ޓްރާންސްޕޯޓް މިނިސްޓްރީގެ 11 މުައްޒަފަކު ވަކިކޮށްފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައި މިވަނީ މުވައްޒަފުން ވަކި ނުކުރަން ރައީސް އޮފީހުންވެސް އަންގަވާފައި ވަނިކޮށްކަމަށް އެ މުވައްޒަފުން ބުނެއެވެ.
މިކަމާއި ގުޅޭ މައުލޫމާތު ހޯދުމަށް އެ ވުޒާރާގެ ބޭފުޅުންނަށް ތަކުރާރުކޮށް ގުޅި ނަމަވެސް އެއިން އެއްވެސް ބޭފުޅަކު ފޯނަށް ޖަވާބު ނުދެއްވާތީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.
އިތުބާރު ހުރި ފަރާތަކުން "ވަގުތު"އަށް މައުލޫމާތު ދިން ގޮތުގައި، ކަނޑާލާފައިވާ މުވައްޒަފުންގެ ތެރޭގައި އެކި ފެންވަރުގެ މުވައްޒަފުން ހިމެނެއެވެ. އަދި މި މުވައްޒަފުންގެ ތެރޭގައި މީގެ ކުރިންވެސް ކަނޑާލާނެ ކަމުގެ އިންޒާރު ދިން ބައެއް މުވައްޒަފުން ހިމެނެއެވެ.
ޓްރާންސްޕޯޓްގެ ބައެއް މުވައްޒަފުން ވަކިކުރުމުގެ މަސައްކަތް ފުރަތަމަ ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެ ދުވަސްވަރު ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ މުވައްޒަފުންނާއި މުހާތަބުކޮށް ވާހަކަދައްކާ އޯޑިއޯއެއް ވެސް ލީކުވެފައިވެއެވެ. އެ އޯޑިއޯގައި މިނިސްޓަރ ފާހަގަކުރައްވަނީ ގިނަ މުވައްޒަފުންގެ ފަރުވާކުޑަކަމުގެ ވާހަކައެވެ.
އޭގެ ފަހުން ބައެއް މުވައްޒަފުންނަށް ނޯޓިސް ފޮނުވުމުން، އެ މައްސަލަ ސަރުކާރުގެ މަސްޢޫލިއްޔަތު ބަލާ ކޮމިޓީއިންވެސް ވަނީ ބަލާފައެވެ.
ޓްރާންސްޕޯޓްގެ މުވައްޒަފުން ވަކިކޮށްފައި ވަނީ އުސޫލާއި ޚިލާފަށް ކަމަށް އެ މުވައްޒަފުން ބުނެއެވެ.
އެއްފަހަރާ 11 މުވައްޒަފުން ކަނޑާލުމުން އެ ވުޒާރާއަށް ފާޑުކިޔުން އަމާޒުވެފައިވާއިރު، މީޑީއާގެ ކޯލްތަކަށް ޖަވާބު ނުދެއްވައި އެ ވުޒާރާ އޮތީ ހަނެވެ.
"ވަގުތު"އަށް މައުލޫމާތު ދެމުން، ނަން ހާމަ ނުކުރަން ޝަރުތުކޮށް އެ ވުޒާރާގެ މުވައްޒަފަކު ބުނީ ކަނޑާލި މުވައްޒަފުން ކަނޑާލީ ފަރުވާކުޑަވެގެން ކަމަށް އެ ވުޒާރާއިން ބުނާކަމަށެވެ.
" އޭގެ ތެރޭގައި ތިބީ ކުރިންވެސް ކަނޑާލަން އުޅުނު މީހުން. އެންމެ ފަހުން އެކަން އެ ކުރީ. ބުނަނީ އެޓެންޑެންސް ދަށީއޭ. ވަރަށް ޖެނުއިން ރަނގަަށް މަސައްކަތް ކުރި މީހުން ވެސް ތިބި. ދެން ޓްރިބިއުނަލްއަށް ދިޔަޔަސް އަސްލު ކީއްވާނީ؟ރައީސް އޮފީހުންވެސް ބުނި ވަކި ނުކުރަން. އެކަމަކު އެ ކުރީނު. ވަކި ބަޔަކަށް ވަރަށް ރަނގަޅު. ގުޑް ސްޓާފްސް އާ ހާޑް ޓު ފައިންޑް. ގަދަ ދައްކަން ކަނޑާލާއިގެން ނުވާނެ އަސްލު." އެ މުވައްޒަފު ބުންޏެވެ.
