އުމުރުން ނުވަ އަހަރުގެ އާއިޝް އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް މައްކާއަށް ދިޔައީ އޭނާގެ މަންމަ އާއި ބައްޕަ އާއެކުގައެވެ. ދ. ކުޑަހުވަދޫއަށް ނިސްބަތްވާ އާއިޝްގެ ކުޑަކުޑަ އާއިލާ ލަންކާގައި ދިރިއުޅެމުން އަންނައިރު، އޭނާއަކީ އޯޓިޒަމް ކުއްޖެއްކަން އެނގުނީ ވަރަށް ކުޑައިރުއެވެ.

އާއިޝްއަކީ އޯޓިޒަމް ހުންނަ ކުއްޖެއްކަން އެނގުނު ހިސާބުން، އޭނާއަށް ދިޔައީ އާއިލާގެ ފަރާތުން ސަޕޯޓް ދެމުންނެވެ. އޭނާ އުފަލުގައި ބަހައްޓަން އާއިލާއިން ދިޔައީ ކެނޑި ނޭޅި މަސައްކަތް ކުރަމުންނެވެ.

އެ ހުރިހާކަމާއެކުވެސް، އެ ކުޑަކުޑަ އާއިލާއިން ދިޔައީ އާއިޝް ގޮވައިގެން މައްކާއަށާއި، މަދީނާއަށް ދިއުމަށް ހުވަފެންތައް ދެކެމުންނެވެ. ﷲގެ ހެޔޮރަހުމަތްފުޅުން އެ މީހުންނަށް އެކަން ވެއްޖެއެވެ.

ގިބްލާ ހައްޖު އުމްރާ ގްރޫޕްގެ ހަވާލުގައި އެ މީހުން މައްކާއަށް ގޮސް އުމްރާގެ އަޅުކަން ފުރިހަމަ ކޮށްފިއެވެ.

އާއިޝްގެ ބައްޕަ އާލިމް މުހައްމަދު ބުނީ، އުމްރާ ދަތުރެއްގައި، އެ އާއިލާއިން މައްކާއަށާއި، މަދީނާއަށް ދިއުމަށް ޕްލޭން ކުރަމުން ދިޔަ ކަަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ހިތްވަރުއެލެނީ އާއިޝް ގޮވައިގެން އެ ދަތުރު ފުރިހަމަ ނުކުރެވިދާނެތީވެ، އެއީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖުތަމައުއަށް އަސްލު އޯޓިޒަމްއަކީ ކޮން އެއްޗެއްކަން ނޭނގެ. އަދި އެފަދަ ކުދިންނަކީ އުނދަގޫބޮޑު ކުދިންގެ ގޮތުގައި ގިނަބަޔަކު ފާހަގަކުރޭ". އާއިޝްގެ ބައްޕަ އާލިމް ބުންޏެވެ.

އެހެން ވިޔަސް އާއިޝްއާއެކު މި އާއިލާ މި ވަނީ އުމްރާގެ އަޅުކަން ފުރިހަމަކޮށްފައެވެ. އެ ދަތުރު ފެށިއިރުން ފެށިގެން ނިމެން ދެންވެސް އާއިޝް ދިޔައީ އެހެން މީހުންނެކޭ އެއްފަދައިން އުމްރާގެ ހުރިހާ ކަމެއް ފުރިހަމަ ކުރަމުންނެވެ. ﷲގެ ހެޔޮރަހުމަތުން އާއިޝް އާއި އޭނާގެ އާއިލާ އުމްރާ ފުރިހަމަކޮށްފިއެވެ. ކުޑަކުޑަ އާއިޝް އެހެން މީހުންނެކޭ އެއްފަދައިން ކައިގެން، މަސްޖިދުލް ހަރަމްއަށް ގޮސް ނަމާދު ކުރިއެވެ. އަދި އޭނާ ވަނީ އުމްރާ ފޮތްވެސް އެއްކޮށް ހިތުދަސްކޮށްފައިކަމަށްގިބްލާ ހައްޖު އުމްރާ ގްރޫޕުން ބުންޏެވެ.


 

لَبَّيْكَ ٱللَّٰهُمَّ لَبَّيْكَ، لَبَّيْكَ لَا شَرِيكَ لَكَ لَبَّيْكَ، إِنَّ ٱلْحَمْدَ وَٱلنِّعْمَةَ لَكَ وَٱلْمُلْكَ لَا شَرِيكَ لَكَ

Masha Allah ? Aaish Alim

Posted by Qibla Hajj & Umrah on Thursday, 26 December 2019


ގިބްލާ ހައްޖު އުމްރާ ގްރޫޕުން ބުނީ، އެ ދަތުރުގައި އާއިޝް ގުރުއާން ކިޔެވުމަށް ވަގުތު ދީ އަދި އަޅުކަމުގައި ޝާމިލްވިއެވެ.

އާއިޝް އުމްރާ ދަތުރުގައި ދެއްކި ހިތްވަރަށް ގިނަބަޔަކު ދަނީ އޭނާއަށް ތައުރީފް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އާމިނަތު

    މާޝާﷲ

    69
    2
  2. ލައިޝް

    ލޯބި ކުއްޖެއް. މާތް ﷲ މި ކުއްޖާޔާ މި ކުއްޖާގެ މައިންބަފައިންނަށް ހެޔޮ ރަހުމަތް ލައްވާށި. ޢާމީން

    96
    2
  3. Hidha

    މާޝާﷲ

    65
  4. ޢަހުސަން

    ކޮޕީކެޓް

    3
    31
  5. Anonymous

    މާޝާﷲ، ތުއްތު އައިޝްއަށް ޖެހިފައިވާ އޯޓިޒަމް ފިއްލަވައި، އެކުއްޖާއަކީ ސިއްޙަތުރަނގަޅު އެހެންމީހުންފަދަ ކުއްޖަކަށްވުމުގެ ނަސީބު ދެއްވައި ދެދުނިޔޭގެ ހެޔޮރަޙުމަތް ލައްވާށި އާމީން.

  6. ދިވެހިމިީހަާ

    އައިޝް ގެމައިންބަފައިން ވަރަށް ހިތްވަރު ގަދައެވެ އެފަދަ ކުއްޖެއްގެ ކަންތައް ކައިރިން ފެނުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ބުނާނިީ ހިތްވަރު ކޮށްލާށެވެ އިންޝާﷲ ކާމިޔާބު އޮތީ ވަރަށް ގާތުގައެވެ ގޮންޖެހުންތައް ހުންނާނެވެ ބުލީ ކުރުމާ ފުރަށްސާރަ އާ އަދި ޓީޗަރުންގެ ފަރާތުންވެސް ގޮންޖެހުންތައް އަންނާނެ އެކަމަކުވެސް ދޫ ނުދީ ހިފަހަށްޓާ ލާށެވެ އެފަދަ ކުދިން ޑިގްރީ ހަދާ ތަން ދެކިލުން އެއީ އަޅު ގަނޑުގެވެސް އުންމީދެކެވެ ﷲ ތިބޭފުޅުންގެ ގުރްބާނީ ގައި ބަރަކާތް ލައްވާށި

  7. ނަހުލާ

    މާޝާ ﷲ