ނައިފަރުގައި ބާރުގަދަ އެއްޗެއް ގޮއްވާލަން އުޅޭކަމަށް ބުނާ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބާރުގަދަ އެއްޗެއް ގޮއްވާލައިގެން ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ބަޔަކު މީހުން ނައިފަރުގައި ރާވަމުންދާ ކަމަށް ބުނެ ފުލުހުން މިހާރު ވަނީ ބައެއް މީހުން ފޯނު އަތުލާފައެވެ.
މިމައްސަލައިގައި ނައިފަރު ސްކޫލްގެ އިސްލާމް ޓީޗަރެއް ކަމަށްވާ އަލީ ހަނޫން ރަޝީދުގެ ފޯނާއި މުދަލާއި، ލިޔެކިޔުން ހިފެހެއްޓުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ މައްސަލައާއި ގުޅިގެން ފުލުހުންނަށް ލިބިފައިވާ ހެއްކަކީ އާއްމު ފަރާތަކުން ފުލުހުންނަށް ދީފައިވާ ބަޔާން ކަމަށެވެ.
ހަނޫން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މިއީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް އޭނާ ބައިވެރިވެގެން އަމިއްލަ ކެންޑިޑޭޓަކު ނެރުމުން އަނބުރާ ގޭސް ބޮނޑިއެއް ކަމަށެވެ.
"ޙަޤީޤަތުގައިވެސް މިއީ އަހަރެމެން އަމިއްލަ ގޮތުން ކެނޑިޑޭޓެއް ނެރުމުން ހަލުވާ ގޭސް ބޮނޑިއެކެވެ. ޑޯޓުޑޯގައި ހިނގި ތިން މީހުންނަށް ދިން ބޮނޑިއެކެވެ. ކެމްޕޭނެއް ނުހުއްޓުވޭނެއެވެ. އިންޝާ ﷲ" އޭނާ ފޭސްބުކްގައި ބުނެފައި ވެއެވެ.
ފުލުހުން "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފެބްރުއަރީ 21 ވަނަ ދުވަހު 17:15 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ޓެރަރިޒަމްގެ މައްސަލައާއި ގުޅިގެން ނައިފަރުގައި ދިރިއުޅޭ ތިން މީހެއްގެ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ފޯނާއި ބައެއް އިލެކްޓްރޯނިކް ސާމާނު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
"މިމައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރެވިފައެއް ނުވޭ. މިމައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުން." ފުލުހުން ވިދާޅުވިއެވެ.
ނައިފަރުގައި ނިރުބުވެރި ހަމަލާއެއް ދޭން އުޅޭކަމަށް ބުނާ މައްސަލައެއް ފުލުހުން ތަޙްޤީޤު ކުރަން ފަށާފައި ވާއިރު ދާދިފަހުން ހުޅުމާލޭގައި ވަނީ ހަރުކަށި ފިކުރުގެ ބަޔަކު ތިން ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލާފައެވެ. އެއީ ނިރުބުވެރި ހަމަލާއެއް ކަމަށް ބެލެވޭކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީ ބޮލު ފޮށާ އެޅޭ ކޮންމެ ފަހަރަކާއި ވިދިގެން މި ޒާތުގެ ޑްރާމާ ތައް ގިނަވާކަން ފާހަގަނުވޭތޯ؟އެއީ އެމްޑީޕީގެ ޖަލްސާ އިން މީހުން މަދުވުމުން އެވާހަކަ މާގަދަޔަށް ދެކެވޭތީ އެހެން ވާހަކައެއް އުފައްދައިގެން ޑްރާމާ ކުޅުން.ޓެރަރިޒަމަކީ ސިޔާސީ ގޮތުން ދިވެހިން ހަންމަތަކުރަން ގެންގުޅޭ އެއްޗެއް.
ތީ އެމްޑީޕީ ކާރިމް ނުހޮވެދާނެތީ ހާވޭގެން އުޅޭ ހަޑިޔެއް. އަމިއްލަ ގޮތުން ކުރިމަތިލޭގޭން އުޅޭ ކުދިން ދެކެ ހާދަ ބިރެއް ގަނެޔޭ ??
ނައިފަރު ކަމަށްވާނަމަ މަސްޖިދުލްގާދީގައި ތިބި މުދިމު ގުރޫޕު ނައްޓައެއްނުލާނެ.
މުދިމުން ގޮއްވާނީ ބަންގި، އިތުރު އެއްޗެއް މުދިމުން ގޮއްވާކަށް ނުޖެހޭނެ.
