ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް މަސައްކަތް ކުރުމަށްޓަކައި ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާނު މައުމޫން ޔޫރަޕަށް ވަޑައިގެން ޤާނޫނީ ވަކީލުންގެ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ، ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ޣައްސާނު މައުމޫން މިވަގުތު ހުންނެވީ ޔޫރަޕުގައި ކަމަށެވެ. ޣައްސާނުގެ މިދަތުރުގައި ގާނޫނީ ވަކީލުންނާއި ބޭރުގެ ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ޖަނަވަރީ މަހުގެ 6 ވަނަ ދުވަހުގެ ކުރިން ޔާމީން ގެއަށް ބަދަލު ކުރަން މި ސަރުކާރަށް "ބޭރުގެ ބޮޑެތި ބާރުތަކުން ވަނީ އަންގާފައި." ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ އަމުރު ކުރި ގޮތައް ސަރުކާރުން ކަންތައް ނުކުރި ކަމަށާއި ބޮޑެތި ބާރުތަކުން މި ސަރުކާރަށް އެންގި އެންގުމާއި މި ސަރުކާރުން ހިލާފު ވެއްޖެއްޔާ ބަޖެޓްގެ ދަތިކަން ވެސް ކުރިމަތިވާނެ ކަމަށެވެ. އަދި މިނިވަން ދުވަސް އައުމުގެ ކުރިން މިކަމުން ގައުމު މިނިވަން ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ބައިނަލްއަޤުވާމީ ވަކީލުންގެ ޓީމެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

''ބައިނަލްއަގްވާމީ ލޯޔަރުންގެ ޓީމެއް އެކުލަވައިލުމުގެ މަސައްކަތް މިދަނީ ކުރަމުން. އަމާލު ކްލޫނީ ކަހަލަ ހަމަ ގާބިލު ބޭފުޅުން ރައީސް ޔާމީންގެ ގާނޫނީ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާނެ. އިނގިރޭސިވިލާތާއި ބައިނަލްއަގްވާމީ ގޮތުން ފުންނާބު އުސް ލޯފާމުތަކާ މިހާރު އަޅުގަނޑުމެން ވާހަކަދައްކާ ރައީސް ޔާމީންގެ މައްސަލަ އދ.ގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނަން.'' ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޔާމީންގެ މައްސަލަ އދ. ގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ބައިނަލްއަގްވާމީ ލޯޔަރުންގެ ޓީމާއި މަޝްވަރާކޮށް، އެކަން އެގޮތަށް ކުރުމަށް މިއަދު ނިންމާފައިވާކަމަށެވެ. އަދި އެމަސައްކަތުގެ ބޮޑުބައި މިހާރު ކާމިޔާބު ކުރެވިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ ފަރާތްތަކާއި މަޝްވަރާކޮށް، ލޯޔަރުންގެ ޓީމު އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާއިރު، އެކަމުގައި އިސްކޮށް ހަރަކާތްތެރިވަނީ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކަމަށެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ސާބިތުކޮށް އެމަނިކުފާނު ޖަލަށްލިތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައެވެ. ނަމަވެސް އަދި އިސްތިއުނާފް ޝަރީޢަތް ނުފަށައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ކާންޓް އިސްޓޮޕް

    އެއްކަލަ ކާފަރު ފަރަންޖީންގެ ފައިބުޑަށް. ހުސް މުނާފިގުން

    47
    62
  2. ޖޫދު

    ކަލޯ ތިކަން ރަގަޅަށް ކުރާތި. ބައްޕާފުޅުގެ ފޮތުން ނުކިޔަވާތި! ވަރަށް ސަލާމް

    83
    13
  3. ދަތްދޫނި

    މަމެންނަކަށް ޤަބޫލެއް ނުކުރެވޭ ތަމެންނަކަށް ތިކަމެއް ވާނެކަމަކަށް. ނަމަވެސް ފައިސާގެ ދަހިވެތިކަމުގައި ބަޔަކު ތަމެންނާއި އެއްކޮއް މަސައްކަތް ކޮއްފާނެ.

