ކުޑަ ތިން ކުދިން ސައިކަލަކަށް އަރުވައިގެން ދުއްވަމުން ދިވެހި ދެ އަންހެނަކު ސައިކަލް ދުއްވަމުން އަދި އެމަންޒަރު ވީޑިއޯ ވެސް ކޮށްފިއެވެ.

އެވީޑިއޯ މިހާރު ވަނީ މީސް މީޑިއާގެ އެހެން ޕްލެޓްފޯމްތަކުގައި ވެސް ދައުރުވާން ފަށާފައެވެ. ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ވީޑިއޯ އިން ފެންނަނީ ސައިކަލެއް ދުއްވާފައި ދާއިރު ފަހަތުގައި އިން އަންހެން މީހާގެ އުނގުގައި ދެ ކުދިން ބައިތިބައިގެން އިންނަ މަންޒަރެވެ. ސައިކަލް ދުއްވަން އިން މީހާގެ އުނގުގައި ވެސް އިތުރު ކުއްޖަކު އިނދެއެވެ. ބެލެވޭ ގޮތުގައި ވީޑިއޯ ކޮށްފައި ވަނީ ކައިރިން ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި އިން މީހެކެވެ.

ލަފާކުރެވޭ ގޮތުގައި ސައިކަލްގައި ތިބި ކުދިންތަކަކީ ދެއަހަރު ވެސް ނުވާ ކުދިންތަކެކެވެ. އެއުމުރުގެ ކުދިން ސައިކަލެއްގައި ދަތުރު ކުރާއިރު ދުއްވަން އިންނަ މީހަކާއި އެކު ބެލްޓެއް ވެސް އަޅަން ޤާނޫނު މަޖުބޫރު ކުރެއެވެ.

ކުޑަކުދިން އަރުވައިގެން ސައިކަލް ދުއްވުމުގައި ރައްކާތެރިކަމަށް ސަމާލުކަން ނުދިނުމުން މީގެ ކުރިން ވެސް މީޑިއާގެ ސަމާލުކަމަށް އެކަން އައިސްފައި ވެއެވެ. އެފަދަ ގިނަ މައްސަލަތަކުގައި މީގެ ކުރިން ފުލުހުން ވަނީ ފިޔަވަޅު އަޅާފައެވެ.

ފަހަކަށް އައިސް ރައްކާތެރިކަމަށް ސަމާލުކަން ނުދީ ވެހިކަލް ދުއްވުމުގެ ސަބަބުން ރާއްޖޭގައި ހިނގާ އެކްސިޑެންޓްތައް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ރާއްޖެތެރެ މީހާ

    ލައިސެން ހިފަހަށްޓާ 6 މަސް ދުވަހަށް ޖަލައް ލައިގެން ނޫނީ ނުހުއްޓުވޭނެ

    76
    7
  2. ވަޒީރު އައިޝާ

    މިކޮއި ހާދަމޮޅޭ ކުދިން ގެންގުޅެން. އައިޝާގެ ކުދިންކޮޅު ބަލަން މީނައާ ހަވާލް ކުރޭ އަވަހަށް

    52
    4
  3. ސަންތިމަރިޔަބު

    ކަދުރު ރުކަށް އަރާ ހިބަރުވަދު އެއްލާއި ގެން އިންކަލޭގެ ބުނީ މިއީ އިންޑިޔާގެ ބެކްޔާޑޭ ވީމާ އެތާހިގާކަންކަން މިކޮޅުންވެސް ފެންނާނެއެއްނުން ހަމަހިނިއަންނަނީ

    58
    3
  4. ނުޒޫ

    ތީ ހަމަ ރާޖެ ތެރޭގާ އާމް ކަމެއް.?

