ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި އެކުއްޖާގެ ބައްޕައަށް ބަޔަކު ނުކުމެ ހަމަލާދީ ޖިންސީ އަނިޔާ އާއި ދެކޮޅަށް އެމީހުން އަޑުއުފުލަމުން ގެންދަނިކޮށް އެސްއޯ ފުލުހުންގެ ފައުޖެއް ވިލިމާލެއަށް އަރައި ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.
ވިލިމާލެ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އެސްއޯ ފުލުހުން ރޭ ހައްޔަރުކުރި މީހުންގެ އަދަދު ވިއްސަށް ވުރެ ގިނަ ވާނެ ކަމަށެވެ.
"ހައްޔަރުކުރި އެންމެންނަކީ ހަމަނުޖެހުންތައް ހިންގި މީހުންނެއް ނޫން. އަދި ކުއްޖާގެ ބައްޕައަށް ހަމަލާދިން މީހުންނެއް ވެސް ނޫން. ގިނަ މީހުންނަކީ ޖިންސީ ގޯނާ ކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާ، އަޑުއުފުލި މީހުން. އަދި ކުއްޖާގެ ބައްޕަ ހައްޔަރު ކުރަން ގޮވާލި މީހުން." މައުލޫމާތު ދިން މީހަކު ބުންޏެވެ.
ކުއްޖާގެ ބައްޕައަށް ބަޔަކު ހަމަލާ ދިނުމުން އޭނާ އަށް ފަރުވާ ދިނުމަށް ވިލިމާލޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެތަނުގައި އޭނާ އޮއްވާ އެސަރަހައްދަށް މީހުން އެއްވެ އޭނާ ހައްޔަރު ކުރަން ގޮވާލިއެވެ. އަދި ހޮސްޕިޓަލްގެ ބިއްލޫރިގަނޑެއް ވެސް ތަޅާލި ކަމަށް މައުލޫމާތު ލިބެއެވެ.
ވިލިމާލެ އިން ބަޔަކު ހައްޔަރު ކުރުމާއި ގުޅޭ ގޮތުން އަދި ފުލުހުން އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
އުމުރުން ދެއަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އެކުއްޖާގެ ބައްޕަ އާއި ދެކޮޅަށް މުޒާހަރަ ކުރި ބަޔަކު މީގެ ކުރިން ވިލިމާލެ އިން ވެސް ހައްޔަރު ކުރިއެވެ. އޭގެ ތެރެއިން ބައެއް މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައެވެ.
ހޮސްޕިޓަލް ބި އްލޫރިގަނޑު ތަޅާލީކީތްވެ؟ އެއ އީގޯހެ އް. ޖިންސީގޯނާ އާ އި ދެކޮޅަ އް ނުކުމެ ރަ އްޔިތުން އަޑު އުފުލުމުން އެމީހުން ، ފލުހުން ހަ އްޔަރު ކުރުން އެ އީވެސް ގޯހެ އް. ޖުމްލަކޮށްބުނާނަމަަ މި އަދުފެންނަމުން މިދަނީ އެއްގޮތަކަށްވެސް ރަންގަލު ތަސަ އްވުރެ އް ކަމުގަ ނުދެކެން. ފުލުހުން އަމަލް ކުރަމުންދާގޮތުން ރަ އްޔިތުން ގެހިތްތަކުގަ ފުލުހުންނާ މެދު ގިނަސުވާލުތަކެ އް މިވަނީ އުފެދެން ފަށާފަ. ދިވެހިފުލުހުން ނަކީ ރައްޔިތުންގެ ފުރިހަމައިތުބާރާ އިހްތިރާމް އޮންނަ ބަޔަކަށް ވާން އެބަޖެހޭ. ސިޔާސީ އެއްވެސް ނުފޫޒެ އް ހިނގާ އެއްވެސް ސިޔާސީ ޕާޓީ އެއ އްގެ ބަޔަކަށް ފުލުހުން ވުމަކީ ނަތީޖާ އެއ އްގެ ގޮތުން މުޅިގައުމަށާ ރަ އްޔިތުންނަ އް އޭގެ ނޭދެވޭ އަސަރުތަކެ އްކޮށް ގައުމުގެ ސުލްހަ މަސަލަސް ކަމާ އަމަން އަމާން ކަމަ އް ހީނުކުރާވަރު ދެރަ އާއ އި ގެ އްލުން ލިބިގެން ހިނގައިދާނެކަމެ އްކަމުގަ ދެކެން. ފާ އިތުވި ދޮޅު އަހަރެ އްހާ ދުވަސް ކުރިން ދިވެހިފުލުހުން ނާމެދުމެދު ރައްޔިތުން ދެކޭގޮތް މި އަދު ބަދަލުވަމުންދާކަން ފާހަގަކުރެވޭ.
