ކޮންމެ ދިމާލަކަށް ގޮސް ހުއްޓިލިއަސް މިހާރު ދެކެވޭ އެއްވާހަކައަކީ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ވާހަކައެވެ. އެކުއްޖާއަށް އިންސާފް ހޯދައިދޭން މުޅި ގައުމުގެ ކުދި ބޮޑު އެންމެން އެއް އަޑަކުން އަޑު އުފުލަމުން ދަނީއެވެ. މިފަދަ މައްސަލަތަކުގެ ވާހަކަތައް އަޅުގަނޑުމެންގެ ތެރޭގައި އަޑު ހަރުކޮށް ދައްކަން ފައްޓާފައިމިވަނީ ވަރަށް ފަހަކުންނެވެ.
މީގެ ކުރިން އަބަދުވެސް އަޑު އިވެނީ އަވައްޓެރި ޤައުމެއްގައި މިފަދަ ކަންކަން ހިގައިގެން އުޅޭ ޚަބަރެވެ. ނަމަވެސް ހަގީގަތުގައި ރާއްޖޭގައިވެސް މިކަހަލަ ކަންކަން ވަރަށް ގިނައިން ވެފަ އެބަހުއްޓެވެ.
ކުދިން ރޭޕްކޮށްފައި މަރާލުމަކީ ރާއްޖޭގައި އެހާ އާންމުކަމެއް ނޫނެވެ. ނަމަވެސް ހިތާމާއެކު ދަންނަވާލަން ޖެހެނީ ރާއްޖޭގައި މިފަދަ ކަންކަން ހިގާފައި އޮތް ވާހަކައެވެ. ރާއްޖޭގައި ގަތުލުއާންމު މިފަހަކަށް އައިސް އާންމުވެފައިވަނީ އާންމުން ކަންބޮޑުވާ ދަރަޖައެއްގައެވެ. ކަން މިހެން އޮތްއިރު މިފަދަ ކުށް ކުރާ މީހުންނަށް އެކަށޭނަ ފިޔަވަޅު އެޅޭތަނެއް ނުފެނެއެވެ.
ތުއްތު ކުށްޖަކު ރޭޕްކުރި މައްސަލަ ފެންމަތިވެފައިވާއިރު އެގޭހެއްޔެވެ. މީގެ ކުރިން 6 އަހަރުން ދަށުގެ ދެ ކުއްޖަކު ރޭޕްކުރުމަށްފަހު މަރާލާފަވެއެވެ.
އޭރު އެވާހަކަތައް ދައްކާފައި ހަންދާން ނައްތާލީއެވެ. އަނެއްކާވެސް ކިއުންތެރިންގެ ހަނދާން އާކޮށްލަދޭނަމެވެ.
މީގެ 33 އަހަރު ކުރިއެވެ. 4 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު މާލޭގައި ރޭޕްކޮށްލުމަށްފަހު މަރާލީއެވެ. އެދުވަހު މިހާރެކޭ އެއްގޮތަށް ރައްޔިތުން ނިކުމެ އަޑު އުފުލިއެވެ. އަދި އެކުއްޖާ ރޭޕްކުރިކަމަށް ބުނި ފިރިހެން މީހާ ހައްޔަރުކޮށް މައްސަލަ ތަހުގީގުވެސް ކުރިއެވެ. ނަމަވެސް އެމީހާގެ މައްޗަށް ކުށް ސާބިތުނުވެ މިނިވަންވީއެވެ.
ދެން އޮތީ މީގެ 26 އަހަރުގެ ކުރީގެ ވާހަކައެކެވެ. ކ. ކާށިދޫގައ 5 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށްފައި މަރާލީއެވެ. މިކަން ކުރި މީހަކީ ކުށެއްކޮށް ސާބިތުވެ ހުކުމް ތަންފީޒުކުރުމަށް އެރަށަށް އަރުވާލާފައި ހުރިމީހެކެވެ. މި މިހާގެ މަށްޗަށްވަނީ އެކުއްޖާ ރޭޕްކޮށް މަރާލިކަމުގެ ކުށް ސާބިތުވެފައެވެ. ނަމަވެސް މިހާރު މިނާވަނީ މިނިވަންވެފައެވެ.
