ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ސަރުކާރުގެ ސިޔާސަތާއި އެއްގޮތައް ޒިންމާދާރު ކަމާއި އެކު މަގާމު އަދާނުކުރެވޭނެމަ އިސްތިއުފާ ދެއްވުމަށް އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައިފިއެވެ.
މިނިސްޓަރ އަމީންގެ އިސްތިއުފާއަށް ހަސަން ލަތީފް ގޮވާލާފައި ވަނީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.
ހަސަން ލަތީފް އަމީންގެ އިސްތިއުފާއަށް ގޮވާލެއްވީ އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަށް ހިތްވަރު ނުދެއްވާ ކަމަށް މިނިސްޓަރ އަމީން ވިދާޅުވެފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުންނެވެ.
"ސަރުކާރުގެ ސިޔާސަތާއި އެއްގޮތައް ޒިންމާދާރު ކަމާއި އެކީ ވަޒީފާ އަދާ ނުކުރެވެންޏާ އިސްތިއުފާ ދެއްވާ. ސަރުކާރުގެ ސިޔާސަތު އެއްގޮތައް މަސައްކަތް ކުރަން އެނގޭ މީހުން ބައިވަރު އެބަތިބި." ހަސަން ލަތީފް ވިދާޅުވިއެވެ.
Sarukaaruge Siyaasathaa eggothah zimmaadhaaru kamaa ekee vazeefa adhaa nukurevvenyaa isthiufa dhevvaa. Sarukaruge siyasathaa ehgothah masakkaiy kuran engey meehun baivaru eba thibi.https://t.co/Mp617MERJZ
— Hassan Latheef🎈 (@HassanLatheef) January 25, 2020
އަންހެނުން ހިތާނު ކުރުމާއި މެދު އިސްލާމިކް މިނިސްޓްރީގެ ލަފައަކަށް އެޗްޕީއޭ އިން އެދުނު މައްސަލަ މިދިޔަ ހަފްތާގައި ވަނީ ވަރަށް ބޮޑުވެފައެވެ. އެމައްސަލަ ބޮޑުވެ ފާޑުކިޔުން އަމާޒުވުމުން އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީ ވަނީ ބާތިލްކޮށްފައެވެ.
މިނިސްޓަރ އަމީން އިސްތިއުފާ އަށް އެމްޑީޕީގެ ޗެއާޕާސަން ގޮވާލިއިރު ސިއްހީ ދާއިރާގެ އެއްވެސް ތަޖުރިބާއެއްނެތް އަމީން ހެލްތު މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުން މީގެ ކުރިން ވެސް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފައި ވެއެވެ. އަމީން ހެލްތު މިނިސްޓަރުގެ މަގާމަށް ވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.
ހިމަބިހި ރާއްޖެއިން ނައްތާލާފައި ވަނިކޮށް އަނެއްކާ ފެތުރެން ފެށުމުން ވެސް މިނިސްޓަރ އަމީނަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. އެތައް ކުދިންނެއް ވެކްސިން ނުޖަހާ ތިބިއިރު އެކަން ސަރުކާރަށް ކުރީބައިގައި ނޭނގި އޮތުމަކީ ސަރުކާރުގެ ފެއިލް ވުމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ.
ކުރީސަރުކާރަށް ވެކްސިން ނުޖަހާކުދިން އެނގުނުބާ. ނަފުރަތުެުފެއްދިޔަސް ބޮޑުވަރު.
އާނ. ލާދީނީ މީހުން ދެކެ އެއްގޮތަކަށްވެސް ނަފްރަތު ކޮށްގެން ނުވާނެ. އެހާ ބޮޑު ގޯހެއް ނެތް.
ހާހާ ވާވާ އެބަރަނގަޅުވޭ 19 ގެ ތަފާތު ފެންނަށް ތިފަށަނީ ލަތީފޫ އަމީނަށް ވުރެ ސިދާތާގެ ހާލު މާގޯހޭ ގިފިލި ބަލާ ފާޑަށް ކަންކަން ނުކޮށްބަލަ
ހަސަން ލަތީފު ބުނަން އުޅެނީ އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތޭތޯ؟ ބޯހަލާކު!