    15
    28
  4. ދާދާ

    ބަލަ!
    ޔާމީނު ވިދާޅުވިއެއްނު. ރާއްޖޭގެ ކޯޓުތަކުން ކުރާ ހުކުމަކަށް ތިމަންނަޔަށް އަދި ޢަމްދުން ބޭރުގެ މީހުންނަކަށް ނުބެހެވޭނެޔޭ.
    އަލިފުދާލަށް ހުށަހަޅައިގެންވެސް އެތަނުން ދޫކުރަން އަންގައިގެން އެކަކުވެސް މިނިވަން ނުކުރޭ. ދެން މިހާރު އެކަންކުރަން ޖެހޭނެބާ؟

    27
    19
  5. އާބާތާ

    ޔާމީނު އެކައުންޓުގަ ހުރި ފައިސާކޮޅު ހުސްވަންދެން ތިބައިގަނޑު ތިހެންއުޅޭނެ

    21
    19
    • ހިގާ ނުކުންނަން

      ޔާމީންގެ އެ ކައުންޓްގަހުރި ފައިސާއެއްވިއްޔާ މިސަރު ކާރުން ހުވާ ކުރި ދުވަހުން ފެށިގެން ހައްޔަރު ކޮއްގެންއެތިބީ...ދެން ކިހިނެތް އެހެންބަޔަ ކު އެފައިސާގަ އަތްލާނީ..ޙުދު އާއިލާއަށްވެސް ހަރަދެނު ކުރެވޭގޮތަށް މިސަރު ކާރުން އެ ކައުންޓްތަ ތަޅުއަޅުވާފައޮތީ...ޔާމީނުގެ ހައްގުގަ މިއަދު އުޅޭބަޔަ ކުއުޅެނީ ފައިސާގެ ބޭނުމެއްގަނޫން...އެމަނި ކުފާނުގެ ތަރައްގީއާ ވަތަނީ ގައުމީ ލޯބި ފެނިފަ އެ ކަމުގަ ޔާމީން ދިވެހިންނަވި ގުރުބާނީ ފެނުނީމަ...ހަޖަމް ކުރަން ދަސް ކުރޭ ދެންމިފަހަރު ދަސް ކުރޭ މިއިގޭ ހަގީގަތޭ ސާފުތެދޭމީ....

  6. Anonymous

    ސާބަހޭ ދަރިފުޅާ ޣައްސާން. ތިކަން ކުރަން މާލަސްވެއްޖެ. ތިޔައީ މިޤައުމުގެ އުއްމީދު

    46
    12
  7. ?ޖާބިރު.

    ކޮންތާކު މިޖެހުނީ. ޔަހޫހޫދީންގެ ފަރާތުން އެހީ އައް އެދި އާދޭސް ކުރަން ފެޝީތަ؟މި އޮއްހާދުވަހު ކަލޭމެން ބުނަމުން އައީ ކާފަރުންގެ ކިބައިން އެހީ އައް އެދޭނީ ލާދީނީ މީހުންނޭ. ، ކަލޭމެން ދައްކާވާހަކ ަ ވިސްނައިގަން ނަން އެގޭވަރެއްނޫން. މިއަދަކީ ޔާމީން ޖަލުން ނެރެގެން ގެއައް ބަދަލު ކުރަން ކަލޭމެން ބުނި ދުވަސް.

    17
    32
  8. ޢިލްހާމް

    ސާބަހޭ މަގޭ ރަންދޫންޏާ ތިޔަކ ކުރާ ހިތް ވަރަކަށް. އުފަލުން ފޮޅިއްޖެ،

    39
    13
  9. މޫން

    ވަގުތުން ދޫކުރޭ

    28
    18
  10. ޞުރޯ

    ބުރޯ ގައްސާނު ވާހަކައިން ފަށާފަ މިއޮތީ ދެން މުޅި އޮޑީގަ ނަޝީދެއްގެ ދެފައި.. ކަމޯން އަންނި ބުރޯ ގައްސާނު އާ ގުޅިގެން ހިންގާލާ.. ހަހަ

    6
    13
  11. ގައިދީޔާމނު

    އަޅުކަމުގައި ހުއްޓައެއް ނޫން ހައްޔަރުކުރީ ވައްކަމުގެ ކުށް ސާބިތުވެގެން ހުރަގެއަށްލީ

