ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ މައްޗަށް މަރުގެ ހުކުމް ކުރަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވާކަމަށްވާނަމަ އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
"ވަގުތު" އާ ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުން މަރަން ކަމަށެވެ. އެހެން ކަމުން ނަޝީދު އެކަމާ ދެކޮޅު ހައްދަވާނަމަ އެމަނިކުފާނުގެ މަގާމުގައި ނުހުރެވޭނެ ކަމަށެވެ.
"އަޅުގަނޑު ގޮވާލަން މެޑަމް ލައިލާއަށްވެސް ރައީސް ނަޝީދަށް ވިސްނާދިނުމަށް" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ ގިނަބަޔަކު ތިބިއިރު މަރައިގެންނާއި ޖިންސީ ހަށި ބުރިކޮށްގެން ނޫނީ ސިކުނޑިއަށް އިންޖެކްޝަން ޖަހައިގެން ވިޔަސް އެމީހުން ކޮންޓްރޯލް ކުރެވެން ޖެހޭ ކަމަށެވެ. އަދި މާދަމާ މަޖިލިސް ޖަލްސާއެއް ނުބާއްވައިފި ނަމަ ހެނދުނު 09:00 ހާއިރު މަޖިލިސް ދޮށުގައި މުޒާހަރާ ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި މޭރުމުން ނަޝީދަށް ޖާބިރު ފާޑުވިދާޅުވެފައިވާއިރު، މިއަދު އޭނާ ވަނީ އުމުރުން އެންމެ ދެއަހަރުގެ ކުއްޖަކު ރޭޕް ކުރުމުގައި ބައިވެރިވި މީހުންނަށް ދަންޖަހައްސައިގެން މަރުގެ އަދަބު ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނަޝީދަށް ސިޓީއެއް ފޮނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކުރުމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތާލުމަށް ޤާނޫނަށް އިސްލާހް ވެސް ހުށަހަޅުއްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ތުއްތު ކުއްޖާ ރޭޕް ކުރި މީހުން ދަންޖައްސަން ހުށަހެޅުމަށް ޖާބިރު ނިންމަވައިފި
"އާއްމުންގެ ކުރިމަތީގައި ދަން ޖައްސައިގެން މަރުގެ އަދަބު ދިނުމަށް ހުރި ޤާނޫނީ ހުރަސްތައް ނައްތާލުމަށް ޤާނޫނަށް އަޅުގަނޑު އިސްލާހު ހުށަހަޅާނަން. އެމީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ދަންޖައްސާ މަރަން ޖެހޭނެ. މުނިކާފަ އާއި ކާފަ އާއި ބައްޕައާ މިއީ ތަންކޮޅެއް ބޮޑުވަރު ނޫންތޯ" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ ރައީސް ޞާލިހް އާއި ރައީސް ނަޝީދު ވެސް ކުޑަކުދިން ރޭޕް ކުރުން ފަދަ ކުށްތައް ހިންގަން ޖާގަ ދެއްވަން ބޭނުންފުޅު ނުވާނެ ކަމަށެވެ.
މިފަ ހަރު ތިޔަބުނީ ރަގަޅު ވާ ހަކައެއް
ތި 2 މީހުންނަކީ ކޮން ބަ އެއްކަން ދައުލަތަށް ވަރަށް ރަނގަޅަށް އެނގޭ
ބުއްޅަބޭ އިސްތިއުފާ
އޭނަދެކޮޅު ހަދާނނެތާ މަރުގެހުކުމް ތަންފީޒުކުރަށްޏާ އެންމެ ފުރަތަމަ މަރަން ޖެހޭމީހަކީ އޭނަކަމަށް ވެސްވެދާ ނެތާ!!!
ވަރަށް ރަނގަޅު ވާހަކައެއް!
ސާބަހޭ ޖާބިރު. ކޮނމެގޮތެއ ހަދާފަވެސ ތި ކަނ ވޭތޯ ބަލާތި. މި ރާއޖޭގަ ތިއުސޫލު އޮވެގެނ ނޫނީ އެ ރޭޕިސޓުނ މައިތިރިއެއޮ ނުވާނެ. ެ
ކަލޭތީ ނަޝީދުގެ ޕަޕެޓެއް. ކަލޭ ތިކަންތައް ތިކުރަނީ ނަޝީދު ޑައިރެކްޓް ކުރާގޮތަށް.
ބައްލަވާ ޖާބިރޫ. މަނި ކުފާނު އެންމެ ލޯބިވާ އަނބި ކަމަނާ ވަރިވުން ގާތެއް ނޫންތޯ ތިޔަ ކަމާ މަނި ކުފާނު އުޅުއްވާ ނަމަ. ޝަރީޢަތުގަ އޮންނަ ރަޖަމް ކުރުމުގެ ޙު ކުމް ފަދަ މަރަށް މަރު ހިފުމުގެ ޙު ކުމް ތަ ކަށް ދެ ކޮޅު ނުހައްދަވަން ނަޞޭޙަތް ދިނުމަށް ތިބޭފުޅާ އަވަސްވެގަންނަންވީ މެޑަމް ލައިލާގެ އަރިހުންތޯ؟
ތިކަމަކީ 100 ކައިގެ ކަމެއް، މިމީހުން ނުމަރަނީސް މަދެން ވޯޓުލުން ނިމުނީ.
އިސްލާމް ދީނުގައި މަރުގެ ހުކުމް ތަންފީޒު ކުރަން އަންގަވާފާ ހުރިކަންތަކުގައި އެ ހުކުމް ތަންފީޒު ނުކުރާބަޔަކު ، ޖާބެ ބުންޏަކަސް ވަކިކަމެއް ނުކުރާނެ ! އަދި އިސްތިއުފާއެއްވެސް ނުދޭނެ ! ފުރަތަމަ ތިމާގެ އަމިއްލަ ނަފްސު އިސްލާހު ކޮށްބަލަ !
މަރުޙުކުމް ތަންފީޒު ކުރަން ދެކޮޅު ނުހެދިޔަސް ތިޔަ ނަޝީދު އިސްތިޢުފާދޭންޖެހެއެވެ. ތީ މުޅި ޤައުމުގެ ހަލާކެވެ. އެމްޑޯޕީގެވެސް ހަލާކެވެ. އުޑެއްބުޑެއްނޭގޭ ގަމާރު ސޮރެކެވެ. އޭ އެމްޑީޕޯގެ ކިޔަވައިގެންތިބި ހަރުދަނާ މީހުންނޭވެ. ތިޔަ އަންނީގެ ފަހަތުން ނުދުވެ ރަގަޅު ދީންވެރި ޢިލްމީ ހިންގުންތެރި ގޮތްހުރި މީހަކު އިސްކޮށްގެން އުޅެބަލާށެވެ. ކިތަންމެ ވަރަކަށް ދިމޮކްރަސީއޭ ގޮވިޔަސް އެއީ އަދި އެންމެ މޮޅުމީހާއަކަށް ނުވާނެއެވެ. ބޯންޖެހޭނޭ ބޮވެންވާނޭ ދޮންމެމީހުން އުޅޭހެން އުޅުނީމާ ސަލާމަތްވާނޭ ވަޙީއާއި ހަދީޘް ނޫން އެހެންގޮތެއް ހޯދަންޖެހޭނޭ ގޮވާ މީހަކަށް އަބަދު އަޅުދާސްވެގެން އުޅޭނެކަމެއް ނެތެވެ.