އަމީނޫ ކަލޭ އަވަހައް މޑޕ އައް ސޮއިކުރޭ ގާސިމުކާރީހުރެގެން ތިޔަމަގާމެއް ދެންނުހިފެހެއްޓޭނެ އޭޕުރީލު މަހު ތިޔަ ކޯލިޝަން ވެސް ރޫޅާލާނެ އަވަހައް ސަލާމަތްވޭ ހައްލަކީ މޑޕ އާ ގުޅުން....
ވެކްސިން ނުދޭކަން ކަށަވަރުވަންޖެހެނީ މިއަދު އެކަނިތަ؟ ކޮންމެ ސަރުކާރެއް އޮތަސް އެކަން ކަށަވަރު ކުރަން ޖެހޭނެ.
އެމްޕީ ހަސަން ތިޔަ ވިދާޅުވީ ރަގަޅަށް، އަމީނަކީ މީހުންގޮވައިގެން މަސައްކަތްކުރަން ދަންނަ މީހެއްނޫން، ހީ އިޒް ގުޑް ފޮރ ފޮނިކަނޑަން.. ރާއްޖޭގެ ހެލްތްމިނިސްޓަރ އަކަށް ރަގަޅުވާނީ ޕަބްލިކް ހެލްތް އާއި ހެލްތް ރިސްކް ދަންނަ ހެލްތް ދާއިރާގެ ތަޖްރިބާ ހުރިބޭފުޅުން، މިއީ ޤައުމެއް، ކުޑަ މައުލޫދު ޕާޓީ ތަކުގެ ސްލެޓޭކިޔާ އަބިމީހާއި ދަރިންނާއި ބޮޑްބޭބެކިޔާ މީހުންނާއި ހިތްހަމަޖައްސަން ގިޓާ ކުޅޭކުދިން ރަގަޅުވާނީ އެކަމަށް... މޫނަކަށް ކަދުރާއަކަށް ނުބަލާ، ދިވެހި ސަރުކާރުން ރައްޔިތުންނަށް ރަގަޅުފެންވަރުގެ ޚިދުމަތް ދޭންޖެހޭ.. ފެއިލްވެ ޚިދުމަތުގެ ފެންވަރދަށް މިނިސްޓްރީތައް.
1.ހެލްތް ފެއިލް
2.ފިޝަރީޒް ފެއިލް
3.ޖެންޑަރ ބޮޑްތަނުން ފެއް
4. ހައުސިން ފެއިލް
5.ހަޔަރ އެޑިއުކޭޝަން ފެއިލް
6.ޓްރާންސްޕޯޓް ބޮޑްތަނުން ފެއިލް
7. ތިމާވެށި ފެއިލް
8.ފިނޭންސް ފެއިލް
9. ހޯމް ފެއިލް
10.އިސްލާމިކް
....... އަޅެފަހެ ހަމަ ތިބެންވީތަ، ލައްގަޅޭ ލައްގަޅޭ ކިޔާފަ އަތްޖަހަޖަހާ ތިއްބާ ބަޔަކު އާރާސްތުކުރި ޤައުމެއް ފުމޑުވެމިދަނީ....
1- ގެއްލޭ ބެޑް ޝީޓް ކާމިޔާބު
2- ވަގު ކާޕެޓް ކާމިޔާބު
3- ހޯރަ އިއްބެ ކާމިޔާބު
4- އެމްޑީއެން ކާމިޔާބު
5- ލުތުފީ ފިލުވައިގެ ވީއައިޕީ ފެންވަރުގައި ގެންގުޅުން ކާމިޔާބު
6- ކަމެއްނުކޮށްދީ 32 ބިލިއަން ރުފިޔާގެ ބަޖެޓެއް ދިރުވާލުން ކާމިޔާބު
7- ދަތުރުފަތުރަށް ކަނޑައެޅި ބަޖެޓް ހުސްވެ އިތުރަށް ޚަރަދުކުރުން ކާމިޔާބު
8- ރަސްރަނި ބަގީޗާގެ ނަން ބަދަލުކުރުން ކާމިޔާބު
9- އެމްޑީޕީގެ ބޮޑުންގެ ކުންފުނިތަކަށް މިލިއަނުން ބަދަލުދިނުން ކާމިޔާބު
10- ސްޓިކާޖެހުން ކާމިޔާބު
11- މަރުކޮމިޝަން މަރުވުން ކާމިޔާބު
ދެފައި ކައިރިކޮށްލަން ނުކެރުނަސް މިއީ ހަމަ ފާޑެއްގެ ކާމިޔާބެއް!
ގޮވާކަށްނޫންވީ މިއަދު ތިއޮތީ މުޅިގައުމުގައި އެމްޑީޕީގެ މެޖޯރިޓީ އިތުބާރުނެތްކަށްފާސްކޮށް ގެއަށްފޮނުވާލަންވީ މަޖިލިހުގެ ކޮމެޓީއަކުން އެމިނިސްޓްރީހިންގަންވީ ދެންވާކަމެއްވަނީ ދައުލަތުގެބަންގާޅުންކަމަށްވާ ސިވިލްސާވަންޓުންގެ އިހުމާލުންކަމަށްބުނެ އެމީހުންވެސް ވަކިކުރަންވީ އެރުން ހުންނާނީ ބޯވަމަސް ކެވިފައި
ކުރިއަށް އޮތް ތަނުގައި ކޯލިޝަންގެ މިނިސްޓަރު ވަކިކުރަން ފަށާނެ ލޯކަލް ކައުންސިލް އިންތިޙާބަށް ފަހު.
ކިތަންމެ އެއްޗެެން ކިޔަސް ހެޔޮ އެމްޑީޕީގެ ސިޔާސަތަ އެއްގޮތަށް ކަންތައް ކުރަން ޖެހޭނީ އެހެން ނޫނީ މަޖިލިސް ތެރެއިން ކަންކަން ނިންމާނަން. އެކަށީގެންވާ ޤާބިލް މީހުން އެބަ ތިބި އެމްޑީޕީގައި. ފުރުސަތު ދޭންވާނެ
އެމްޑީޕީ ސިޔާސަތާ އެއްގޮތަށް ކަންކަން ކުރަން ކީއްކުރަން އެހެން މީހުން ކޯލިޝަނޭ ކިޔާ ގޮވައިގެން ނިކުތީ؟ އެކަނި ނިކުމެ ކުރިނަމަ ނިމުނީނު؟ ރައްޔަތުން ވޯޓު ލިބުނީ އެމްޑީޕީ ވެގެނެއް ނޫން. ކޯލިޝަން ވެގެން. ހަޖަމް ކުރަން ދަސްކޮށް މީހުން ލައިގެން އުޅެން ދަސްކުރަން ވެއްޖެއެއް ނު؟
ކުރިއަށް އޮތް ތަނުގައި ކޯލިޝަންގެ މިނިސްޓަރުން ވަކިކުރަން ފަށާނެ ލޯކަލް ކައުންސިލް އިންތިޙާބަށް ފަހު
ހަސަން ލަތީފުއަށްވެސް އިނގޭ މިހާރު ރާއްޖޭގައި ހުރި އެންމެ ގަދަ ވަޒީރަކީ އަމީންކަން، އެމްޑީޕީއަކަށް އޭނައަކާ އަރާ ހަމަ ނުކުރެވޭނެކަން. މި ރާއްޖޭގައި ކަމެއް ކުރިއްޔާ ކުރި އަޑެއް އިވެނީ ހެލްތު މިނިސްޓްރީ ފަރާތުން. ކޮބާ އެމްޑީޕީގެ ވަޒީރުން؟ ކޮންމެ ކަމެއްވިޔަސް ނިދާފައި. އަމިއްލައަށް ނުހިންގުނީމަ ވާ މީހުންގެ އިސްތިއުފާއަށް ގޮވާނެ ކަމެއް ނެތް.
