21:35
ކޮމެޓީގެ ބައްދަލުވުން ނިންމާލައިފި.
21:35
BREAKING NEWS: Afraashim Avaahaarakohlumugai Salaf Ge Baiverivun Ebaoeh - Evahttps://t.co/hR4XSROmVl
— Vaguthu Online (@VaguthuOnline) November 21, 2019
21:35
ރިޔާސީ ކޮމިޝަނުން ފޮނުވާފައިވާ ރިޕޯޓްގެ ސައްހަކަން ބެލުމަށް ޣައްސާން މައުމޫން ހުށަހެޅުމުން ވޯޓަށް އަހައިފި. ނަމަވެސް ވޯޓް ދެއްވީ ޣައްސާން އާއި އާދަމް ޝަރީފް އެކަނި. އެހެންކަމުން ފާހެއް ނުވި.
21:25
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ: ސަބް ކޮމެޓީގެ ރިޕޯޓް މައި ކޮމެޓީގައި އެޑޮޕްޓް ކުރިއިރު އާދަމް ޝަރީފް ވޯޓް ދެއްވި. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިންނެވީ ރިޔާސަތުގައި. ކޮމިޝަންގެ ރިޕޯޓްގައި ހަތަރު ކަމެއް ފާހަގަ ކޮށްފައިވޭ. ކޮމިޝަންގެ ރިޕޯޓްގައި ވަނީ އަފްރާޝީމް އަވަހާރަކޮށްލީ ދީނީ މައްސަލައެއްގައި ކަން. އެހެންކަމުން އެކަމާއި އަޅުގަނޑުމެން ދެން އުޅެންވީ.
21:20
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް: ސަބް ކޮމެޓީ އިން ތައްޔާރުކުރި ރިޕޯޓް އަދިވެސް އަލުން ރިވައިސް ކުރުމަށް އެދެން.
21:15
ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް: ކޮމެޓީން ސިއްރު ކަމެއް ކަމަށް ނިންމައިފި ނަމަ ސިއްރު ވާން ޖެހޭނެ. ސިއްރު ބައްދަލުވުންތަކުގައި ދެއްކެވި ވާހަކަފުޅުތައް މީޑިއާތަކާއި ހަމައަށް ދިއުމަކީ ގައުމީ ސަލާމަތައް ނުރައްކަލެއް. އެހެންކަމުން މި މައްސަލަ ބަލަން އެދެން. އެކަން އިތުރަށް ތަކުރާރު ނުވާނެ ގޮތައް ކަންތައްތައް އިންތިޒާމް ކުރަން އެދެން.
21:13
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް: ދެކަމެއް ފާހަގަ ކޮށްލަން ބޭނުން. ސަބް ކޮމެޓީގެ މަސައްކަތް ނިންމުމަށް ފަހު އަޅުގަނޑު ވާނެ ޕީޑީއެފް ދެ ފައިލް ފޮނުވާފައި. އެއީ މައި ކޮމެޓީއަށް ފޮނުވުމުގެ ކުރިން ތައްޔާރުކުރި ރިޕޯޓް މެންބަރުންނަށް ފޮނުވީ. ދެން އިތުރަށް އެކަމާއި ބެހޭ ގޮތުން އިތުރު ވާހަކައެއް ދައްކާކަށް ނެތި. އަލީ ޝާން (ސަޓޯ) ގެ ނަން ނެތް ކަމަށް ސޯޝަލް މީޑިއާގައި ވާހަކަ ދެކެވުނު. ނަމަވެސް ހުރިހާ ޖިނާޢީ ކުށެއް ކުރި މީހުންނަށް ފިޔަވަޅު އަޅަން ރިޕޯޓްގައި އޮންނާނެ. މިހާރު މައި ކޮމެޓީން ފާސްކުރި ރިޕޯޓް ގައި އެނަން ހިމެނިފައި ވާނެ.
21:07
ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް: ސަބް ކޮމެޓީގައި ވޯޓަށް އަހަން ނުޖެހޭ ކަމަށް އިދާރީ މޭޒުން ލަފާދެއްވި. ކޮމެޓީން ގޮތެއް ނިންމުމުގައި އަޅުގަނޑު ބައިވެރިއެއް ނުވަން.
21:02
އަލީ އާޒިމް: އަޅުގަނޑުމެންނަށް އެނގޭ ހައްދުފަހަނައަޅާފައިވާ ފަރާތްތައް އެބަތިބިކަން. އަޅުގަނޑުމެން ބޭނުންވަނީ އެކަންކަން ދެނެގަންނަން. އެކަން ދެނެނުގަނެ ތިބެއްޖެނަމަ މާދަމާ މިވާހަކަ ދައްކާނެ ބަޔަކު ވެސް ނުތިބޭނެ. ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަންޖެހޭ.
