިބޮޑު އެންމެން ދަނޭ.. ބަލަ އަބުރު އަމިއްލަޔަށް ގެއްލުވާލާފަ ކޮން އަބުރެކޭ ކިޔާކަށް އަބުރެއް އޮތް ނަމަތާ ހަޅޭލަވާނީ