ރާއްޖޭގައި ހޭޓް ސްޕީޗް ނުވަތަ ނަފްރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަދައްކާ ފަރާތްތަކާއި މެދު ސީރިއަސްކޮށް ފިޔަވަޅު އެޅުމަށް ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން މިއަދު ގޮވާލައިފިއެވެ.
އެމްޑީޕީގެ ބަޔާން އެގޮތަށް ނެރުނު އެއް ސަބަބަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމް ދީނާއި ހިލާފު ފިކުރުތަކެއް ފެތުރުމަށް މަސައްކަތްކޮށް ބަޔަކު ސެމިނާތަކެއް ކުރިއަށް ގެންދާ ކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ. މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނާ ދެމެދު ރުޅިވެރިކަމާއި، ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަމުންދާތީ އެއީ ވެސް އެމްޑީޕީގެ ބަޔާނުގައި ފާހަގަ ކުރި ސަބަބެކެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ ނަފްރަތާއި ރުޅިވެރިކަން އުފެދޭ މިފަދަ ވާހަކަތަކަށް ދައުލަތުން ދައުލަތުން އަޅާނުލެވިއްޖެނަމަ ގައުމުގައި ބައިބައިވުން އިތުރުވެ، ގައުމުގެ އަމަން އަމާންކަމާއި، ސަލާމަތާ ރައްކާތެރިކަމަށް ނުރައްކާވާ ދަރަޖައަށް ކަންކަން ދިޔުމުގެ ފުރުސަތު އިންތިހާއަށް ބޮޑު ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކުމާއި، މުޖްތަމައުގެ އަމަން އަމާންކަން ނަގާލުމަށް ވާހަކަ ދައްކާ ފަރާތްތަކުން، ސޯޝަލް މީޑިއާގައި ދައްކާ ވާހަކަ ސީރިއަސް ސިފައެއްގައި ބަލަން އެ ޕާޓީން ވަނީ ގޮވާލައިފައެވެ.
ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ކަށަވަރުވާ ހައްގުތަކަކީ އެމްޑީޕީގެ ބުރަ މަސައްކަތުން ގާނޫނުއަސާސީގައި ހިމެނުނު ހައްގުތަކެއް ކަމަށާއި، އެ ހައްގުތައް ޒިންމާދާރުކަމާ އެކު ބޭނުން ކުރުމަށް އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ބަޔާނުގައިވެއެވެ.
ގާނޫނުއަސާސީން ލިބޭ އެންމެ އަސާސީ ހައްގަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްގު ކަމަށް ވީ ނަމަވެސް، އެޙައްގު ވެސް ބޭނުން ކުރުމުގައި ހުދޫދުތަކެއް ވާ ކަމަށް އެ ޕާޓީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަދި ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށާއި މުޖްތަމައު ބައިބައިކޮށް ފިތުނަ ކުރުމަށް ވާހަކަދެއްކުން (hate speech) އެއީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ހުއްދަކުރާ ކަމެއް ނޫން ކަމަށާއި، އެފަަދަ އަމަލުތަކަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގޮތުގައި ނުބެލެވޭނެ ކަމަށް އެމްޑީޕީން ބުންޏެވެ.
ލާދީނީ ފިކުރު ފެތުރުމަށް އެމްޑީޕީން މަސައްކަތް ކުރާ ކަމަށް ބުނާ ވާހަކަތަކަށް ވެސް އެ ޕާޓީން ވަނީ ރައްދު ދީފައެވެ.
އެމްޑީޕީން ބުނީ އެ ވާހަކަތަކަކީ ޚިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެ ފަރާތްތަކާމެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަތައް ކަމަށެވެ.
މީގެ އިތުރުން، ދީނީގޮތުން ޚިލާފު އުފެދޭ ކަންކަމާ މައްސަލަތަކުގައި ތިމާ ގަބޫލުކުރާ ގޮތް ނޫން އެހެން ރައުޔަކަށް ބުރަވާ މީހުންނަކީ "ލާދީނީ" މީހުން ކަމުގައި ބުނެ، އެމީސްމީހުނާ މެދު ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދޮގު ވާހަކަ ދެއްކުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އެ ޕާޓީން ބުނެއެވެ.
އެކަމުގެ ސަބަބުން، ރައްޔިތުންނަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ނުހަނު ބޮޑެތި ގެއްލުންވެ، ފުރާނައަށް ނުރައްކާވާ ދަރަޖައަށް ކަންކަން ވަނީ ގޮސްފައިވާ ކަމަށް އެމްޑީޕީގެ ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި، ދީނީ ހަރުކަށި ފިކުރުގެ މީހުންނާއި، ހަނގުރާމަވެރި ޖަމާޢަތްތަކާ ގުޅިފައިވާ ދިވެހީންނާއި އެމީސް މީހުންގެ އާއިލާތައް އަނބުރާ މުޖްތަމައުތެރެއަށް ގެނައުމުގައި އެ މީސްމީހުން ރީހެބިލިޓޭޓް ކުރުމަކީ ސަރުކާރުން ހިންގާން ޖެހިފައިވާ މުހިއްމު އަދި އެހާމެ ބޮޑު މަސައްކަތެއް ކަމަށާއި، އެ މަސައްކަތް ފެއިލް ކޮށްލުމަށް އެއްވެސް އަސްލެއް ނެތް ވާހަކަތަކާއި ބުހުތާނު ދޮގު ވާހަކަތައް ފަތުރައި މުޖްތަމައު ފިތުނަ ކުރުމަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަން ފާހަގަކޮށްފައެވެ.
އެ ފަދަ ކަންކަމަކީ ހީލަތްތެރި ވިސްނުމުގެ ތެރެއިން ކުރާ ކަމެއް ކަމަށް އެމްޑީޕީން ތުހުމަތުކުރެއެވެ.
