އިދިކޮޅު ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ގެ ދަރިކަލުން ފައިސަލް އިބްރާހިމް، މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މަސައްކަތް ކުރެއްވިއިރު ފައިސަލް އަށާއި އޭނާގެ އަނބިކަނބަލުން އައިނެއް ހެއްދުމަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ބަޖެޓުން 72،438 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓާ ޖެނަރަލްގެ އޮފީހުން އާއްމު ކޮށްފައިވާ އެ ފޮރިން މިނިސްޓްރީގެ 2018ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ މެލޭޝިޔާ އެމްބަސީގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ މެލޭޝިޔާގެ އިންޝުއަރެންސް ސްކީމުގައި ބައިވެރިވެފައި ތިބޭ ބޭފުޅުންތަކެއް ކަމަށެވެ. އެހެންނަމަވެސް އެ ސްކީމުގެ ބޭރުންވެސް ހިދުމަތްތަކެއް ހޯދާފައިވާ ކަމަށާއި އެ ހިދުމަތްތައް ހޯދާފައި ވަނީ އެމްބަސީގެ ބަޖެޓުން ހަރަދު ކޮށްގެން ކަމަށެވެ.

އަދުރޭގެ ދަރިފުޅު ފައިސަލް ހުންނެވީ މިނިސްޓާ ކައުންސެލާ މަގާމުގައެވެ. ރިޕޯޓުގައި ނަންތައް ނެތް ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ މަގާމުގައި ހުންނެވީ ފައިސަލެވެ. އޮޑިޓާ ޖެނެރަލް އޮފީހުގެ ރިޕޯޓުގައި ބުނީ ހައްދާފައިވާ އައިނަކީ ޕްރާޑާ ބްރޭންޑުގެ އައިނެއް ކަމަށެވެ.

މިއީ ދައުލަތުގެ ފައިސާއެއް މިގޮތަށް ފައިސަލް ބޭނުންކުރި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް ވަނީ އައިލެންޑް އޭވިއޭޝަނުން ނަގާފައިވާ ޓިކެޓްތަކަކަށް ފައިސަލް 157،290.12ރ. ނުދައްކާ އޮތް މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލަ ފެންމަތިވުމުން އޭނާ ވަނީ އެފައިސާ އަލުން ދައްކާފައެވެ.

މި ފައިސާ އަނބުރާ ހޯދުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

 1. ހަލީލް

  އަދިވެސް މަންމާފުޅު އަދުރޭނިކުމެ އެހެންމީހުންނަށް އެއްޗެތިގޮވާނީ، ހީވާގޮތުން މިކަމުގައިވެސް ކުއްވެރިވާނީ ރިޕޯޓް ހެދިމީހުން. ބޮޑުސޯބު އެނބުރޭގޮތައްދޯ ކުޑަސޯބުވެސް އެނބުރޭނީ، ޓިނުނަގައިގެންވެސް އަރުވާލީ މިކަލޭގެވިއްޔާ

  2
  1
 2. ދޮގު

  ނުވާނެ ހުސްދޮގު

 3. ކަބީރު

  ތިޔައީ ސަރުކާރުން ރާވައިގެން ހިންގާ ޖަރީމާއެވެ. ކައުންސިލޮް އިންތިޚާބު ބޯމަތިވަމުން ދިޔަވަރަކަށް އިދިކޮޅުމީހުން ބަލިވާނޭކަމަށް މީގެކުރިންވެސް އަންނިގެ ޒަމާނުގައި ތިފާޑުގެ އެއްޗެތި ނެރުނެވެ. 2009ން 2012ގެ ނިޔަލަށް ކައްވާފައެހުރި ބިލިޔަން ރުފިޔާގެ އޮޑިޓް ރިޕޯޓްތައްވެސް އެބަ ހުއްޓެވެ.

  4
  3
 4. ރޮޒައިނާ

  މަހުލޫފުގެނޭފަތް އޮޕްރޭޝަން ކުރަން ތީމުގެ ބަޖެޓުންހަރަދު ކުރި ފައިސާ މަހުލޫފު ދައްކާފިތަ

  40
  10
  • އައްޕަ

   އެހެން ވާހަކަތައް ދައްކާ ވަރަކަށް އަދުރޭ ކުރި ކަންތައް ނުކުރާ ކަމަކަށް ނޫނީ ހުއްދަ ކަމަކަށް ބަދަލުވަނީތަ؟

   3
   1
 5. އެ އައިނު

  ކެޔޮ ކޭވަރު އެގޭނީ ބިތުފަންގި ނެގީމަ

  45
  1
 6. ދިޔާނާ ސައީދު

  މިހާރު މިއުޅެނީ މީހަކު ރުފިޔާ ބޭނުން ކުރިމާ އެކަމުގެ މަތި އަޅައި އެހެން މީހުންގެ ކުން ހޯދައިގެން ކަންތަން ކުރަން

  41
  14
 7. 19 ނަވާރަ

  މީ ގައުމުގެ ވަރަށް ނާޒުކު ދަނޑިވަޅެއް އެކަކުއަނެއްކަކު ކުއްދެއްކުމުގެ ބަދަލުގައި އެންމެން އެއްބާރުލައިގެން ކުރިއަށް ދިއުން ފެނޭ. އޮޑިޓަރ ޖެނެރަލް ވެސް ކޮނެފިނަމަ ފެންނާނީ ހަމަ އެކައްޗެއް.

  34
  10
 8. އިހަވަންދޫ ރައްޔިތެއް

  ތީ ޒިޔަތުގެ ބޭބެ. އޭނާ ވެސް ޒިޔަތުގެ އާއިލާއަށް ޚަރަދު ކުރަނީ ކޮން ފައިސާއަކުން ކަމާމެދު ސުވާލު އުފެދޭ.

  31
  3
 9. ދިވެހި މީހާ

  އަދުރޭއާ ޖެހުނު ދެވަނަވަގު

  32
  5
 10. ޔާމިން

  އަދުރޭގެ އަ ނބި ދަރި ންކަމަކު ދައުލަތުގެ ދައުލަތުގެ ފައިސާއާ ބެހިގެ ންނ ނުވާ ނެ. ވަރަށް ދެރަކޮށް ދިމާވިކަމެއްމީ އަޅުގަ ނޑުގެ ވެރިކަމުގަ ހިގިކަމެއްވީމަ ރައްޔިތު ންގެ ކިބައިއް ނިހާޔަތައް މާފައްއެދެ ން އަޅުގަ ނޑަށް އެގިގެ ންކުރި ކަމެ ން ނޫއްތީ ކިރިޔާ ޝައްކެ ންވި ނަމަވެސް ނުކޭރޭ ނެ އަދުރޭޔަކަށް ތިކަ ންކުރާކަށް. ވަރަށް ސާފުކޮށްމިބު ނީ.

  21
  7
 11. ދޮނާ

  އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ....ހެ ހެ ހެ

  33
  2
 12. ފާތުމަ

  ޕިންކް ކޮމެންޓް ކުދިން މިކަމާ އެއްޗެއް ބުނެބަލަ

  36
  44
 13. Anonymous

  އެހެން މީހުންކުރާ ވައްކަމުގެ ވާހަކަ ދައްކަންވާނެ އަދި ތިމާމެންކުރާ ވައްކަން މަތިއަޅާ ފޮރުވަންވާނެ!މީ ވައްކަމުގެ ނަމުގާ ބަދަލުދޭ ސަރުކާރު!އިންސާފުވެރ ޒޮމް ީސް

  68
  12
 14. ޕިންކް

  ތިފައިސާވެސް އަބުރާ ދެއްކީމަ ތިކަން ނިމުނީނު.. ވަކިބަޔަކަށް ވަކިގޮތެއް ވާކަށް ނުޖެހޭތާ.. މަޖްލިސް ރައީސްވެސް ހަމަ ސޭމްތާ..

