ޖިންސީ ގޯނާގެ މައްސަލައަކާއި ގުޅިގެން ދަރުމަވެރިޔާ އަހްމަދު ހިޝާނަށް ދީފައިވާ ގައުމީ އިނާމްތައް، އޭނާގެ މައްޗަށް އެމައްސަލަ ސާބިތު ނުވާހިނދަކު އަތު ނުލެވޭނެ ކަމަށް ގައުމީ އިނާމާވެހޭ ކޮމެޓީން ވިދާޅުވެއްޖެއެވެ.

މިކަން އިއުލާން ކޮށްފައި ވަނީ މިއަދު އެކޮމެޓީން ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެކޮމެޓީގެ ޗެއާ އަނީސާ އަހްމަދު ވިދާޅުވީ މިހާރު ހިނގައިގެން އުޅޭ މައްސަލަ އާއި ގުޅިގެން އިނާމު ނިގުޅައިގަންނަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި އެކަން، ލިއުމުން ރައީސް އޮފީހަށް ހުށަހެޅުމުން އިނާމް ނިގުޅައިގަނެވިދާނެ ކަމަށެވެ.

އެހެން ނަަމަވެސް 2014 ވަނަ އަހަރަށް ހިޝާންގެ އެއްވެސް ޖިނާއީ މައްސަލައެއް ފުލުހުން ބަލާފައި ނުވާކަމަށާއި، އެކަމުގެ މައުލޫމާތު ފުލުހުންނަާއި ކޯޓުން މައުލޫމާތު ލިބިފައިވާ ކަމަށް އެ އަނީސާ ވިދާޅުވިއެވެ.

އިނާމް އެތުލުމާއި ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްވެސް ލަފާއެއް އެރުވުމަށް ނިންމާފައިވޭތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އަނީސާ ވިދާޅުވެފައި ވަނީ މައްސަލައެއްގައި ހެއްކެއް، ނުވަތަ ސާބިތުވުމެއް ނެތް ހާލަތެއްގައި މައްސަލަ ރައްދުވާ ފަރާތުގެ ކުށެއް ނެތް ކަމަށް ދެކުމުގެ ފުރުސަތު އޮންނަ ކަމަށެވެ. އަދި މިހާރު ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުން ކަމަށާއި އެމައްސަލަ ތަހުގީގު ކުރުމުގެ އެއްވެސް ހައްގެއް ކޮމެޓީއަށް ލިބިގެން ނުވުމުގެ ސަބަބުން، ފުލުހުން މައްސަލަ ތަހުގީގުކޮށް ނިމެންދެއް ކޮމެޓީ އިން ބަލާނެ ކަމަށް އެ ކޮމެޓީން ވިދާޅުވިއެވެ. އަދި މައްސަލަ ތަހުގީގު ކުރުން ނިމި ހުކުން އިއްވުމުން އެކަމާމެދު ވިސްނައި ރައީސް އަށް ލަފާދެއްވާނެ ކަމަށް އެ އަނީސާ ވިދާޅުވިއެވެ.

"މައްސަލަ މިހާރު ފުލުހުން ބައްލަވަމުން ގެންދަނީ. އެއްވެސް ޖިނާއީ ކުށެއް ބެލުމުގެ ފުރުސަތެއް ކޮމެޓީއަކަށް ނޯންނާނެ. އެހެން ކަމުން ފުލުހުން މައްސަލަ ބަލައި ނިންމުމުން އަޅުގަނޑުމެން އެކަމާ ވިސްނައި ރައީސް އާއި ހިއްސާކުރާނަން ކޮމެޓީ އިން ދެކޭ ގޮތް" އަނީސާ ވިދާޅުވިއެވެ.

ހިޝާންއަކީ އޮނަރަރީ އެމްބެސެޑަރުކަމުގައި އާއި އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ވެސް ޑިސެބިލިޓީ އެމްބެސެޑަރެއްގެ ގޮތުގައި ހުންނެވި މީހެކެވެ. އެހެން ނަމަވެސް އޭނާގެ ދެ މަގާމުންވެސް ވަނީ ވަކިކޮށްފައެެވެ.

ހިޝާން ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރާ ކަމަށް ބުނާ މައްސަލަތަކެއް މިހާރު ވަނީ ފެންމަތިވެފައެވެ. އެ މައްސަލަތައް ނުބެލި ގިނަ ދުވަސްވެފައިވުމުން، ސަރުކާރަށް ގިނަބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އަދި އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ތުހުމަތުތަކަކާއި ގުޅިގެން އޭނާ ބެލެނެވެރިކަން ހޯދަން އުޅުނު އުމުރުން 21 އަހަރުގެ ޒުވާނާގެ ބެލެނެވެރިކަންވެސް އޭނާއަށް ވަނީ ލިބޭގޮތް ނުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑރ. ރާމީ ހަސަން މ. ވައިނުޖެހޭގެއާގެ

    ޑޮކްޓަރ ކަމުގެ ސެޓްފިކެޓަކީ ވެސް ނަހަމަ ގޮތުގައި ޖިންސީ ގުޅުން ހިންގައިފި ނަމަ ނުވަތަ ކުޑަކުއްޖަކާ ޖިންސީގުޅުން ހިންގައިފި ނަމަ އަތުލެވޭ އެއްޗެއް. ގައުމީ އިނާމަކީ ޑޮކްޓަރ ކަމުގެ ފާހާ އަޅާ ބަލާއިރު ކުޑައެއްޗެކޭ ނުބުންޏަސް މުހިއްމު ކަން ހަމަ އެހާމެ ބޮޑު އެއްޗެއް ! ވީމާ ސާބިތުވެއްޖެ ނަމަ އަތުލެވެން ޖެހޭނެ.

    10
    1
  2. އިސްމާލ

    ސާބިތު ނުވާ ތުހުމަތަކަށް އަމަލުކުރާތަން މިފެނަނަނީ

    9
    2
  3. އަރީ

    ހިޝާން އަކީ ފިރިހެންކުދިންނާބެހޭ މީހެއް... މިކަން ސާބިތުވާނެ

  4. ގުޅަރިހަ އިއްބެ

    މި ސަރުކާރުން ކުއް ސާބިތުވާ މީހުން ދޫކޮއްލާފަ ސާބިތު ނުވާ މީހުންނަށް ނުހައްގުން އަނިޔާ ދެނީ.