އެލައިޑް އިންޝްއަރެންސްގެ ޗެއާމަން ކަމުގައި ހުންނެވި މުހައްމަދު ރަޝީދު (ހިޔަލީ) މިއަދު އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް ގާތް ބޭފުޅެއްގެ ގޮތުގައި ފާހަގަ ކުރެވޭ ހިޔަލީ އެލައިޑްގެ ޗެއާމަން ކަމަށް އައްޔަން ކުރެއްވި ޔާމީނަށް ވެރިކަން ލިބިވަޑައިގަތުމުންނެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކައިރިވެފައި ވަނިކޮށް ހިޔަލީ ވަނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއިދު ކުރައްވަން ނިންމަވާ އެމަނިކުފާނުގެ ކެމްޕޭންގައި ވެސް ބައިވެރިވެ ވަޑައިގެންފައެވެ.

ނަމަވެސް ހިޔަލީ އެލައިޑްގެ ޗެއާމަން ކަމުން ވަކިކޮށްފައެއް ނުވެއެވެ. ހިޔަލީ އޭރު އެލައިޑުން ވަކިނުކުރި ނަމަވެސް އޭނާ އޭރު ހުންނެވި ޕީޕީއެމްގެ ރެޖިސްޓްރާގެ މަގާމުން ވަކިކުރެއްވެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ރެކިފުތު

  ހިޔަލީތީ ވަރައް ދެފުއް ކެހެރި މުނާފި ގެއް މީނަ އަމިއްލެ އަކައް އިސްތިއުފާ އެއް ނުދޭނެ މަޖްބޫރު ވެ ގެން އިސްތިއުފާ ދޭނީ އެެޔައް ވުރެން މާ އަމިއްލަ އެދުން ބޮޑު މީހެއް މީނައަކީ.

  19
  2
 2. އަލީ

  ތިއީ ބޯވައެއް. ޔާމީނު ވެރިކަން ނިމުނީ ގޭގަ ނަޝީދުގެ އޮފީސް ހަދާ ކުލަ ބަދަލު ކޮށް ޕާޓީ ބަދަލު ކުރީ. އިސްތިއުފާ ދިނީ އަނެއްކާ ބޮލުގަ ބަޑީ ޖައްސައިގެންތަ؟

 3. ޗެކްމާރކް

  ވަހުތާނު ހުންނާނީ އެނބުރު އެނބުރި ތިއީ އާކަމެއްނޫން