އިންސާފަކީ ކޮބައިތޯއެވެ. ރައްޔިތުންގެ އަމާންކަމާއި ރަށްކާތެރިކަން މި ޤައުމުގައި އޮތީ ކިހާވަރަކަށްތޯއެވެ. ރައްޔިތުންގެ ރައްކާތެރިކަމަށް ވުޖޫދަށް ގެނެސްފައިވާ މުއައްސަސާތަކުން އެފަރާތްތަކުގެ ޒިންމާ އެބަނަގާތޯއެވެ. ގޮތް ނިންމަން ތިބީ ހަމަ ރައްޔިތުންނެވެ. ރައްޔިތުން ބޭނުން ނުވާގޮތަކަށް މި ޤައުމުގައި ކަން ހިގިޔަ ދީގެން ނުވާނެއެވެ.
ކޮބާ ހއ.އިހަވަންދޫ ކުއްޖާގެ ވާހަކަ؟ އެކަންވެސް ހަނދާންކޮށްލަންވާނެއެއްނު.
ސުރުޚީގަ އޮތީ 5 އަހަރުން ދަށުގެ ކުދިންނޭ. އިހަވަންދޫ މަންޖެ އެއީ ފުރާވަރު އުމުރުގެ މަންޖެއެއް
މީހުން މަރާމީހުން މަރާނުލާ ދޫކޮއްލުމުން މުޖުރަމައުގައި މީހުން މަރާފައިތިބި އަދި އެކަން ތަކުރާރުކޮއްފާނެ މީހުންގެ އަދަދު އިތުރުވެގެން ދެއެވެ. އަދި 30 އަހަރުގެ މުއްދަތެއްގައި މިހެން ކަންކޮއްފިނަމަ މުޖުތަމައުގައި ބޮޑެތި ގަތުލުއާނމު ހިންގަފާނެފަދަ މީހުން އިތުރުވެ އެކަމުގެ ނުބައިކަމުގެ ތަކުލީފު އެންމެންނައް ކުރިމަތިވެއެވެ. އިސްލާމީ ޝަރީއަތުގައި މަރުގެ ހުކުމް ޝަރުއު ކުރެވިއްވީ އިންސާނާ އާއި އިންސާނީ ދަރިފަސްކޮޅު ވުޖޫދައް ގެނުވިފަރާތުންނެވެ.
މި މީހުންގެ މައުލޫމާތު ހާމަ ނުކުރަނީ ކީއްވެ މަރުވި ކުދިންގެ ހައްގު ގެއްލިދާނެތީ ތޯ އަނެއްކާ ، ބޭރު ގައުމެއްގައި ނަމަ މިވަރު މީހަކު ޖަލުން ނިކުންނަ އިރު ނޫހަށް އަރާނެ .
ކޮބާ 2016 ޖަނަވަަރީ ގަ ޢޭދަފުށިން ފެންމަތިވި ނުކުޅެދޭ ކުއްޖާ އެކުއްޖާ ބަައްޕަ އެކުއްޖާ އާއި ޖިންސީ އަނިޔާކުރި ވާހަކަ. ޢެވާހަކަވެސް ހަނދާންކޮށްލާ
ކަމުގެ އަޞްލަށް ރުޖޫޢަ ނުވެ އެންމެން ތެޅިފޮޅި ނޭވާ ނުލެވިގެން މި އުޅެނީ ކީއްވެތޯ؟
ﷲ ތަޢާލާ ކަމެއް މަނާ ކުރައްވާނީ އެކަމުގެ ގެއްލުމާ ޙަލާކާ ފަސާދަ ބޮޑުވާނެތީ އެހެން ނޫންތޯ؟ އަންހެން ކުރު ސޯޓާ ބޮކްސާ ތުރުކުރައްވައިގެން ހުރިހާ އެއްޗެއް ސޭލް އަޅުވައިގެން ޓިކްޓޮކް ގޮއްވަމުން އުޅޭ މުޖުތަމަޢެއްގަ ފިރިހެންގެ ޖިންސީ އެދުންވެރިކަން ހުންނާނީ ކްރޭޒީވާ ދަރަޖައަށް އުތުރި އަރާފަ އެހެން ނޫންތޯ.. ދެން ކިހިނެއްތޯ މި މައްސަލަ ހައްލު ކުރާނީ. އިނގްލިޝް ބާބޫ ބުނިހެން ދުނިޔެ ފަސާދަކޮއްލެވޭނީ ރާ ތައްޓަކާ އޮރިޔާމުން ހުރި އަންހެނެކޭ. އެއީ ތެދުފުޅެއް ނޫންތޯ؟..
