"ވަގުތު" ނޫހުގެ ހަބަރަކަށް މީހަކު ކުރި ކޮމެންޓެއްގެ އައިޕީ އެޑްރެސް ހޯދަން ކްރިމިނަލް ކޯޓުން "ވަގުތު"ގެ މައްޗަށް އަމުރެެއް ނެރެފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު މެންދުރު 13:00 ގައި ނެރުނު ކޯޓު އަމުރުގައި ވަނީ ކޮމެންޓް ކުރި ފަރާތުގެ އައިޕީ އެޑްރެހާއި، އެ އައިޑީ އާއި ބެހޭ އެންމެހާ މައުލޫމާތު ފުލުހުންނަށް ދިނުމަށެވެ.
އަދި ކޯޓު އަމުރު ލިބޭތާ 48 ގަޑިއިރު ތެރޭ އެ މައުލޫމާތު ދިނުމަށްވެސް "ވަގުތު"ގެ މައްޗަށް އަމުރުކޮށްފައި ވެއެވެ.
ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ކުއްލި ގޮތަކަށް ނެރުނު އަމުރު "ވަގުތު" އާ ހަވާލުކޮށްފައި ވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.
ކޯޓު އަމުރުގައި ވަނީ "2019 ނޮވެމްބަރު 20 ވަނަ ދުވަހު /ވަގުތު.އެމްވީ/ ނޫހުގައި ޝާއިރުކޮށްފައިވާ "ސަލަފްް ޖަމާއަތުން ޓެރަރިޒަމްއަށް ހިތްވަރުދޭ، އެ ޖަމާއަތާއި މެދު ގޮތެއް ނިންމާނެ - ނަޝީދު" މި އާޓިކަލްއަށް ކޮމެންޓްކޮށްފައިވާ ފަރާތުގެ އައިޕީ އެޑްރެހާއި އެއާއި ބެހޭ އެންމެހާ މައުލޫމާތު" ފުލުހުންނާއި ހިއްސާކުރުމަށް އަމުރު ކުރާކަމަށެވެ.
ކްރިމިނަލް ކޯޓުން މި އަމުރު ނެރެފައި ވަނީ މިފަދަ އަމުރެއް ނެރެދިނުމަށް ފުލުހުން ކްރިމިނަލް ކޯޓުގައި އެދުމުންނެވެ.
އެނގިފައިވާ ގޮތުގައި މިއީ އޮންލައިން ނޫހަކަށް ކޮމެންޓެއް ކުރި ފަރާތެއްގެ މައުލޫމާތު ހޯދަން ފުލުހުން ހާއްސަ ތަހްޤީޤެއް ފެށި ފުރަތަމަ ފަހަރެވެ.
މި އޭ އެކިޔާ މިނިވަސް ނޫސްވެރިކަމާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން މިސަރުކާރައް ހަޖަމުވާވަރު. ސާބިތު ނުވިޔަސް ރ.ޔާމިނައް ވަގައް ގޮވާހެދިއިރު އޯކޭ. މިހާރު މުނާފިގުކަން ފެނިތިބެ ލާދީނީއޭ އަދި އިމްރާންމެން އަމިއްލަ މުހުތާދައް ގައުމު ލާދީނީ ބައިގަނޑައް ވިއްކާލިއްޔޭ، ހުސް ވަގުންނޭ ބުނީމަ ގޯސްވެ އެމީހަކު ހޯދަނީ، ލޮލް
ޔޫރަޕިއަން ޔަުނިއަން ހިއުމަން ރައިޓްސް ލޯގެ އާޓިލަް 2 އިން ޕްރައިވެޓއ މެޓަރސަ އަކީ ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ރައްކާތެރިކަން ލިބޭނެ ކަމެއް. ޔޫ އެން ގެ ޗާޓްރ ގެ ޕްރި އެމްޕްލް ގައި ބުނެފައިވަނީ އެ ޖަމިއްޔާގެ އެންމެ އަސާސީ މަގްސަދަކީ ފއިންސާނީ ހައްގު ރައްކާތެރިކޮށްދިނުން ކަމަށް. މި ޗާޓަރގެ މި މާއްދާއިން ބާރު ލުބިގެން ހަދާފައިވާ އައިސީސީޕީއާރް ގެ ސިވިލް ރައިޓެއްކަަށް ބުނެފައިވަނީ ޚިޔާލުފާޅުކުރުމަކީ އަދި ޕްރައިވެޓް މީހެއްގެ ޕްރައިވެޓް މެޓަރތަކަކީ ރައްކާތެރިކަން ލިބިގެންވާ އެއްޗެއްކަމަށް ބުނެފައިވޭ.
