ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އާއި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްރަން (އާރކް) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އައިޔޫއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗަންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. އާރކް ގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑް މެންބަރ މުރުޠަލާ މޫސާއެވެ.

އައިޔޫއެމް އިން ބުނީ، މިއަދު މި ވެވުނު އެއްބަސްވުމުގެ ދަށުން ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް މާލެ އާއި އަތޮޅުތެރޭގައި އާކްއިން ކުރާ ތަފާތު މަސައްކަތްތަކުގައި ދެފަރާތުން އެއްބަސްވާގޮތުގެ މަތިން ދީނީ ނަޒަރަކުން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް އެ ޔުނިވާސިޓީން ހިންގާ ހަރަކާތްތަކަށް ދެފަރާތުން އެއްބަސްވާ ގޮތުގެމަތިން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އައިޔޫއެމް އިން މައުލޫމާތު ދެއެވެ.