ދޮގެއް! ފިރިހެނުންނަށް އޮތީ ބެލުން ތިރިކުރުން. ނޫނީ އަވަހަށް ކައިވެނިކުރުން. ކައިވެނި ނުކުރެވެންޏާ ރޯދަހިފުން. އަންހެނުން ކިތަންމެގޮތަކަށް އެއީ ރޭޕްކުރަން ނޫނީ ޒީނޭކުރަން ޖެހޭނޭފަދަ ކަމެއް ނޫން. ތިމާގެ ދަރިޔެއް އެހެންއުޅޭނަމަ އެއީ ތިމާގެ ދަރިންބެލުމުގެ ނާގާބިލުކަން. ތިމާމެންގެ ދަރިންނަށް ދީނީ ތަރުބިއްޔަތު ދޭން އެބަޖެހޭ. ދަރިން ބޭނުން ނޫންނަމަ އެހުރީ ބާތުކޮންޓްރޯލް، އެބޭނުންކޮށްބަލަ. އޮޕަރޭޝަނަކުންވެސް ދަރިން ނުލިބޭގޮތަށް ހެދިދާނެ. މުޖްތަމައުގައި ހިނގާ ލާދީނީ ކަންތައް ހުއްޓުވަން ޖެހޭ ފަރާތަކީ ސަރުކާރު. މިސަރުކާރަކީ ޒިނޭއަށް ތާއިދުކުރާ ބަޔަކު ބޭނުންވެގެން ގެނެވުނު ސަރުކާރެއް. ހުރިހިތާމައެއްގެ ބޮޑުކަމާ.
ތިޔައީ ދީނުގައި އިރުޝާދުދެއްވާފައިވާގޮތް. އެގޮތަށް ވެށީގެ ކަންކަން ބެލެހެއްޓުމަކީ އެތަނެއްގެ ސަރުކާރުގެ ކަމެއް. ނުބައި ފާސިދު ޢަމަލު ކުރާފަރާތްތައް އިންސާފުގެކުރިމައްޗަށް ޙާޟިރުކުރެވި އެމީހުންކުރި ނުބައި ޢަމަލުގެ ހަނދާންތައް ފިލާނުދަނީސް އިންޞާފު ޤާއިމުކުރަންވީ. އަދަބުދޭންވީ. މިޒަމާނަކީ ހަމައެކަނި ބެލުންތިރިކޮށްގެން ފަރުޖެއްސޭނެ ޒަމާނެއްނޫން. ތިމާ އިބިލީހުގެ ވަސްވާހަށް ހެއްލޭނެ ހުރިހާއެއްޗެއް ކާފަރުން ވަނީ އުފައްދާފަ. ދީނީގޮތުން ހުއްދަނޫން މަންޒަރުތަކާ ވާހަކަތައް ފޯނުތަކާ ކޮންޕިއުޓަރތަކުން ނުފެންނަގޮތް މިގައުމުގައި ނެހެދިގެން އުޅެނީ ކީއްވެ. ބޮޑަތިބަޔަކު އެފަދަތަކެތި ބަލަން ބޭނުންވަނީތަ
ރަނގަޅު ވާހަކައެއް. މައްސަލަ ހައްލުވާނީ އަންހެންވެސް ފިރިހެންވެސް އެކަހަލަ ނުބައި ކަންތައްތަކުންތައްތަކުން ދުރުވެގެން. ދީނުގަ އޮތްގޮތަށް އުޅުނީމަ އޮންނާނީ ރަނގަޅަށް. ޓިކްޓޮކްގެ ބޭނުން ރަނގަޅު ގޮތުގަ ނުހިފާ ގިނަ ޒުވާނުން އުޅޭ. އެފަދަ މީހުންނަށް ނުވަތަ ކުދިންނަށް ނަސޭހަތްތެރިވުމަކީ ވަރަށް މުހިއްމުވެއްޖެ ކަމެއް!