ކޯޓުތަކުގެ ފަންޑިޔާރުން ބަދަލޔކުރަންޖެހޭކަން ފާޅުކަން ބޮޑު ގޮތެއްގައި މިއެނގެނީ. މިއީ ނުކުރެވޭނެ އަމުރެއް. އެއްވެސް މީހަކު ފަރުދީ ގޮތުން ބުނާ ބަހެއް ތަހްގީގުކުރަން އަމުރު ނެރެދޭން ނުޖެހޭނެކަން ނޭނގޭ ގާޟީންނަކީ ނުކިޔަވާތިބެ ކޯޓްތަކަށް ވަދެތިބި ބައެއްކަމާމެދު ގާނޫނީ މީހަކު ދެބަހެއްނުވާނެ.
މިސަރުކާރަށް ހަޖަމު ވާވަރު މިއިނގެނީ
ތީ ނެގެޓިވް ކޮމެންޓު ކުރާތީ ޖެހި ސްޓަންޓެއްހެން ހީވޭ
ވެއްޓެނީ! ވެއްޓެނީ!!. އެހެންވެ ބޮލަށް ތެޔޮ އަރައިގެ ދޮންރިހަ ހަމީދު ތެޅި ބާލަނީ. ބައިނަލް އަގްވާމީ ކުށެއް ފަރުދުންގެ މިނިވަންކަމަށް އަރައިގަތުމަކީ.
ޔާމީން.މަރަން ގޮވުމުން އެއީ ތަހުގީގު ކުރަންޖެހޭ ކަމެއްނޫން. ހިމާޔަތް ކޮށްފަތިބި ބަޔަކާ ގުޅޭގޮތުންވީމަތަ މިވަރެއް އަރައިގެން މިތެޅެނީ؟
ބިރުވެރިކަން އުފައްދާ ސަރުކާރު، ހިޔާލު ފާޅުކުރުމުގެނަމުގައި ހަގީގަތް ހަމާކުރާ ފަރާތްތައް ހައްޔަރުކޮށް ލާދީނީ ފަރާތްތަކަށް ހިމާޔަތްދޭ ސަރުކާރު، ލާދީނީސަރުކާރު، ފިޑި ސަރުކާރު، މުނާފިގު ސަރުކާރު. ރައްޔިތުން މިސަރުކާރާ ދެކޮޅަށް ނުނިކުންނަނީސް މިސަރުކާރުގެ ބިރުދެއްކުންތަކަށް ނިމުމެއް ނާންނާނެ.
އެއީ ސަރުކާރަކާ ބެހޭ ކަމެއްހެނެއް ހިއެއް ނުވެއެވެ. ހީވާގޮތުން، އެބުނާ ކޮމެންޓް ފެނިފަ އެ ރައްދުވާ ފަރާތް އައި ރުޅީގައި ފުލުސް އޮފީހަށް މައްސަލަ ހުށަހެޅީ އެވެ. ވަޤުތު ނޫހުން ތިބުނާ ޚަބަރުގެ ޝުރުޚީ ވެސް ލިޔެލިނަމަ، ކޮނެންޓް ހޯދާލަން ފަސޭހަވީހެވެ.
