އަލަށް އުފަންވާ ކުދިންނަށް ދެމުން އަންނަ ހަދިޔާ އަކީ ސަރުކާރުން ދޭ އެއްޗެއް ނޫން ކަމަށާއި އެއީ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ދޭ އެއްޗެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯގެ ވިދާޅުވި ގޮތުގައި އެއީ އެކުންފުނިން އާއަހަރާއި ދިމާކޮށް ފަށާފައިވާ ކަމެކެެވެ. އަދި މިއީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވައުދުފުޅާއި ގުޅިގެން ސަރުކާރުގެ ފަރާތުން ދޫކުރަން ފަށާފައިވާ އެއްޗެއް ނޫންކަމަށް އެސްޓީއޯގެ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އެ ހަދިޔާ ފޮށީގައި ހުންނަނީ ހަގީސް ނެޕީ އާއި، ހަގީސްގެ ވޮންޑަރ ޕޭންޓްސް އާއި، ހަގީސްގެ ބޭބީ ވައިޕްސްގެ އިތުރުން ޑެވޯންޑްލޭ ފުލް ކްރީމްގެ އެއްލީޓަރެވެ.
މިހާތަނަށް މި ހަދިޔާފޮށި ދޫކުރަން ފަށާފައި ވަނީ ހަމައެކަނި އައިޖީއެމްއެޗުންނެވެ. އެހެން ނަމަވެސް ކުރިއަށް އޮތްތަނުގައި އެހެން ހޮސްޕިޓަލްތައް މެދުވެރިކޮށްވެސް އެސްޓީއޯ ހަދިޔާފޮށި ދޫކުރުމަށް ފަށާނެ ކަމަށް އެސްޓީއޯ އިން ވަނީ ހާމަކޮށްފައެވެ.
އަލަށް އުފަންވާ ކުދިންނަށް ހަދިޔާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް 90 ދުވަހުގެ ތެރޭގައި ފުއްދަން ވެފައިވާ ވައުދެކެވެ. އެސްޓީއޯ އިން ކުދިންނަށް ހަދިޔާ ދިނުމުގެ މަސައްކަތް ފެށިއިރު ސަރުކާރަށް މިއަދު ވަނީ 410 ދުވަސް ވެފައެވެ.
ސަރުކާރުން ކުދިންނަށް ހަދިޔާ ފޮށި ދިނުން މިއަހަރު ފަށާނެ ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
ހަދިޔާދެނީ ސަރުކާރަކުން ނޫން އެސް ޓީ އޯ އިން އެތަނަކީ
އަމިއްލަ ކުންފުންޏެއްދޯ.
އެސްޓީއޯ އަކީ ދަވްލަތާ ރައްޔިތުން ހިއްސާވާ ކުންފުންޏެއް . އެސްޓީއޯ އަކީ ވިޔަފާރީގެ ފައިދާ ހޯދުމަށް މަސައްކަތް ކުރާ ކުންފުންޏެއް . އެފަދަކުންފުންޏަކުން ވަކި ކަމަކަށް ވަކިމީހަކަށް ވަކިޕާޓީއެއްގެ ވައުދު ފުއްދުމަށް ވިޔަސް އާމްދަނީ އިތުރުކުރުމަށް ކުރެވޭހަރަދަކަށްމެނުވީ ފައިސާހަރަދެއްނުކުރެވޭނެ. އެސްޓީއޯގެ މުދަލަކީ ދަވްލަތުގެ މުދާ. ދަވްލަތުގެ މުދަލެއް ތިޔަހެން ހަރަދެއްނުކުރެވޭނެ.
އެސްޓިއޯ އަކީ ℅100 ސަރުކާރު ކުންފުންޏެއް ނޫން ތަ؟
އެސްޓީއޯ އަކީ ސަރުކާރު ކުންފުންޔެއް..ހިހިހިހިހިހިހ