ރައީސް ސާލިހް ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މަގުސަދެއްގައި އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިނުކުރާނެ ކަމަށް ވައުދުވެވަޑައިގަތުމަށް ފަހުގައެވެ. އެހެންނަމަވެސް އެކަން އެގޮތަށް ނުވާކަމަށް ބުނެ އާއްމުން ދަނީ ފާޑުކިޔަމުންނެވެ.
ކޮއްކޮމެންނޭ! ތި ދައްކަނީ ހިތެއްނެތް ޑަކައިތެއް ހިންގާ މިނިސްޓްރީއެއްގެ ވާހަކަ! ފިރިކަލުންނަށް މިލިއަނުން ޑޮލަރު ލިބުނަސް ނިކަމެތި މީހާ އޭނާގެ އަނބިދަރިން ގޮވައިގެން އުޅޭ ބިކަ ހާލު އެ ކަނބުލޭގެ ހިތަށްވެސް ނާރާނެ!
ދެންއަތްޖަހާ!!!!!!!!!!!!!!!!!!
ނުކުރާނެ ނުކުރާނެ. މި ސަރުކާރަކީ ވަޒީފާ އުފައްދާ ވަޒީފާދޭ ސަރުކާރެއްނު. އެކަމަކު އެ ވަޒީފާތައް ލިބޭނީ އެމްޑީޕީ މީހުންނަށާ އެމީހުންގެ އަނބިދަރިންނަށް. ހެޔޮތާ. ވަޒީފާއުފައްދާފަ ދޭނަމޭނު ބުނީ. ދެނީ ކޮންބަޔަކަށްކަމެއް ނުބުނެއެއްނު.
ނަހުލާ އެއްނޫން މައްސަލައަކީ، މައްސަލައަކީ ތިޔަ އިބޫ...
ޢިބޫގެ ނުރުހުމުގަ އެކަމެއް ނުކުރާނެ.. ވިސްނާލާ
ޓުރާންސްޕޯޓް މިނިސްޓްރީ ގެ 11 މުވައްޒަފަކައް ވަޒީފާގެ ކަށަ ވަ ރު ކަން
ދައް ކާ ލައި ފި!!!
ސާބަހޭ ﷲއައްޓަކާ ވަޒީ ރުކަންކު ރާ ސޭޓްގެ އަނބިމީހާއަށް..
ސާބަހޭ މިނިސްޓަ ރ ޢާއިޝާ ތަންފީޛު ކު ރައްވަން ވާނެ.
ބަލަ މަންޖޭ ކުއްޅަވަށް ފަލު ރަނި ކަމަނާ އަށް ވީމަ ކަޑައޭ ތި އޮތީ ރަށްފުށު ކަނބިއްޔަކަށް ފުރަ މާލޭގެ މަސްނޫވީ ދިރިއުޅުން އުޅެލަން ލިބުމުންކުރީއުޅުނު ކަނޑޫ ފާ ވެސް ހަނދާން ނެތިފަދޯ. ޙިތް ތިރިކަމާ އެކު މީހުންނަށް އިހްސާންތެރިވެ ހިނިތުންވާން އެގިއްޖެނަމަ މަންޖެ ދެކެ މީހުން ލޯބިވާނެ. ފައިސާ ދެކެ ލޯބިވާނީ ވަކިބަޔަކު އެންމެނެއްނޫން ތީ ކިބުރު ވެރި ކަމާ ބޮޑާކަން. ﷲ އީ ރިޒްގް ދެއްވާ އިލާހު މަންޖޭ ބިރުވެތިވޭ
ބަލަ، މިހުރިހާދުވަހު ބުނީ ޓްރާންސްޕޯޓް މިނިސްޓްރީން ކަމެއްނުވާ ވާހަކަ، އެތާގެ މުވައަޒަފުން ތަފާތުބޭނުންތަކުގައި ދާ ރައްޔިތުންނާ އަޅާނުލާ ކަމަށް ބުނެ ހަޅެއްލެވި މީހުންކޮބާ؟ ބަލަ އެހެން އެކަންކުރާ މީހުން އަދި ފައިސާނަގައިގެން ބޭނުން ބަޔަކަށް ޚިދުމަތް ދޭކަމަށް ތުހުމަތު ކުރި މީހުންތާ ކަނޑާލާނީ، ދެން މިކިޔަނީ ކީކޭބާ؟
ޢަނިޔާ ވެރީ ކާކު؟ގުދޯގުދޯ ގޮވަން މިއެގެނީ! ތިޔައީ އެއްކަލަ ރައްޔިތުމީހާ ގެ ތަރައްގީ!ތިޔަވަނީ ޖަޒީރާ ރާއްޖެއަށް!އެޖެންޑާ 19 ގެ ދައްމާނަށް ދަމާފަ ބަހައްޓާ! ދާނީ ރިޔާ ފަޅައިގެން!