މިގައުމުގައި ނެތް އަބުރު ރައްކާތެރިވުމާ ޒާތީ ދިރިއުޅުމުގެ ހައްގެއް
މަށަކަށް ދެން ލާހިކެއްނޫން ވަގުތު ނޫހަށްވެސް އެހެން ނޫހަކަށްވެސް ކޮމެންޓެއް ކުރާކަށް ..... ލޯލް
އަންނިޔަށް ބެވުން
ސުރުޚީ އެއޮތީ ޖަހާފަ 2019 ނޮވެމްބަރު 20 ވަނަ ދުވަހު /ވަގުތު.އެމްވީ/ ނޫހުގައި ޝާއިއުކޮށްފައިވާ "ސަލަފްް ޖަމާއަތުން ޓެރަރިޒަމްއަށް ހިތްވަރުދޭ، އެ ޖަމާއަތާއި މެދު ގޮތެއް ނިންމާނެ - ނަޝީދު" މި އާޓިކަލްއަށް ކޮމެންޓްކޮށްފައިވާ ފަރާތުގެ އައިޕީ އެޑްރެހާއި އެއާއި ބެހޭ އެންމެހާ މައުލޫމާތު" ކޯޓު އަމުރުގައި ވެއެވެ.
މިކަހަލަ ކަންކަން ހުންނާތީ އޭ ޖުޑިޝިއަރީ ބަދަލުކުރަނީ.. އަދި ކުރިމުނަލް ކޯޓު ބަދަލެއް ނުކުރޭ.
ކޮޔާ، ޖުޑީޝަރީއަކީ ތަހްގީގު ކުރާތަނެއްނޫނޭ. އެތަނަކީ ބަޔަކު ތަހްގީގުކޮށް ހުށަހަޅާ ކަންކަން ހެތްކާ ގަރީނާއަށް ނިންމާ ތަންތަނޭ. އެތަނުން އަމުރު ނެރޭޏި ތަހްގީގީ އިދާރާ. ޔައުނީ ފުލުހުން އެދުމުންނޭ! ގައުމުގެ އިލްމީ ފެންވަރުގެ ސަބަބުން ގައްދާރުން ގައުމަށް ވެރިވަނީވެސް. ދެބޯ ބުރާންތިކަމުން ވާއެއްނުވާއެއް. ތެދެއްދޮގެއް ނޭނގޭ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދަނޑިބާނާފައެއްނު މިއޮތީ
ދެން ތިއީ ވާނެ ކަމަެއްނޫން. އެޑިޓް ކުރެވޭނެ. މިގައިމުގެ އެއްވެސް ލޯއެއގައި ނޯވޭ އައިޕީ އެޑްރެހާ ކޮމެންޓަކީ ހެކީގެ ގޮތުގައި ބެލޭނެ އެއްޗެހިކަމަކަށް. ތި އުޅެނީ މުޖުތަމައުގައި ބިރުވެރިކަން އުފައްދާ ރައްޔިތުން އަޅުވެތިކުރަން.
ދީބަ ނުބައި އެއްޗެއް. ނޫނީ ޑިލީޓް ކޮށްލަބަ.
މިނިވަން ކަމައް އެންމެ ބާރު ލާފަ ގޮވި މީހުން. ކޮންތާކު މިޖެހުނީ ހުރިހާކަމެއް އޮޅުވާލީ މި ވޯޓުލީމީހުން ދެން ތިބޭ ގުއިރެވިފަ
ޖާމަނީގަ އޮތް ނާޒީން/ހޓްލަރުގެ ވެރިކަން ކަހަލަ ވެރިކަމެއް މިތާ މިހާރު މިއޮތީ
އައްދޭ މީ މަންޑޭލާ މެންގެ ޑިމޮކްރަސީގެ ފެންވަރު؟ މިހާތަނަށް އެއްވެސް ވެރިކަމެއްގައި މިހާ ފާޅުކޮށް ހިޔާލުފާޅުކުރުމަށް ހުރަސްއަޅާފައެއްނުވޭ. މީ ޑިމޮކްރެސީއަށް ދިން އަނިޔާއެއް. މީ ބޮޑު ގޯހެއް. މީ ރާއްޖެ ފަހަތަށްދާ ކަމުގެ ހެއްކެތް.
ކޮން ޚަބަރަކަށް ކަމާ ކޮން ކޮމެއްޓެއްކަން ވެސް ރައްޔިތުންނަށް އަންގާލާ. ތި އަމުރު ނޫހުގަ ޖަހާލާ.
ކޮބާ އިބްރާހިމް މުޙައްމަދު ސޯލިހު މިނިވަން ނޫސްވެރިކަމަށްވީ ވައުދު. ސާބަހޭ އިބްރާހިމް މުހައްމަދު ސޯލިހު ތިކުރަނީ އަދި ވެރިކަން. ރިޕޯޓާސްވިތައުޑް ވޯޓާރސް ކޮބާ؟ މިކަންކަން ނުފެންނަނީތަ؟
އޭނަ ހީކުރާނީ ހިޔާލުފާޅުކުރާ މީހުން ހައްޔަރު ކުރުމަކީ މިނިވަންކަން ކަމަށް. ގަމާރުވެރިން ލީމަވާނެ ހައެތި މިވަނީ.
ނަޝިދަކަށް އެމް ޑި ޢެން ގެ ްަރާރަށް ބަހެއްނުބުނު
ފުރީޑަމް އަފު އެކުސްޕރަޝަން .
ނު ދޭތި ނަމަ ނަމަ
ޑިމޮކްރަސީގެ ޒަމާނީ ވައްތަރު
ޚިލާލު ފާޅުކުރުމުގެ މިނިވަންކަން އާއުސްމިން ތަކަކަށް ސަރުކާރުން ގެންގޮސްދީފި. ކީހާ ޅެމެއް ފަރިއްސަށް ވެއްޖެ.
މިނިވަންކަން ނެއް މިހާރަކު. ތިމިނިވަން ކަމައް އެންމެ ބާރުލާފަ ގޮވިބަޔަކީ އެއީ ތިއެމްޑީޕީ މީހުން . އެމީ ހުން ކިޔާ އެއްޗެއްގޮވީ އެކަން މިޔަ ދަކު ނުވި އެއްވެސް ކަމަކައް
ދެރަކަމެއް
އަހަރެމެން ވީ ތިބެންދޯ ދައުލަތުން ހިތިހުރިހާ ގޮތެއް ހެދިޔަސް ހައްޕު ކިޔައިގެން. ސަރުކާރުގެ ވެރިން ވަގުތުގެ ނޫސްތަކުގެ ކޮމެންޓު ކިޔައިގެން ޒާތީނުވެ ތިބެބަލަ. ބުނެލަން ބޭނުމީ ކޮމެންޓު ކުރާ ބޭފުޅުން ކުރަމުން ގެންދަވާށޭ ބާރަށް ކުރިއަށް.
ޔޫއެންގެ ހިއުމަންރައިޓްސް ކޮމިޝަނަށް ތި ކޯޓް އަމުރު ހުށަހަޅާ. ޑިމޮކްރަސީއަކީ އދ އާއި އޔ އެންމެ ލޯބިވާ ވައްތަރުގެ ޗެރިކަން. އެމީހުން ކައިރި ބުނެ ފާޅުކުރޭ މިގައުމުގައި ފަރުދީ މިނިވަންކަމާ ޚިޔާލުފާޅުކުރުމުގެ މިނިޗަންކަން ނެތްކަމަށް.
މޮޔަވޭ!!!! ކޮމެންޓުވެސް ކުރާނެ. އެމް. ޑީ. ޕީ އަށް ވޯޓެއްވެސް ދެނެއް ނުދޭނަން. ﷲ ގަންދީ ހުވާ.
ހިޔާލު ފާޅުކުރުމުގެ މިނުވަން ކަމުގެ ވައުދު ފުއްދައިފި! މިސުރުހީގà މިހާރުގަ މާދަމާ އާޓިކަލް އެއް ޖަހާލާނެ.
ކޮން ކޮމެންޓެއް ކަންވެެެެސް ޖަހާލަބަލަ ... އޭރުންތަ އެގޭނީ އެ މަ ކުރި ނޫނީ އެހެން މީހަކު ކުރިކޮމެންޓެއް ވިޔަސް ... ކޮމެންޓު ޖަހާާާާާާާާލީމަ އެމީހަކައް އިނގޭނެނު... އެހެންމީހުނައް ނޭންގުނަސް...