    67
    7
  5. ޢަލީ

    ވީޑިއޯއަށް ބަލާއިރު، އެއީ އެއްމާބަނޑު ދެބެއިން އަދި ދެންތިބީވެސް އެއްމާބަނޑު ދެބެން ، އެހެންކަމުން އެ 4 މީހުންނަށް އެކުގައިނޫނީ ތަންތަނަށް ނުދެވޭނެ، އެހެންކަމުން އެ ކުދިންނަށް އެހެންގޮތެއް ނެތިގެން ކުރިކަމެއްކަމަށް ބެލެވެނީ، ކޮންމެއަކަސް ކަމަކީ ވަރަށް ދެރަ ނުރައްކާ ކަމެއް އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރަން، ދެރަކަމަކީ މި މާލޭގަވެސް އެކަން ކުރާމީހުން އުޅޭކަން އަދި ސައިކަލުގަ ދަމުން ސިގިރޭޓް ބޯމީހުންވެސް މިހާރު ގިނަވެއްޖެ. އަދި ދުންފަތުގެ އިސްތިއުމާލު ނުކުރެވޭ ހޮޓާތަކުގަ ސިގިރޭޓް ބޯމީހުންވެސް ގިނަވެއްޖެ.

    51
    13
    • ޒަބާދުކުޑޭ

      އެހެންތާވާނީ.ގާނޫނުތަންފީޒު ކުރުން މަދުވެއްޖެ. މިހާރި ވަންވޭއިން އިދިކޮޅަށްދުއްވުންވެސް އާދަ ވެއްޖެ. އެމީހަކާއެމީހެއް. ސަރުކާރުން އުޅެނީ ކުރީސަރުކާރުގެ މީހުން ގެ މައްސަލަތައް ނުބެލިގެން. މަޖިލީހުގެ ރައީސް އުޅެނީ ބަރުލަމާނީ ނުގެނެވިގެން. މިކަންކަން ކޮށްފައި އެހެންކަމެއްނުކުރެވޭ.

      26
      1
  6. އާއްމު މީހާ

    މީ ވަރަށް އާއްމުކަމެއް ދެކުނު އަދި އުތުރު އަތޮޅުތަކުގައި...

    43
    9
  7. ފައިވާން

    ކުދި ޑިންގީއަކަށްލާފަ ރަށެއްގެ ހުރިހާ ކުދިން އަނެއްރަށަށް ސްކޫލަށް ފޮނުވާއިރު އޯކޭ، އެކަމަކު ސައިކަލުގަ ދިޔައިމަ ގޯސްވަނީ؟ ތިއަކުނެތް އެއްވެސް މައްސަލައެއް ހަގީގަތުގަ.

    79
    17
    • އެޑަމް

      ޑިންގީގަ ހުއްދަ އޮންނަ ވަރަކަށް އެރުވީމަ މައްސަލައެއް ނޫން.

      19
      5
  8. ދެތިކިޕީ

    މެ ގުސްތާ އޭސާ މިރާދާ!?

    9
    2
  9. ާައަސްލަމް

    ސައި ކަލް ގަވައިދާ ޚިލާފަށް ދުއްވައިގެން 6މަސްދުވަހަށް ޖަލަލާން ކޮމެންޓް ކުރާމީހުން ތިބުނަނީ ގައުމު ދަވާލިބޮޑެތިވަގުން ތިބެންވީ ހެވިފަ ގޭގަ ސަޅި

    33
    12
  10. ގފދގ

    މީ ރާއްޖެތެރޭ ރަށްރަށުގައި އާންމުކޮށް ކުރާ ހިތުން ވަރަށް މޮޅުކަމެއް . . ކަމެއް ވާ ދުވަހު ކުއްވެރި ކުރާނީ ސައިކަލް ނޫނީ މަގު . .

    34
    4
    • ބޯކިބާ

      ކ.މާލެތެރޭ އޮންނަނީ ދައުލަތުގެ ފައިސާ ބިލިއަނުން ދަވާލުމާއި އަތޮޅުތެރޭ ރަށްރަށާއި ފަޅުފަޅު ވިއްކާފަ ފައިސާގޯނިގޯނި ގޯއްޗަށް ކަހާލުން... ކަޑަތަ ބުރޯ؟؟؟؟

      17
      2
  11. އަހްމަދު

    މިސަރުކާރުގަ ތީކީމައްސަލައެއްނޫން ފުރަތަމަ ބަލަންބޭނުންވާނީ ކޮންޕާޓީއެއްތޯ ޑިމޮކްރެޓިކްވެްްޖިއްސާ މައްސަލައެއްނެތް