އެމީހެއްގެ ސަލާމަތް ހޯދާނީ އެމީހެއް. ތަނަކުން އެކަހަލަ އަންހެނެއް ފެންނައިރަށް އޭގެ މާނައަކީ އޭނަ ފަހަތުން ދާންވީއެކޭ ނޫން.
India ah vureves raajeyge haalathu
dhah...
ހައްލަކީ އިސްލާމީ ޝަރީޢަތް ތަންފީޒްކޮށް އެ ކުށަކަށް އޮންނަ ހައްދު ޤާއިމްކުރުން ކަމުގައި ދަންނަވަން.
ޙަޤީޤަތުގައި އިސްލާމްދީންވަނީ ޝަރީޢާކުރަންވީ ގޮތް އަންގަވައިދެއްވައިފައި. އަޅުގަނޑަށް ވިސްނިފައި އޮތް ގޮތުގައި ބަދުއަޚުލާޤުގެ ވާހަކަ ދައްކަންޖެހޭނީ، އަދި ޝަރީޢާކުރަންޖެހޭނީ ސިއްރުން. އެއަށްފަހު އަދަބު ލިބޭމީޙާގެ އަދަބު އާންމުކުރެވިދާނެ. މުޅި ދުނިޔެއަށް ޤައުމުގެ ނަން ހުތުރުކޮށް ދައްކަން، ނޫނީ ޤައުމުގެ އެންމެންގެ އަގު ވެއްޓޭގޮތަށް ހެދީމާ އަމުރުވެރިއެއް ނެތިގޮސް ހަފުސްވާނީ. އަދި ކަމުގެ ގޮތްބަލަން އިތުރަށް ކަންކަން ފުޅާވުމީވެސް ވެދާނޭކަމެއް.
ހައްލެއް ކުކުރެވޭނެ ނޫން ތޯ ކުށްވެރިޔާ ދޭތެރޭ ފިޔަވަޅެއް އަޅައި ފިއްޔާ އެއީ އަނިޔާވެރި ކަމަކަށް ހަދަލާނެ އެކަން ކުރާ ވެރިޔަކީ އަނިޔާވެރި ޔަކަށްވާނެ އެކުށްވެރި ޔާއަކީ ބަލި ނުކުޅެދޭ ނޫނީ ބުއްދި ގޯސް ސިކުދިހަމަ ނުޖެހޭ ނޫނީ މައިބަދަބިދިފަ ނޫނީ 30 އަހަރުގައި ވެރިކަން ކޮށްފަހުރި ރައީސެއްވީމަ ނޫނީ ވަކިކުލައެއްގެ މީހަކަ ށްވީމަ ވެރިކަންކުރާ ސަރުކާރު ކޯލިޝަނު މީހަކަށްވީމަ ބުނާހާ ސިއްރުކަމެއް ކޮށްދޭތީ މީހަކަށްވީމަ ރޭޕަކަސް އެހެންކަމަކައްވިޔަސް ރަށްޔަތުން ނިކުމެގެން ނޫނީ އެއްވެސް ކަމެއް ހައްލެއްނުވާނެ އަމުދުން މިހާރު މިއޮތް ސަރުކާރަކަށް ހަމައެއްކަމެއް ވެސް ހައްލެއްނުވާނެ މޯދީ އިންޑިޔާގައި ވެރިކަން ކުރާގޮތަށް ވެރިކަން ކުރަން ބޭނުންވާބައެއް މޑޕ އަކީ ހައްލު ހޯދަން ބޭނުމީއްޔާ ތިރަށްޔަތުންނިކުމޭ!
ހޯ ހޯ މިގައުމުގަ ދެން އިތުރައް އިސްލާމީ ސަރީ އަތެއް ނުހިންގާނެ އިސްލާމީސަރީއަތް ގާއިމުކުރާނެ ކަމައްއުއްމީދުކުރި ސަރުކާރުންވެސް އެކަން ނުކުރި މިހާރު މިއޮތީ އިސްލާމީސަރީއަތާ ބީރައްޓެހި ގައެރުމުސްލިމުންނައް ސަނާކިއާސަރުކާރެއް ހިތާމަހުރި..
