އިކޮނޮމިކް މިނިސްޓްރީގެ ނައިބުގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.

އެ މަގާމަށް އައްޔަން ކޮށްފައިވަނީ މއ.އެރަލްސީ، އަލްފާޟިލް އަޙްމަދު މަމްދޫޙްއެވެ. އޭނާ މި މަގާމަށް އައްޔަން ކުރީ މިއަދު ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މަމްދޫހު މިހާތަނަށް ހުންނެވީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރުގެ މަގާމުގައެވެ.

މަމްދޫހުއާ އެކު އިކޮނޮމިކް މިނިސްޓްރީގެ ނައިބުންގެ ގޮތުގައި މިހާރު ފަސް ބޭފުޅަކު ތިއްބަވާނެއެވެ.