މާލެއާއި ހުޅުމާލެ އާއި ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖް އާއި ހަލި މަގު (ހައިވޭ) ގައި ސީސީޓީވީ ކެމެރާ ހަރުކޮށް ބޭނުންކުރަން ފަށައިފިއެވެ.

މިކަން ހާމަކޮށް މިއަދު ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ހަމީދު ވިދާޅުވީ، ސީސީޓީވީ ސަވައިލެންސް ކެމެރާ މިހާރު ބްރިޖް އާއި ހަލި މަގުގައި ހަރުކޮށް ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

ކެމެރާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކުރަމުން ދިޔަ މަންޒަރު ފެންނަ ފޮޓޯ އާއި ކެމެރާ ހަރުކޮށް ބޭނުންކުރަން ފެށުމުން ނަގާފައިވާ ފޮޓޯ އާންމު ކުރައްވަމުން ސީޕީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ސީސީޓީވީ ކެމެރާ ހަރު ކުރުމުގެ އިތުރުން ސްޕީޑް ކެމެރާ ހަރުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިޔަށްދާ ކަމަށެވެ.

ސީޕީ ވިދާޅުވީ، ބްރިޖް އާއި ހަލިމަގުގައި ހަރުކުރާ ސްޕީޑް ކެމެރާ އިން ދުއްވާފައިދާ އުޅަނދުގެ ނަމްބަރު ޕްލޭޓްވެސް ދެނެގަނެވޭނެ ކަމަށެވެ. މިއަދު ސީޕީ ހަމީދު ކުރެއްވި ޓްވީޓުގައި ވަނީ، މި ކެމެރާތައް ހަރުކޮށް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ފުލުހުންގެ ޓެކްނިކަލް ޓީމަށް މަރުޙަބާ ދަންނަވާފައެވެ.

ބްރިޖްގައި ކެމެރާ ހަކުރު ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގެ ސަތޭކަ ދުވަހުގެ ވަޢުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން ގިނަ އެކްސިޑެންޓްތައް ހިނގާ ބުރިޖުގައި ކެމެރޭތައް ހަރުކުރާނެ ކަމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންނެވިއިރު، މާލެ، ހުޅުމާލެ އަދި ވިލިގިލީގެ މަގުތައް ރައްކާތެރިކުރުމުގެ ގޮތުން ލެޑް ސޯލާ ލައިޓް ހަރުކުންވެސް އޭގެތެރޭގައި ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ެއެޖެންޑާ 20

    100 ދުވަސްވަނީ އެއް އަހަރު ފަހުން.. ތިއޮތީ އަދުރެމެޓިކްސްވެފަ.

    75
    1
    • އަޒާ

      އެމީހުން 100 ދުވަސް ގުނީ ސަރުކާރު ބަންދު ދުވަސްތަކާ، ވާރޭ ވެހުނު ދުސްތައް ނުލާ 100 ދުވަސް.

      66
      1
      • ޢަލީ

        ސާފު ނަލަ ދުވަސްތައް ވެސް ނުލައި

        30
    • އަލީ

      އަވިގަދަ ދުވަސް ދުވަސް ވެސް ނުގުނޭނެދޯ، އެހާ އަވީ ގައި ކިހިނެއް މަސައްކަތް ކުރާނީ.

  2. މާހިރު

    ބަލަ ކުޑައެއްޗެއް ލަސްވިއަސް އެކަންވެސް އެވީ..ދެންހުރި ކަންކަންވެސް އިރާދަފުޅުން ދަމުން ދާނެ ކުރިއަށް

    6
    72
    • ކަނަމަނަ

      ބަލަކުޑައަދުންކޮޅަކައްފަހު އަދިބާކީ އަދުން އޮތީއަޅުވަން އަދި މިފަސް އަހަރުތެރޭ ބޮޑު ބުރިޖެއްވެސް އެޅުން އޮތީ

      12
      23
  3. ގިލަ

    ތިޔަ ކެމެރަ ތައް އެންމެ އެދެވެގޮތުގަގ ބެނުންކުރެވެނެ ބަ

    35
    2
  4. އަރީ

    ސަތޭކަ ދުވަސް މަރުކޮމިޝަން މަރު.. ވަރަށް ސަލާމް

    57
  5. ޟހދ

    މަގޯތި އާދަނުމެންގޭގައި ހަރުކޮއްފަހުރި ކެމެރާއައްވުރެ ތިޔަކެމެރާތަކުގެ ފެންވަރުދައް.

    26
    2
  6. ވައުދު

    ތިއޮތީ އެއްސިކުންތުން ލައްކަވައުދު ފުއްދިފައި. ދެންވ އަތްޖަހާ

    23
    2
  7. ސަތޭކަ

    ވެރިކަމަށް ސަތޭކަ ދުވަސް ވެއްޖެތަ؟

    21
    2
  8. ހަސަންކޮ

    100 ދުވަސް ހަމަވާން އަދި ބާކީ 4 ހަފުތާ އެބައިން...!!!

    10
    1
  9. ޝޭޚްރުޝްދީ

    ލަހުން ވިޔަސް ވަޢްދުފުއްދުމަކީ ރަނގަޅުކަމެއް.

    1
    7