އެރަށު ރައްޔިތުން ހެކިވާނެ ހަނޫން އަކީ ހަރުކަށި ފިކުރުގެ މީހެއް ނޫންކަމަށް. އިސްލާމް ޓީޗަރަކަށް އޭނާ އުޅޭތާ 10 ވަރަކަށް އަހަރުވެދާނެ. އޭނާއަކީ ހަރުކަށި މީހެއް ނަމަ އެމަގާމުގަ ނުބެހެއްޓީސް. އަބަދުމެ ފޭސްބުކުގައިވެސް ހަރުކަށި ފިކުރާއި ދެކޮޅަށް ލިޔާ މީހެއް އެއީ. އަމިއްލަ ކެންޑިޑޭޓް ޔާސިރު ވިން ވެދާނެތީ އެމްޑިޕީއަށް ހަޖަމު ނުވެގެން ފުލުހުން މެދުވެރިކޮށް ބިރުދައްކާ ފްރޭމް ކުރަނީ. ލާދީނީ ސަރުކާރު
ދެރަ ކަމަކީމިހެންކުރާ ތަހުގީގުތައް ނިމޭގޮތް ރައްޔިތުންނަށް ނޭގޭތީ. މީތެދެއްކަމެއް ދޮގެއްކަމެއްވެސް ނޭގެ. އެނބުރި ގޭސް ގަނޑެއްކަމެއް ، ކެއްކިފޮލާ ގަނޑެއްކަމެއްވެސް ނޭގޭ. އެންމެފަހުން ގޮސް ނިމެނީ ފޮއްބެދަނޑަށް.
މީހަމަ ކާރިމް ނުހޮވިދާނެތީ އޭނާ ފުލުހުންލައްވާ ކުރުވާކަމެއް.
ތިއޭ ހަނޫނު ލިޔުނު ކޮމެންޓެއް
ދިވެހި ރައްޔިތުން ވިސްނަވާ. ހަރުކަށިނަމަ ޑިމޮކްރަސީ އިންތިޚާބެއްގައި ކެންޑިޑޭޓެއް ނުނެރޭނެ. އެއީވެސް ކާފަރުވާ ކަމެއް ކަމަށް ބަލާނީ. އެހެންވީމާ މީ ހަމަ ވަކި މީހަކު ހޮވިދާނެތީ ހިންގާ ޖަރީމާއެއް
ކުރިން މިމީހުން ފަތުވާދިން ވޯޓްލުމަކީ ޙަރާމްކަމެއްކަމަށް.. އަދި އެމީހުންނަށް ވީބަޔަކު ވޯޓްލާން ނުނެރެވޭތޯ ބެލި.. ނައިފަރު މީހަކަށްވެއްޖިއްޔާ މިކަން އެނގޭނެ.. ދެން ތިކަމަކާ އޭނަޔާއި ހުރި ގުޅުމެއް މަށަކަށް ނޭނގެ! ތިފަދަ ކަމެއް ހަނޫން ކޮއްފާނެޔެކޭ މަހިތެއް ޤަބޫލެއްނުކުރޭ..
ބްރޯ...މިއީ ޔާސިރުކަހަލަ ތަޢުލީމީ ހިންގުންތެރި ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްނުވާ ޒުވާނަކު ކައުންސިލްގެ ރައީސްކަށް ކުރިމަތިލައި އޭނަގެ ޑޯޓުޑޯ ވަރުގަދައަށް ޖައްސާތީ އެމް. ޑީ. ޕީގެ ކެންޑިޑޭޓް ކާރިމަށް ހަޖަމްނުވެގެން އެމް. ޑީ.ޕީ މީހަކު ލައްވާ ޔާސިރުގެ ކެމްޕެއިންގ ގައި އިސްކޮށް އުޅޭ ޙަނޫން އާއި ޓީމްގެ އަބުރުކަތިލުމަށް ހިންގި ޖަރީމާއެއް.
ރައްވެހި ފަތިހަކަށް އަލިވިލެނީ. މެޖޯރިޓީ ގެއްލިދާނެތީ ބިރުގަތީ. މިދުވަސް ކޮޅު މ ޑޕ ލާދީނީ ބައިގަ ޑު ފާ ޑު ފާ ޑުގެ ޖަރީމާ ހިއްގާނެ ދިވެހި ލޮބުވެތި އެއްވެސް ރައްޔިތަކު މ ޑޕ އަބުރާ ގޭސްގަނ ޑުގަ ނުޖެހޭތި ހަމަޖެހިލައުގެންހުރޭ ހުރިހާ ރައްޔިތުންވެސް. އޭޕުރިލް 04 ވަނަދުވު ވޯޓުލާން ނިކުމެ މ ޑޕ އާއި އިދިކޮޅު ކޮންމެވެސް އެހެން ޕާޓީޔެއްގެ ކައުންސިލަށް ވާދަ ކުރާ ބޭފުޅަކަށް ވޯޓުދީ. ބޮ ޑަށް ރަގަޅީ ޕޕމ ގެ ކައުންސިލަކަށް ވޯޓުދިނިއްޔާ މ ޑޕ އައްނުދޭތި އޮޅިގެންވެސް.