ޙަސަން ލަތީޕް މީ މީމޮޅުމީހަކަށް ވެގެން އުޅޭމީހެއް! އިސްތިއުފާ ދޭންވީ ކަލޭމެން އެންމެން!
މިހާރު މި ސަރުކާރުގައި ކަމެއްވި އަދި ކަމެއް ކުރެވޭ މީހަކަށް ހުރީ އަމީން އެކަނި. ކޮބައިތޯ ތިޔަ ބުނާ އިއްޒަތްތެރި އެމްޑީޕީ ކެބިނެޓް މިނިސްޓަރުން؟ ކޮން ކަމެއް ނިންމައިގެން ކޮންފަދަ އުފާވެރި ހަބަރެއް ހިފައިގެންތޯ ރައްޔިތުންނާ ބައްދަލުކުރީ؟ ގައިމު އަމީންގެ ޕްރެސް ކޮންފަރެންސްއެއް އޮންނަ ދުވަހެއްގައި އުފާވެރި ހަބަރެއް އިއްވާ ނުލާ ހަމަ އެންމެ ދުވަހެއްވެސް ނުދޭ. އެމްޑީޕީ ބޭނުން ބަޔަކު ނޫނީ މި ރާއްޖޭގެ ވުޒާރާތައް ހިންގަން ތިބޭނީ. ދިވެހި ރައްޔިތުން ބޭނުން މީހުން. އަމީންއަކީ ރައްޔިތުންގެ ވަޒީރެއް.
އެމްޑީޕީ ވެރިކަމެއްގައި ތިބެން ވާނީ އެމްޑީޕީގެ މިނިސްޓަރުން. މި މީހުންނަކަހެދި އެހެން ބަޔަކަށް ފުރުސަތު ނުލިބޭ ވިއްޔާ އަދި ތިބެގެން ވެސް ކުރެވޭ ކަމެއްނެތް
ކިރިޔާވެސް ހިނގާ މިނިސްޓރީ ތަކަކީ. ޓްވަރިޒަމް، ޓްރާންސް ޕޯޓް، ހެލްތު
މީނާ ކިޔާ އެއްޗެއް މީނާއަކަށްވެސް ނޭނގޭހެން ހީވަނީ. ބަލަ ތި އެމްޑީޕީއަކަށް ކަމެއް ނުވެގެން ވާނުވާގައި ތިއްބާ އަމީން ތި ފަތުވާއެއްވެސް ނެރެ ދިވެހި ރައްޔިތުންގެ އުދާސްތަކަށް ފިނިކަމެއް ގެނެސްދިނީ. ކޮންމެ އިންތިހާބަކާ ދިމާކޮށް ތި އަވާމެންދުރެއްގައި ރައްޔިތުން ނުޖައްސާ ކޮންމެވެސް ކަމެއް ކޮށްދީގެން އިންތިހާބަކުން މޮޅުވާން ދަސްކޮށްބަލަ. ކޮންްފަދަ ކަމެއް މި ދެން
ކިތަންމެ އަސަރެއް ކުރިޔަސް ކަލޭމެން އަތްނުފޯރާ ހިސާބުގައި މިހާރު އަމީން ހުންނެވީ. ކަލޭމެން ބަލައި ނުގަތަސް މި ރާއްޖޭ ރައްޔިތުންނަށް މިހާރު އަމީން ވަރެއް ނެތް. އެންޑް ހަނދާންކުރާތި، ދިވެހި ރައްޔިތުން ގްރޭޓާ ދެން ކަލޭމެން އެމްޑީޕީ މީހުން
ފުރަތަމަ ޕަޕެޓް ރައީސްގެ އިސްތިއުފާއަށް ގޮވާބަލަ ހަތް ހަރާމުން ހަރާމް ވާކަމެއް
ތިއަށް ވުރެން ރަނގަޅުވާނެ ޖެއްޑާ ދައިތަ އިސްތުފާ ދޭންވޮވިޔަސް އަމީން އެކޭ ޖެންޑާ ތައިތަ އަކޭހުރީ ކޮން ތަފާތެއްތ
