ހަމާއި ކައްޓާއި ވަކި ކުރިއަސް މި ގައުމުގައި އެހެން ދީނަކަށް ޖާގަ ނުދެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލް އުސްމާން (ޖޭޔޫ) ވިދާޅުވެއްޖެއެވެ.

ޖަމީލް އުސްމާން މިހެން ވިދާޅުވީ ކޮންމެ ދިވެހި ރައްޔިތަކު މުސްލިމަކަށްވާން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި އޮތް އޮތުން ބަދަލު ކުރުމަށް، އިދިކޮޅު އިއްތިހާދާއި ގުޅުން ބޮޑު ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ހުށައެޅުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި އެވެ.

ޖަމީލް އުސްމާން ވިދާޅުވީ "އެވެރިންގެ ފައިބުޑަށް ވެއްޓި އާދޭސް ކުރާ ސަބަބާއި، އަދި އެވެރިން ވަކި މީހަކު ވެރިކަމަށް ނުގެނެވިގެން ލޮލަށް ނިދި ނައިސްގެން އުޅުނު ސަބަބު އީޔޫ ގަރާރުން ސާފުވެއްޖެ" ކަމަށެވެ.

"ހަމާއި ކައްޓާއި ވަކި ކުރިއަސް މި ގައުމުގައި އެހެން ދީނަކަށްޖާގަ ނުދެވޭނެ" ޖަމީލް އުސްމާން ވިދާޅުވިއެވެ.

https://twitter.com/Jameel_Usman/status/987016871764410368?ref_src=twcamp%5Ecopy%7Ctwsrc%5Eandroid%7Ctwgr%5Ecopy%7Ctwcon%5E7090%7Ctwterm%5E3

އީޔޫއިން ދިވެހި ދައުލަތުގެ ދަޢުވަތަކަށް "އިލެކްޓޯރަލް ފޮލޯއަޕް މިޝަން" (އީއެފްއެމް) އިން މިދިޔަ ޖެނުއަރީ މަހު 8 އަކުން 11 އަށް ރާއްޖެއަށް ކުރި ދަތުރަށް ފަހު ރާއްޖޭގައި ހުރި މައްސަލަތަކާއި ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށް ނެރުނު ރިޕޯޓުގައި ބުނެފައިވަނީ، ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްޤު ލިބިދޭ ގޮތަށް ޤާނޫނު އަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމަށާއި އިންތިޚާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ޤާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލު ގެނައުމަށެވެ.

މީގެ އިތުރުން ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ، ސުންނަތް ޖަމާޢަތުގެ މުސްލިމަކަށް ވުމުގެ ޝަރުތު ބަދަލުކުރަން ވެސް އީޔޫގެ ރިޕޯޓުގައި ވަނީ ހުށަހަޅާފައެވެ.

ހަމަ އެހެންމެ، ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރަން އުޅޭތީ އެކަމާއި ކަންބޮޑުވުން ފާޅުކުރުމުގެ އިތުރުން ދީނީ އެއްބައިވަންތަކަމުގެ ޤާނޫނުގެ ދަށުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް އަދި އެހެން ދީންތަކުގެ މީހުންނަށް އަދަބު ލިބޭ ކަމަށް ބުނެ ޤަރާރުގައި އެކަން ކުށްވެރިކޮށްފައިވެ އެވެ.

ޤާނޫނު އަސާސީގެ ނުވަ ވަނަ މާއްދާއަކީ ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް ވެގެން ކަމަށް ބުނާ މާއްދާއެވެ. އެހެން ކަމުން އީޔޫއިން ހުށަހަޅާފައިވާ ގޮތައް ޤާނޫނު އަސާސީއަށް ބަދަލު ގެނެސްފި ނަމަ އެކަން ވެގެންދާނީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށްކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އެ ޤަރާރުގައި ވަނީ ރާއްޖެ އެއްބަސްވެފައިވާ ބައިނަލްއަޤުވާމީ ހަމަތަކާ އެއްގޮތަށް ރިޔާސީ އިންތިޚާބެއް ބޭއްވޭނީ މިހާރުގެ ޙާލަތު ބަދަލުކޮށްގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާވަރު

    ތިޔައީ މިތާ ކަންހުރިގޮތް ހޯދަން އައި ބައެއްނޫން
    ޓިޔައީ ރައްޖޭގައި އެހެން ދީންތަކަށް ތާއީދުކުރާ ބައިގަނޑަށް ފޯރިދީ ެކަން ކުރެވޭނެ މަގު ހޯދަން އައި ބަިގަނޑެއް
    ޟިތާގެ މަސްރަހު ފިނިކުރުމުގެ އެއްވެސް ވިސްނުމެއް އެމީހުނގެއެއް ނޯނަމަަނެ
    ޟަސަކަތަކީ ލާދީނީ ނަޝީދަށް ވެރިކަން ހޯދައި ދިނުން
    ޢެއީ ހަމަ9ވަނަ ޙަސަން ރަސްގެފާނު

  2. ކެރީ

    ﷲ އަކްބަރު

  3. ޙާދީ

    ޢަބދުވެސް ހއްގައް ނަސުރު ދެއްވާނީ ރ ޔާމިން އެއީ އުރްދުއާންފަދަ ފަހުލވަނެއް ނަމޫނަ ސަޚް ސިއްޔަތެއް މަވެސް ދެން ހުންނާނީ ރ ޔާމިންގެ ފަހަތު ސުކުރިއްޔާ ރ ޔާމިން