    17
    37
  12. ބޯގޯސް

    މުނާފިޤުންނަކީ ކޮންބަޔެއްކަމާ މުނާފިޤުންގެ ޢަމަލުތައްހުންނަނީ ކިހެނެއްކަންމިހާރު އެނގޭނެކަމައް އުއްމީދުކުރަން އަދިވެސްހޭއަރާކައްނުވޭތަ މުނާފިގުންނައްވޯޓްދީގެން ވަކިމޮޅެއްވިތަ އަރުތެރޭގަހުރިއެތިކޮޅުވެސް އެދަމައިގަންނަނީ ބަލަންތިބެ

    15
    11
  13. ައަދުރޭ

    ާާާާޣައްސާނުއޭ... ހިނިއަންނަނީ..... ކޮންމެ ތާކަށް ދިޔަޔަސް ހަމަ ޔާމީން ކުރި ކުށެއްގެ އަދަބު ހަމަ ޔާމިންއަށް. އަތުގަ ހުރި ރފ އިން ފައިސާ ދައްކާލަންވީނުން.ނޯ ވޮރީ ބްރަދަރ...

    9
    31
  14. ޝަމީމް

    ބަލަގަ ކުރީގެ ރައީސް ޔާމީން ގެ ސަރުކާރުން އޮތީ ތިކަމުގައި އަމަލު ކުރާނެގޮއް ދައްކާފަ އެސްޓޭންޑް މިސަރުކާރުން ވެސް ހިފަ ހައްޓާނެ ވ.ސަލާމް ކާނަލް އަށް

    12
    19
  15. Anonymous

    ބަލަ މި ދިވެހިރާއްޖޭން ނުވިދޯ މިވަގުކަލޭގެ އައް ކަމުދާ ވަކީލަކުވިސް ކުރީގަބުނި ބޭރުމީހުން ނަކައް ނުބެހެވޭނެޔޭ މިހާރު ބެހެވެނީތަ އާ އެންވާނީ ކޮންމެމީހަކައްވެސް މިއެގެނީ އަތުގަ ބިޑިއެޅީމަދޯ ބޭރުމީހުންގެ މުހިންމު ކަން މިހާރު ކާފަރުން އޯކޭ ކުރިން ކަމަކުނުދޭ

    14
    22
    • ވިސްނާލުމަށް އެދެމޭ

      ހާދަ މޭ ކަރައޭދޯ....ބައިނަލް އަގުވާމީ ވަ ކީލުންނޭ ބުނީމަ..އަދި އޮތީ ބައިނަލް އަގުވާމީ ކޯޓުތައްވެސް....ރޔާމީން ބޭނުންވީ ބޭރުމީހުންނާ ނުބައްސުވާ މިރާއްޖޭގެ އިންސާފުގެއިން އަދުލުވެރި ނިޔާއެއް ލިބުމަށް ..އެ ކަމަ ކު އަދުލަށް ހުރަސްއެޅީ ޑިމޮ ކޮރަސީގެ ދޮންބަފާ ކެނެރީގެ ސޮނި ކުޑޭ...ސިއް ކަގެ ދަނބިދަރި އިބުރާހިމު....އެހެންވީމަ ދޮން ކުދިންނަ އަންގަދޭން ޖެހޭނެދޯ އެމީހުން ޑިމޮ ކްރަސީގެ ބަފައޭ ކިޔާ މިތަނަށްލީ ދޮންބަފައެއް ކަން އަންގަން...

  16. އަލީކަތީބު

    ބަލަ ރާއްޖޭގެ ދާޚިލީކަންކަމާ ބޭރުގެ މީހުން ނުބައްސާށޭ ގޮވީ ކަލޭމެންނު؟ ކިހިނެއް ތިޔަ ހެދީ؟ ބޭރުގެ ފަރަންޖީ ކާފަރުންނާ ތިިޔަކަންކަން ނުބައްސާށޭވެސް ގޮވީ ކަލޯމެން!