ބަނޑުރިޔަލު ފެނު އެޅެމުންދަނިއްޔޭ އަޑުފަށް ކުރިން ކުނބު ކިޔަމުން ދަނިއްޔޭ
ކަނޑުއޮޅި މިހާކައިރި ކުޑަތަންވަނިއްޔޭ މަޑުމައިތިރިވެ މަތި ކިބައަށް އަރާށޭ.
ފިރިކަލުން މަސައްކަތްކުރަނީ ރައްޔިތުންނައް އުފާވެރި ދިރިއުޅުމެއް ހޯދައިދޭށޯ މިދައިތަ މިޖެއްސީ ފިރިތަލުންނާ ދިމާ އިދިކޮޅައް އެހެންވާނީވެސް ކުކުޅު ފައިގަ ވާޖަހާގެން ބިސްމަޅިގުއްވާހެން ގެންގުޅޭ އަތްބެއްވިއްޔަ ބެއަކާ އެއްގަލަކައް ނާރާނެތާ
ރައްޔިތުންނޭ ވިސްނާށޭ ރައްޔިތުންނޭހޭއަރާށޭ އެވެރިން ތެދެއްނަހާނެ މޮޅެތި ވައުދުވެފަ އެތެރެއައްވަދެ ހޭނީ ހަދާނީ ހުސްމަކަރު ބޭރުމަތި އޮމާންކުރާނެ މޮޅެތި ވާހަކަ ދައްކާ ރައްޔިތުން ހައްދާފަ ވޯޓްނަގާ ނެ ކުޑަ ލާރިކޮޅަކައް މި އޮތީ ލޯމައްޗައްފެނިފަ ދެންކޮން ބަހަނާއެއް ރައްޔިތުންނޭ މިފަހަރު ކެރިގެން ތެދުވެ ބުނެބަލަ ފައިސާ ދިނަސް ވޯޓެއްނުދޭނަމޭ ރައްޔިތުންނޭ އެމީހުން ބޭނުން އެއްޗެއް އެހެރެގެން ހަދަނީ ފައިސާގެ ނުފޫޒުން މިއަދު އަނގަތަޅުވާ މީހާ މާދަމާ އަގަބަންދުކޮއްފަ ވޯޓޮނަގާނެ ފައިސާދީގެން ރައްޔިތުންނޭ ހޭއަރާށޭ އައްޔިތުންނޭވިސްނާށޭ
ތިކަމުގެ ސަބަބުން މިނިސްޓްރީ ހަމައަކަށް އެޅޭނެކަމަށް އުންމީދު ކުރަން. ސަރުކާރުގެ ވަރަށް ގިނަ އޮފީސްތަކުގައި މިކަހަލަ ނަގިލިލާފައި ހުރި ކޮފީބޮއެގެން އެހެން މީހުންނަށް އެއްޗެހިގޮވާ އަދި މަސައްކަތް ހަގީގަތުގައި ކުރާމީހުންނަށް ޖެއްސުންކުރާ މީހުން ތިބޭ. ޔާމީންވެސް ވަރަށް ގިނަ ވުޒާރާތައް މިގޮތައް ހަމައަކަށް އެޅުވި. ރަނގަޅައް ކުރާ ކަންތަކަށް ތަރުހީބުދެން.