ކޮންފޮޔަވަޅެއްއެޅޭނީ ތިދައްކާބިރަކަށް މިގައުމުގެ ދީންކަފުންނުކުރެވޭނެ
ދިވެހި ރައްޔިތުންށް ބިރު ދައްކަން ބަޔާން ނެރޭނެ ކަމެއްނެތް!! ތިމާމެން ބޭނުންހާ ގޮތަކަށް މިރާއްޖޭގައި ކަންކަން ކުރަމުން ތިދަނީ! ވެރިކަން ލިބުމުގެ ކުރިން ތިމާމެން ކަންތައް ކުރީ ކިހިނެތްތޯ އަމިއްކައަށް ފުރަތަމަ ސުވާލުކުރޭ! އެހެރީ މިހާރުވެސް ސޯޝަލް މީޑިޔާގަޔާ ތިމާމެންގެ ބާރު ހިންގާ ޓީވީ ޗެނަލްތަކަށް އަރާ ދައްކާފައިހުރި ވާހަކަތަކާ ރިޕޯޓްތައް އާކައިވް ކުރެވިފަ! ތިމާމެން ހޭވި ހަޑިއާ ހެދިހާ ރޯބުހުތާނު ދޮގު އެހެރީ ފެންނަން! މިހާރު ކޮން ހޭޓް ސްޕީޗެކޭ ކިޔާކަށް! މިހާރު ފާޑެއްގެ ގާނޫނެއް ހަދައިގެން ދީނީ ޢިލްމުވެރިންގެ ކަރަށް ފައިން އަރައިގެން ތިބެ މިރާއްޖޭގެ ސެކިއުލާ ފިކުރު ފަތުރަން ކުރާ މަސައްކަތް ދިވެހި ރައްޔިތުންނަށް އެނގޭ! އެވާހަކަތައް ދައްކާތީ ހޭޓް ސްޕީޗޭ ތިކިޔަނީ! އެއީ ހަގީގަތަކީ! މުޅި ގައުމު ޚަރާބިކޮށްފި! ދީނަށް ފުރައްސާރަކުރަނީ! އެކަން ކުރާ އެއްވެސް ބަޔަކަށް މިހާތަނަށް ފިޔަވަޅު އަޅަފައިނުވޭ! ފޮރުވަނީ އެފަދަ މީހުން ފިލަން ފުރުސަތު ދީފަ މިބުނަނީ މައްސަލަ ދަނީ ބަލަމުންނޭ! މިވާހަތައް ދައްކާނެ ހޭޓް ސްޕީޗޭ ކިޔާ ފާޑުފާޑުގެ ބިރު ދެއްކުމުގެ ބަޔާން ނެރުނަސް! މިހާރު މިމޭކަރައިގެން މިއުޅެނީ ރޭގެ ދިވެހި ރައްޔިތުން ނިކުމެ ކާނިވާ ސަރަހައްދު ފުރާލުމުން އެކަން ހަޖަމު ނުކުރެވިގެން!! ރައްޔިތުންނަށް ބިރު ނުދައްކާ! ކިތަންމެ ބިރެއް ދެއްކިޔަސް ދިވެހި ރައްޔިތުން އިސްލާމްދީނާ ދިވެހި ގައުމުގެ ދިފާއިގައި ކުރަންޖެހުނު ކޮންމެ ގުރުބާނީއެއްވެސް ވާނެ! ގައުމު ދަވާލައިފި! ވައްކަން އިންތިހާއަށް ބޮޑު! މަތިބަރު ސަރުކާރެއް! ގައުމުގެ އިސްތިގުލާލާ މިނިވަންކަން ވިއްކާލައިފި! ތަންތަން ވިއްކާ ހުސްކުރަނީ! ސީ ޕްލޭން ޓާމިނަލް އެންމެފަހުން ދަވާލީ! ގައުމަށް ބޭރުގެ ސިފައިން ފާކޮށްފި! ބަންގީގެ އަޑު ކަނޑުވަން މަސައްކަތްކުރޭ! މިވާހަކަތައް ރައްޔިތުން ދެއްކީމަ ކޮން ހޭޓް ސްޕީޗެކޭ ކިޔާކަށްތަ؟ ބިރު ނުދައްކާ!