އަޅެ މިވަރަށް އެމީހުންގެ ނުބައި ނުލަފާކަން ގޮއްސަހުރިއިރު އެމީހުންގެ މައްސަލަ ކަމާބެހޭ ފަރާތައް ހުށަހަޅާ އެ ނުލަފާ މީހުންނާ ދޭތެރޭ ފިޔަވަޅެއް އަޅާނެ މީހެއް ހަމަނުވީތަ؟
އެކަހަލަ ޖަނަވާރުން ވައްތަރުގެ ބިންމަތީ ފަސާދަ އުފައްދާ މީހުންނަށް ވަރަށް ވަރުގަދަ އަދަބެއް ދޭންވީ!!!
މިގައުމުގަ މީހުންމެރުން އާންމުވީ ކެނެރީގޭ އަންނި ދިވެހިންނައް ޑިމޮކޮރަސީ ގެނެސްދިންފަހުން ޑިމޮކޮރަސީގަ ހިމެނޭކަމެއް މީހުންމެރުމާ ރޭޕުކުރުމާ ފޭރުމާ ވައްކަންކުރުމާ މިބާވަތުގެ އިސްލާމް ދީނާދެކޮޅު ހުރިހާކަމަކީ މިކަންތައް ތަކާ ރުހިގަބޫލުވެގެން އަންނިނަގާއަތްމައްޗައްލައިގެން އެންމެން މިއުޅެނީ އެހެންވީމަ މިފަހަރުވެސް 100 ޕަސެންޓް ދީގެން ހޮވަމާހިނގާ
ކޮބާ ހޯރަ އިއްބެ ؟
ކިހިނެއް އޭނާ ސަލާމަތްވީ ؟
މުޅިސަރުކާރު މިކަހަލަ ކަންކަމުގައި ޒިންމާ ކުރުވަން ޖެހޭ.
ހޮރަ އިއްބެ އުޅެނީ އޭނަ ރޭޕްކުރިކަމަށް ބުނާ ކުއްޖާއާ އިނދެގެން ރަނގަޅު ދިރިއުޅުމެއްގަ
ކުއްޖާގެ ވާހަކައަކީ އަޅުގަނޑު ވަރަށް ކުޑައިރި އެހި ވާހަކައެއް. އޭރުގައި އެއީ ކިހާވަރެއްގެ ކަމެއްކަން ކޮންގޮތަކަށް ހިނގާ ކަމެއްކަން އިހްސާސްވެސް ކޮށްނުލެވޭ. ހަމައެކަނި މީހުންގެ އަނގަތަކުން ކުއްޖަކު މަރާލެވުނުކަން ވަރަށް އަސަރާއެކީ ކިޔާ އަޑު އެހުމުން އެއީ ވަރަށް ބިރުވެރިކަމެކޭ ހިތަށް އެރި. ހާދަދެރައޭ.
އެހެންވީމަ ރަންނަމާރި ވާހަކައަކީ ތެދެއްނު، ރަންނަމާރިއަކީ ރޫހެއް އެރޫހު އެކިފަހަރު އެކި ދިވެހިންގެ ގައިތެރެއަށް ވަދެގެން ރޭޕްކުރަނީ
ވަރަށް ރަގަޅު ވާހަކަ އެއް?
މިކަހަލަ ސުރުޚީ ލިޔެ ކުރިން ކޮށްފައިވާ ނުބައިކަންކަމުގެ ވާހަކަގެނެސްދިނުމުން ޙާސިލުވާ މަގުސަދަކީ ކޮބައިހެއްޔެވެ. ކުރިން ބަޔަކުކުރި ކޮންމެ ނުބައިކަމެއް ފަހުން އުޅޭބަޔަކު ކުރާކަށް ނުޖެހޭ.
މި ޤައުމުގައި ކުރަންވީކަމަކީ މިފަދަނުބައި ނުލަފާ ޢަމަލުތައް ކުރާފަރާތްތަކުގެ މައްސަލަތައް އަވަހަށް ތަޙްގީގުކޮށް ޝަރީޢަތުން އެފަރާތަކަށް ޙުކުމްކޮށް އަދަބުދޭންވީ. އިބްތިހާލް މަރާލިމައްސަލާގައި އެކުއްޖާގެ މަންމަގެމައްޗަށް ކުރެވޭ ޝަރީޢަތްނިންމައި ހުކުމްނުކުރެވިގެން އުޅެނީ ކީއްވެތޯ ފަނޑިޔާރުންނާ ސުވާލުނުކުރެވެނީ ކީއްވެ.