އެއޮތީ ކަންޑާލާފަ ދެން އެއްގޮތެއްވެސް ނުހެދޭނެ ދާނެތާކައް ދާންވީ
ރައްޔިތުންނޭ މިފެންނަނީ މިސަރުކާރުގަހިމެނޭ ޕާޓީތަކުގެނިންމުންތައް އެއިންޕާޓީއަކަށް ސަޕޯޓުނުކުރާމީހަކަށް މިސަރުކާރަކުން ފުރުސަތެއްނެތް މިސަބަބުތަކަށްޓަކައިވެސް އެބަޖެހޭ ލޯކަލްކައުންސިލްއިންތިހާބުގައި އެޕާޓީތަކަށް ބޮޑުތަނުންނޫނެކޭބުނަން
މި ސރުކާރު ނުރުހޭ ކޮންމެ މީހަކު ވަޒީފާއިން ވަކިކުރާނެއެވެ. ނިކަންދެކޭށެވެ. މިނިސްޓަރަކަށް ތިހިރަ ސޭޓުގެ އަންހެނުންނާއި އިމްރާނު ވަކިވެގެންދާ ތަންވެސް ދުނިޔާގައިތިބި ބަޔަކު ދެކޭނެއެވެ. ކޮންމެވެސް ބަހަނާއެއް ދައްކާފައި ކޯޓުތަކުގައި ތިބި، ޢިލްމާއި ތަޖުރިބާހުރި ޤާޟީންތައް ވަކިކުރަމުން އެދަނީ އެމީހުންގެ ކޮންކުށެން އޮވެގެންތޯއެވެ. އެމީހުންނަކީވެސް އަނބި ދަރީން ތިބޭނެ ދިވެހިރައްޔޮތުންނެވެ. ވަޒީއިން ވަކިކުރީމާ އަސަރުކުރާނެއެވެ.
މިފެންނަނީ، ތަންދޮރު ނުދަންނަ ޖާހިލުން ބާރު ލިބުނީމާ ވާގޮތް. ތިމަންނަ މިހިރީ ﷲ ގަންދީ ހުވާކޮށްގެންނޭ ބުނާއިރު، ތިމާ ﷲ ހަރާމްކުރެއްވިހާ ފާފަތައް ކުރަމުން ދިޔަ އިރު އެއީ ﷲ ހަރާމް ކުރެއްވިކަމެއް ކަމެއް ނޭންގުނު... ބާރު ލިބުނީމާ އެގުނީ ... ގުއި ނުފެންނަ ކާޅުއަށް ގުއި ފެނުނީމާ ވާނީ މިހެން
މީތި ވަރަށް ކަޑަ މީ ބޮޑު ކާރިސާއެއް
މިވަރު ކަމެއްކޮއްފިއްޔާ ކަމުގެ އަސްލު ހާމަކޮށްދިނުމަށް ނިއުސްކޮންފަރެންސެއް ބާއްވަން ވާނެ
މިހާރު މި ހީވަނީ ޒާތީހެން
ނަހޫ މިސަރުކާރު ބޮޑުތަނުން ފޭލިވެއްޖެ 11 އާއިލާ ނިކަމެތި ވެގެންދިޔައިމާ ސަރުކާރު ރައްޔިތުންދެކެ ލޯބިވާވަރު ސާފުވެއްޖެ އެމީހުންތިބީ ވަރަށް ދެރަވެފައި ސަރުކާރުން އޭނާ އެކުރާކަމެއް ބަލަންވެއްޖެ
ކެނޑި މީހުންނަށަސް އިންސާފައް ނިލިބެއި.
ހަޔާތުގެ 2 ވަނަ ވަޒީފާ. ފުރަތަމަ ވަޒީފާ ނެށުން. ދެން ބީތާއަށް އެގޭނީ ކޯއްޗެއް؟؟؟
ތިބުނީ ހަމަ ހެޔޮކޮއް... ޢަތުގަ ސެޓުފިކެޓެއް އޮތަސް އަދި އެދުރެއް ނުވާނެ... މީނާ އަކީ މިކަމަށް ގާބިލުމީހެއް ނޫން.. ތަޖުރިބާގެ ޒައްރައްވެސް ނެތް.. ގާސިމު ހިތްހަމަ ޖައްސަން އިބުރޭ ނަހުލާއަށް ވަޒީފާ ދިނީ...
ރ. ސޯލިޙަށް މިލަވަ ކޮންމެސް ކުއްޖަކު އަޑު އިއްވަދީބަލަ ޕލސ ވ. ރީތިފިޅުވާ ލަވައެއް "ވަޢްދާއި ހުވާ ކުރާނެޔޭ އެހަނދާން ނެތޭނެޔޭ ނޫނީ އެހެން ގޮތެއްގައި މަޖްބޫރު ވާނެޔޭ"
ނަހުލާ ވެސް ވަޒީފާއިން ކަނޑާލާތަން އަހަރެމެން ދެކޭނަން އިންޝާﷲ
ޢަންނަވެރިކަމުގަ ތީ ހީރޯއިން! ހާސްކަނޑާލާ! މުސާރަޔާ ގަމީހާ ފަޓުލާނާ ދީފަ ވައްދާނެ! ޗޮކެއް!
