ކުރީގެ އެމްއީއެސް ބިލްޑިންގައި ސަރުކާރުން ގާއިމްކުރި އިއްޒުއްދީން ސުކޫލް ހުޅުވައިފިއެވެ.
އިއްޒުއްދީން ސުކޫލު ހުޅުވައިފައި ވަނީ އެކަމަށްޓަކާ ހާއްސަކޮށް އެ ސުކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ސުކޫލަކީ މާލޭގައި އެއްދަންފަޅިއަށް ކިޔަވައިދޭ ފުރަތަމަ ސްކޫލެވެ.
އިއްޒުއްދީން ސުކޫލުގައި މިއަހަރު ކިޔަވައިދިނުމަށް ހަމަޖެހިފައި ވަނީ ގްރޭޑް 1 އިން ފެށިގެން 6 ކާއި ހަމަޔަށެވެ. އެގޮތުން ގްރޭޑް އެކަކުން ހަޔަކަށް ކިޔަވައިދިނުމަށް ކޮންމެ ގްރޭޑެއްގެ ތިން ކްލާސްރޫމް އެ ސްކޫލުގައި ހިމެނެއެވެ. އަދި ފަހަކުން ހަޔަކަށް ކިޔަވައިދިނުމަށް ކޮންމެ ގްރޭޑަކުން ހިމެނެނީ ދެ ކްލާސްރޫމެވެ.
އިއްޒުއްދީން ސްކޫލުގެ ކޮންމެ ކްލާސްރޫމެއްގައިވެސް ތައުލީމް ހާސިލްކުރަމުން ދާނީ 25 ދަރިވަރުންނެވެ. މިއީ ޖުމްލަ 500 ކުދިންގެ ޖާގައިގެ ސްކޫލެކެވެ.
އިއްޒުއްދީން ސްކޫލަކީ ސަރުކާރުގެ އިސްކަމެއް ދީގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވަށައިޖެހޭ ތައުލީމު ފުރަތަމަ އަށް ތަންފީޒު ކުރާ ސްކޫލެވެ.
މާލޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން "އިއްޒުއްދީން ސްކޫލް" ގެ ނަމުގައި މި ހުޅުވި ސްކޫލު ކުރިން ބޭނުން ކުރަމުން ދިޔައީ، ގައުމީ ޔުނިވާސިޓީގެ ކްލާސްތައް ހިންގުމަށެވެ.
ތިއޮތީ އާ ސްކޫލެއް ހުޅުވިފައި! އެމް.އެން.ޔޫ ގައި އެރެބިކް ލޭންގްއޭޖް ކިޔަވައި ދަރިވަރުންނާއި ޝަރީޢާ އެންޑް ލޯ ކިޔަވައި ދަރިވަރުންކިޔަވައިތަން ހުސްކޮށް އެކުދިން ނެރެބޭރުކޮށްލާ ކިޔެވޭނެ ގޮތެއް ނުދައްކާ އެކުދިން ކިޔެވި ކްލާސްތައް ނަގާ ދަނބުކުލަލައިގެން ތިއޮތީ ސްކޫލް ހެދިފައިި.. ފެންވަރުގެ ވެރިން ހަދާ ސްކޫލް ފެންނާނެ ހުޅުމާލެއިން. އެއީ ރައްޔިތުންނަށް ވެރިން ކަންކަން ކޮށްދެއްވާ ގޮތަކީ. ދަރިވަރުން ނެރެބޭރުކުރުމެއްނޫން.
ނަންބޯޑެއް ޖަހާފަ ހުޅުވަމުންދޭ. ތީ ވާނެ ވަރު.
ބާއިސްކޫލެއް އާނަމެއްގައި މިއީ މިޒަމާނުގެ ވަރަށް މޮޅު ސައިންސުގެ އާ ހޯދުމެއް ...
އާޕާކެއްވެސް ހުޅުވިދޯ!! ހަމަ އަހާލީ!!! އެމްއީއެސް ހިންގިއިމާރާތުގަ އާނަމެއްގަ ކިޔަވާދޭންފެށީމަ މިކިޔަނީ އާސުލޫލެކޯ ކިޔާރައްޔިތުން ގުނބޫހައްދަންމިއުޅެނީ!! ހީހީ ހަލާކު ؟؟؟
12 އަހަރު ވާދޫ ސްކޫލް ޕްރިންސިޕަލަކަށް ހުރިީމީހަކު އުޅެއުޅެ ރަނގަޅުނަތީޖާއެއް ނުހޯދުނީމާ މައިދާން ދޫކޮށް މާލެގޮސް އެއުޅެނީ. ސަރުކާރަށްވެސް ހުތުރު.