    22
    4
  12. މާމިގިލީ މީހާ

    މާމިގިލީގަ އާންމު ކަމެއްތީ. އަންހެންމީހަކު 3 ކުދިން އަރުވައިގެން ފުލުހުންގެ ކުރިމަތިން ދިޔަސް. ފުލުހުން ނުހުއްޓުވާނެ. އެކަމު ފިރިހެނަކު ގޮސްފިޔާ ވަގުތުން ހުއްޓުވާނެ. މީ ތޯ ގާނޫނަކީ. އަންދާ ގާނޫނު.

    28
  13. ސަލާމް

    ފަސޭހަ ޕަބްލިކް ޓްރާންސްޕޯޓެއް އޮންނަ ނަމަ މިހެން ނޫޅޭނެ ކުޑަ މިނުން އިމްރޖެންސީގަ ޑޮކްޓަރަޑް ދާން ޖެހުނަސް ޓެކްސީ އެއް ހޯދަން ވެސް އެއީ އިންތިހާ އަށް ދަތި ކަމެއް

    11
    3
    • އަހްމަދު

      ތިޔަބުނަނީ ޒިނޭ ކުރަނީ ޒިނޭކުރާ ސާމާނު ގައިގާ ހުންނާތީއޭ. އެހެންނޫނީ ޒިނޭއެއް ނުކުރާނޭ؟

      9
      2
  14. Anonymous

    މިއީ ދެކ ކުނު ހިސާބުގައި އާންމު ކަމެއް މިވެރިންނައް އިނގޭ މިމީހުނައް ފިޔަވަޅެއްނޭޅޭނެކަން ބައެއް މީހުން ކަންކަން ކުރީމަ އިސްތިސްނާވާ ދެރަނިކަމެތިންނައް އަބަދުވެސް ބަރާބަރައް ގާނޫނު ހިނގާނެ ކަން އެންމެއްނަެް އިނގޭ ސިއްރު

    16
    1
  15. އަޙްމަދް

    އަދިވެސް ގޮނޑި އިތުރުކަރަން ފެއްނަނީ!
    އަދިވެސް ހަމަ ހަމަ ނުވަނީ!
    އަަދިވެސް ހަމަހަމަ ފުރުސަތު ތަށް މަދީ!

    14
    1
  16. މަރީ

    އަޅުގަނޑުމެންގެ ފަރުދީ ޒިންމާ ކޮބައިތޯ؟ ފުލުހުންނަށް ވެސް ކުށްކުރާނެހެން ހީވާ ހުރިހާ ތަނެއްގައި ނުތިބެވޭނެ. މިފަދަކަންކަން ހުއްޓުވޭނީ ފަރުދީ ޒިންމާ އަދާކޮށްގެން.

    10
  17. ބޯހަލާކު1

    އެއީ އަންހެން ކަނބަލުން ޤާނޫނުން ހިމާޔަތްކުރެވިފަވާ ބައެއް ޤާނޫނުން ޙައްޤުތައް ކަށަވަރުކޮށްދީފަވާ ބައެއް އެމީހުނާ ބެހޭގޮތުން ވާހަކަ ދައްކާ މީހަކު ކުށްވެރިވާނީ އެފަދަ ކަނބަލުން ނުކުރާނެ ކުށެއް ތިޔަ އުޅެނީ އޮޅިގެން

    16
    1
  18. ?ރޮނޑާ

    މޫނު މަތިން ފެންނަނީ އުފާވެރިކަން. ދުއްވާ އެހެން މީހުން އެކުދިންނައް ބަލައިގެން އެކުދިންނައް އަނިޔާނުވާ ގޮތައް ދުއްވީމަ ނިމުނީ ނުން. ކާރެއް ގަންނަން ބަލާއިރު ކާރު ގައްނަން ދާ އަގުގެ ތިން ގުނަ ދައުލަތައް ދޭންޖެހޭ. ހުރިހާ އެންމެންނަކައް ކާރު ގަނެވޭކައް ނެތް ކާރެއް ގަނެފިއްޔާ އެބާއްވާނެ ގަރާޖެއް ހުންނަންޖެހޭ މުޅިން ވެސް މައްލަ.