" ހައްޤުބަސް " ތިޔަ ވިދާޅުވީ ފިސާރި ހައްޤުބަހެއް !! އެމްޑީޕީ މިޤަޢުމު ފުނޑާލާފި، މަކަރާއި ހީލަތްތެރި ރޭވުމުން އަނެއްކާ ގަޢުމުގެ ވައިގެ ބަނދަރު އިންޑިއާއަށް ވިއްކުމުގެ ކުރީން ރައްޔިތުން އެބަޖެހޭ ނުކުމެ އެކަން ހުއްޓުވަން، އައްޑޫސިޓީއަށް އިންޑިއާގެ 500 ސިފައިން ފުނުވައިގެން އެ ކުރަނީ ކޮންކަހަލަ ސާވޭ އެއްތޯ އެބަޖެހޭ ބަލަަން! އިންޑިއާ ސަރުކާރުން އެމްއެންޑީއެފް އަށް ބައުވެ ދަބަރަށް ވެފައިވާ ވެހިކަލްތަކެއް ހަދިޔާ ކޮށްގެން ހާސިލްކުރަން އެއުޅެނީ ކޯންޗެއްތޯ އެބަޖެހޭ ރައްޔިތުން ނުކުމެ ބަލާލަން! އެއަރޕޯޓް ކޮންޕެނީ ހިންގަން ކުރީ ޖީއެމްއާރު ކުންފުނީގައި އުޅުނު އެންޑްރީ ގެންނަށް އެރާވަމުންގެންދަނީ، އެކަމުގެ ސަބަބުން އިޤްތިޞާދީގޮތުން ކޮންފަދަ ނޭދެވޭ އަސަރެއް މިޤަޢުމުގެ އިޤްތިޞާދަށް ކޮށްފާނޭ ޖަރީމާއެއްތޯ މި ގަޢުމުގެ ރައްޔިތުން ނުކުމެ އެބަޖެހޭ ބަލާލަން ! ކުރީގެ ރައީސް އަދި ލައިލާ މެޑަމްގެ ފިރިކަލުން މި ޤައުމުގެ ގަޢުމިއްޔަތާއި އިސްތިޤްލާލަށް ނެތް ލޯތްބެއް އިންޑިޔާއަށް ދެވިގެން އެ އުޅެނީ ކީއްވެތޯ އެބަޖެހޭ ރައްޔިތުން ނުކުމެ ބަލާލަން! ޑިމޮކްރަސީގެ ނަމުގައި އިސްލާމީ އެއްބައެއްވަންތަކަން މިޤަޢުމުން ނަގާލަން އެ މަސައްކަތް ކުރަނީ ކޮންމަޤްޞަަދެއް ހާސިލް ކުރަންތޯ އެބަޖެހޭ ބަލާލަން! ދީނީ ހަރުކަށި ފިކުރޭ ކިޔަގެން ގަޢުމުގެ މުސްތަޤްބަލް ކަމުގައިވާ ޅަޒުވާނުންގެ ހިތްތަކުގައި އިސްލާމީ އުސޫލުތަކާއި މެދު ޝައްކު އުފައްދައި ހާސިލް ކުރަން އެއުޅޭ މަޤްޞަދަކީ ކޮބައިތޯ އެބަޖެހޭ ބަލާލަން!! ހަޤީޤަތުގައިވެސް ދިވެހި ރައްޔިތުން އެބަޖެހޭ ހޭލުންތެރިވާން، އިސްލާމް ދީނާއި، މި ޤަޢުމުގެ ޤަޢުމިއްޔަތައްޓަކައި ޒިންމާދާރުކަމާއި އެކު އެބަޖެހޭ ފަރުދީ ޒިންމާ އަދާކުރަން!! އެމްޑީޕީއަށް ފަހި ފުރުޞަތުތަކެއް ދެވިއްޖެ، އެހެނަސް ނަގަމުން ބަހަމުން އެގެންދަނީ ޖާއިޒުނޫން ފައިދާ!! ކުރީގެ ސަރުކާރޭ ރައީސް ޔާމީން ގެ ބޯކިބަލޭ ކިޔަގެން ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުން ނޫން ކަމެއް މިއަދާއި ހަމައަށްވެސް ކުރެވިފައެއް ނެތް! ޒީރޯ ޓޮލެރެންޓޭ އަށް ވަސްވެސް ނުދުއްވައި ތިންބާރަށް " ރައްޔިތުން ލޭ " އަޅައި ބޮނޑިބަތް ކައްކަމުން ކުރީގެ ރައީސް ނަޝީދު އެގެންދަވަނީ!! ރޭގެ ޕީޕީއެމްގެ ބިޔަބޮޑު ލަޝްކަރުފެނި، ރައްޔިތުންގެ ހިތްތަކުގައި ކާއްޓާއި ނާއްޓާއި، ތޮރާ އުފެދޭ ވާހަކަ ދައްކައި ބަޔާން ނެރެންފެށީމަ ދޭހަވެގެން ދަނީ ހަމަ ހަޤީގަތުގައިވެސް " އަންނިގެ ހިތަކަށް ކެތް ނުވާނޭ ބޯނީއޭ ޝަރާރާރާރާބް، ކެރިގެން ނުކުތީ އިދޮޅު ޕާޓީ ފާޅުގައި ގޮވާން، ހަޖަމެއްނުވިޔޭ ހައިރާންވަނީ މުޤާބެޔޭޔޭޔޭޔޭ!!!
ކޮނމެކަމެއްވެސް ވާނި ރަގަޅައް
ފުރަތަމަ ފިޔަވަޅު އަޅުއްވައިދެއްވާ މަޖިލިސް ރައީސް އަށް މި ގައުމުގަ ރުޅިވެރިކަން އުފެދޭ ގޮތަށް އެންމެ ގިނައިން ވާހަކަ ދައްކަނީ އެބޭފުޅާ ކަން 24 ގަޑިއިރު ހަމައިގަ ހުންނަ ކޮންމެ މީހަކަށް އެނގޭނެ
ކަލޭމެންގެ ރޫޙާނީ ލީޑަރު ކޮންމެ އސތއޓކޭ ކިޔަސް އެ ރަނގަޅުވާނެ. މިހާރު ތިއުޅެނީ ރޭގެ ޖަލްސާ ހަޖަމުނުވެގެން. މޭ ކަރައިގަނެގެން... ތި އޮތީ އަތަށްގޮވާފަ. ހަމަ އަންނަނީ ހިނި...
ކިހާވަރުގަދަކަމެއް ކަލޭމެންހެޔޮދޯ އިންޑިޔާސިފައިން އަރުވައިގެން ރާއްޖެހިފަންގޮވިޔަސް އެކަން ހަމަރަންގަޅު ކަލޭމެންކުރާނުބައިކަންކަމުގެ ވާހަކަ ދައްކަންފެށީމަ ގައުމުބައިބައިވަނީ ކަމައްތިޔަބުނަނީ.