ޢަންނަވެރިކަމުގަ ތީ ހީރޯއިން! ހާސްކަނޑާލާ! މުސާރަޔާ ގަމީހާ ފަޓުލާނާ ދީފަ ވައްދާނެ! ޗޮކެއް!
ސިވިލް ކަމިޝަނަރަ ޝަމީމް މަގާމަށް ފިޓެއްނޫން، އިސްތިއުފާ ދެއްވާ.... ކުދިންނޭ ޓުރިބިއުނަލް އަށް ހުށަހަޅާ، ހައްގު ހޯދަން މަސައްކަތްކުރޭ.... ތިއީ އަނިޔާ....
ސަރުކާރައް ލިބޭބައި އިތުރުވީ ދޯ ނަހޫ.
އޭ ނަހުލާއެވެ. ސިވިލްސަރވިސް މުވައްޒަފުންނަށް މިލިބީ އެންމެ 6000 ރުފިޔާގަނޑުވެސް ލިބޭތީ ކަނބުލޯ ކަންބޮޑުވަނީދޯއެވެ. 25، 30 އަހަރު ކުޑަކުޑަ މުސާރަކޮޅަށް ވަޒީފާ އަދާކުރަނީ އިޚްލާސްތެރިކަމާއެކުގައެވެ. ކަބުލޯއަށް ހިތްފުރެންދެން ފައިސާ ލިބޭތީ އެހެން މީހުންނަށް ދަތިވާނެވަރު އިޙްސާސްވެސް ނުކުރެވޭނެއެވެ. މުވައްޒަފުންގެ މުސާރަކޮޅަށް ރަގަޅު ބަދަލެއްވެސް އެއްވެސް ވެރިއަކަށް ނުގެނެވުނެވެ.
ވަރަށް ރަނގަޅު ނިންމުމެއް. ޓްރާންސްޕޯޓަށް ހިދްމަތް ހޯދަން ދާ މީހުންން ވަރަށް ރަނގަޅަށް އިނގޭނެ އެތާގައި ތިބޭ ސްޓާފުން ނާޤާބިލްކަމާއި ކޮރްޕްޝަން އޮންނަވަރު.
- ކައުންޓަރުގައި ތިބޭނީ މުސްކުޅި ސްޓާފުން
- ވަރަށް ރޫޑް ވާނެ
- ހިނިތުންވުމާއިއެކު ވާހަކައެއް ނުދައްކާނެ
- އަބަދުވެސް އިސްވާނީ ޑްރައިވިން ސްކޫލްތަކުގަ އުޅޭ މީހުން
- މަޢުލޫމާތެއް ހޯދަށް ކައުންޓަރަކާ ކައިރިވިސް އަޑު އިވޭ ކަމަށްވެސް ނުހަދާނެ
- ނަންބަރު ކަޓާތާ ސިކުންތެއް ފަހުން އަޔަސް ދެވަނަ ފުރުސަތެއް ނުދޭނެ، ކިތަންމެ ވަރަކަށް އާދޭސް ކުރިޔަސް އަޑުނާހާތާ، ބަލާވެސް ނުލާނެ
މަގޭ ހިތަށް އަރާ މިއަންހެނާ ހަމަބިމަށް ތިރިކުރައްވާނީ ކޮންދުވަހަކުން ބާއޭ 11 މުވައްޘަފުންގެ ހުރިހާ އާއިލާތައް ކުރާ ހިތާމަތައް ﷲ ވޮޑިގެންވޭ. ބަޔަކަށް ދެރައެއް ދީފާ އެކަކަށްވެސް މޮޅެއް ނުލިބޭނެ. މީނަ ހީކުރަނީ މުޅި އުމުރުގަ މިނިސަޓަރު ކަމުގަ ހުރެވޭނޭ. މަވެސް ގަޑިޖެހިފެން އޮފީހަށް އަންނަނީ .