އަމީނަކަސް ކައިރީ ތިއުޅޭ ރޮޑާއްޔަކަސް ތިޔަކަމެއްނުވާނެ! ހިމަބިހި ނައްތާލެވިފައިވުން ދަމަހައްޓަން ނޭގުމުން އެބަލި އަޢީ! ދެންހުރިބަލިތަށްވެސް ހަމަ އެހެން. ފޮނިކަޑާ ވައްތަރުގެ ގޮލާތަށް އެކަށީގެން ނުވާ ތަންތަނަށް ލީމާ ވާނެ ތިހެން. ޢޭގެ އިތުރަށް ތިޔަމިނިސްޓްރީގެ ސިވިލް ހެޑުންވެސް މަގާމުގައި ތިބެ އަޅޯ ފައިބާފައި އެތިބީ! ޥެރިޔާ ސަރުކާރު ރަގަޅަށް ހިންގަބަލަ! ނޭގެންޏާ ތަންދޮރުފިލާފައިތިބި މީހުން ކައިރިން އަހައިގެން!
ސަރުކާރު ފެއިލްވެފައި ވަނީ ޕާޓީގެ ވެރިންގެ ކުންފުނިތަކަށް ބަދަލުގެ ނަމުގައި ދައުލަތުގެ ބަޖެޓު ކަހާލީމަ އަދި ވަކި އާއިލާތަކެއްގެ ހުރިހާ ކުދިންނަށް ސަރުކާރުގެ ހުރިހާ އިސް ވަޒީފާތަކެއްދިނީމަ އެހެޔޮ ނުކިޔަވާތިއްބަސް! އަދިވެސް ކޯލިޝަންގެ ވަޒީރުންތޯ ބޭރުކުރަންވީ؟ އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ވެރިކަން! އެކަމު ރައްޔިތުންނަށް ދެވުނީ ކޮން ހިދުމަތެއް! އިސްތިއުފާ ދޭންވީ ނަޝީދުއާއި އެމްޑީޕީގެ މެމްބަރުން!
ހުރިހަާމިސްޓަރުން ކަޑަާލަާފަ އެވިދަާޅުވަާ ހަތަރުކަށިމަތިބެޭފުލަާއަާއިހަވަާލުކޮލަާ
މިނިސްޓަރ އަމީން އިސްތިއުފާ ދެއްވުމަށް އެމްޑީޕީ ޗެއާޕާސަން ގޮވާލައިފި" .. ތިދިޔައީ އަމީންގެ ދުވަސް...
ޤާސިމް ވިދާލުވަނީ ކީކޭތޯ؟
ތިޔައީ އަދެއް މިދުވަހެއްނޫން ބޭރުކޮށްލަންޖެހޭ މީހެއް! މިނިސްޓަރެްގެ ކިބާގައި ހުންނަންޖެހޭ އެއްވެސް ވައްޓަފާޅިއެއް ޙިލްމެއް ހުރި މީހެއްނޫން! އަގައިން މަޤާމު ހިފަހައްޓާ މީހެއް!
ތި އީ ގައްދޫ އަށް ވެސް ހުރި މުސީބާތެއް .އެމްއެމްޕީއާރުސީ ލާރިގަނޑު ކަހާލީ އަލިމަނީބޭ ހަސާނާ އެކައުންޓަށް.(ބޮޑުބޭބެ) ގައްދޫ ގައި އަޅަން 2019 ބަޖެޓްކުރި 50 އެދުގެ ހޮސްޕިޓަލުގެ 19 މިލިއަންވީ ގޮތެއް ނޭގެ. 2020 ބަޖެޓް ކުރި 8 މިލިއަން ކުރާނެ ކަމެއް ނޭގިފަައި. ހޮސްޕިޓަލުގެ ވާހަކަ އެމްޕީ މަޖިލިހުގައި ސުވާލު ކުރުމުން އަމީން ދިނީ ރުންކުރު ޖަވާބެއް. ބޮޑު ތަނުން އަމިއްލަ ރަށައްވެސް ހުތުރު އަރާ މިފަދަ މީހުންނާ ހެދި.