ބަލަ އަންނި ބުންޏޭނުން ޓެގެއް އަޅުވައިފިޔާ ދެންއޭންނެއްޓެން އުޅޭނެ ކަމެއްނެތޭ މިހާރު ތިވީ ކޯޗަކަށް؟ލާދީނީ ކިޔަނީ ހަމަކިޔަން ވެގެން
ކަލޭމެން ވަރިހަމަ ދޯ ދީނާކުޅުނަސް އަހަރެމެން ތިބެންވީ ތަ ހެވިފަ ވަރައް ބާރަށް މިބުނަނީ ނުތިބޭނަމޭ
އެއްމެ ފުރަތަމަ ފިޔަވަޅުއަޅަންޖެހޭބަޔަކީ ކަލޭމެން.
ޑިމޮކްރަސީ ނަމުގައި މީހުންގެ އަބުރާބެހި ވެރިންނާއި ރައްޔިތުންނާ ޖައްސައި، ހޭޓް ސްޕީޗް ދިނުމުގެ ހަރަކާތްތައް ފަށައި ގައުމުގައި ފިތުނަ އުފެއްދި ހަގީގީ މޭސްތިރިއަކީ އަންނި. މިހާރުވެސް އެބޭފުޅާ އެކަމެއް ނުހުއްޓުވާ! ގައުމުގެ ޢިއްޒަތްތެރި މަގާމުތައް ފުރުއްވާފައިވާ މިނިސްޓަރުންފަދަ ބޭފުޅުން އަށް މިހާރުވެސް އެދަނީ އެކިއެކި ނަންނަމުގައި ވަނަމުން ގޮވަމުން... ދެން ކިހިނެއްތޯ މިކަން ހުއްޓުވޭނީ... ހަމަ ހިނި އަންނަނީ ....
ގައިމު ވެރިކަން ލިބުނު ދުވަހު ތިޔަ އަންނި ބުނީ ތިމަންނާ ގެ މަސައްކަތުންނޭވރިކަން ވައްޓާލީ! އެކަމަށް އޮތް އެންމެ މޮޅު ބޭހުގެ ބޭނުން ތިމަންނާ ކުރީމޭ. އެއީ ރާ ޓީވީ ބޭނުން ކޮށްގެން ރައްޔިތުންގެ މެދުގައި ސަރުކާރާމެދު ނަފްރަތުއުފެއްދުމަށް ބޮޑެތި ދޮގު ތައް ހެދުމާއި. ވައްކަމުގެ ތުހުމަތު ތަކާއި އުފަން ނުވާ އެތައް ވާހަކަތަކެއް ދެއްކީމޭ. ދެން ކޮން މި ކިޔަނީ.
އިސްލާމް ދީން ދޫކޮށްފަ ވާ މީހަކު ެނެސްގެން ކޮން އިސްލާްމް ދީނެއް ކިޔާދެވޭނީ. މިމީހުންނާ ޖެހުނީމަ ނޯވޭ ފުރީ ސްޕީޗެއް. ދީނާ ދެކޮޅު ވަހަކަ ދައްކަންވީމަ އެއީ ފުރީ ސުޕީޗު
ކީރިތި ޤުރުއާން ދޮގުކޮށް މާތް ނަބިއްޔާ صلىﷲއަލައި ވަސައްލަމަައަށް ފުރައްސާރަ ކޮށް ލާދީނީ ރިޕޯޓެއް ނެރުނީވެސް ކޮން ބައެއްކަން ހަމަ ނޭނގިގެން ތަ ތިއުޅެނީ. އެމީހުންނަށް އަދިވެސް ފިޔަވަޅު އެޅިފައި ކޮބާ؟ ހިތުހުރި ގޮތަކަށް އެމީހުން އުޅެމުން ގެންދަކަން ދިވެހި ރައްޔިތުން ނަށް ސިއްރެއް ނުވޭ.ދީނޭ ފަޅޮލޭ އެމްޑީޕީ ރަނގަޅުވާނީ ނުކިއްޔާ. އިތުރަށް ބޭޒާރުވާނީ.
ރުޅިވެރިކަން ފަތުރާ ނަސޯރާ ދީން ފަތުރާ. ދިވެހި އާއިލާ ތައް ބައިބައި ކުރުވާ ދިވެހިންގެ މާތްވެގެންވާ އިސްލާމް ދީނައް ފުރައްސާރަ ކުރާ މި ޤައުމުގެ ފަރަންޖީ އަކީ ކެނެރީގޭ ބޮޑުވަގު އަންނި. ޢެކަލޭގެ ހިފާ ބުރިޖު މެ ދުން ކަނޑު ފައްތަންޖެހޭ. ސޯލިހުގެ ލަގަބު ޖަހައިގެން ހުރި ބޮޑުވަގު ކިނބޫ އިސްތިއުފާ ދީފަ ރަށު ފަރުމައްޗަށް ބޮލި ހޮވަން ދާން ތައްޔާރު ވާންޖެހޭ. ޢިސްތިއުފާ . ކިނބޫ ފަރަންޖީ އިސްތިއުފާ
އަހަރެމެން ވެސް މިތިބީ ރުޅި އައިސްފައި
ނަޝީދު ދައްކަ ވާހަކަތަކުން. ފުރަތަމަ ނަޝީދަށް ފިޔަވަޅު އަޅައިދީ. ލާދީނީ ރިޕޯޓް ނެރުނު މީހުން ޙާޒިރު ކޮށް ފިޔަވަޅު އަޅައިދީ.
ރާއްޖެޓީވީއާއި މިހާރުގެ ނޫހުން 2013 އިން ފެށިގެން 2018 ނޮވެމްބަރު މަހާއި ހަމަޔަށް މެދުކެޑުމެއް ނެތި ފަތުރަމުން ދިޔަ ދޮގު ޚަބަރު ފެތުރި އެންމެ ބޭފުޅުންނަށް ފިޔަވަޅު އަޅުއްވާ ދެއްވާށެވެ.
