ދެ ފޫޓްގެ ދަތް ދަގަނޑަކާއެކު މާލެއިން މީހަކު ރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ ރޭ މެންދަމުންއަލިވެ 03:40 ހާއިރު ކަމަށެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ މާފަންނު ފުލުހުން މާލެތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، މާވެޔޮމަގުގައި ހުރި ފިހާރައެއް ކައިރީ ހުރި މީހާގެ ޢަމަލުތައް ހުރިގޮތުން އޭނާ ހުއްޓުވާ ބަލާ ފާސްކުރުފަހު ކަމަށެވެ. އަދި އޭނާގެ އަތުން 2 ފޫޓްގެ ދަތް ދަގަނޑެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.

މި މައްސަލައާއި ގުޅިގެން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.