ކ. ކާށިދޫ ގެއެއް ބަލާ ފާސްކޮށް، މަސްތުވާތަކެއްޗާއެކު ފަސް މީހަކު ހައްޔަރުކޮށްފިއެެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހުސް ދިވެހިން ކަމަށެވެ. މި މީހުން ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވީ، މި މީހުން ހައްޔަރުކޮށްފައި ވަނީ ކ.ކާށިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ދެ މީހުންނާއި 27 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެއްގެ އިތުރުން 41 އަހަރު މީހެއްކަމަށެވެ.

ފުލުހުން ވިދާޅުވީ، ރޭ 22:17 އެހައިކަންހާއިރު އެރުށުގައި ހިންގި އޮޕަރޭޝަނެއްގައި، އެމީހުން ތިބި ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާ އެއްޗެއްހުރި 10 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

މި މައްސަލަ ދަނީ އެރަށު ފުލުސް ސްޓޭޝަނުން ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖިންނި

    މިފަހަރު ޖާރޭ އާއި އިނގިރޭސި އެލެކްސް ރުޅި ގަދަވާނެ ކަމެއް ތީ

  2. ބިލާލު( ޖަޑިބެ

    🤦🏻‍♂️🤦🏻‍♂️