މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ބަޔަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ މި އެކްސިޑެންޓު ހިނގާފައި ވަނީ މިރޭ 22:26 ހާއިރު ބުރުޒު މަގު ޕީޓްރަލް ކައިރީގައި ކަމަށެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓު ހިނގާފައި ވަނީ ދެ ސައިކަލް ޖެހިގެން ކަމަށާއި، އެކްސިޑެންޓުގައި ދެ ސައިކަލްގައި ތިބި މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. ނަމަވެސް އަނިޔާވީ ކިތައް މީހުންނަށް ކަމާއި، އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.
މަންޒަރުދުށް މީހަކު "ވަގުތު" އަށް މަޢުލޫމަތު ދެމުން ބުނެފައިވަނީ، މި އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ.
އެކްސިޑެންޓު ހިނގުމާއި ގުޅިގެން އެ ސަރަޙައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.
ޕާޓު މެން އަދިވެސް އިސްޕީޑު ބާރުކުރޭ