    13
    33
    • ާަާަަައަސްލު

      މިގައުމުގަ މިހާރުއޮތީ ސަދޫމްގެހުކުން..!!
      އުސޫލްތައްމުގުރާލާފަ ހުކުންކުރަނީ...ބޭރުގެ ވަކީލުން ބޭނުންނުކުރާށެކޭ ޔާމީންނުބުނެ އެކަމަކުކާފަރުގަުމުތައް އަތްދަށުވެގެން ނޫޅޭށޭބުނީ...

    • ޕޕމ

      ޢާއިލީ ވެރިކަން ނުކުރާށޭވެސް ބަޔަކު (އެމޑޕ)ން ގޮވި، އެކަމު މިހާރުމިކުރަނީ ހަމަ އާއިލީ ވެރިކަމެއް. ދަރި ދަރިކޮޅަށް ދެމިގެން ދާގޮތަށް. ކަލޯމެންގެ ދެއުޅިއެއްނުވާ ސްޓޭންޑަރޑް ޕިންކީންވެސްް ހިފަހައްޓާނެ ލޮލް

    • ޕޮކްސް

      ޗައިނާއިން ދެނީ ދަރަނި ދަންތޫރަ. މިހާރު ދެނީ ޚަޒާނާ. ވަރަށް ސަޅި

  17. Anonymous

    ތި ކާނަލް އަކީ އެމްޑީޕީ ފިކުރު މީހެއް. އަންނި ޕީޕީއެމް އަށް ފޮނުވާފަ ހުރި ޕަޕެޓެއް. ކުރިން ރީކޯ ފޮނުވި ގޮތަށް ?

    3
    1
  18. އަލްޖިބްރާ

    އެކުލަވާލަންވީ ވަކީލުންގެ ޓީމެއްނޫން ! ބައެނަލްއަޤްއާމީ ވަގުންގެ ޓީމެއް !

  19. އަލްޖިބްރާ

    ރައްޔިތުންގެ ފައިސާއިން ތިޔަ ޕާރޓީއަށް ދޫކޮށްފަ ހުރި ފައިސާ ވަގަކަށް ޚަރަދުކުރުމަށް ވުރެ ރާއްޖޭގެ ކޮންމެވެސް ބޭނުމެއްފުދޭ ގޮތަށް ތިފައިސާ ޚަރަދު ކުރުން މާ އެދެވިގެން ވޭ ! ކަލޭމެން ތިހުރިހާ ފައިސާއެއް ބޭރު ބިދޭސީންނަށް ޚަރަދު ކުރީމާ އެމީހުން އެފައިސާކޮޅު ކާލުން ނޫން ކަމެއް ނުކުރާނެ !

  20. މުބީނު މާރނީ

    ބައްޕަ ބަލަހައްޓަ ބަލަ އިހަށް. ކަލޭ އުޅޭ ގޮތުން މައުމޫނު ހިތްދަތިވެގެން އެޑްމިޓް ކުރީ. ރޯގާ ޖެހިގެން މީހުން އެޑްމިޓް ކުރޭތަ ؟؟؟

    1
    3
  21. Anonymous

    މުނާފިގު ރީނދޫތައް ކެކި އަރަނީ ދޯ މި ހަބަރު ފެނުމުން. ހާދަހާވާ ބިރުގަންނަ ޔަހޫދީ ބައިގަނޑެކޭ މީ. ކެކެ. ދެން ކެތް ކޮށްލާ. ފިއްތާލައިގެން ތިބެން ޖެހޭނީ ހަމަ.

  22. ބޮކި

    ޢަހަ ؟ މިހާރު އެއްކަލަ ދޮންކުދިން ކާރިޔަތް ދިޔައިތަ ؟

    1
    4
  23. އަށްޑޫ

    ރައީސް ޔާމީން ރައީސް ޔާމީން ރައީސްޔާމީން ހަމަ މިހާރު މިނިވަންކުރޭ އެއީ ގައުމީ ތަރަށްގީގެ ބާނީ .

  24. Anonymous

    ބަފާ ހުރަގެއަށް ލީމަ އެއްވެސް އެހީތެރޮ ކަމެއް ފޮަރު ނުކޮއްފަ މިއަދު އަރުވާޖަހާފަ، އެދުވަހުން ކޮންޖަވާބެއްބާ ދޭންއޮންނާނީ