ރަނގަޅު ވާހަކެއް އޭރުން އިނގޭނީ ރާއްޖެ ދޫކޮށް ފިލައިގެން ދާންވެސް އަވަހަށް
މީހެއްގެ ޒާތީ މައުލޫމާތެއް ފުލުހުން އެދުނަސް އަމުރު ނެރެގެން ނުހޯދޭނެ. އެފަދަ ދަށު ދަރަޖައިގެ އަމަލު ކުރުމަކީ ނިޒާމުން މީހުން ގެއްލޔވާލުމަށް 13 ވަނަ ގަރުނު އިންގިރޭސި ކިންގް ޖޯން ހިންގިފަދަ އަނިޔާވެރި އަމލުތަކަށްމަގުފަހިކުރުވާ އަނިޔާވެރި އަމަލެއް. ނަފުސުގެ މިނިވަންކަންވެސް މިގައުމުގައި ނެތީތަ؟
ފްރީކޮށް މަސައްކަތްކުރާ ބައިނަލް އަގްވާމީ ހިއުމަން ރައިޓްސް ލޯޔަރުން އުޅޭނެ، އެމީހުންގެ ސަމާލުކަމަށް މިގައުމުގެ ފުލުހުންގެ އަންޕްރޮފެޝަނަލިޒަމްއާއި ޑިމޮކްރަސީއާ ބީރައްޓެހި ހިޓްލަރުގެ އަނިޔާވެިކަން ކަހަލަ އަމަލުތަކުގެ ވާހަކަ އަންގާލަބަލަ. ފބ ގަވެސް މިމީހުންގެ ޕޭޖްތައް ހުންނާނެ. ނިކަން މުޅިދުނިޔެއަށް މިއަނިޔާވެރިކަން ފާޅުކޮށްބަލަ.
އިންސާފުވެރީވަނީ އަމަށަކު ވަރަކަށްނޫނޭ! ކީއްކުރާނީ މިއޮތީ އައްޔަކަށް އަނދިރިއަކަށް ކޮންކަމެއްހޭ ބުނެ ހޯދި ސަރުކާރުގެ ޙިކުމަތްތެރިކަން.
މިއީބއިލީގަލް މީންސް އޮފް ފައިންޑިންގ އެވިޑެންސް. މިބަލައިގަންނަ ކޯޓެއް ދުނިޔޭގަވެސް ނުހުންނާނެ. އެއްވެސް މީހެއް ފަެުދީގޮތުން ބުނާ އެއްޗަކީ ކުށަކަށްނުވާނެ. އަދި އެކަމެއް ތަހްގީގެއްވެސް ނުކުރެވޭނެ. ގާނޫނާ ހިލާފު އެއްޗެއް ނޫހެއްގައި ކޮމެންޓުގެ ގޮތުގައިވެސް ނުޖަހާނެކަން ހަމަ ޔަގީން.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނޭނގޭތަ އެއީ މިނިވަންކަމުގެ ހައްގަށް އަރައިގަތުމުގެ އަމުރެއްކަންވެސް.
މާއިކަމޯ. މަދެން ކޮމެންޓް ކުރަން ބިރުގަނެއްޖެ
ޙަހަހާ ބޮޑިވަރު..ޓެރަރިޒަމް ގެގާނޫނުގެ ބޭނުން ދޯ ތިފެންނަނީ..
ﷲއަށް ހަމައެކަނި ބިރުވެތިވާންވީ. ޖައްބާރު އަނިޔާވެރިން ދެކެ ބިރުނުގަނެ ޚައްގުގޮތުގައި ތިބި ބަޔަކަށް ﷲ ނަސްރު ދެއްވާނެ.