21:01
ހޫނު ޒުވާބުތަކަށް ފަހު ކޮމެޓީގެ ބައްދަލުވުން ކުރިއަށް ގެންދަން ފަށައިފި.
ރައްޔިތުން މަޖިލީހުގެ ގައުމީ ސަލާމަތާއި ބެހޭ ކޮމެޓީ (241 ކޮމެޓީ) ގެ ބައްދަލުވުން މިރޭ ފެށުމާއި އެކު މެންބަރުންގެ މެދުގައި ބަހުސް ހޫނުވެ، ބައްދަލުވުން ކުރިއަށް ނުގެންދެވި، މެންބަރުން ޒުވާބު ކުރައްވަމުން އެބަގެންދަވައެވެ.
ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ގެންނަވަނީ އޭނާ ސަބް ކޮމެޓީގެ ރިޕޯޓަށް ވޯޓް ނުދެއްވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން ގެންދަވަނީ އާދަމް ޝަރީފް ރިޕޯޓަށް ވޯޓް ދެއްވި ކަމަށެވެ.
ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކޮމެޓީ ބައްދަލުވުން ކުރިއަށްދާ މާލަމުގައި ހުންނަވައިގެން ނުރުހުން ފާޅުކުރައްވަމުން ގެންދަވާތީ ވެސް އެމްޑީޕީގެ މެންބަރުން ނުރުހުން ފާޅުކުރައްވަމުންނެވެ. ޝިޔާމަކީ 241 ކޮމެޓީގައި ހިމެނޭ މެންބަރެއް ނޫނެވެ.
ޝިޔާމް ގެންދަވަނީ ޑރ.އަފްރާޝީމްގެ މަރާއި ބެހޭ ގޮތުން ރިޔާސީ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓްގެ ސައްހަކަން ފުރަތަމަ ކަށަވަރު ކުރައްވަން ގޮވާލައްވަމުންނެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވަނީ އެ ރިޕޯޓްގެ ސައްހަކަން އިތުރަށް ކަށަވަރު ކުރަން ނުޖެހޭ ކަމަށެވެ.
(ތަފްސީލް އަންނަނީ)
ޢީވާ މެން ލަދެއް ނުގަންނާނެ ޤާނޫނުއަސާސީ އަށް ފައިން އަރާ ބައިގަނޑު ވިއްޔާ
ހުމާމްގެ ވަކީލަކަށް ދިޔައީ ހުސްނުއްސުއޫދު. ރިއާސީ ކޮމިޝަންގައި ހުމާމްއާ ދެކޮޅު ވަކީލަކަށްވެސް ހުރީ ސުއޫދު. އަޅެ ފަހެ މަސްލަހަތު ފުށު އެރުމެއް ނެތް ތަ މީގައި؟
ތިތާނގަ ތިހިރީ ހަމައެކަނި މާލޭގަހުރި ހަތަރުކަށިމަތި މާލޭމީހާ ދެންތިހިރީ މާއްދިއްޔަތައްގޮސް ހުސްވެފަހުރި ލާދީނީ މީހާ ބަލަމިޤައުމަކު ނޫޅޭ ޓެރަރިސްޓް ޖަމާއަތްތަކެއް #ހުރިހާލާދީނީ ރިޕޯޓްނެރުނުމީހުންނާ ލާދީނީ އެމްޑީއެންއުވާލާ
އީވާ އަށް އިނީ ނިދިފައެވެ. ދެއްކި ވާހަކަ އަލުން ބަލަން ޖެހެ އެވެ.
އިސްލާމްދީނުގެ ނަމުގައި ބަޔަކު ހައްދުފަހަނަޅއި ހިގައްޖެ އެކަމުގައި ސަލަފުގެ ބައެއްމެންބަރުން ބައިވެރިވާކަމަށް ވޭ.
އާވާ އީވާ ދޭޥާ ފޭވާ ރޭވާ މީ ހާދަބައިވަރު ވާލެއް މިތަނުން ކޮންވާއެއް ގާނޫނު އައް ކޮލައްއެރީ ކޮންމެ ވާ އަކަސް އެއ ކަޑަކަމެއްނުކުރީ ވީމާވީއެއްމެ އަވަހަކައް އިސްތިއުފާދީފަ ގެޔައް ކަނޑާލާ ހަމަމިހާރު