ހިތް ޖައްބާރު ކުފޫހަމަނުވާ އަންހެނަކު ބޮޑު ގޮނޑިޔަކަށް އަރާހުރެ ހާވާ ހަޑިން، މަށާ ތަރުޖަމާނަށް ލެވެނީ ހަމަ ހޮޑު
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި، ވެރިކަންކުރާ އެމް.ޑީ.ޕީ އަށް ލަނޑު ދޭން ސޭޓް ބުނެގެން ތިއަންހެންމީހާ ހާވާ ހަޑިއެއްތީ
ސާބަހޭ ނަހުލާ... މުސާރަ ނަގައިން ވަޒީފާގެ ޒިންމާ އަދާ ނުކޮށް ހިތު ހުރިގޮތަކަށް އުޅޭ މީހުންނަށް އެބަޖެހޭ ފިލާވަޅެއް ދޭްން. ނުވިތާކަށް ވަކި ބަޔެއްގެ ޖަރީމާ ހިންގަން ބައެއް މުވައްޒަފުން ތިބެނީ... ތިޔަ ޓްރާންސްޕޯޓުން ދުވާލަކަށް 30 މީހުންނަށް ޚިދުމަތެއް ނުދެވޭ. ކޮންމެ މީހަކު ކޮންމެ އެއްޗެއް ބުންޏަސް މޫނަ އަކަށް ކަނދުރައަކަށް ބެކުމެއްނެތި ކަނޑަންޖެހޭ މީހުން ކަނޑައިގެން ވިޔަސް ކަމަނާ ގެ ވާޖިބު އަދާ ވެޭތޯ ބަލާ... ހަމަ ސެލިއުޓް
ކިތަންމެ ގުޑް ސްޓާފުން ވިޔަސް މަސައްކަތް ނުކޮށް ގޭގަ ތިބެންޏާ އޭގަ އޮފީހުން ކޮށްދޭންޖެހޭ ކަމަކަށް އޮތީ ކޮންފައިދާ އެއް... ތިޔަ ޓްރާންސްޕޯޓުން ހެދުނު 10 ގެ ކުރިން ޚިދުމަތެް ނުލިބޭ.. އެއީ މުވައްޒަފުން ސައިބޯ ގަޑި... ދެން 11 އިން 12އަށް މީހުން ތިބެނީ ތޮށްޖެހިފައި.. އެގަޑީގައި ކަންތައްވަނީ އެއްކަލަ އެތެރެއިން ގުޅާލައިން އުޅޭ މީހުންނަށް. 12 އިން 1 އަށް އެއީ ނަމާދު ބްރޭކު.. ދެން 1 އިން 1:45 އެއީ ގެއަށް ދާން ރެޑީ ވާ ގަޑި. ބަރާބަރު 1:50 ގަ އެކަކުވެސް ނުތިބޭނެ މަސައްކަތެއްކުރަން ކިތަންމެ ގިނަ ބަޔަކަށް އެމީހުންގެ އިހުމާލުން ޚިދުމަތެެއް ނުދެވި ތިއްބަސް. ތިބޭ މީހެއް ވިއަޔާ ތިބޭނީ އަމިއްލަ ކަމެއްގައި... މީ ހަގީގަތަތަކީ...
މިދުވަސް ކޮޅު މިކަމަނާގެ އަޑެއް ބަޑެއް ނީވޭތީ ކަމެއްކުރާކަންއަންގާލީ ކަމަށްވާނީ.
މިއަދު މީހުން އެއްޗިހި ކިޔާނެ. އެކަމަކު އަސްލު ސުޕަރ މެޖޯރިޓީ ގަބޫލުކުރާނެ ޚިދުމަތް ނުކުރާ މަސައްކަތުގެ އަޚުލާގެއް ނެތް މީހުން ބޭތިއްބުމަކީ ހައްލެއް ނޫން ކަމަށް ވެސް. ކަނޑާލާ ކޮންމެ 11 އެތަކެއް 11 މީހުން މި ދިވެހިރާއްޖެއިން މިހާރު ލިބޭނެ... އެކަން ދަނެގެން ވަޒީފާގަ ތިބޭ މީހުން އަމަލުކުރަންވާނީ... މަސައްކަތް ނުކުރަންޏާ މަސައްކަތް ކުރެވޭނެ މީހުން ހޯދައިގެން ވާނީ.... އެއީކީ ކޮންމެހެން ނަހުލާ އަށް ވެގެން ގާސިމަށް ވެގެން ކުރާ ކަމެއްނޫން.... އެ ގަޓް ހުރެގެން ކަންތައްވާނީ...
