ރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރަ އާއި ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކޮށްފައިވާ ރިޕޯޓު ރައީސް އަށްލިބިވަޑައިގެންފި ކަމަށާއި އެ ރިޕޯޓު އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި، މަޝްވަރާތައް ފެށިގެން ދާނެކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި ރިޕޯޓު ލިބުނުކަން ރައީސް ހާމަ ކުރައްވާފައި ވަނީ މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

"ރާއްޖޭގައި މަސައްކަތްެތެރިންނަށް ދެވޭނެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރެއްވި ރިޕޯޓު އަޅުގަނޑަށް ލިބިއްޖެ. ރިޕޯޓު އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހުށަހަޅާނަން." ރައީސްގެ ޓްވީޓުގައި ވެއެވެ.

ސަރުކާރުން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި އެންމެ ކުޑަ އުޖޫރަ އާއި ގުޅޭ ރިޕޯޓާއި މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުވައި މިއަހަރު ކުރީކޮޅު އެންމެ ކުޑަ އުޖޫރަ އެއް ކަނޑައެޅިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސަރުކާރުން ވިދާޅުވެފައި ވެއެވެ.

އެންމެ ކުޑަ އުޖޫރަ އެއް ކަނޑައެޅުމަކީ ރައީސް ސާލިޙްގެ ރިޔާސީ ވައުދެއް ކަމުގައި ވާއިރު، ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ އެއް ކަނޑައެޅުމުގައި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯއިން) އިން ކުރި ދިރާސާތަކުގެ އިތުރުން، މިނިމަމް ވޭޖް ބޯޑުގެ ނިންމުންތައް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިކޮނޮމިކް މިނިސްޓްރީ އާއި ވަނީ ހިއްސާ ކުރައްވާފައެވެ.

އެންމެ ކުޑަ އުޖޫރަ އެއް ކަނޑައެޅުމުގައި ސަރުކާރުން ލަސްތަކެއް ވަމުން ގެންދާތީ ގިނަ އަދަދެއްގެ ޒުވާނުން ދަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅު ކުރަމުން ކަންވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ްަލިބެ

    ތިހާ އަވަހައް ތިކަން ނިންމާނެބާ ކަލޭމެން

    19
    1
  2. ނުރަބޯ

    ތިހެން ބުނި މަޖިލިސް އިންތިޚާބު ކައިރިވީމާވެސް

    21
    1
  3. ވަޢުދު

    ރަގަޅު ދެން ތިވަރު މަނިކުފާނުގެ 5 ވަނަ އަހަރު ނިމޭއިރުވެސް ތިޔަ މަޝްވަރާތައް ނިމޭވަރުވެއްޖިއްޔާ...

    20
    1
  4. ހަފުސްކުރި 19

    މީ ކޮން ރަޓަކު މީހަކާ! ކޮންތާކުބާ އުޅުނީ! ކޮންއިރަކު ރާއްޖެ އައީ! މީނަ ދަންނަ މީހަކު އެބައުޅޭތަ؟

    20
    1
    • ސައިއްޓޭ ރ އުނގޫފާރު

      މީ ހިންނަވަރު ބީތާއެއް

  5. ރައްޔިތުން

    ކިހާވަރަކުން ދާނެބާ..

    19
  6. ޓާޓާ

    ތިއީ އިބިލީސްގެ ކައިވެނި

    21
    1
  7. ހިތާމަހުރި

    ހާދަވާންދިގޭ، އަންނަ ހަފްތާގަ ވަޒީރުނާ ހިއްސާކުރުން ދެން އަންނަ މަހު މަޖުލިހަށް އޭގެ ތިންމަސްފަހުން ރައީސް އޮފީހަށް އަހަރު ނިމޭ އިރުވެސް ތިކަން ވާނެބާ؟

    18
  8. މަބޭ

    ލޯކަލްކައުންސިލް އިންތިހާބައް މަޅިފައްޗެއްޖަގަނީ

    24
    1
  9. ޑެއިލް

    އަދި ދެތިން އަހަރުނަގާނެ މަޝްވަރާކޮށް ނިމެން. އަބަދު ޕްލޭނިންގަ. ޝާހިދު ބޭރުގައުމަކަށް ފޮނުވާބަލަ މަޝްވަރާކުރަން.

    20
  10. އަޙްމަދު މަގޭ ޤައުމް

    ދޮގުވެރިއެއް

  11. ފޭކުތިއީ އައި ވޯޓް އެގެއިންސްޓް

    މިނިމަމް ވޭޖާއެކީ އެއްޗެހީގެ އަނގުތައް ކޮންޓްރޯލެއްނެތި އުފުލުމުން ތިޕްލޭން ދާނީ ފެނަށް. ސްރީލަންކާ ފަދައިން ޑޮލަރުގެ އަނގުތައްވެސް އަތްނުފޯރާ ވަރަށް އުފުލުން ގާތް ތިބިލާހެދި. ???

    6
    1
  12. އުދަ

    މަޝްވަރާކޮށްފަ މިނިޓްސް ލެޔެލައްވާބައްލަވާ!ދެންފައިލްވެސް ކޮއްލައްވާތި!

  13. ކިނބޫ

    މިބުރު ކައުންސިލްތައް ދޭންވޫ ޕީޕީއެމްއަށް.. ނާގާބިލް އެޖެންޑާ 19

    12
  14. ކަނބުރު

    އެމްޑީޕީ އަށްމެޖޯރިޓީ ލިބުމަކުން ރައްޔަތުންނަށް ވާފައިދާއެއްނެތް .