އަލީ ހަނޫނަކީ ނިރުބަވެތި ގުރޫޕުތަކާ ގުޅުން އޮންނަ އައި އެސް އަށް މަރުދީގެން އުޅޭ މީހެއް. ތިޔަ މައްސަލަ ބަލަން ޖެހޭ
ކަލޯ ލާދީނީ އަންނިގެ ލޯބީގަ މީހުންގެ އަބުރުކަތިލާ ދޮގު ހެކި ދޭ އިރު ކަލޮއަށް ކެރޭނެތަ ޤިޔާމަތް ދުވަހުން ﷲ ގެ ހަޒުރަތުގައިވެސް ތިޔަހެން ވާހަކަދައްކަން. ބުނާ ކޮންމެ ބަހަކަށް ޖަވާބުދާރީވާން ޖެހޭނެ
ސާބިތުކޮށްދީ..ހެކި ދައްކާ..ފުލުހުންވެސް ހިނިއަންނަ ޒާތުގެ ވާހަކަ ތީ..
ކާފައަށް މާބޮޑަށް އެނގިފަ ތިއޮތީ.. ލޮލް
ތިއީ މުރުތައްދު އެމްޑީޕީގެ ވައްތަރު.
ކާކުކަލޯތީ އަމިއްލަގޮތުން ކެންޑިޑޭޓަކުނެރެން ސިޔާސީއަދި ދީނީގޮތުންވެސް އެއްވެސް އުރަތްޕެއްހުރި މީހެއްނޫން. އެކަމަކު ކަލޭމެންނަކީ ހަރުކަށިވިސްނުމަށް ހިތްވަރުދީ މީހުންގެސިކުނޑިއަށް ނުބައިވަސްވާސް ވައްދަން މަސައްކަތްކުރާބައެއް. އެހެންނޫނަސް ކަލޭމެން ނެރެގެނޭކިޔާގެންއުޅޭ ކެނޑިޑޭޓްސައިޒަކީ ސިޔާސީގޮތުންސުމެއް. އެއްބަނޑު 2 ބޮޑުބޭބެވެސް އޭނައަށްވޯޓްނުދޭނެ.
ތިޔަ ވާހަކައިންވެސް އެނގިއްޖެ ވަކި ކެންޑިޑެޓަކާ ޖައްސާލައިގެން އަނބުރާ ގޭސް ގަނޑެއްކަން
ބަންގީގެ އަޑު އެހީވާ އެމީހުންނަށް ބޮންމެގޮއްވާ އަޑުހެން . ލާދީނީ މީހުންގެ ވައްތަރުއެއީ
ދަންނަވަންތޯ؟ ބޮމެއް ގޮއްވާލަން އުޅެން އެންމެ ރަގަޅު ވަގުތަކީ ރައްޔިތުން ވޯޓުލާ އިންތިޚާބެއްގައި މީހަކު އަމިއްލަ ކެންޑިޑޭޓަކު ނެރެ އޭނާއަށް ކެމްޕެއިންގ ކުރާ އިރު...އޭރަށެއްނު ގިނަ ވޯޓްވެސް ލިބޭނީ..
ވަރަށް ކާފަރުވެސް މީހެއް އެއީ!
އެހެން ވާހަކައެއް އުފައްދައިގެން ޑްރާމާ ކުޅުން.ޓެރަރިޒަމަކީ ސިޔާސީ ގޮތުން ދިވެހިން ހަންމަތަކުރަން ގެންގުޅޭ އެއްޗެއް.