ނިކަމެތި މީހާ ސައިޒް ނުއޮޅި ހަވާލުކޮށްފަ އޮތް ޒިންމާ ނަގައިން މަސައކަތް ކޮށްބަލަ. ވަޒީފާ ދީފަ ތިބެނީ ގޭގަ ތިބެގެން ނޫނީ ކޮފީ ޟޭޒުގަ އަނގަ ތަޅަން ތިބެގެން ކުރާ ކަށް ނޫން ރިވެހިރާއްޖޭގަ އަދި... އެންމ 6000 ރުފިޔާ ގެމުސާރަ ލިބޭ މީހާ ވެސް އުޅެން ޖެހެނީ ގާސިމް އަންހެނުން ހެން ... އެހެން އެންމެނަށް ނުވާނެ ދޯ...
ބަލަ ނަހުލާތަ އަދިވެސް ތިރީގަ ނޫޅޭ މިއުޅެނީ..ނަހުލާ އަށް ހަމަ ނުވާ އެކަށްޗެއްވެސް ނެތް.. އެކަމަކު 6 ވަނަ ބުރިން ފައިބައިގެން 2 ވަނަ ބުރީގަ އެ އިންނަނީ ކަމަކު ދޯޯ... އެކަމަކު އެތާ އުޅޭ ތިބުނާ ނިކަމެތި މުވައްޒަފުން ތިބެންޖެހެނީ ޓްރޭޑާރސް ގަ ރަސްމީ ގަޑިގަ އޮފީހުގަ މަތަނުވެ.. މިދެން ކޮން އިންސާފެއް...
ވައުދަކީ ޓްކްސިކް ބިހޭވިޔަރސް ތަށް އަށަގަނުވާ ތަން ހަލާކު ކޮށްލުމެއްނޫން..... އެފަދަ ކަންތައް ހުރިއްޔާ ކުނި ސާފުކޮށްގެންވެސް ރަނގަޅުކުރަންވާނެ.. ނަހުލާގެ ތި މަސައްކަތް ހަމަ ރަނގަޅު....ކަނޑާލާ އެންމެން ކަނޑާލާ.. ތިތާ ތިބީ ހުސް ކޮރަޕްޓް ވެަފ ތިބިމހުން ..މަތިން ފެށިގެން ތިރިއަށް.. އަދި ކިރިޔާ ކަމެއްވާ މީހަކު ތިތަނަށް އައީ....
ތިކަން ތިކުރީ މިނިންސްޓްރީއިން ދޭ ހިދުމަތް ރަގަޅު ކުރަންކަމަށް ވާނަމަ ތިކުރީ ހަމަ ރަގަޅު ކަމެއް .. ބައެއްފަހަރު ރަގަޅު ބަދަލެއް ގެނެވޭނީ ޑާރޓީކޮށް ކުޅެގެން
ކޮން އުސޫލެއްގެ ވާހަކަތަ ޓްރާންސްޕޯޓް މުވައްޒަފުން މިކިޔަނީ... ކަނޑާލީމަ އުސޫލާ ޚިލާފް ވީ؟؟ އެ މީހުން ހިތަން އެރި ގޮތަކަށް އުޅެފަ ގެއަށް މުސާރަ ގެންދަން އޮތީ ކޮން އުސޫލަކުން ނުވަތަ ކޮން ޤާނޫނަކުން އަދި ގަވައިދަކުން ހުއްދަ އޮވެގެން؟؟؟؟
އައިޝާ އެކުރެއްވިކަމެއް ބުނެދީފާނަން އަހަރެން. ކުރިންހާވާފަހުރި ހަޑިފިލުވާލީ އެ. އެކަމަކާހުރެ އެކަމަނާއަށް އެހެންކަމަކާ އުޅުއްވެވޭ ވަރެއްނޫންވިއްޔަ.