ހަމަނުޖެހުންހިންގާ އާމުންނާ ދައުލަތުގެ މުދަލަށް އަރަންފެށީމަ ޖެހޭނީ ހައްޔަރު ކުރަންް. ސުލްހަވެރި މުޒާހަރާ ކުރަން ދަސްކުރަންޖެހޭ. ދިވެހިން އުޅެނީ ބަންގާޅީންނަށްވުރެ ފަހަތުގަ
މަންމަ ބުނާ ބަސް އަހައިން ޕޮލިހުން ގޭގަ ތިބެބާ?
ދިވެހިން އަދުވެސް ވަރަށް ނާތަހުޒީބު. ބަންގްލަދޭޝް މީހުން އުޅޭ ގޮތަށް ތަންނަށް ހަމަލާދީ މީހުންގެ މުދާތަކަށް ގެއްލުން ދެނީ މިޒާހަރާގެ ނަމުގަ. ސީސީޓީވީ ފޫޓޭޖް ބަލާ ހަމަނުޖެހުން ހިންގި އެންމެން ހައްޔަރު ކުރުމަށް ގޮވާލަން.
2012 ގައި ހުޅުޖެހީވެސް ރައްޔިތުންގެ މުދަލުގައި އެއެންމެން ސަލާމަތުން އެތިބީ. ޖަލުގައިނެތް އެކަކުވެސް. ހައްގުގެ ވާހަކައާއި އިންސާފުގެ ވާހަކައަކީ މިސަރުކާރުން ރައްޔިތުންނަށް ކުރާ ފުރައްސާރައިގެ ދެބަސް. މުޅިގައުމު ހަލާކު. އުޑެއްބުޑެއްނޭނގޭ ޖާހިލަކު ވަލިއްޔުލް އަމުރުގެ ގޮތުގައި ލައިގެން ތިބި ބަޔަކު މި ޖާހިލު ދިވެހިންނޫނީ ނުތިބޭނެ. ގައުމަށްވެސް ލަދު. މުޅިދުނިޔޭގައިވެސް މިހާތަނަށް މިވަރުގެ އިލްމެއްނެތް މީހަކު ވެރިކަން ކޮށްފައިނުވޭ.
