ލީކްވި އޯޑިއޯތަކުގެ ތެރެއިން އޯޑިއޯއެއްގައި ޖިނާޢީ ކުށުގެ އަމަލެއް ހިމެނޭ ފަދަ އޯޑިއޯއެއް ފާހަގަ ކުރެވިފައި ވާތީ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެއޯޑިއޯއާއި ގުޅޭ ކަންކަން އިތުރަށް ސާފުކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ދެންމެ ވިދާޅުވީ ލީކްވެގެން އުޅޭ އޯޑިއޯތަކާއި ގުޅޭގޮތުން ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައި ނެތް ކަމަށެވެ.

"ނަމަވެސް އޯޑިއޯތަކުގެ ތެރޭގައި ޖިނާޢީ ކުށުގެ އަމަލެއް ހިމެނޭ ފަދަ އޯޑިއޯއެއް ފާހަގަ ކުރެވިފައި ވާތީ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން އެއޯޑިއޯއާއި ގުޅޭ ކަންކަން އިތުރަށް ސާފު ކުރަމުން ދަނީ." ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ސާފުކުރަމުން ގެންދަނީ ކޮން އޯޑިއޯތަކެއްގެ ތެރެއިން ފާހަގަ ކުރެވުނު އޯޑިއޯއެއްގައި ހިމެނޭ ކަންތައްތަކެއް ކަމެއް ވިދާޅެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި ފުލުހުން އިޝާރާތް ކޮށްފައި ވަނީ ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު އެހެން ބަޔަކާއި ވާހަކަދައްކާ އަޑު އިވޭކަމަށް ބުނާ އޯޑިއޯތަކަށެވެ.

އެއޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށް މިނިސްޓަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މިއަދު

    ރައިސްޔާމީން ބޮލަށް ކަނޑާލާ ތިވާނީ ކުރީސަރުކާރުން ކަންކުރިގޮތުން ހަޑިފިލުވަންއުޅުމުގެ ތެރޭގައި ވީކަމެއްކަމަށް ނޫންބާ؟

    2
    2
  2. ކަރުދާސް

    އެންމެ ފަހުން ހައްޔަރު ކުރަނީ އޯޑިއޯ ލީކު ކޮށްލި ކުއްޖާއެވެ، އަދީ ތަހުޤީގުން އެއީ ފިޔާތޮށި ޕާރޓީ ކުއްޖެއްކަން ސާބިތުކުރާނެއެވެ، މައްސަލަ ނިމުނީއެވެ، އަލީ ވަހީދަށް ޗުއްޕުއޭ ވެސް ނުބުނާނެއެވެ.