ހ. ހަންޑްރެޑް ފްލާވާ، ހުސައިން ރަޒީން (ރަބަރޭ) 29، މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ރ. ކަނދޮޅުދޫ ފީރޯޒުގޭ، އިބްރާހިމް އަބްދުއްރަހްމާންގެ މިއަދުގެ ޝަރީއަތުގެ އަޑުއެހުން ސިއްރުކުރަންޖެހޭކަން ކޯޓްރޫމް ތެރެއަށް ނޫސްވެރިން ވެއްދި ފަހުން އެނގުމާއި އެކު ޝަރީޢަތުގެ މަޖިލީހުން ނޫސްވެރިން ނެރެފިއެވެ.
މިއަދުގެ އަޑުއެހުން ފެށުމަށް ހަމަޖެހިފައި އޮތީ 14:30 ގައި ނަމަވެސް އަޑުއެހުމަށް ނޫސްވެރިން ވައްދާފައިވަނީ 15:30 ގައި އެވެ. އަދި ޤާޒީ ހާޒިރުވުމުން އިބްރާހިމްގެ ދިފާއީ ވަކީލު ވިދާޅުވީ މި އަޑުއެހުން ސިއްރުކުރަން އެދިފައިވާ ކަމަށެވެ. އެގޮތުން ދައުލަތުގެ ފަރާތުން ބެލުމަށްފަހު އެކަމަށް އެދިފައި އޮތްކަމަށްބުނެ ނޫސްވެރިން ވަނީ ކޯޓްރޫމުން ނެރެފައި އެވެ.
މިއަދު ބާއްވާފައި ވަނީ މި މައްސަލައިގެ ހެކިން ހުށަހެޅުމުގެ އަޑުއެހުމެކެވެ.
އިބްރާހިމްގެ މައްޗަށް ކޮށްފައިވަނީ އެނގިހުރެ މަރެއްފޮރުވުމާއި ތޫނުއެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.
ރަބަރޭ މަރުގެ މައްސަލައިގައި އިބްރާހިމްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުމެއް އެންމެފަހުން ބޭއްވީ 2017 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 31 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި އޭނާގެ ބަންދާމެދު އިތުރު ގޮތެއް ކަނޑައެޅެން ނެތް ކަމަށް ހައިކޯޓުން ވަނީ ނިންމާފައި އެވެ.
ހ. ހަންޑްރެޑް ފްލާވާ، ހުސައިން ރަޒީން (ރަބަރޭ) 29، މަރާލައިފާ ވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އަވަށްޓެރި ސްރީލަންކާގައި އެވެ.
ޝަރިއަތް ސިއްރުކޮށްގެން ކޮންކަމެއްބާ މިކުރަނީ؟
ޝަރިއަތަކީ ހުޅުވާލެވިގެން ބާވަން ޖެހޭ ކަމެއް.
ހަރަދު ކުރި މީހުން ކޯޓައް ހާޒިރު ނުކުރަނީ ކީއްވެ؟ ލަންކާ ފުލުހުން ތަހުގީގު ކޮއްގެން ހޯދި މައުލޫމާތު ތަކުގަ ހުރި ދިވެހިންގެ ވިޔަފާރި ވެރިޔަކު ހިމެނޭކަމައް އަސްލު މުލުގަ އަތްލާން ޖެހިލުން ވަނީދޯ؟؟
ޕޭމަންޓް ލިބުނީމަދޯ ސިއްރު ކުރެވޭނީ