އައްޑޫ ސިޓީ އިން ލޯކަލް ޓުއަރިޒަމަށް ދޫކުރާ 80 ބިމަށް ބިޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން މުއްދަތު ހަމަވި އިރު 63 ފަރާތަކުން ކުރިމަތިލައިފައިވާ ކަމަށް ސިޓީކައުންސިލުން ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މުއްދަތު ހަމަވި އިރު ބާކީ އޮތީ 17 ބިމެކެވެ.
އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެސިޓީ އިން މިފަހަރު 96 ބިމެއް ބިޑަށް ހުޅުވާލަން ނިންމި ނަމަވެސް މީދޫ ރައްޔިތުންގެ އެދުމުގެ މަތިން އެރަށުން ދޫކުރަން އޮތް 16 ބިމުގެ ލޮކޭޝަން ބަދަލުކުރަން ޖެހުމުގެ ސަބަބުން އެތަންތަން ދޫކުރުން ވަނީ މަޑުޖެހިފައެވެ. އެހެންކަމުން މިހާރު ބިޑަށް ހުޅުވާފައި އޮތީ 80 ބިމެކެވެ.
ކައުންސިލުން ވިދާޅުވި ގޮތުގައި އެކައުންސިލުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އެ 17 ބިން ކޮމަން ފެސިލިޓީ އެއްގޮތަށް ތަރައްގީ ކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށެވެ.
އަދި ގެސްޓުހައުސް ނުވަތަ ރެސްޓޯރެންޓް އިމާރާތްކުރުމަށް ދޫކުރާ ބިންތަކުގެ ކޮންޓްރެކްޓް މަސައްކަތް ނިމި އެތަންތަނުގެ މަސައްކަތް ފެށުމާއިއެކު ފެސިލިޓީތަކުގެ މަސައްކަތް އަދި ލޭންޑްސްކޭޕިންގ އާއި ބީޗު ހެދުމުގެ މަސައްކަތްވެސް ފަށާނެ ކަމަށް އެކައުންސިލުން ވަނީ ނިންމާފައެވެ.
މިލަވަ ޖަހަމުންދާތާވެސް 7 މަސްދުވަސް ވެއްޖެ. އަންނަނީ އަންނަނީ! އަންނަނީ!!