ޖިންސީ އަނިޔާއާއި ދެކޮޅަށް ނުކުތް މީހުންގެ ތެރެއިން ކިތަށް މީހުންބާ ތިޔަފަދަ ކަންކަން އެނގިހުރެ އެކަން ކަމާއިބެހޭ ފަރާތްތަކަށް ރިޕޯރޓް ނުކޮށްތިބީ. ކިތަށް މީހުންބާ ތިޔަފަދަ ކަމެއްގައި ހެކިބަސްދޭން ކެރޭނީ. މިހާތަނަށް ފުލުހުންނަށް ހުށަހެޅޭ ޖިންސީ ގޯނާގެ 90 އިންސައްތަ މައްސަލަ އަންނަނީ ޢާއިލާގެ ތެރެއިން. އެހެނަސް ޢާއިލާގެ ދެންތިބި މީހުންނަށް އެކަން އެނގޭއިރުވެސް އަޅައިނުލައި. އަދި ބަޔާނެއް ދިނުމަށް ވެސް ބޭނުމެއް ނުވޭ. ބަޔާނެއް ދިނަސް ދެނީ އަނިޔާކުރާ މީހާގެ ދިފާޢުގައި. ދެން ނުކުމެ ހަޅޭއްލަވާ ތަންތަން ފުނޑުކުރީމަ އެދެން ހުރިހާ ކަމެއް ޙައްލުވީ. އަޅުގަނޑު ދުވަސްކޮޅެއް ކުރިން ދެކުނިން ކުޑަކުއްޖަކާއި ޖިންސީ ގޯނާ ކޮށްގެން މީހެއް ހައްޔަރު ކުރުމުން އެމީހާގެ ޢާއިލާ އާއި ރައްޓެހިން ފުލުހުންނާއި ދެކޮޅަށް ހަޅޭއްލަވާ ތަނަކުން ބުއްދިނުޖެހޭ މޮޔައެއް ބުނާ އެއްޗަކަށް މީހުންގެ ދިރިއުޅުން ހަލާކުކުރަނީއޭ ގޮވި މަންޒަރު. އެހެނަސް ހަމަ އެމީހުން އޭގެ ފަހުން ނުކުމެ ތިބި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމާއި ދެކޮޅަށް އެއްވި މީހުންގެ ތެރޭގައި ހަޅޭއްލަވަން. އެހެނަސް މިއިން އެންމެން އުޅެނީ އަދިވެސް މިމީހުންގެ ޢާއިލާގެ މީހާ ސަލާމަތްކުރަން. ނުކުމެ ތަންތަން އަންދާ ހުޅުޖެހުމަކީ ޙައްލެއްނޫން. ކެރިގެން މިފަދަ މައްސަލަތައް ރިޕޯރޓްކުރަންވީ. ޙުކުމެއް އަންނާނީވެސް ރިޕޯރޓްކޮށް ސާބިތުކުރަން އެނގިހުރެ ހެކިބަސް ދިނުމުގައި ހިތްވަރާއެކު ހެކިބަސްދީގެން. މަގުތައްމައްޗަށް ނުކުމެ ކަރުބުޑުން އަޑުގަދަ ކުރިޔަސް އިންސާފެއް ނުލިބޭނެ.
ކަންކަމާ ދެކޮޅަށް އަޑު އުފުލަން ލިބޭވަގުތު އަޑުއުފުލަން ޖެހޭ. ކަލޭ ތިޔަ އުޅެނީ ތިގޮތަށް ރޮމޭންޓިކް ކޮމެނޓްކޮށް ކުޑަކުދިންނާ ބެހެވޭނެ ފުރުސަތު ހޯދަން. އަޑު އުފުލަން ނިކުންނަ އެންމެނަކީ ކިޔަމަންތެރި ބަޔަކަށްވެސް ނުވެދާނެ. ސަބަބަކީ އަޑުއުފުލުމަކީ ވަކިގޮތަކަށް ތަމްރީން ތަކެެއްދީފަ ތިބޭ ބަޔަކު ވެގެން ކުރާކަމެއް ނޫންވީމަ.
ތީ ދަރިންނުލިބޭ މީހެއްދޯ. ކޮމެންޓް ކިޔާލީމަ ވަރަށް ހީވޭ އެހެން. އަމިއްލަ ދަރި މީހަކުރޭޕްކޮށްލިޔަސް އަނގައިން އެއްޗެއްނުބުނެ އިންސާފުހޯދަން ގޭތެރޭގައިބާ އޮންނާނީ.
އިންޑިޔާގައި ކުޑަކުއްޖަކާބެހުމަކީ އެއީއެހާ ބޮޑުކަމެއްނޫން އެހެންވީމާ އެމީހަކާދެކޮޅަށް މީހުންނުކުންނައްޖެހޭ ސަބަބެއް އެބައޮތްބާ؟
ރަށްޔިތުންނަށް އަނިޔާކުރަނީތަ، ބަލަ އަސްލު ވެރިންނަކީ ރައްޔިތުން.... ރައްޔިތުން ހަވާލުކުރިވެރިކަމެއް އަދުލާއި އިންސާފުންބޭރުވާނަމަ ރައްޔިތުން ނުކުންނާނެ... ހަޖަމްކުރޭ، ނުވަންޏާ ވެރިކަމުން އަމިއްލިއިންފާބާ، ގުޅެކުޅޭފަސްގަޑުގައި ދަންމާ ދުވަސް އެބައާދޭ
ގެރިމޯދީ ގެ ބާރުގަ އިނޑިޔާ ގަ ޕޮލިހުނ އަމަލު ކުރާ އުސޫލު މި އަދު ދިވެހި ޕޮލިހުނގެ ވެސޮ އޮތީ. މި ސަރުކާރުގެ އޯގާތެރިކަނ މިފެނޮނަނީ...ޖަލުމީހާ ފެނޮނަ އުސޫލުނ ރަ އޮޔިތުމީހާވެސ މި ފެނޮނަނީ މި އަދު ޕޮލިހުނަ އ. މިކަހަލަ މަނޒަރުތަ އ ފެނުނީމަ މިހާރު ވވވ ދެރަ....ނަސީބެ އޮ މ.ޑ.ޕ އައޮ ވޯޓު ނުދެވުނުކަނ. އެހެނނޫނނަމަ މިހާރު މޮޔަވާވަރު ވީސ.
މިސަރަކާރުން ކުޑަކުދިންނާ ބެހޭ މީހުން ހިމާޔަށް ކުރެ. ހޯރަ އިއިބެ.
އަވަހެއްނު ހައްޔަރު ކުރިލެއް. އަމަލު ހިންގާ މީހުން ހައްޔަރު ކުރެވެނީ އާންމުންގެ ބަޔަކު ތަޅާފޮޅައއިގަތީމަ އެމީހުނަށް ހިމާޔަތްދޭން. ދީނަށް ފުރައްސާރަކުރާ މީހެއް ވިއްޔާ އަވަސްއަވަހަށް ފުރުވާލަނީ. މިއޮތީ މުސީބާތެއް.
100 ކައިގެ ވާޙަކައް
ޙައްޔަރު ކުރީ ހަމަ ނުޖެހުން ހިންގާ ސަރުކާރު މުދަލަށް ގެއްލުންދިނީމަ. އިންސާފް ގެ ނަމުގަ ނިކުމެ އެހެން ކަމެއް ޙާސިލް ކުރަން ހަމަ ނުޖެހުން ހިންގަނީ.ޖިންސީ ގޯނާ ކުރިމީހާ އަށްއަނިޔާ ކުރެވިއްޖެ ، ފުލުހުންނާ ޙަވާލު ކުރެވިއްޖެ.ދެން ތަކެއްޗަށް ގެއްލުންދީ ކުށެއްނެތް ރައްޔިތުންނާ، ނިދާފަ ތިބި ކުޑަކުދިންނަށް އުނދަގޫކޮށް އަޑުގަދަކޮށް ، ރައްޔިތުންގެ ހިތުގަ ބިރުވެރިކަން އުފައްދަން، ސަރުކާރަށް ޕްރެސަރ ކުރަން، އަނެއްކާވެސް ބަގާވާތަކަށް މަގުފަހި ކުރަން ، އެހެންވީމަ ހައްޔަރު ކުރުން މައްސަލައެއްނޫން. މިސްކިތުގަ ސަޖިދައިގައި އޮއްވައެއްނޫން ދޯ ހައްޔަރު ކުރީކީ. ތިހާ އެއްވަން ބޭނުމިއްޔާ ހައްޖައް ދާންވީނު
އެއްވާން ބޭނުންމީހުން ދަނީ ހައްޖަށްތަ. އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރީމަ އަޑުއުފުލަން ދާތަނެއްކަމަށްދޯ.
ސަރުކާރު މުދަލެއް ނުހުންނާނެ. އއއީ ރައްޔިތުންގެ މުދާ. ނަޝީދުގެ ސަޕޯޓަރުން 2012 ގައި އަންދާލި ކޯޓްތަކާ ޕޮލިސް ސްޓޭޝަންތަކަކީވެސް ރައްޔިތުންގެ މުދާ. ރައްޔިތުންގެ މުދާ ކަމުގައިވާ ރަސްފަންނު ހަލާކުވެ ވީރާނާވަނީ އަޅާނުލާ. ސަރުކާރުން ރައްޔިތުންގެ މުދާ ހަލާކުކުރަނީ. އެހެންވިއްޔާ ރައްޔިތުންގެ މުދާ ރައްޔިތުން ހަލާކުކުރުމުން އަދަބު ދެވިގެން ނުވާނެ.
ކޮއްކޯ މިއީ އޯގާތެރި ވެރިކަމެކޭ.އަނިޔާވެރިކަން ނިމިއްޖެނޫންތޯ!ބާރަށް އަތްޖަހާފަ ކައުންސިލްވެސް ކުލަރީނދުލަށްދީ!
ވަގުތައް މަޢުލޫމާތު ދެއްވި ފަރާތުން ރޭގެ ހާދިސާގެ ހަމަނުޖެހުން ހިންގި ފަރާތްތއް އިންސާފުގެ ކުރިމައްޗަށް ގެންނަން އެހީތެރިވެދިނުމަށް ގޮވާލަން. މިއީ ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލުމެއް ނޫން. މިއީ ރައްޔިތުންގެ މުދަލަށް ގެއްލުންދިނުން. ޢެއްވި ފަރާތްތކުން މިކަމުގެ ޒިންމާ ނަގަންޖެހޭނެ.
ފުލުހުންނައް އިހުތިރާމް ރައްޔިތުންކުރާނީ އެމީހުންގެ ވެރިންނަކީ ރައްޔިތުންގެ ލޯތްބާ އިހުތިރާމް އޮތް ބަޔަކައްވަންޏާ އިމްރާނާ ހަމީދުއަކީ އަބުރުގެއްލިފާތިބި ދެބޭފުޅުން!
އިބޫ ޞާލިޙްގެ ސަރުކާރު ނިކަން މުނާފިގުވާނެ! އަނިޔާވެރިކަމާ ދެކޮޅޭ އަނގައިން ބުނާނެ! އެކަމަކު ޖިންސީ އަނިޔާވެރިކަން ގަދަޔަށް ޕްރޮމޯޓްކުރާނެ! ހެއްކަކަށް ހޯރައިއްބެ އާއި ވެބްކެމް ޝިފާޒު ފުދޭނެ!
ފުލުހުންގެތެރެއިންވެސް ސިފައިންގެތެރެއިންވެސް ކުޑަކުދިންނަށް ޖިންސީގޯނާމީހުން އެބަފެނޭ. އެވާހަކަ ޚަބަރުތަކުން ހާމަކުރަމުންވެސް އެބަދޭ. އެއީ ރައްޔިތުންގެ ރައްކާތެރިކަމަށް މަސައްކަތްކުން ހުވާކޮށްގެން ތިބޭބައެއް. އެކަމަކު.......... ކުޑަކުދިންނަށް ޖިންސީ އަނިޔާދޭ މީހުންގެ ތަޙްޤީޤް އަވަސްކޮށް ޙުކުމް އިއްވަންވީ.
ޖަރީމާ ސަރުކާރު. ހުއްޓުވަން އުޅޭކަމެއްނޫން. ދެކޮޅުހަދާ އެންމެން ޖަލަށް.
ސަރުކާރު ފެއިލިވެއްޖެ ފެއިލިވީވެސް ދީނީ ގޮތުން މިއީ ލާދީނީ ބައިގަނޑެއް އެކުލެވޭ ސަރުކާރެއް އަދި ފުލުންނާއި ސިފައިން ގެ ގިނަބަޔަކު މި ލާދީނީ ސަރުކާރަށް ބައިޢަތު ހިފާފަ
ރައްޔިތުން އެދޭ އިންސާފު ނުލިބުނީމަ ރައްޔިތުންވެސް އަޑު އުފުލާނެ. ހަމަނުޖެހުންވެސް ހިނގާނެ. ދެން ބުނާނެ މާ ރަނގަޅު ބަޔަކަށް ވެގެން ހަމަނުޖެހުން ހިންގީމަ ކުޑަ ކުދިންނަށްވެސް ނިދަން އުނދަގޫވޭ. އަނިޔާ ލިބުނު ކުޑަ ކުއްޖާއަށް ދެން ކުރިއަށް އޮތް ކޮންމެ ރެޔަކު ނިދަން އުނދަގޫވާނެ. އެކުއްޖާ ހުންނާނީ އަބަދު ބިރުވެރިކަމެއްގަ. ބަޔަކު އެމީހުންގެ ހައްގުތައް ހޯދަން ނިކުންނަތަނާ މި ސަރުކާރު ހުންނަނީ ބިރުން ފިތްކަނޑައިންގޮސް ވެރިކަން ވެއްޓެނީ ކަމަށް ހީވެގެން. ތިހެން ވެރިކަން ވެއްޓިދާނެކަމުގެ ނަފްސާނީ ބިރުވެރިކަމެއްގަ ނުހުރެ، ސަރުކާރުގެ އިސްވެރިން ތެރަޕީ ހޯދަބަލަ.
އެސްކޮބާ ޖަހާފައިން ކޮމެންޓް ރަށްދުވަނީ ކޮން ޕާޓީއަކަށްބާ އެސް ކޮބާ ކިހާވަރެއް ވި ވާނުވާ އެނގިހުރެ ތަ ކޮމެންޓް ޖެހީ ތިކިޔޭ ނުކިޔޭ އެއް އެނގޭތަ އެސްކޮބާ އަށް ނޭނގުނުދޯ ތިމާގައިގަ 7 ގުނދު ލާފައޮތްއިރުވެސް ނުފެނުނުދޯ އެހެން ވީމައޭ ބުނަންޖެހެނީ ރީނދޫ ފިކުރު މީހުނަކީ ކަނު ބީރު މީހުއުޅޭފިކުރެކޭ ދެން ވެސް އެސްކޮބާ ކޮމެންޓް ޖަހާއިރު ގިނނަ ގުދުހުރީ ކޮން ދިމާއެއްގައިތޯ ބަލާފަ ޖަހާތި ކޮމެންޓް
ޝަރފު އެއްވީ ރަށްޔަތުނޭ "ވަގުތު" ނޫސްވެރިންނެއް ނޫނޭ އެހެންވީމަ "ވަގުތު" އެކަމުގެ ޒިއްމާ ނަގާކަށް ނުޖެހޭނެ ކީއްވެތަ ކަމެއްވާ އިރަށް "ވަގުތު"އާއި ތިފާވެގަންނަނީ ދެން މިކޮމެންޓް ޖެހީވެސް "ވަގުތު"ނޫސްވެރިޔެކޭ ބުނޭ މިއޮތީވާޖެހިފަ ބޮޑު މުސީބާތަކާ ތުއްތުކު ދިންއެކައްޏެ ނޫނޭ ތެދުވެރި ކަމާއެކު މަސައްކަތް ކުރާ ނޫސްވެރިންގެ މިނިވަކަންވެސް ރޭޕް ކުރަނީ މުޅި ރާއްޖޭ ގައި ރޭޕް ގެނުރަށްކާ ޔާﷲ ރޭޕް ގެވަބާއިން ތުއްތުކުދިންނާއި މުޅި މިދިވެހި އުއްމަތް ސަލާމަތްކޮށް ރަށްކާ ތެރިކޮށްދެއްވާށިއާމީން