19 މީހުންނާއި އެކު ދަތުރު ކުރަމުން ދިޔަ ދޯންޏެއް ގަދަ ކޮޅިކަނޑެއްގައި ޖެހި ދަތުރު ނުކުރެވި ހާލުގައި ޖެހުމުން ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ގަދަ ކޮޅިގަނޑެއްގައި ޖެހި ދަތުރު ނުކުރެވިގެން ސިފައިންގެ އެހީއަށް އެދުމުން ކޯސްޓްގާޑްގެ އެހީތެރިކަމާއި އެކު ދޯނީގައި ތިބި މީހުން ހދ.ކުރިނބިިއަށް ގެންގޮސްދީފި ކަމަށެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ 19:27 ގައި ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސް ދުވަސްވަރަކަށް ވާތީ މޫސުމަށް ސަމާލުކަން ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައެވެ.