ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ރައީސް މަރިޔަމް ވަހީދާ ސަރުކާރުގެ ހަފްލާއެއް ހުށަހެޅުއްވި މައްސަލަ ބެލުމަށް އަންނަ ބުދަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަަސާތަކުގެ ކޮމިޓީ އަށް ހާޒިރު ކުރަން ނިންމައިފިއެވެ.
ރާއްޖޭގައި މިވަގުތު ހުރި އެންމެ ކުޅަދާނަ ޕްރެޒެންޓަރު ކޮމިޓީ އަށް ހާޒިރު ކުރާކަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވެސް ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އެންމެ ބޮޑު އެއް ޒިންމާއަކީ މުސްތަގިއްލު މުއައްސަސާތަކުގެ ވެރިން ޒިންމާ އަދާކުރޭތޯ ބެލުމާއި އެމީހުން ޖަވާބުދާރީ ކުރުވުމެވެ.

މަރީ ޓޫރިޒަމް މިނިސްޓްރީގެ އިވެންޓެއް ހުށައެޅި މައްސަލަ ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާއާ ބެހޭ ކޮމެޓީން ބަލަން ނިންމީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅެވެ.

އެއީ ފަތުރުވެރި ކަމަށް ރަށްތައް އިއުލާން ކުރުމަށް ދަރުބާރުގޭގައި ބޭއްވި "ބުރަބި" ޖަލްސާއެވެ.

އެ ޖަލްސާ ހުށަހަޅުއްވަމުން މަރިޔަމް ވަހީދާ ވަނީ ސަރުކާރުގެ މިނިސްޓަރުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ. އެގޮތުން ރައީސް އޮފީހުގެ މިނިސްޓަރު މަސްއޮޑި އަހުމަދު ނަސީމާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ވާހަކަ އަށް މަރީ ތައުރީފް ކުރެއްވިއެވެ.

އާ ސަރުކާރުން ރާއްޖޭގެ ވެރިކަމާ ހަވާލުވީ މިނިިވަން މުއައްސަސާތައް މިނިވަންކޮށްދީ، އެއްވެސް ފަރާތަކަށް ނުޖެހޭނެ މެމްބަރުން އެ ތަންތަން ހިންގާނެ ކަމުގެ ޔަގީންކަން އެތައް ފަހަރަކު ދިނުމަށް ފަހުއެވެ. ނަމަވެސް ބްރޯޑްކޮމްގެ ރައީސްގެ މަގާމަށް އައްޔަންކުރިތާ މާ ގިނަ ދުވަހެއް ނުވެ، ސަރުކާރުގެ ހަފުލާއެއް މަރީ ހުށަހެޅުއްވި މައްސަލައިގައި ބައެއް މީހުން ވަނީ އޭނާގެ އިސްތިއުފާ އަށް ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލުޓޭރުންގެ ސަރުކާރު

    ކޮންހޮތަކުންތަ ތިނިންމީ މަ ރީއަކީ މި ރާއްޖޭގަހު ރި އެއްމެކުޅަދާނަ ޓީވީ ޕްޒެންޓަ ރުކަމަށް..މަ ރީވެސް ރަގަޅު ރާއްޖޭގެ ނިސްބަތުން އެއްކަމަކު އެއްމެކުޅަދާނައޭ ބުނީމަ އެއްބަހެއް ނުވެވޭނެ..ވަ ރަށް ހުނަ ރުވެ ރި އެތައްބަޔަކު އެބަތިބި އެކިކަހަލަ އިވެންޓްތަކަށް އެއްމެފައްކާ...މަ ރީގެ އެއްމެކަޑައީ ފޭކް ހިނިތުންވުން...ނެޗު ރަލެނޫން އޭގެބަދަލުގަ ޝަކީއްބެ ވަ ރަށް އަސްލު...މަ ރީ ރަގު ސަ ރުކާ ރުގެ ތަ ރުޖަމާނަކަށް ...ސީ ރިއަސް ޝަހުސިއްޔަތެއްގެގޮތުގަ....ޕ ރޮފެޝަލްކޮށް ހުންނާނެ..މިސަ ރުކާ ރަކަށް ނޭގޭ އެމީހަކާގުޅޭ މަގާމެދޭކަށް...

    8
    2
  2. ކަނަމަނަ

    މަޖިލިސްގެ ތިޔަކޮމެޓީތަކާހުރެ ގައުމުގެ ހުރިހާކަމެއް ގޯހުންގޯހައްދަނީ ސުޕަމެޖޯރިޓީ އޮތްތަނެއްގަ ކޮމެޓީތަކުގަވެސްތިބޭނީ އެއްބަޔަކު ވީމާހުރިހާކަމެއް ކޮމެޓީއިންވެސްނިމޭނީ ބޭއިންސާފްކޮއް

    13