 15. ާއަކީގު

  157،290.12ރ. ނުދައްކާ އޮތް މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލަ ފެންމަތިވުމުން އޭނާ ވަނީ އެފައިސާ އަލުން ދައްކާފައެވެ.ކޮބާ މީގެ މައްސަލަޔަކީ އެފއިސާ ވަނީ ދައްކާ ނިންމަފަ ދެންކީއްވެތަ ރ ޔާމިނުނޖަލަށްލީ އޮޑިޓަރބޖެނެރަލް އެންޓިކަތެކްޝަން ޕޮލިސް މިމުއަަށްސަސާ ތކަކުންނެއް ރ ޔާމިނު މަނީ ލޯންޑަރީ ކުރިކަމްކަށް އެމަކު ސަރުކާރުނވަނީ ޔާމިންގެ ބޮލުގަނބަދުނާމު އްޅުވާ ނުހައްގުންޖަލަށް ލާފަ މީ މިސަރުކާކުގެ އިންސާފަކީ މީހެއްގެބއަބުރާނއިއްޒަތް ވެއްޔާ މޮޑެލުން

 16. ލައި

  ޢެހެން މީހުން ވެސްލާރިނަގާވާހަކަައާކަމަކާނުލާލާރިތަށްމީހުންނަށްދޭ ވާހަކަތިއީއަބަދުއިވޭއަޑެއް.

 17. ބްރޯ

  އަދުރޭގެ ދަރިފުޅު ކިޔަވަން ދަވްލަތުގެ ފައިސާހަރަދު ނުވޭތަ؟އަދުރޭގެ ފްލެޓަށް ދަވްލަތުގެ ފައިސާހަރަދު ނުވޭތަ؟ އަދުރޭގެ ކެއިންބުއިމަށް ދަވްލަތުގެ ފައިސާހަރަދު ނުވޭތަ؟އައިނުހެއްދުމަށް ދަވްލަތުން ކޮންމެ މިހަކަށް 1000 ދެމުންގެދޭ ދޯ ވީމާ އެ ފައިސާ ތި މީހުނަށް ވެސް ލިބޭނެ ދޯ

 18. ބޮކި

  މަޑިސީލަ ގުރޫފް މިރޭ ކިޔާނީ ކީކޭބާ ؟؟؟

  2
  1
 19. ވަގުވޯޓު

  އަދިވެސް އަދުރޭގެ ވާހަކަދައްކައިގެން އެމްޑީޕީން ރެޔާއިދުވާލު ކުރަމުންދާ ވައްކަން ތައްފޮރުވަންތަ ތިމަސައްކަތް ތިކުރަނީ ލާދީނީބައިގަނޑު ހަމިހާރު ލާދީނީރިޕޯޓު ނެރުނުރީނދޫ ގުންޑާ ތައްހައްޔަތުކުރޭ،

  2
  2
 20. ފަތިސް

  444، ( ޓްރިޕެލް ފޯ ފަތިސް ) ޚިޔާނާތްތެރި ނުވާ ކަމަށް ވާނެތަ؟

 21. ކިޔުންތެރިޔާ

  އެއީ މައްސަލައެއް ނޫން. އެއީވެސް ދިވެހި ރައްޔިތެއް. ތިވަރުން ބަލަންޏާ މިހާރު ރ.މަޖިލީހުގަ ރައީސްކަމަށް އިން ބޭފުޅާ ވަގަށް ނެގި 13 މިލިއަނާއި 400ރުފިޔާ އަކީ އެބޭފުޅާ މިހިނދުން މިހިދަށް މަގާމު ގެއްލޭފަދަ ކަމެއް. ޔާމީން ގޯސްވެގެން ގެނައި ސަރުކާރެއް މިއީ. އެހެންވީމަ މިސަރުކާރުން ޔާމީނު ކުރި ކަންތައް ތަކުރާރު ކުރަންޏާ ދޭންޖެހޭ އަދަބުވެސް ބޮޑުވާނެ!

  4
  1
 22. ސަޖުނާ

  ތި ދެމީހުން ޔޫރަޕް ޓުއާރ އެއްވެސް ހެދި.
  މީ ވ.ވާހަކަ.