ސާނަވީ ގްރޭޑުތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެން 2016 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދިޔަ "ދަސްވާރު" ޕްރޮގްރާމާއި "ބީޓެކް" ހުއްޓާލުމަށްފަހު "ހޭވައްލާ"ގެ ނަމުގައި ކޮންމެ ދަރިވަރަކަށްވެސް ބައިވެރިވެވޭ ގޮތަށް ޕްރޮގްރާމެއް ފަށައިފިއެވެ.

ސްކޫލް ދައުރުގައި ދަރިވަރުން ދިރިއުޅުމަށް ބޭނުންވާ މުހިންމު ހުނަރުތައް އުގަންނައިދިނުމުގެ ބޭނުމުގައި މުޅިން އަލަށް ހޭވައްލާ ޕްރޮގްރާމް ފެށީ އިއްޔެ ރ. އުނގޫފާރު ސްކޫލުގައި އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމްއެވެ.

ހޭވައްލާ ފެށީ މީގެކުރިން ވަކި މިންވަރަކަށް ވުރެ ދަށުން ފާސްވަމުން އަންނަ ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ބީޓެކާއި ދަސްވާރު ހުއްޓާލީ އެ ޕްރޮގްރާމްގެ ސަބަބުން ކިޔެވުމަށް ދަށް ކުދިން އެއްކިބާވެ، އެ ކުދިންނަށް ދަސްވާރު ޕްރޮގްރާމްގައި ބައިވެރިވުމަށް ފަހު ގިނަ މާއްދާތަކެއް ދޫކޮށްލަން ޖެހޭތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ކުރިން އޮތީ ބުނެފައެވެ.

އެ ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ކޮންމެ ކުއްޖަކަށް ވެސް ވަޒީފާގެ މައިދާނުގައި އެ ކުއްޖަކު ޝައުގުވެރިވާ ދާއިރާއަކުން ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބެލެނިވެރިންނަށް އިލްތިމާސް ކުރައްވައިފައެވެ.

އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އުނގޫފާރުގައި ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވީ މި ޕްރޮގްރާމް މި އަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 20 ސްކޫލެއްގައި ކަމަށެވެ. އަދި އެ 20 ސްކޫލުން މިއަހަރު ހޭވައްލާގައި 250 ދަރިވަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

"ހޭވައްލާ" ކުރިއަށް ގެންދާނީ އޯލެވެލް ހަދާ ދަރިވަރުން ސްކޫލް ނިންމުމަށް ފަހު އިމްތިހާނާ ދެމެދު ލިބޭ މުއްދަތުގައެވެ.

މިނިސްޓަރ އައިޝަތު އަލީ ވަނީ ދަސްވާރުގެ ސަބަބުން ލިބުނު ފައިދާއަށް ވުރެ ބޮޑަށް ނޭދެވޭ އަސަރު ދަރިވަރުންގެ ކުރި ކަމަށް ވިދާޅުވެފައެވެ.

"ދަސްވާރުން ބުނެދިނީ ހުނަރު ޕްރޮގްރާމް ހިންގަނީ ނުކިޔަވާ ދަށް ކުދިންނަށް ކަމަށް. ސިޔާސަ ކުދިންނަށް ކަމަށް. ނަތީޖާއަކަށްވީ ހަގީގަތުގައި ހުނަރު ދަސްކުރަން ބޭނުންވި ގިނަ ކުދިންނަށް އެ ފުރުސަތު ނުލިބުން. ހުނަރުވެރިން ލިބުން މަދުވުން." މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އުގޫފާރު އަލިބެ

    ތަޢުލީމާ ބެހޭ ވަޒީރުގެ އުފަން ދުވަސް ފާހަގަ ކޮށްލަން ސަރުކާރުގެ ޚަރަދުގައި އުގޫފާރަށް ތިޔަ ދިޔައީ ވަތުކިބަ ވެސް ގޮވައިންތާ ދޯ ، ހޭވަައްލާ ކިޔާފަ ތިކުރާ ކަންކަން ފަނުފުލުން ދާނީ ،

    16
    2
  2. އ. ޖ. އ

    ޝުކުރިއްޔާ ??

    12
    • Anonymous

      ދަސްވާރުން ހޭވައްލާއަށް ބަދަލުވީ އާއިޝަތުގެ އުފަންދުވަސް. އަލަށް އުފަންވީ އުތަ؟

  3. Anonymous

    ކޮބާ އޯލެވަލްއަށް ރަނގޅު ނަތީޖާ ނެރެން ފޭކެއް ޖައްސަނީނޫންތަ ތި. "ދަސްވާރު" ކީމަކުރި އަސަރު ހަމަބޮޑުވީދޯ؟ ހޭވައްލާ؟؟؟ ހުތުރު ޖަންގަލީގެ ނަމެއްނޫނީ ނުވެސް ވިސްނުނުތަ؟ ނަންބަދަލު ކޮށްލީމަ ނިމުނީ ކަމަށްއުތަ ހީކުރީ؟ ގަޅިންނަށް ވާނެ ކަމެއް ނޯންނާނެ. ތިއީ ޑރ އާއިޝަތު ޝިހާމުގެ އައިޑިޔަރ. ޕްރޮޕަރޓީ އޮފް ޑރ އާއިޝަތު ޝިހާމް. މިއޮއް ސަރުކާރެއް. އައްދޯތް. މަ ހީހީ ހަލާކު.

  4. މޮހޮނާ

    ކޮޔާ އާސާ، ކަލެއަކީ ފޭކް ޑރ ސެޓްފިކެޓެއް އޮތް ދައިތައެއްތަ؟ ކަލެއަށް ނޭނގުނު ދޯ ދަސްވާރު ކަހަލަ ސަޅި ނަމެއްވެސް ތިއަށް ކިޔަން؟ ޑރ އާއިޝަތު ޝިހާމްފަދަ އިލްމްވެރި ބޭބޭފުޅުން ކުރެއްވި ކަންކަން ނަންބަދަލު ކޮށްލީމާ އަމިއްލައެއް ނުވާނެ. ތިއީ އިންޓަރލެކްޗުއަލް ޕްރޮޕަޓީން ވައްކަން ކުރުން.

  5. ޢަންސާރު

    މި ކަނބާ އައިސަ ފަރަށް ބޮލި ހިލަން ފޮނުވަން ވެސް ކަމަކު ނުދާނެ.....

  6. ކަނަމަނަ

    މިހާރު އެޑިޔުކޭށަން މިނިސްޓަރަކަށްހުރީވެސް ރ ނަޝީދުގެ ޕަޕެޓެއް ބަހުރުވަވެސް އެއްކޮތް، އެހެންވެ އޭ ޕްލަސްއެއްލިބުނީ (ގުއިނުދޯރު)

  7. ޖަންނަ

    މީ އެއްވެސް ތާކުން ތާކު ޖެހޭ މީހެއްނުން.މުޅި ތައުލީމީ ނިޒާމް ފުޑާލައިފި.މާގިނަ ކުދިން ފާސްވާތީ ސަރުކާރުން ބޮޑު ހޭދަ ކުތރަންޖެހޭތީ ކުދިން ފާސްނުވާގޮތް ހަދަނީ.

  8. ސޯކާބެ

    ބަލަ މިއަދު ދުނިޔޭގައި ނުރައްކާތެރި ވައިރަހެއް ފެތުރެމުން ދާއިރު ހޭވައްލާޔާ ބެވައްލާޔާ ކިޔާފަ ކުދިވެރިން ނާއި ބެލެނިވެރިން އެއްތާކޮއް ޖަމަކޮއް ރޯގާގަޑެއް ޖެހޭތޯތޯ ތިބައްލަވަނީ ގައުމު ތަކުގަ އިވެންޓްތަކާ ބޮޑެތި މެޗްތައް ވެސް ހުއްޓާ ލައިގެން އެއުޅެނީ މީ ކިހިނެއް ވެފައި ތިބި ބަޔެއްބާ ހިތައް މިއަރަނީ