އަމީންއަކީ ހަމަ ސަތޭކައިގެ މީހެއް. ހަސަން ލަތީފު އިސްތިއުފާ
ހޫން ކުޅިގަނޑު ފެށެނީ މިގޮތަށް ފަހަރަކު މީހަކު ދެންވަކި ކުރާނެ ނޫނީ ސޮއިކުރަންޖެހޭނީ މީކީ އާކަމެއްނޫން އެމް ޑީ ޕީ ފެށުނީއްސުރެން މިކަން ހިގާގޮތް ދެން އެއްކަލަ ގާސިމް ރޯންފަށާނެ ރައްޔިތުން ކާރީ ސަލާންޖަހާނެ ބަލަން ތިބެމާ މުޅި ގައުމު އަނެއްކާވެސް ފަހަތަށް ޖައްސާލާނެ
މިވެރިކަމުގައި ތިބެންވާނީ އެމްޑީޕީ މީހުން އެކަންޏޯ ބަލަމިއީ އެމްޑީޕީގެ އެކަނި ވެރިކަމެއްތަ މިރީނދޫ ގުންޑާތައް އެތިބީ އަމިއްލައެދުން ބޮޑުކަމުންގޮސް ހައްދުން ނަށްޓާފަ
ތިހުރިހާ ބަން އިސްތިއުފާ ދޭން ޖެހޭނެ
އެމްޑީޕީ އެއްކޮށް އިސްތިއުފާ ދިނުމަށް އަޅުގނޑު ގޮވާލަން.
ކަލޯ އަމީނޫ، މިއީ އެމީހުންގެ ސަރުކާރެއް އެމީހުން ބުނީމަ އިސްތިޢުފާ ނުދީފިއްޔާ ވަކި ކުރާނެ އަވަހަށް އިސްތިއުފާ ދީފަ ގެޔަށް ދޭ، ކެޔޮގަނޑު ކަނޑާ ނިމިފައޮތީ ދެން ގަހަކުން ކުރާނެ ކަމެއްނެތް
އިސްތިއުފާ ދޭންވި އަމީނެއް ނޫން ފެއިލްވެފައިވާ މުޅި ސަރުކާރު ކެނެރީ ސަރުކާރު، އުނގު ވިޔަފާރި ކުރާ ގޮތަށް ވެރިކަން ކުރަން ތިޔަ އުޅެނީ
ހަތަރުކަށިމަތި މާލޭ ކުރޭމެން ތި ވަދެވުނު ތަނުގަ ހުރެބަލަ އަގަނުތަޅާ..އެގްޒެކެޓިވް ބްރާންޗާ ނުބެހި. އިސްިތުއުފާ އަށް ގޮވަން ތި ކާކުހޭ؟؟؟؟؟؟؟؟
މީ ތާކުންތާކުޖެހޭ މީހެއްނޫން. ބޮޑު އަނގައެއް އޮންނަނީ. އައިޖީއެމްއެޗަށް ދައްކަން އަހަރު ކުރިން ނަމްބަރުނަގަން ޖެހޭ އަދިވެސް. ހަމުގެ ޑރ އަކަށް ދައްކަން 2 މަސް ވެއިޓިން. އެތެރެހަށި ޑރ އަކަށް ދުވާލަކު 20 ނަމްބަރު ދޫކުރަނީ ހޮނިހިރުދުވަހު މެންދުރުފަހު ނީނދޭ. އޮޕަރޭޝަން ޑޜ އަކަށް 2 މަސް ވެއިޓިން. ލޮލުގެ ޑރ އަކަށް 3 މަސް ވެއިޓިން. ހިތުގެ 4 މަސް، އިމަޖެންސީއަށްވެސް ހާލުބޮޑުވެގެންގޮސް 6 ގަޑިއިރި މަޑުކޮށްގެން ދެއްކެނީ. 1950 ގަވެސް ކަންތައްހުރިގޮތަށް އަދިވެސް މިއުޅެނީ. ކިާހާބޮޑުކަމެއްމީ!