    10
    10
  19. އެލެންގެ ދައްތަ

    ބޮޑުވަރު ދޯ..އެ ކުދިން އުރައިގެން އިންކުއްޖާ އެ ވީޑިއޯ ކުރަނީ، އޭނަ އޭނީ ދެކުދިން އެއްއަތުން ހިފަހައްޓައިން ( މި ފަރާތައް އިން ކުއްޖާގެ އަތުގަ ހިފަހައްޓައިގެން އަނެއް އަތުން)..

    8
    1
  20. ޖަޒީރާމަނިކު

    ފޮނިދެއްކުން. އެހެންއުޅެނިކޮށް ލަނޑެއްލިބުނީމާ އޮންނާނީ ފޮނިދެއްކިފާ.

    12
  21. ނަންނުގަތި

    އއ.އުކުޅަސް، އަކީ ކުޑަ އިންޑިއާ. އެކަމަށް ވެސް ފިޔަވަޅު އަޅާނެ، ބަޔަކު ނުވޭ.

  22. ޥާލުސޮރު

    ޢައްދެ ތިކަމާ އެކަކުވެސް އެއްޗެއް ބުނެގެން ނުވާނެ އެއީ އެކަބްލުންގެ ހައްގު ހިފެހެއްޓި ކަމަށްވެދާނެ އަވަހަށް މަޖިލީހުން ގާނޫނެއް ހަދާ އަންހެނުންނަށް 12މީހުން ލައިގެން ސައިކަލު ދުއްވޭނޭ ކިޔާފަ ގުނބޯ މަޖުލީސް

  23. އިސްމާލް

    ވަރަށް ފަހުން ބުރިޖް މަތިން އަމިއްލަ ދަރިފުޅު މަރަށް ހުޅުވާލެވުނީ އަމިއްލަ އިހުމާލުން ކަން ދޭހަވޭ...މިކަހަލަ ގޮތް ގޮތަށް އުޅެން ހަދައިގެން ބޮޑި ބޯނީ...ހެދިފަ ހުންނަ ގަވައިދުތައް ކިތަންމެ ރަނގަޅުވިއަސް އަމިއްލަ ފަރުދުންގެ ޒިންމާ ފުރިހަމައަށް ނަގައިން ކަންތައްތައް ރަގަޅު ކުރެވޭނީ...!

  24. މޯދީ

    ބަލަ އިންޑިޔާގެ ކިބަޅި އަވަށެއްގަ އެއޫ މައްސަލަ އެއްނޫނޭ!

  25. ސަރާފާ

    ޥަރަށް އާންމު ކަމެއް ރަށްފުށުގަ...މާލޭގަ ޓްރެފިކްވެ ހާދިސާތައް ގިނަވިޔަސް ރާއްޖެތެރޭގަ ވަރަށް އާންމުކަމެއް. މާލެޔާ ހަމަހަމަ ކޮށް އަޅާނުކިޔަމާ...މިގޮތައް ރަށްރަށުގަ ކިތަންމެ ވަރަކަށް ދުއްވިޔަސް އަދިވެސް ނުރައްކާތެރި އެކްސިޑެންޓްތައް ގިނައީ ހެލްމެޓްއަޅއިގެން ބެލްޓްލާ ކުއްޖާ ބަދެގެން ދުއްވަމުން އަންނަ މާލެ އަދިވެސް "ތަރައްގީ" ރައްތަކުގަ ?

  26. ައައިސްތު

    އަންހެނެއް ވީމާ މާބޮޑު ކަމަކަށް ނުވާނެއެވެ. ވިމެންސް ރައިޓްސް އެއަށްވުރެ މާ ވަރުގަދަ ވާނެ އެވެ.

    3
    1
  27. Anonymous

    އިންޑިއާގަ ހުއްދަ ކަމެއް.. އެހެނަވީމަ ރާއްޖޭގަ ހުއްދަ ކުރަނީ އެ.