ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން، މީހެއްގެ ވީޑިއޯއެއް އާންމުކޮށް އޭނާ ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން ވީޑިއޯ އާންމުކޮށް ކޮށްފައިވާ ޓްވީޓުގައި ވިދާޅުވެފައި ވަނީ ވިޑިއޯއިން ފެންނަ މީހާ ދާމަންޒަރު ފެންނަ ތަނާއި، އެއީ ކާކުކަން ދެނެގަތުމަށް އާންމުންގެ އެހީތެރިކަމަށް ބޭނުންވާ ކަމަށެވެ. އޭނާ ހޯދުމަށް ބޭނުންވަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލަ އަކާއި ގުޅިގެން ކަމަށް ފުލުހުން ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.
އެވީޑިއޯ އިން ފެންނަނީ ޒުވާން އުމުރުފުރައިގެ ފިރިހެނަކު ހުރަސްކުރާ މަންޒަރެވެ. އޭނާ ހުރަސްކުރަނީ ފެރީ ޓާމިނަލެއް ފަދަ ތަނަކުން ކަމަށް ބެލެވެއެވެ.
The Maldives Police Service is appealing to the public for their assistance in identifying and locating the individual seen in the video, who is being sought regarding a case being investigated by General Investigation Department. pic.twitter.com/NMFXX8BaHN
— Maldives Police (@PoliceMv) February 10, 2020
އެހެން ނަމަވެސް މިއީ ކޮން ކަމަކާއި ގުޅިގެން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ މި މައްސަލައިގައި ހޯދަމުންދާ މީހާގެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ނަަމަ ފުލުހުންގެ ނަންބަރު 3322111 ނަންބަރު ފޯނަށް ގުޅުއްވައި އެކަން އެންގުމަށް އެދޭ ކަމަށެވެ. ނުވަތަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓު ނަންބަރު 9631696 ނަންބަރު ފޯނަށް ގުޅުއްވައި އެކަން އެންގުމަށް ފުލުހުންގެ ޓްވީޓުގައި ވަނީ އެދިފައެވެ.
މީގެ ކުރިންވެސް އެކި އެކި މައްސަލަތަކާއި ގުޅިގެން ފުލުހުން ދަނީ، މީހުންގެ ވީޑިއޯ އާއި ފޮޓޯ އާންމުކޮށް ރައްޔިތުންގެ އެހީތެރިކަމަށް އެދެމުންނެވެ.
ތިހެން ތިބޭ ކިތަންމެ މީހަކު ތިބޭ މިދިވެހި ފަސްގަނޑުގަ. ފުލުހުން ތިހެން ހަމަ ބުނެލާއިރަށް ކިހިނެއް ހެލްޕް ކޮއްދެވޭނީ
ތީ ޖިންނި ޝައިޠާނެއް، ދެން ތީނަފެންނާނީ ކިހިނެއް.
ޕޮލިހުން ތަންކޮޅެށް ޕްރޮފެޝަނަލް ވެލާބަލަ. ސާޕު ނޫން ވީޑިއޯ އެއް އެބަ ދަށްކާ ހަމަ. ރީތިކޮށް އޭނަގެ މޫނު އިނގޭ ގޮތަށް ޒޫމް ކޮށް ލާފަ ފޮޓޯ އެއް ވިޔަސް.