ހުވަދު އަތޮޅުން އައްޑޫ ސިޓީއަށް ހުދު ސަމާލު ކެރެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ހުވަދު އަތޮޅުން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރުނީ މިއަދު 07:00 އިން ފެށިގެން ހެނދުނު 11:00 އާ ހަމައަށެވެ. ރާއްޖެ ހުރިހާ ހިސާބަކަށް ވެސް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މިހާރު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދަނީ ވިއްސާރައިގެ އަސަރު ކުރަމުންއެވެ. ބައެއް ރަށްތަކުގައި ރެއިން ފެށި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ވަނީ ރަށުތެރޭ ފެންބޮޑުވެފައެވެ.

މިއަދު ކަނޑު ގަދަވާނެތީ ކަނޑު ދަތުރު ފަތުރު ކުރުމުގައި ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު