އިންސާނީ ވަންތަކުގެ ކަންފުޅެއް ހުރި މީހަކުވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ނުކުރާނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު ހުތުބާގެ މައުޟޫއަކީ ކުޑަކުދީންނަށް ޖިސްމާނީ އަނިޔާ ދިނުމާއި، ޖިންސީ ގޯނާކުރުމުގެ ނުބައިކަން"އެވެ.
މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުތުބާގެ ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، މިއަދުގެ ހުތުބާ އަކީ ވަގުތާއި ހާލާތާއި ވަރަށް ގުޅޭ ހުތުބާއެއް ކަމަށެވެ. އަދި އެކަމަށް އޭނާ ވަނީ އިސްލާމިކް މިނިސްޓްރީއަށް ޝުކުރު ދަންނަވާފައެވެ.
މިނިސްޓަރ އިމްރާން އިތުރަށް ވިދާޅުވީ، ދީނަށް ލޯބި ކުރުމުގެ އަދި އިންސާނީވަންތަކުގެ ކަންފުޅެއް ހުރި މީހަކުވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ އާއި އަނިޔާ ނުކުރާނެ ކަމަށެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ވަނީ ކުޑަކުދިންނަށް ކުރިމަތިވާ ލާއިންސާނީ އަމަލުތައް ތަކުރާރުވަމުން ދިއުމަކީ ބޮޑުވެގެންވާ މުސީބާތެއް އަތުވެދާނެ ކަމެއް ކަމުގެ އިންޒާރު ދީފައެވެ.
މިއަދު ހުތުބާ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއަށް ހާއްސަކޮށްފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނަށް ޖިންސީ އަނިޔާ ކުރަމުންދާ މައްސަލަތައް ވަރަށްބޮޑަށް ވަނީ އިތުރު ވެގެން ގޮސްފައެވެ. އަދި އެފަދަ މައްސަލަތައް މި ދުވަސްކޮޅު ފެންމަތިވާ ވަރުވެސް ގިނައެވެ.
މި މައްސަލަތައް ފެންމަތިވެފައި ވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލަ ފެންމަތިވެ، އެ މައްސަލަ ބަލަން ފެށި ހިސާބުންނެވެ.
ފަހަރި ވެއްޖެ ނަމަ އޯކޭ....
ތިބުނާ ކަންފުޅެއް ހުރި މީހަކު ފަހަރިއާއި ވެސް ނުބެހޭނެ
ލިބުނު މަޤާމަށް ހިތްހަމަޖެހިފަ
ބަލަ ކަލޭމެން ގުޅިގެން ގެނައިވެރިކަމުން މިވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުން ގާތްގަނޑަކަށް ހުއްދަކޮށްފައެވެ. މިހެން މިދެންނެވީ މިހާރު އާދަޔާއިޚިލާފަށް މަސްތުވާމީހުން މަގުމަތީގައި ގިނައިން ފެންނާތީ. ތިޔަ ކުޑަކުދިންތަށް ރޭޕްކުރި އެންމެންނަކީވެސް މަސްތުވާތަކެެއްޗާއި ގުޅުންހުރިމީހުންނެވެ. ދެއަހަރު ކުއްޖާއަށް އޭނާގެ މައިންބަފައިންގެ ފަރާތުން ރައްކާތެރިކަން ނުލިބުނީ މަސްތުވާތަކެތީގެ ސަބަބުން. ކީއްވެގެންތޯ ސަރުކާރުން މަސްތުވާ ތަކެއްޗަށް ޒީރޯ ޓޮލަރެންސް ނުދޭންވީ؟ ރަލާއި މަސްތުވާ ތަކެތި ކީއްވެތޯ ނުހުއްޓުވަނީ؟ ކީއްވެތޯ ކުޑަކުދިންނާއި ޖިންސީ ފުރައްސާރަކޮށްގެން އަދަބުގައި ތިބިމީހުން ދޫކުރަނީ؟