މިލާދީނީ ސަރުކާރުގައި ކިރިޔާ ވެސް ރަނގަޅަށް ކަމެއް ކުރެވިފައި އޮތީ އަމީނަށް. ރ.ޔާމީން ގެ ދައުރުގައި ހުރިހާ ރަށަކަށް އެމްބިއުލާންސް ހޯދަން ފެށި މަޝްރޫއުގެ ތެރެއިން އަމީން ކިތައް ރަށަށް ކިތައް އެމްބިއުލާންސް ގެނެސް ދެއްވައިފިތަ. އަދި އެނޫންވެސް ބައިވަރު ކަންކަން ކޮށްދެއްވައިފި. ދެރަވަރުކަމެއް ރައްޔިތުން ނަށް ފައިދާވާގޮތަށް ކަންކަން ހިންގާ މީހުން ވަކިކުރުން. ﷲގެ ރަޙްމަތްފުޅާއި އެކު ލާދީނީ ސަރުކާރު ވެއްޓެނީތޯއްޗެ .
މާބޮޑަށްވެސް ލަސްވެއްޖެ އިސްތިއުފާ ދޭން؟
މިނިސްޓަރުކަމާއި ހަވާލުވިގޮތަށް އެންމެ ފުރަތަމަ އަމީނު އިންނަ ކޮޓަރި އެތަށް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ހެދީ، ކޮޓަރި ކުޑަވެގެން ބޮޑުވެސް ކުރީ. މިނިސްޓްރީގެ 8 ވަނަ ފަންގި ފިލާވެސް ހީވަނީ ގަޑުވަރެއްހެން.. ރާއްޖެތޭރޭ ރަށްރަށުގައި ހުންއައިމަ ދޭނެ ޕެނަޑޯލް ގުޅައެއްވެސް ނެތް... ތިމާގެ މޮޅުކަން ދެއްކުމުގައި
އަވަހަށް އިސްތިއުފާ ދީ ނޫނީ މުޅި ހެލްތު ދާއިރާ ހަލާކުވެދާނެ... ޖަރީމާ ހިންގުމުގައި އަވަދިނެތި އުޅެމުން ދަނީ
މި ފެންނަނީ މޮޔައަކު އަތަށް ކަޑިއެއް ދިނީމަ ވާ ގޮތް.... ހެލްތު ދާއިރާ ނޭނގޭ ބަޔަކު މަޤާމުތަކަށް ލީމަ ވާނެ ހައެތި ވަމުން މިދަނީ... މީ ޒީރޯޓޮލަރެންސްގެ އެންމެ މަތީ ދަރަޖައިން ކަންކަން ކުރާ މީހެއް
މީނަ އިސްތިއުފާ ދިނުން މާ ލަސްވެއްޖެ.......
ދައުލަތުގެ ބަޖެޓުން ބޭކާރު ޚަރަދު ކުރުން ނޫން ކަމެއް މީނާ ނުކުރޭ
އަންހެނުން ހިތާނުކުރަން ޖެހެނީ ފިރިހެނުން ތޯ އަންހެނުން ހިތާނުކުރަން ތޯ ކޯލިޝަހެދީ އެޖެންޑާ 19 ގެ ވަޢުދެއް ތޯ އަންހެނުން ހިތާނުކުރާ މޫސުމެއް ތޯ ޗެއް
އަލީވަހީދު އިސްތިޔުފާ ފައްޔާޒު އިސްތިޔުފާ ބަންގާޅިން މަދެއްނުކުރެވުނު މިނިމަމްވޭޖު 10.000 ނުދެވުނު ދެންއިސްތިޔުފާ