ދެން ކޮމެންޓް ކުރެވެން ވެސް ނެތީދޯ. މަ ދެން ހަނު
ޢެލިޔުނީ ވީޕީއެން ބޭނުން ކޮށްގެން ވަދެ.... ދެން ހޯދަ ބަލަ.....އައިޕީ އަކީ އިންޑި ޔޯ......މީހުންނަ ބެރުދެކުން ލާދީނީމެން..ގެ ކަމަކީ...ދޯ؟
ހައްހައްހައް ބަރާބަރު. ވަރަށް ދުވަސް ވެއްޖެ ކަލޭމެން މިތާނގަ މީހުންގެ ދުވަސް ދުއްވާލާ ނެތިކޮށްލަން ގޮވާ މީހުނަށް އައުގުރާނަ ގޮވާ ހަދާތާ. ދެނެއް ނުކެރޭނެ. ހައްހައްހައް. ޢަދިމިހުރިހާ އެއްޗެއް ކިޔަނީ މާދީންވެރިކަމަށް ހެދިގެންތިބެ. ދީނޭ ކިޔައިގެން ވާހަކަ ދައްކަން ކަލޭމެން ލަދުގަންނަން ޖެހޭނެ.
ގައުމުގެ ރައީސް އަކީ އިބޫ އެވެ. ދެން މަޖްލީހުން މިކުރާ ކަމެއް ބުނެ ދީ ބަލާށެވެ.
ވަގުތު ނޫސް ތިޔަބުނާ ކޮމަންޓް ގެނެސްދީބަލަ އޭރުންދޯ ތިވާނުވާ އިގޭނީ
މިހާރު ކޯޓުން އަމުރުނުނެރެ ނުތިބެވޭނެ، މަގާމުގަ ދެމިހުންނަން ބޭނުމިއްޔާ ބުނިގޮތަކައް ކޯޓު އަމުރު ނެރެ ދޭންޖެހެނީ. އެހެންނަހަ ދާ ގާޒީންނައް ވާގޮތްއެބަފެނެއެއްނު.
ތިގޮތައްބިރުދެއްކިދާނެކަމަށް ނަޝީދު ހީކުރުމަކީ ކުންހީއެއް ކޮމެންޓުކުރުމުގެފުރުޞަތުދޭނަމަ ކޮމެންޓުވެސްކުރާނެ ކޮންމެމީހަކަށްވެސް އެމީހެއްގެ ޚިޔާލުފާޅުކުރެވެންޖެހޭނެކަމަށް ވިދާޅުވީވެސް ތިބޭފުޅުން
އައިޕީ އެޑްރެސް ހޯދައިގެން ވެސް މަރުގެ އިންޒާރު ދޭ ފަރާތްތައް ހޯދާ އެމީހުނައް ފިޔަވަޅުއަޅަންޖެހޭ. ވޭތުވެ ދިޔަ ތަނުގަ އެގޮތައް އިންޒާރުދީ މީހުން މަރާފަ އެބަހުރި.
ކޮންމެ ކަމެއްގަ ރައްޔިތުންނަށް ބިރުދައްކަމުންދާތަން މިފެންނަނީ. މީގެކުރީ އެއްވެސް ސަރުކާރެއްގަ މީހަކު ކުރި ކޮމެންޓަކަށް ކޯޓުއަމުރެއް ހޯދިއަޑެއްނީވޭ. ނޭވާހޮޅިޔަށްއެޅި ގޮތްހުސްވަމުންދާ މަންޒަރު ފެނިގެންމިދަނީ.
އުލުބޭން ދިޔަސް މަބުނަންބޭނުންއެއްޗެއްބުނާނަން
ވަގުތު ނޫހައް ސާބަހޭ ބުނާނީ މަގޭ ފެވަރިޓް ނިއުސް??
މަޖިލީހުގަ މީހުނަނަށް ފާޅުގަ ވަގަށް ހިމާރަށް ގޮވާމީހުންނާ، މަޖިލީހުގެ ތަކެއްޗަށް ގެއްލުންދޭ މީހުންނާ، ގާނޫނުއަސާސީ މައްޗަށް ކޮޅަށްއަރާ، އެތަނުގެ ހުރުމަތްކެނޑި ލަދުހަޔާތްކުޑަމީހު ން ހޯދިއްޔާ މާތާހިރުވާނެ. މިކޮމެންޓްކިޔާ ހަޖަމުވޭތޯ ނިކަންބަލާބަލަ.