ބަލަ ބުއްޅަބޭ ދޯ ބުނީ ރާއްޖެޓީވީގެ މަގުސަދަކީ ދޮގު ޙަބަރު ފަތުރައިގެން ރައްޔިތުންގެ މެދުގައި ރުޅިވެރިކަން އުފެްދުމާއި މަސްލަހަތު ނަގާލުންކަމަށް ، އޭގެ އެއް ހެއްކަކީ ޑރ.އަފްރާޝީމުގެ މަރުގެ ޙަޤީގަތް އޮޅުވާލައި ވަކިބަޔަކު ބޮލުގައި އިންޒާމް އަޅުވައި ހިތު ހުރިގޮތަކަށް ރިޕޯޓްތަކާއި މަޢުލޫމަތުތައް ފެތުރީ ، ކަލޭމެން ފެއިލް ވެއްޖެ ، އިސްތިއުފާދީފަ ޔޫރަޕަށް ދޭ!
ބަލަ މަދޯ އެންމެ ގިނައިން މީހުންގެ މެދުގަ ނަފަރަތު އުފެދޭ ގޮތަށް ވާހަކަ ދައްކަނީ. ކީއްވެ މަށަށް ފިޔަވަޅު ނާޅައިގެން ތިއުޅެނީ
އެންމެ ފުރަތަމަ ފިޔަވަޅު އަޅަންޖެހޭނީ ރާއްޖެތީވީއަށް
މި ކަންތައް ފަށާ އެހެންމީހުންނަށް ދަސްކޮށްދީފަ މިހާރު ތިޔާކިޔާނީ ކަރަންފުލޭ!
އެންމެފުރަތަމަ އެކަން ހުއްޓާލަންޖެހޭބަޔަކީތީ، ތިމީހުން މީހުންގެ އަބުރަށް އެތައްފަހަރަކު އަރާ ބުހުތާންދޮގުހަދާ ދޮގުމައްޗަށް ދޮގުހަދާތާ އެތައް ޒަމާނެއްވެއްޖެ. މިހާރު މިޤައުމުގަ އެކަމަކީ އެއްވެސް ކަމެއްނޫން، ދެން ތިހެންކިޔާނެކަމެއްނެތް. އެންމެފަހުން އަބުރުގެ ޤާނޫނުވެސް އުވާލީ ތިމީހުން.
އެމްޑީޕީން ކަންބޮޑުވެގެން އެއުޅެނީ އިސްލާމްދީނާ ދެކޮޅު ކަންފެތުރުމަށްޓަކައި ސެމިނާތައް ބައްވާއިރު އެކަމާ ދެކޮޅަށް ވާހަކަ ދައްކާތީ. ބަލަ އެވާހަކަ މީހުން ދައްކާނެ. ތިދައްކާ ބިރަކަށް ފަހަތަށް ނުޖެހޭނަށް.
ކެރަފާ އިބިލީސް އަކީ މިޤައުމުގެ ހަލާކު...
މަގެ ދީނާ މަގެ ވަތަނާ ނުކުޅޭށޭ ބިރުދައްކަންނޫޅޭށޭ ތިދައްކާބިރަކަށް ފަރުވާލެއްނެތޭ
މަގެ ދީނާ މަގެ ވަތަނާ ނުކުޅޭށޭ ބިރުދައްކަންނޫޅޭށޭ ތިދައްކާބިރަކަށް ފަރުވާލެއްނެތޭ މިހާރު ތިއުޅެނީ ހަޖަމުކުރަންދަތިވެގެންނޭ
ދދދތިވެގެން ތިއުޅެނީ ރޭބޭވި ޖަލްސާ ހަޖަމް ނުވެގެން މޭކަރަން ތިފެށީ. އެންމެ ފުރަތަމަ ފިޔަވަޅު އަޅަންވީ ކެނެރީގޭ އައްނި އައް. ދެން ތިޕާޓީގެ އިސްވެރިއްނަ.
ޢައްދޭ އައްދޭ ހަމަ ގާއިމުން ވެސް މ.ޑ.ޕ. އަކައް ހަޖަމެއްނުވި ކަން ކަށަވަރު ވެއްޖެ. ރޭގެ ޕީޕީއެމްގެ ޖަލްސާ ފެނިފަ. ތިޕާލަމެންޓުގަ އިން ބުއްޅަބޭއަށް ފުރަތަމަ ފިޔަވަޅު އަޅާ ދީބަލަ، އެއައްފަހު ލާދީނީ ރީނދޫ ޕާޓީ މިދިވެހި ވުޖޫދުން ފޮހަލަދީ،
ބައްލަވާ އެއީ ޑިމޮކްރަސީ ދެއްތޯ ބަސްބުނުމުގެ ހައްގު ގެ ވާހަކަ އެމްޑީ ޕީ އަށް ހަޖަމް ނުވީތޯ ލަދުން ބޯހަލާކު އަބުރު ގެ ގާނޫން އުވާލީ ވެސް ތިބޭ ފުޅުން ދެއްތޯ ތިބޭފުޅުން ތިޒާތުގެ ވާހަކަ ދެއްކެވީމަ ހަމަ ހިނިއަންނަނީ ބައްލަވާ ދިވެހި ގައުމު ޖާހިލު ކަމުގައި ވަނިކޮން މައުމޫން ތައުލީމީ ގޮތުން ދިވެހި ރާ އްޖެ ހޭލައްވާލީ ، ބަދަލުގައި ތިބޭ ފުޅުން ރަތްމަހައްވެސް ނުގޮވާހާ އެއްޗެހި އެފަކީރާ ދިމާލަށްގޮވީ ޑިމޮކްރަސީގެ ނަމުގަ ދެއްތޯ ކަދުރު ފާތުމަ ކިޔަން އޯކޭ ވަންޏާ ކަށިކެޔޮ ފަޒުނާ ވެސް ކިޔުމަކީ ވެސް ޑިމޮކްރަސީ ކަމުގައި ގަބޫލު ކުރަންވަން ވާނެ ދެއްތޯ ތިވަރަށް ހުދުމުހްތާރު ވީމަ 2020 ސަކާ ނުގުޅޭ އޭތި ކަޑައޭ ޑިމޮކްރަސީގަ ބިކިނީގައި މަގުމަތީ އުޅެން ހިތްވަރު ދެއްވާނަމަ މޫނު ބުރުގާ އަޅަންވެސް ޖޯކު ޖައްސަވަނީ ކީއްވެތޯ ބުރިޖް ދިވެހިންނަށް އޯކޭ ދައުލަތުގެ ހަޒާނާ ފެނާ ނުލާ ދިރުވާލުން އޯކޭ އެއް ނޫން ދެއްތޯ