އަލީ ޙަނޫނަކީ ޖަމާޢަތަށް މިސްކިތަށް ނަމާދަށް އަރާ މީހެއް...މީހުންނަށް ކުފުރުގެ ޙުކުމް ޖަހަމުންދުވާ މީހެއްނޫން....ތުނބުޅި ހުއްޓަސް ނެތަަސް ނައިފަަރުގެ ވަރަށް ގިނަ މީހުންނާމެދު ހިތްހެޔޮކަމާއެކު ވާހަަކަ ދައްކާ މީހުންނާ ރަޙްމަތްތެރި މީހެއް..އޭނަގެ އެތައް ދަރިވަރުންނެއް އޯލެވެލް ނިންމާފި... އެއިން ކުއްޖަކު ދުވަހަކުވެސް ތިކަހަލަ ހަރުކަށި ަ ކަަންތަަކަށް ހިތްވަރުލިބޭ ވާހަަކައެއް އޭނަ ދެއްކިކަމަށް ނުބުނޭ... އޭނަަގެ ދަރިވދަރިވަރުން އެހުރީ އެފްބީގަވެސް އެކަމާ ހިތާމަކޮށްފަ. ތިޔައީ ބެލެނިވެރީންގެ ހިތުގައި ޙަނޫން އަށް އޮތް ޤަދަރު ކަނޑުވާލުމަށް ހިންގާ ޖަރީމާއެއް.
އޭޭނަގެޒާތުގަ އޭނައަށްވެސް އެބަހުރި ގޯސްކޮން ކަންތައްކުރެވިފައި ތިޔަބުނާ ޙަނޫނަކީ އަހަރެންގެ ކޮއްކޮގެ ލެޕް ބޭނުންކޮއްލަން ގެންގޮއްސަ އޭގެ ބެޓެރީނެގި މީހާ ނުވިތާކަށް ބަފަޔަކާނުލާ މަޔަކު އެކަނި ބަލާބޮޑުކުރި ކުއްޖަކު އެމީހުންނަށްނޭނގި ދަރި ޔަކުވެސް އޮތްމީހަކާދެވާފަ އެކުއްޖާ ފިރިމީހާ އާއި އެކު ފޮނުވާލިއިރު އަންހެންކުއްޖާގެ މަންމަ އޮތީ އައިސީޔޫގަ އެހާވެސް ރަޙުމްކުޑ ގޮތްކުޑ މީހެއް ޙަނޫނަކީ. އަންހެން ކުއްޖާ މަންމަ ގެ ކުޑަކުޑަ ދެކުދިންތިބި އިރުވެސް ހަދާލިގޮތް..އެހެންތާވާނީވެސް އަބަދު ދެ އަތްބަށް މީހަކާ ނުއިނދެވިގެން އުޅޭ މީހެއް ޙަނޫނަކީ....
އެކަމަކު ތިބުނާ ކުއްޖާ މިހާރުވެސް ހުރީ އެކުއްޖާގެ މަންމަ ކައިރި
ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވަން ނޭނގޭ ބަޔަކު ޕޯޑިއަމްތަކަށް އަރުވައިގެން ރައްޔިތުންގެ ތާއީދު ހޯދަން އުޅެ، ރައްޔިތުންގެ ކުރިމަތީ ތިމާމެންގެ ޕާޓީގެ އަގުވެއްޓި ތިމާމެންގެ ސޯޓު ބޭލުނީމާ ދެން ސިޔާސީ ގޭސް އެނބުރުން ގިނަވޭ.
ކަލޯމެން ޖެހޭނީ އަހަރެމެން ފަލީހަތްކުރަންޏާ އަހަރެމެންނޭ ކިޔައިގެން ބުހުތާނުދޮގު ހަދަން. އެހެނެއްކަމަކު އެމްޑީޕީއާއި ލާދީނީ ނަސީދު ފަލީހަތްވަނީ ރައްޔިތުންގެ ކުރިމަތީ އޭނާގެ އަމިއްލަ އަނގައިން. ބަޔަކު އިތުރަށް އެމްޑީޕީއާއި ލާދީނީ ނަސީދު ފަލީހަތްކުރާކަށް ހަދަންޖެހޭ ދޮގެއް ނެތް.