ދީނާ ކުޅެންޏާ ލޭކެކޭނެ. ސަރުކާރުން އެކަން ވިސްނާތި.
އަނެއްކާވެސް ދީނައް ހިތްވަރުދޭ މީހުންނާއި ދެކޮޅައް މިފެށުނީ އާ ބާބެއް..
އައިޕީ އެޑްރެސް ހޯދައިގެން ވާނެ ހަމަ އެއްކަމެއްވެސް ނޯންނާނެ... މެކް އެޑްރެސް ހޯދިޔަސް.. ލައިގެން ހުރި ޖަންގިޔާ ކުލަ ހޯދިޔަސް..
ކާކުބާ އެއީ
އައި ޕީ ނުފެންނަ ގޮތް ހެދުމަށް ވީ.ޕީ.އެން އަދި ޓޯރ ބްރައުޒަރ ބޭނުންކުރައްވާ
https://play.google.com/store/apps/details?id=org.torproject.torbrowsެ
މާދަން ފިޔަވަޅު އަޅާނީ ކޮމެންޓްތަކަށް ލައިކް ދޭ މީހުނަށް ކަންވެސް ނޭނގޭ.
ހޯދަބަލަ، މަ އިންނާނެ ތިލިސްޓުގެ އެންމެ ކުރީގަ. ކެނެރީގޭ ގޯނިބޭގެ އެކަނި ގައުމެއްނޫންމީ. މި ޝައިތާނުން އެހެންމީހުނަށް ބަލާއަރުވާ ފާޅުގަ އިންޒާރުދޭއިރު އެމައްސަލަ ނުބަލާ އަދިވެސް އައިޕީއޭ މުރާތްކޭ މިކިޔަނީ. ލަދުހަޔާތްކުޑަކަން. ނޭވާހޮޅިއަށްއެޅި ގޮތްހުސްވަނީ.
ވަގުތު ނޫހުން ޖެހޭ ކޮމެންޓް ކުރާ މީހުންނަށް ހިމާޔަތް ދޭން. ފުލުހަށް އަންގާ ކޮމެންޓް ކޮށްފައި އޮތީ ވީޕީއެން އެއް ބޭނުންކޮށްގެނޭ. ލާދީނީ ސަރުކާރަށް މިކަހަލަ ކަންކަމުގައި އެއްބާރުން ދީގެންނުވާނެ. ވަގުތު ނޫހަކީ މިހާރު ދިވެހި ރައްޔިތުންގެ މިތުރު
ހޯދަން ބޭނުން ހުރިހާ މައުލޫމާތެ ދީބަހައްޓާ އަހަރުމެން ދޫބަންދެނުކުރެބޭނެ މިޔަހޫދީންނަކައް ހުރިހާވެސް މަސްސަލަޔަކީ އެމްޑީއެން ގެ އަދުކަދުވާލަން އެކަމެނުވާނެ
ދެން ޑިމޮކުރަސީގަ ދަނޑިން ތަޅާ.
ނުހޯދޭނެ
ޒުވާނުން ރުޅި އަރުވަން ނޫލޭ ނަތީޖާ ހިތިވާނެ...
އުމުރުދުވަހައް އަންނި ޖަލެއްގަ ހިލިހިލާޖަހާފަ ބާއްވާމަތިން ޕީޕިއެމްއަލުން ވެރިކަމައް ގެންނަން މަ އޯކޭ.ހިބަރު
މީގެ ފަހުން ޕުރޮކްސީ ބޭނުން ކުރަންވީ ކޮމެންޓް ކުރުމަށް ދޯ
ރައްޔިތުން މަޖްލިސް ތެރޭގައި ހިތުހުރި އެއްޗެއް ގޮވާހެދޭ އެކަން ތަހުގީގު ކުރާނެ ހިއްވަރާއި ފަންވަރެއް ނެތް ބަޔަކު މިއަދު އާންމު ދިވެހި ރައްޔިތަކު ކުރި ކޮމެންޓެއްގެ ސަބަބުން ބިރުން އުޅޭތީ ހަމަ އަޖައިބްވެއްޖެ. ވެރިކަމަށް އަންނަންވެގެން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދޭނަމޭ ކިޔާ މިހާރު ތިޔަ ކުރައްވާ ކަމަކީ ޑިކްޓޭޓަރުން ކުރައްވާ ފަދަ ނާތަހުޒީބު ދަށު ދަރަޖާގެ ވަރަށްވެސް ފިޑި އަމަލެއް.
