ލ. ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ އަލް ތާނީ ސްކޫލްގެ ފަންކާއެއް ވެއްޓި ދެ ކުއްޖަށް އަނިޔާވެއްޖެ އެވެ.

ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ، މި ހާދިސާގައި އަނިޔާވީ ކިތައް ކުދިންނަށްތޯ ޖެހޭނީ ބަލަން ކަމަށެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން އަނިޔާވެފައި ވަނީ ދެ ކުއްޖަކަށެވެ. އެ ދެ ކުދިންނަށްވެސް މާބޮޑު އަނިޔާއެއް ވެފައެއް ނުވެއެވެ. ނަމަވެސް މި ކުދިންނަށް ލިބުނު އަނިޔާގެ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

މައުލޫމާތު ލިބޭގޮތުގައި، ފަންކާ ވެއްޓުނު ކްލާހުގައި އަދިވެސް ކިޔެވުން ކުރިއަށް ދެއެވެ.

މިކަމާއި ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މިކަހަކަ ހާދިސާއެއް އެ ސްކޫލްގައި ހިނގާފައިވާ ކަމަށެވެ.

މި ހާދިސާގައި ފަންކާގެ ދަށުގައި ތިބި ދެ ކުއްޖަކަށް އަނިޔާވެފައިވާ ކަމަށާއި، އެކުދިން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާދިސާގައި އަނިޔާވީ ކޮންކްލާހެއްގެ ކުދިންނަކަށް ކަމެއް އަދި އެސްކޫލުންވެސް އަދި މިނިސްޓްރީ އިންވެސް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަހުމަދު

    މިސަރުކާރު ބޮޑުތަނުން ފެއިލް ވެފައިވާކަން ފާހަގަ ކުރެވޭ...........؟

    27
    13
    • އ. ޖ. އ

      ރުކަކުން ކާއްޓެއް ވެއްޓުންސް ސަރުކާރާ އިދިކޮޅާއި އަޅުވާނުލާ ނުވޭތަ؟

      22
      3
  2. ހަސަންބެ

    މިއީ މުސީބާތް ހިފައިގެން އައި ސަރުކާރެއް. އަބަދުވެސް މެދުވެރިވަނީ މުސީބާތް. މިހާރު ވެއްޖެ މިކަންކަމުން ސަލާމަތް ވާނެ ގޮތެއް ހޯދަން.

    17
    10
  3. މުދަިއްރިސްް

    ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވީ، މި ހާދިސާގައި އަނިޔާވީ ކިތައް ކުދިންނަށްތޯ ޖެހޭނީ ބަލަން ކަމަށެވެ.
    ޕްރިންސިޕަލް ގޭގައި މަޑުކޮށްލަންވީނުންތޯ ކޮންއެއްޗެއް ބާ އެނގެނީ

    34
    1
  4. ޕޮޕ0ކ

    އިބޫ ސާލިިހް އަދި ސަރުކާރުގެ އިސް ވެރިން ގަސްދުގަ ކުރިކަމެއްތަ މީ؟ ބައްޔެއް ހުވާ... ގަޅިންނޭ ރާއްޖޭ ގިނައީ

    7
    11
  5. ޒާހިދު

    ތިޔަ ސްކޫލް އެޅީ ކުރީ ސަރުކާރުން. ހުޅުވިތާ ގިނަ ދުވަހެއް އަދި ނުވޭ. ފަންކާ ވެއްޓުނިއްޔާ ވެއްޓުނީ ފަންކާ ހަރުކޮށްފަ ހުރި ގޮތުގެ މައްސަލައަކުން. ސަރުކާރަކަށް ފާޑު ކިޔާނަމަ ކުރީ ސަރުކާރަށް ފާޑު ކިޔަންވީ. ރަނގަޅުގޮތަކީ އެއްވެސް ސަރުކާރަކަށް ފާޑު ނުކިޔުން.

    6
    9
  6. ހާދީ

    ކަލޯމެންނޭ ތީ ޔާމީނު އަވަސް އަރުވާފަ ހުޅުވި ތަނެއް.އޭނަ ހީކުރީ އެ ސުކޫލްވެސް ވޯޓު ލާން ދާނެކަމަށް????

  7. Anonymous

    މީގަ މަށަށް ގޯސް ވީ ފަންކާ ހަރުކުރި މީހަކު. އެއްވެސް ސަރުކާރެއް ގޯސް ވާނެ ސަބަބެއް މަށަކަށް ނުފެނުނު ވިސްނަ ވިސްނާވެސް ???????

  8. މޮހޮނު123

    ކަލޯ ފަންކާއެއް ނޫން.. ފަންކާހެއް