ކުރިއަށް އޮތީ ކެނެރީގޭ މުރުތައްދު
ފަތިސް ޖަލްސާގަ މީހުން މަދުވީމަ ކެނެރީމެން ބަނޑުގަ އުފެދުނު ވައިގުޅައެއް ތިޔަ އެނބުރެނީ. ބިޓަލެމަން ކޮޅެއް ބޯލަގަ
މީ ސީރިއާގެ ޓެރަރިސްޓް ގުރޫޕް ތަކަށް ސަޕޯޓް ކުރާ މީހެއްކަން މީނަ ދަންނަ ކޮންމެމީހަކަށް އެނގޭނެ
ހުސެންދީދީ ކަލޭގެ ނިޔަތް ރަނގަޅުތަ ބުނަންތަ ރަނގަޅު ވާހަކައެއް ފިސާރިދެދެ އްމިބުނީ ވައްކަން ކޮށްގެން އައި ސަރުކާރާއި ފުލުހުން ލައްވައި ޒުވާނުންނާއި ކުޅެއްން ނުހަދާތި ތިކުޅޭކުޅި ފިސާރިރަގަ ޅަށް ޒުވާނުން ލައްވަ އި ކުޅުވަން ނުހަދާ މައިތިރި ވެގެން ތިބެވޭތޯލާ ލާދީނީވަގު ސަރުކާރުވެސް ފުލުހުންވެސް ތިރީނދޫ ލާދީނީ ބައިގަނޑުގެ ފެންވަރު ނިކަން ދެކިބަލަ ތިރީނދޫ ބައިގަނޑު ކައުންސި ލަށް ނެރޭ މީހުންގެ ފެންވަރުރާއްޖޭގެ މީޑިޔާތަކުން އެހެރަފެންނަނީނު ދެން ކޮން ބަލާވެރިކަމެއް ރައްޔަތުނަށް ތިރީނދޫ ގުންޑާތައް ތިޖައްސަނީ ޒުވާނުން ނުހިލިގެން ދޯތިލާދީނީބައިގަނޑު ޒުވާނުން ހިލުނީމަކާ ޒަންޒަރުމާރީއްޗެއް ވުވާނެ ވަގަށްއައި ސަރުކާރަކަށް ކިޔަމަން ވާކަށެއް ނުޖެހޭނެ ފުލުހުން ވެސް އަދި ރައްޔަތުންވެސް ފުލުން ލައްވާއިބޫއަންނި ތިކުޅުވާ ކުޅިގަނޑު ހަމަމިހާރު ހުއްޓާލާ ތިތިބީ ފިސާރިރަނގަޅަ ށް ފެއިލްވެ ބަރަހަނާ ވެފަ ތިލާދީނީ ބައިގަނޑަށް މިޤައުމު ދެކެލޯބިވާ އެއްވެސް ރައްޔަތަކު ވޯޓެއް ނުދޭނެ ﷲތިބައިގަނޑު ބޭޒާރުކޮށް އަނިޔާވެރި ނިމުމެއް އެމްޑީޕީގެ ފިކުރަށް ތާއީދުކުރާ ރުރިހާމީހުނަށް ދައްކަވާށި އާމީން
މޑޕ އި ން ނައިފަރުގަ ގޮއްވާލަ ން އުޅެ ނީ ބޮޑު ގޭސް ފޮޑިއެއް.
ޚޮބައިތަ އި ންޓެލިޖެ ންސް؟
އެމްޑީޕީ އަކީ ކެނެރީގޭ ނަސީދު ހާޑިން ހަމްމެން ޗާރޗްއާ ގުޅިގެން މިދިވެހޮފަސްގަޑުގަ އޮތް 100 100 އިސްލާމްވަންތަކަން ނަގާލަން އުފެއްދިޕާޓީއެއް ވަރައްހުސިޔާރު ކޮއްމީނާ މިކަން ކާމިޔާބުކުރަމުން ގެންދަނީ ދިވެހިންނައްނޭގުމެއްގެތެރޭ މީނާއައް ހުރިހާބާރެއްދެވުނީ ވަގުތުން ނަސީދުގެ އެޖެންޓުން ރާއްޖެއައިސް ސަރުކާރުތޭރޭ މަސައްކަތަކުރަމުންގެންދަނީ އަވަސްކޮއް މިޝަންކާމިޔާބުކުރަން އެގޮތުން އަވަހައްޓެރަރިޒަމް ގާނޫނު އެއްހަދާ އިސްލާމްކަމުގެ ބިންގާވަރުގަދަ ޒުވާނުންބޮލުގަ ތުހުމަތުތައް އަޅުވާ ހައްޔަރުކުރަންފެށީ މިހާރު ކުޑަކޮއް ދިވެހިންނައްރޭއަކާލާފި ނަސީދު އޭނަގެ ކޮއްކޮ މަޖުލިހުގެ ބާރުހޯދި މަކަރުވެރި ގޮތް އައްޑޫމީހަލަށޭމަޖުލިސްދޭނީކިއާފަ ކަންތައްކުރިގޮތް އައްޑޫމީހުންނައްފެނުނު ދަރުސެއްދޭން އުޅެންޔާ އެބަހުރަސް އަޅާ އީވާ ކޮން އީވާއެއްތަ މީ ދީނައްވުރެ މަތިވެގެން ބަލާބޮޑުކުރަނީ ރާބޯފަތިސް ރާބޮއެގެން މަސްތުވާ ފަތިސް އިންޝާﷲ ނާލާމިޔާބުކުރައްވާށި..އާމީން