ސިވިލްސަރވިސް ކޮމިޝަނާ ދެކޮޅަށް އަޑު އުފުލަން 11 މީހުން ޖެހޭ އަދި އަލީ ޝަމީމުގެ އިސްތިއުފާ އަށް ވެސް ގޮވަންޖެހޭ މިހާބޮޑަށް ސިވިލް ސަރވިސް ކޮމިޝަަން ސިޔާސީ ވީ ދުވަސް ވަރެއް ނާދޭ މިކަމުގެ މުގުލުގައި ދެން ހުރީ އާމިރާ... އޭނާ މޭގާ އަތްޖަހާފައިބުނާކަމަށް ވަނީ މިސަރުކާރުން މިމަގާމަށް ލީ އަހަންނޭ ކަލޭމެންނަކީ ކުރީ ސަރުކާޜުގެ މީހުންނޭ ބުނެ ބިރުދައްކަމުން ދަނީ ކޮމިޝަނުގެ މެންބަރުންނަށް
ދިވެހިރާއްޖޭގައި މިނިސްޓްރީ އެއް ނުދެކެން ތިޔަށްވުރެ ފަރުވާކުޑަ ތަނެއް! ހައްދުން ނައްޓާފަ!
ތީނަކޭވަރު ތީނަޔަށް އެ ގޭބާ ނަހުލާ ތިގޮތަށް ކަންތައްކުރީ މާމޮޅުމީހެއް ކަމަށް މީހުނަށް ދޭކޭހިތުންދޯ ތިގޮތަންކަންތައްކުރުމުން ކަލޭގެ މަހުޖަނަށް އޮތް ތާއީދުކުޑަވާނީ އަދި ކަލެއަށް ނަފްރަތުކުރާ މީހުން ގިނަވާނީ!!!
ކަކޭ މެން ބޭނުން ވަނީ މުސާރަދީފަ ގޭގަ ތިބެންތަ؟
ރަންގަޅު ވައްޒީފާޔައް ފަރުވާކުޑަކުރާ މޯއްޒިފުން ހަމަ ކަންޑާލަންވީ މޫނަކަށް ކަނދުރާއަކަށް ބަލާނެކަންމެނެ މިހާރުވެ ތިޔަވުޒާރާގެ ބައެ މޯއްޒިފުން ވަރަށް ބޮޑަށް މަސައްކަތަށް ފަރުވާ ކުޑަ ކަން ފާހަގަ ކުރެވެއެވެ
ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ ތަރައްޤީ ވަމުން އައީމަ ރާއްޖޭގެ އޮފީސްތައްވެސް މިހާރު ވަނީ ވަރަށް ކުރިއަށް ޖެހިލާފައެެވެ. މިހާރު އޮފީސްތަކުގައި މަސައްކަތް ކުރަން ފަސޭހަ ވީކަމުގައި ވިޔަސް މީގެ ކުރީން އޮފީސްތައް ހިންގަން ޤުރުބާނީ ތަކެއްވަމުން އައި ސެކެޓްރީންނަކީ ވަރަށް ކުޑަކުޑަ މުސާރަ ކޮޅަކަށް ވަރަށް ބޮޑެތި ޤުރުބާނީ ތައް އޮފީސް ހިންގަން ވެފައި ތިބިބަޔެކެވެ. މިއަދު އެތަންތަނުން ޚިދުމަތް ހޯދަމުން އަންނަ ފަރާތަކަށް އެކަންތައް ތަޖްރިބާކުރެވޭނެ ކަމީ ޝައްކެތް އޮތްކަމެއްނޫނެވެ. މިނިސްޓަރ ނަހުލާ އޮފީހާ ހަވާލުވީ ދުވަހުން ފެށިގެން އެއޮފީހުގެ ބުރަ މަސައްކަތް ކޮށްފަ މިހާ ހިސާބަށް އައިސްތިބި މުވައްޡަފުންގެ އަގުވައްޓާ އެމީހުން ގެ ތެރއިން ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުމަކީ ކިތައް ދިވެހި ދަރީން އެވަޒީފާކާގުޅިފައި ތިބި ބަޔެއްކަން ނަހުލާއަށް ނުވިސްނެނީ ކީއްވެގެން ހަމަނޭނގެއެވެ.
ތިޔައީ މިސަރުކާރުގެ އިސްވެރީން އަޑީގައި ތިބެގެން އެމީހުންގެ އެކްޓިވިސްޓުނަތަކަށް ވަޒީފާ ދިނުމަށް ކުރާ ނާތަހުޒީބު ޢަމަލެކެވެ.ވަކިކުރަން ބޮލުގައި ކޮންމެވެސް އެއްޗެކޭ ކިޔާފަ އަޅުވަންޖެހޭނެތާއެވެ.މިއީ ވަރަށް މަކަރުވެރި ސަރުކާރެއް.