އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ރައީސް ކަމަށް އައްޔަން ކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވުމުން އިންޑިއާއިން އެކަމަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބުރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

މުންދު މިހެން ވިދާޅުވެފައި ވަނީ ރޭ އިދިކޮޅު ކޯލިޝަނުން ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އިންޑިއާ އިން ރާއްޖޭގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް ނަޝީދު އިއުތިރާފުވީ މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ޓީވީ ޗެނަލްއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

ނަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު އިދިކޮޅު އައިއިރު އިދިކޮޅުގައި ތިބި ފަރާތްތަކަށް އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަށް އެއްވެސް ބަޔަކު ހީނުކުރާ ކަމަށެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް އިންޑިއާ އިން ގަބޫލުކުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެކަކުވެސް ހީނުކުރޭ އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް. އެންމެން ހީކުރީ އިންތިހާބު އޮންނާނީ އޮޅުވާލާފައި ކަމަށް. އަޅުގަނޑުމެއްނަނސޤ ކާމިޔާބު ލިބޭނެ އެއްވެސް ފުރުސަތެއް ނޯންނާނެކަމަށް ހީކުރެވުނު." ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީ އަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް އިންޑިއާ އޮފިޝަލުން އަދި ޑިޕްލޮމެޓުން ގަދަޔަށް މަސައްކަތް ކުރިކަމަށް ނަޝީދު ވިދާޅުވިއެވެ. "ކުޑަކުޑަ ފުރުސަތެއް ތަނަވަސް ކޮށްދީފި ކަމުގައި ވާނަމަ، އެމްޑީޕީއަށް އިންިތހާބު ކާމިޔާބު ކުރެވޭނެކަން އިންޑިއާ ސަރުކާރަށް އެނގޭ" ނަޝީދު ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ މި ސަރުކާރަށް ފާޑު ކިޔައި އިންޑިއާ އާއި މެދު ނުރުހުން ފާޅުކުރަމުންނެވެ. ރައީސް ނަޝީދަކީ މީގެ ކުރިންވެސް އެފަދަ ކަންކަން ކުރެއްވުމަށްފަހު ހާމަކުރައްވަމުން އައި ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވަގު

    ތިތައްޔާރުކުރި ޖާފަތައްޖަވާބުދާރީވެބަލަ

    2
    7
  2. ވަގުވޯޓް

    އިންޑިޔާއިންވެސް ޖަވާބުދާރީވާންޖެހޭ އަދިވޯޓްއޮޅުވާލިމީހުން ގޮނޑިންވެސްބޭރުކުރަންޖެހޭ

    15
    1
  3. ށުމަން

    ޢިންތިހާބު ބާތިލް ކޮށް މިހާރުން މިހާރަށް އިންތިހާބެއް ބޭވުމަށް ދިވެހި ރައްޔިތުން ވިސްނަން ވެއްޖެ
    ޢިންޑިއާގެ ފައިދަށުގަ ތިބޭފުޅުންނަށް މުސްލިމުން ގެ ގޮތުގައި ތިބިޔަކަ ނުދޭނެ.

    18
    1
  4. ހިގާ ނުކުންނަން

    އަލުން އިންތިހާބެ ބާއްވަން ބާރުއަޅަން ކުރެވެންހުރި ކޮއްމެކަމެ ޕޕމއިން ކުރަންޖެހޭ..ބައިނަލްއަގުވާމީ ހުރިހާ އިދާރާއަކަށް މިމައްސަލަ ހުށަހަޅަން ވީ....އެމެރިކާގެ އިންތިހާބަށް ރަޝިޔާގެނުފޫޒު ވަންކަމަށްބުނެ އެމެރިކާ އަދި ވެސް މައްސަލަޖައްސަނީ...އިންޑިޔާއިން ރާއްޖޭގެ އިންތިހާބަށް ހުރިހާގޮތަކުން ދަނޑިބޭނި...މިއީ އަޅާނުލާ ދޫކޮއްގެންތިބެގެން ވާނެކަމެނޫން...އިންޑިޔާ ޖަ ވާބުދާރީ ކުރު ވެންހުރި ގޮތަކަށް މިކަންކުރަންޖެހޭ..އދ އަށް މިކަން ހުށަހަޅަން ވީ..ގައުމުތަކުގެ ދާޙިލީ ކަންކަމަށް ބޭނިގަތުމަތީ ކުށަކަށް ވާއިރު އިންޑިޔާއަކަސް ކުއްވެރި ވާނެ..

  5. ގަޅިމުންދު

    މީ ހާދަ ގަމާރު ސަ އިތާނެކޭ

    2
    4
  6. ?ރޮނޑާ

    ކަލޭމެން ހުރިހާ އެންމެންދޭ މުޒާހަރާ ކުރަން އިންޑިޔާ އައް. ނަޝީދު ބުނީ ކަލޭމެންނައް ވޯޓުފޮށި އޮޅުވާލާނެ ފުރުސަތު ބަންދު ކުރެވިއްޖެނަމަ ވޯޓް އިން ކަލޭމެން ބަލިވާނެ ވާހަކަ. ކަލޭމެން ޖެހޭތަ ވޯޓުން ވައްކަން ކޮއްގެން ހޮވެން. ހުރިހާ ވޯޓު ފޮއްޓެއްގައި ބަނޑު އަޅައިގެން ތިބީ ކަލޭ މެންގެ މީހުން. ފަސްއަހަރު ވަންދެން މައިތިރި ވެގެން ޖެހޭނީ ތިބެން.