ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެއްވީ ޑރ. އަފްރާޝީމްގެ ރިޕޯޓު އެއްކޮށް ވިދާޅު ނުވެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ފޭސްބުކުގައި ކޮށްފައިވާ ޕޯސްޓެއްގައި އުމަރު ވިދާޅުވީ އޭނާ ޑރ. އަފްރާޝީމްގެ މަރުގެ މައްޗަށް މަރުކޮމިޝަނުން އެކުލަވާލައިފައިވާ 121 ސަފްހާގެ ރިޕޯޓު އެކޮށް ވިދާޅުވެފައި ވާކަމަށާއި އެހެން ނަމަވެސް އެރިޕޯޓުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގައި ޑރ. ޝަހީމް ބައިވެރިވެވަޑައިގެންފައިވާ ކަމުގެ ތުހުމަތު ކޮށްފައި ނުވާކަމަށެވެ. އަދ އެރިޕޯޓުގައި ޑރ. ޝަހީމް އަށް ކޮށްފައިވަނީ ހަމައެކަނި ދޮގު މައުލޫމާތު ދެއްވި ކަމުގެ ތުހުމަތު ކަމަށާއި، އެއީ ދޮގު މައުލޫމާތެއް އަދި ތެދު މައުލޫމާތެއް ކަމުގައި ވީނަމަވެސް އެކަމުން މިމަރަށް ކުރާނެ އެއްވެސް އަސަރެއް ނެތް ކަމަށް އޭނާ ވިދާޅުވިއެެވެ.
އަދި ރިޕޯޓު ކިޔައިލުމުން އެނގިގެންދަނީ، އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޑރ. ޝަހީމް ވަނީ އިލްމުވެރިންގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުން ނައްތާލައްވައި އެކުވެރިކަން އާލާ ކުރުމަށް ކޮށްފައިވާ މަސައްކަތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ކަންމިހެން އޮއްވައި ރައީސް ނަޝީދު އެކަމުގެ އަސްލު އޮޅިގެންދާ ގޮތަށް، ޑރ. ޝަހީމް ކުއްވެރިކޮށް ވާހަކަފުޅު ދެއްކެވުމުން ހިތާމަކުރައްވާ ކަމަށް އުމަރު ވިދާޅުވިއެވެ.
މީގެ އިތުރުން އުމަރު ވިދާޅުވެފައި ވަނީ އެއްވެސް ރިޕޯޓަކާއި މެދު ވާހަކަ ދެއްކުމުގެ ކުރިން، ރިޕޯޓު ރަނގަޅަށް ކިޔައި ދިރާސާކުރަން ޖެހޭ ކަމަށާއި، އަދި މީހުންގެ މެދުފައި ފިތުނަ ފަސާދަ އާއި ދޮގު ވާހަކަ ފެތުރޭ ގޮތަށް ވާހަކަ ދެއްކުމަކީ ރަނގަޅު ގޮތް ނޫން ކަމަށެވެ.
މަރު ކޮމިޝަނުން ތައްޔާރު ކުރި އެ ރިޕޯޓުގައި އަފްރާޝީމްގެ މަރާއި ގުޅޭ ވަރަށް ތަފްސީލީ މައުލޫމާތު ހުއްޓެވެ. އަދި ރައީސް އޮފީހުން މިހާރު ވަނީ އެ ރިޕޯޓް ނެރެފައެވ
ދިވެހިންނަށް ހެޔޮވެރިކަމެއް ކޮށްދެވޭނެ ގާބިލު ތެދުވެރި މީހަކަށް މިވަގުތު ހުރީ އުމަރު ނަސީރެވެ.
ޢުމަރާ ހެޔޮނުވާނެ. ތިހެން ހުންނަވަން. މިޤައުމުގެ ޙާލަތު ނިކަން ބައްލަވާ. ބޮޑުތަކުރުފާނުގެ ޓީމާ ގުޅިވަޑައި ގަންނަވާ..
އަހަންނައް ދުވަހަކުވެސް ދޭތެރެޖެހޭކަހަލަވާހަކައެއް ދެއްކެން އޮއްވާ ސުލްހަ އުފެދޭޒާތުގެ ވާހަކައެއްނުދެއްކޭނެ އަދި ދޮގެއްހެދެންއޮއްވާ ތެދެއްވެސް ނުހެދޭނެ އެއީއަހަރެންގެ ކަށީގަ ހިފާވަ ހުރިކަމެއްވީމާ އެވާހަކަމިބުނީ
ކެނެރީގޭ ނަސީދުގެ އަޑުން ބުނެލާ ވާހަކަ އަކާ ހާދަ ވައްތަރޭ!
ސާބަހޭ އުމަރު. ހެޔޮވެރިކަމެއް ކޮށްދެވޭނެ ގާބިލު ތެދުވެރި މީހަކަށް މިވަގުތު ހުރީ އުމަރު ނަސީރު.
7