ސަލަފް މީހުންގެ ބޮލުގަ އަޅުވަން އެމްޑީޕީ މީހުން ކުރިކަމަކަށްވެސް ވެދާނެ މަރުގެ އިންޒާރު ދީ ކޮމެންޓް ކުރީ. ތިކަން ވަރަށް ރަނގަޅަށް ބަލަން ޖެހޭނެ. އެމީހެއްގެ ޕާރޓީ އާއި ގެއާއި އޭނާ ސަޕޯރޓް ކުރާ ފިކުރުވެސް .
ނަސީދާ ދެކޮޅަށް ކުރެވޭ ކޮމަންޓް ހުއްޓުވަން އުޅެނީ ނޫންބާ؟
މަށަކަށް ނޭނގޭ މަގޭ އައިޕީ އެޑްރެސް އެއް ހަމަ ހުވާ! ނިތްކުރީގަ ދެން ޖަހާފަ ބަހައްޓާނީ. ކޮމެންޓް ކުރާނީ ދެން ހުސް " ކޮމެންޓް " . ލޮލް
ސަރުކާރު ހަޖަމްކޮއްބަލަ ހާދަ ހަޖަމްގެބައި ދަށޭދޯ އުޅޭ އާސަންދައިން ނޫނީ އާސިޔާންގެ ކޮންމެސްއެއްތާކުން އަވަހައް ދެރައީސުންއައް ބޭސްކުރަން ނޫނީ އަސްތިއުފާދީފަ ގެޔައް ކަނޑާލާ
މީގަ ވާއެއްނުވާއެއް ނޭނގެނީ އިސްލާމްދީނާއި ދެކޮޅު މީހުނައް އުޑެއް ބުޑެއް ނޭނގެނީ ލާދީނީ ފިކުރުގެ މީހުނައް ޝޭޚް އިމްރާނައް ވެސް ވ ވެދުން
ދުވަސްކޮޅަކުން އޮޑިދޯނިފަހަރު ރަޖިސްޓުރީ ކޮށްފައިވާ ފަރާތްތަކުގެ ނަންތަށްވެސް އަދި ހޯދާނެ އަދިމިވަރުނުވެގެން ފޭސްބުކުގެ އައިޕީ އެޑުރެސްވެސް ހޯދާ ފޭސްބުކުވެސް މިވެރިންގެ ހިސޯރުގެ ދަށަށް ކޯޓު އަމުރު ހޯދައިގެން ގެންނާނެ މިއޮތީވާ ސަރުކާރެއް .
ލައިކް ދިން މީހުންގެތެރޭ މަވެސް އޮވެދާނެ. މަވެސް ހޯދަބަލަ.
އައިޕީ އެޑްރެސް ހޯދާނެކަމެއްނެތެއްނު ހީވާގޮތުގައި އެކޮމެންޓްގައި ގުޅޭނެ ނަންބަރވެސް ޖަހާފަ އިނީ !
މޮވީގޮތުން ކޮންމެހެން ހަދާއިގެންވެސް ވާނެ ހިބަރުވަދު ފޯރިބަލަން.
ޚިޔާލްފާޅުކުމާއި މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅައި އަމިއްލަ ގޮށްމުށު ބާރު ނުހިންގިމަށް ކެނެރީގެ އަންނިއަށް ނަންގަންނަމެވެ.
އޭތް! ކޮބާތަ އައިޕީ އެޑްރެހަކީ؟ ?