ލާދީނީކިޔާތީ އަސަރުކުރީތަ ނޫނީ ރޭގެޖަލްސާ ފެނިގެން ހިތައްތަދުވީތަ ބަލަ އަހެރެމެން އަބަދުވެސް މިކިޔަނީ ކޮންމެކަމެއްވެސް އޮންނަންވާނީ ވަކި ޙުދޫދެއްގެތެރޭގައޭ ކަލޭމެންނައް އެކަންވެސް ތިޔަރޭކާލީ މިހާރު މީގެކުރިން ކަލޭމެން ހިތައްއެރި އެއްޗެއް މީހުންނާ ދިމާލައް ގޮވަމުން ދުވުނުއިރު އެޙުދޫދުކޮބާ މިއަދު ޤައުމުގަ ކަލޭމެންނައް ތާއީދު ކުޑަވަން ފެށީމަ ޙުދޫދެއް އޮތްކަންވެސް ތިއެނގުނީ ފާއިތުވީ ވަގުތު އަނބުރާ ނުލިބޭނެކަން ދަންނާތި
ފުރަތަމަ ފިޔަވަޅު ބުއްޅަބެއައް އަޅުއްވާ ދެވަނަ ފިޔަވަޅު ޗިޗަންޑާ 19 އައް އަޅުއްވާ 3ވަނަ ފިޔަވަޅު އެމްޑީޕީއައް އަޅުއްވާ ހަތހަރުވަނަ ފިޔަވަޅު މިނިވަން މުއައްސަސާ ތަކައް އަޅުއްވާ 5 ވަނަ ފިޔަވަޅު ހޯމްމިނިސްޓަރާއި ސީޕީ އައް އަޅުއްވާ ޖުޑިޝަރީ މިނިވަން ކުރެއްވިމައް ސިޔާސީ މީހުން ބޭރު ކޮއްލައްވާ ވޯޓްން ވައްކަން ކުރި މީހުންނައް ތަހްގީގް ހިންގަވާ
ފުރަތަމަ ފިޔަވަޅު އަޅުއްވައިދެއްވާ މުސްލިމުންގެ ނަމުގައި ތިބެ އިސްލާމް ދީނަށް ފުރައްސާރަކޮށް ހަދާފައިވާ އަދި ނުވިތާކަށް މީ ފައިތުވި ދެއް އަހަރުގެ ދައުލަތުގެ ބަޖެޓް ތަރައްޤީގެ އެއްވެސް ކަމެއް ނުކޮށް ދިރުވާލައިގެން އުލޭ ބާގަނޑެއް.
ބިލާލު އާ މެދު ދޮގު ހަދާ ރުޅިވެރިކަން އުފައްދާ އެމީހާގެ ބޮލުގައި ދޮގު އިލްޒާމް އެޅުވީ ގޫގަލްގައި އޮތް އެއްވެކަށް ނިސްބަތްކޮށް.ގޫގަލްގައި ކިއުލިއަމް ގައި އޮތް ވާހަކަ ދިވެހިން ބުނީމާ އެކަން އެމްޑީޕީ އަށް ހަޖަމު ނުވާނަމަ ގޫގަލް ހައްޔަރުކުރޭ
އެމްޑީޕީ އިން ތެޅުނު ވައްތަރާއި ގާތައް ވެސް އަދި އެމްޑީޕީ ނުވައްދާ ފިތުނަ އެއް އެހެން ބަޔަކައް ވާނެބާ
މިމީހުން ނުވައްދާ ފިތުނަ އެއް އެހެން ބަޔަކައް ވާނެބާ
ބިރުގަތީތަ؟
ހަޖަމް ނުވި އަސުރުމާ ހައް ހައް ހާ ހަޖަމްނުވިޔަސް ޔަސް ޔަސް ބޮޑުވަރު ޕަކާސް ޗިސްޗިސް ކޮށްލިޔަސް ފިސްފިސް ކޮށްލިޔަސް މަނުބޯނަމޭ ގަންޖާ ރަލެއް!
އެހެރި ބޮޑަ ޑިމަރަ ޑިމަރަކޮހެއް:
ކިތަން މެ ވަރެއްވިޔަސް ލާދީނީ ވާހަކަ ނަޝީދު ދެއްކި. ރޯއޮރިޔާ މުން އުޅުނު މީހާއަށް ހިއްވަރުދޭން މާފަށްއެދުން. މިވާހަކަތައް ދައްކާތީ އުޅޭނެކަ މެއްނެތް. ކަށިކެޔޮފަޒުނާ ދިގުހެދުން ފަހަން ލަންކާއަށް ދިޔަވާހަކަވެސް ގޮވާނަން. ހަދާއެއްޗެއް ހަދާ.
އޭތް އަންނި ބުނަން ރަނގަޅު ވާހަކައެއް މިއީ މިއީ މިއީ މިއީ މަގޭ މަގޭ މަގޭ މަގޭ ރާއްޖެ މަގޭ ރާއްޖެ މުސްލިމުން ނާއި ކުޅެން ނުހަދާތި ނަމަނަމަ މިއީ ވަރަށް ވާހަކަ ހަދާންކުރާތި ނަމަނަމަ!
