އެމްޑީޕީ ކޮންޓްރޯލް ކުރާ ހަތިޔާރަކަށް މަރު ކޮމިޝަނުން ތައްޔާރު ކުރި ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަދި ދީނީ އިލްމުވެރިޔާ ޑރ .އަފްރާޝީމް އަލީގެ ރިޕޯޓް ވެއްޖެކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވެފައި ވަނީ، އަފްރާޝީމް އަވާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިކަމަށް ރިޕޯޓުގައި ބުނެފައިވާ އެމްޑީޕީގެ އެކްޓިސްޓް ހ. ހިކޯސްޓް، އަލީ ޝާން (ސަޓޯ)ގެ ނަން ނުހިމަނައި، ރޭ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ފާސް ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޖަމީލު ވިދާޅުވީ، ޑރ. އަފްރާޝީމްގެ މަރުގެ ރިޕޯޓުގެ މައްޗަށް އިތުރު ނިންމުމެއް ނިންމުމުގެ ބާރެއް މަޖިލީހަކަށް ލިބިގެން ނުވާ ކަމަށެވެ.

"އެމްޑީޕީ ކޮންޓްރޯލް ކުރާ ހަތިޔާރަކަށް މި ރިޕޯޓް ވެއްޖެ. ރިޕޯޓުގެ އިތުބާރު ގެއްލިއްޖެ". ޖަމީލު ވިދާޅުވިއެވެ.

ޖަމީލު ވިދާޅުވީ، ލާ ޖައްސާ އުސޫލުން ރިޕޯޓާއި މެދު ކަންތައް ކުރުމަކީ ރޭވުމެއް ކަމަށެވެ.

އެމްޑީޕީގެ އެކްޓިވިސްޓް ސަޓޯގެ ނަން ކޮމެޓީން ތައްޔާރުކުރި ރިޕޯޓްގައި ނެތް ނަމަވެސް އަފްރާޝީމް އަވަހާރަކޮށްލުމުގައި ދެން ބައިވެރިވި ހުސައިން ހުމާމްގެ ނަން ރިޕޯޓްގައި އެބައޮތެވެ.

އެގޮތަށް ފާސްކޮށްފައި ވަނީ ތިން މެންބަރުން ހިމެނޭ ސަބް ކޮމެޓީއަކުންނެވެ. އެ ކޮމެޓީގެ އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ހަސަން ލަތީފާއި، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފެވެ.

އާދަމް ޝަރީފާއި، ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ ރިޕޯޓް ތައްޔާރުކޮށްފައި ވަނީ އެބޭފުޅުންގެ އެއްވެސް ބައިވެރިވުމެއް ނެތި ކަމަށެވެ.

ސަޓޯ އަކީ އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ހައްޔަރު ވެސް ކުރި މީހެކެވެ. އެމައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ވެސް އުފުލިއެވެ. ނަމަވެސް ކޯޓުން ނިންމީ ދައުވާ ސާބިތުނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    މިއީ ޕެންޑްރައިވް ގެ ވާހަކަ ދެއްކި މީހުންނެވެ. މާ ގޯހެވެ.

    6
    1
  2. ތިރިޕޯރޓް

    އަފްރާޝީމް އަވަހާރަކޮއްލި މައްސަލަ ބަލާއިރު އެކަން އެއްމެ ބޮޑައެގޭ ރައީސް ނަޝިދުގެ ބަޔާން ނުނަގާ ނިންމާ ދީނީ ކަމެކޭ ކިޔުމަކުން އެކަން ޤަބޫލްކުރެވޭނެ ގޮތެއްނެތް.

  3. ޢާސީ

    ކޮބާބާ ރާއްޖެއިން ބޭރުން ލިބުނު އިންޓެލިޖެންސް މައުލޫމާތު