ފިޔަވަޅު އަޅަންވީ މި ސަރުކާރަށާ އެމްޑީޕީ އަށް
ބުއްޅަބޭ ދީނީ ގޮތުން މޮޅު ސްޓަންޓެއް ޖައްސާނެ..އެގޮތުން ރާއްޖެތެރޭ ރަށަކަށް ގޮސް ގެއެއްގެ އުދުން ދަށުގެ އޮވެ ހިތްތިރި މީހެއްކަން ދައްކަން ފޮޓޯ އެއް ނަގާނެ..އަޑީގައި އޮތީ ދީނާއި ދުރުކުރުން..މިދުވަސްކޮޅު ބުއްޅަބޭ މިސްކިތް އަޅާ މުސްލިމުންނަށް ހެޔޮއެދޭ މީހަކަށް ވެގެން ވާހަކަވެސް ދައްކާނެ..މިހާރު އަހަރެމެން ބޮލެއް ނުކެވޭނެ...ވަޒީފާގެ ބިރަށް ގޭގައި މިތިބެނީ...ދީނާ ބެހި ރަތް ރޮނގު ހުރަސް ނުކުރާތި..އިބޫ އަދި އެންޑީޕީގެ ހަލާކު ބުއްޅަބޭ..
ޕީޕީއެ މް ޖަލްސާޔަށްދިޔަ އެއް މެން ހައްޔަރު ކުރަން ފެނޭ.
އަންނި ކޮއްމެފަދަ ވާހަކައެއް ދެއްކިޔަސް އެއީ އމޑޕ ކުދިންނަށް ހައްގުބަސް. އިރު ދައްކާފަ އެ ފެންނަނީ ހަނދޭ ބުނާ އިރަށް ޗެއާޕާރސަނަކަށް އުޅޭ އަންނިގެ އަޅު ކަލޭގެ ލަތީފު ބުނާނެ ލައްބަ ލައްބަ މަނިކު ފާނުއޭ އެއީ ހަމަ ހަނދޭ . ލާދީނީ އީވާ އާއި މަމޮޅޭ އިންތި ބުނާނެ އާދެ އާދެ މަނިކުފާނު ހާދަ ވިސްނުން ފުޅު ރަނގަޅޭ....
މިފަދަ ބަޔަކަށް ރޭގެ ޖަލްސާ ފެނުނީމަ ބަޔާން ކީއްކުރަން އެހެން އެއްޗެހި ވެސް ނެރޭނެ..
ބައެއްގެ މައްޗަށް ބައެއްގެ ހިތްތަކުގައި ނަފުރަތު އުފައްދައިގެން ފުރައްސާރަކޮށްގެން ފިޔަވަޅު އަޅަންޏާ އަޅަންވާނީ އެމްޑީޕީގެ އިސްވެރިންގެ މައްޗަށް. ދީނަށް މަލާމަތްކޮށްގެން ފުރައްސާރަކޮށްގެން ފިޔަވަޅުއަޅަންޏާ އަޅަންވާނީ އެމްޑީޕީގެ އިސްވެރިންގެ މައްޗަށް. ގައުމުގައި ބަޣާވަތްކޮށްގެން ތަންތަނުގައި ހުޅުޖަހައިގެން އަލިފާން ބޯޅަ އުކައިގެން ފިޔަވަޅު އަޅަންޏާ އަޅަންވާނީ އެމްޑީޕީގެ އިސްވެރިންގެ މައްޗަށް. މަސްތުވާތަކެތި ބޮއިގެން މަސްތުވެގެން އަނެއް ރާއްޖެ ނުފެނިގެން އުޅޭ ބަޔަކަށް ފިޔަވަޅު އަޅަންޏާ އަޅަންވާނީ އެމްޑީޕީގެ އިސްވެރިންގެ މައްޗަށް. ނަސްލީ ތަފާތުކުރުން ފާޅުކޮށްގެން އެކަމަށް ހިތްވަރުދީގެން ފިޔަވަޅުއަޅަންޏާ އަޅަންވާނީ ފަލަސްތީނު މީހުންނަށް ހެދި މީހާއަށާއި ހަތަރުކަށިމަތި މާލޭވެގެން އުޅޭ މީހާގެ މައްޗަށް.
ޢެހެން ވިއްޔާ އެންމެ ފުރަތަމަ ފިޔަވަޅު އަޅަން ޖެހޭނީ ތިޕާޓީ އާއި ތި ބާތްގަނޑަށް. ތި ހެން ދައްކާހާ ބިރަކަށް އަހަުމެން ނުސިހޭނެ. ޜޭގެ ޖަލްސާފެނި ތަލަމެދުން ދުންބުރީ އުތަ... ހައްހައްހާ
މަށަށް ޔާ މީނު ވެރިކަން ކުރިގޮތް ރަގަޅެއް ނޫން އެކަ މަކު ދެން ތިދެޕާޓީން ތެރެއިން އެ މްޑީޕީ އަށް ވޯޓް މަދުކުރަން ކުރެވުނުހާ ކަ މެއްކުރާނަން ނަޝީދަކީ މިގައު މުގެ ހަލާކު!
ގާނޫނު އަސާސީގެ 53 ވަނަ މާއްދާގަ އިންނާގެ އިސްލާމް ދީނަށް ނަފްރަތު އުފައްދާ މީހުން ކުއްވެރިވާކަމަށް. އެހެންވީމަ ކަލޭމެން ބަޔާން ނެރުމުގެ ޖުރިން ބުއްޅަ ހުންނަންކެހޭނީ ޖަލުގެ ތޭރިތަކުގެ ތެރޭގަ.
ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު އެމް.ޑީ.ޕީ އާއި ރޫހާނީ ލީޑަރ ނަޝީދު މިދިވެހި ގައުމު ބަދުނާމމްކޮށް ރައްޔަތުންގެ މެދުގައި ފަސާދަ އުފެއްދުމަށް ދެއްކިވަރުގެ ހޭޓް ސްޕީޗް އެއް އެހެން ބަޔަކަށް ނުދެވޭނެއެވެ. ހޭޓް މެސެޖް މުޅިގައުމުގައި ފަތުރާ ރައްޔިތުންގެ ހިތްތަކުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދި ބަޔަކަށް އަދަބެއްދޭނަމަ ފުރަތަމަ އެއަދަބު ދޭންޖެހޭނީ އެމް.ޑީ.ޕީ މީހުންނަށެވެ. ޚާއްޞަގޮތެއްގައި ކެނެރީގޭ ނަޝީދަށެވެ. މިދެންނެވި މީހުންނަށް އަދަބު ނުދީ އެހެން މީހަކަށް އެފަދަ ކަމަމުން އަދަބު ދޭނަމޭވެސް ބުނުމަކީ ލަދުވެތިވާންޖެހޭ ކަމެކެވެ. ތަރުތީބުން އަދަބުދެމާ ހިނގާށެވެ. ފުރަތަމަ ފަށަންވާނީ ކެނެރީގޭ ނަޝީދުގެ ހަމައިންނެވެ. އެމް.ޑީ.ޕީ ބަޔާނުގައި އެމީހުން ރާއްޖެ ފަސާދަކުރަން ދެއްކި ވާހަކަތަކާއި ސޯސަލްމީޑިއާގައި އާއްމުކުރި ނުތާހިރު ލިޔުންތަކަށް ފުރަތަމަވެސް މަޢާފަށް އެދެން ރަގަޅެވެ. އޭރުން އިޙްލާސްތެރިކަމެއް ހުރިކަމަށް ބުނެވިދާނެއެވެ.
ފުރަތަމަ ފަށަން ޖެހޭނީ ނަޝީދު އާއި ހިސާބުން. ސަބަބަކީ 2002 ވަނަ އަހަރު މާލެ އަރާ ނަފުރަތު އުފެދޭ ވާހަކަދައްކާ ކުދިބޮޑު އަދި މުސްކުޅިންނާ އަންހެނުން މަގުތަކަށް ނެރުވާ އެމީހުން ހުތުރުހާ ބަސްތަކުން ވަކިމީހުންނެއް ނުބަލައި އަމިއްލަ ދަރިންވެސް ވަކިނުވެ އަވަގުރާނަ ގޮއުވާ އެކަމަށް ހިތްވަރުދީ ތަޅާނެ ކުދިންހޯދައިގެ ތެޅުމަށް ހިއްވަރުދީ ވާހަކަ ދައްކާފައިވުން.
ޢެމްޑީޕީ އަކީ ލާދިނީ ފިކުރު ފަތުރާ ޕާރޓީއެއް... އެޕާރޓީ ގެ ރައީސް އަކީ ލާދީނީ ފިކުރު ފަތުރާ އިސްލާމް ދީނު ގެ އަދުއްވެއް. ޢިސްލލާމް ދީނާ ކީރިތި ގުރުއާން އަށް ހަޖޫ ޖަހާ ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރާމީހުން ގެ ހިމާޔަތު ގައި އަބަދުވެސް އެމްޑީޕީ ގެ އިސްފަރާތްތައް އަދި 19 ވަނަ ރައްޔިތުން މަޖިލސް ގެ ރައީސަކަހުރި އެމްޑީޕީ ގެ ރައީސް އަކީ ސީދާ އިސްލާމް ދީނާ އިސްލާމީ ޝަރީއަތާ ދެކޮޅު އިސްލާމް ދީނައް ނަފްރަތު ކުރާމީހެއް
ރުޅިވެރިކަން އުފައްދާ ، ފިތުނާގެ ބާއިން ގަނޑަކީ ތިޔަ އޑޕ ޗޯރުން ، ތިޔައީ މިގައުމުގެ ހަލާކު ، ރައްޔިތުން ގައުމެއް ހިންގަން ދިނީމާ ، އެކަން ނުވިތާގައި ، ބައިތުލް މާލުވެސް ދިރުވާ ލަނީ ، އަބުޅޯ ޝާހިދު ، ވިރުވާ އަޅާވަރު ނިކަން ބައްލަވާ! އޮބާމާގެ ކަންޒުކަހަނބު ބަލަން ހޭދަވާ ލާރި ވަކި ކުޑައެއް ނޫން ، ނުވިތާކަށް އެއްކަލަ ފަޑުއްކަ ތަކުރުގެ ބިޓް އާމާލު ކުލޫނީ އަށް ވެސް ހަބޭސް ، ނިކަމެތި ރައްޔިތުން ފެލުން ނޫން ކަމެއް ނެތް ، ނޯ އިސްޓިކާ އޭ ބުނި ސަރުކާރުން ރައްޔިތުން ފެލަނީ ، ރޭޝިޒަމް އިންތިހާޔަށް ބޮޑު ، ރާއްޖެތެރެ މާލެ ތަފާތު ކުރުން އިންތިހާޔަށް ، މީ ނޫން ތޯ ފިތުނަޔަކީ ، ހުރިހާބާރެއް މާލެޔަށް ބޮޑު ކުރުމުގެ ސަގާފަތް އެއީ ހަގީގީ ފިތުނަ ،،،،
ކިތަމްމެ ބިރެދެއްކިޔަސް އަހަރުމެން ތި ލާދީނީ އެމްޑީޕީހުންދެކެ ބިރުން ފަހަތަކައްނުޖެހޭނެ ތިއައީ ހަމަ ޔަހޫދީވިސްނުމުގެ މީހުން ތިބާމީހުން ލާދީނީ ފަތުރާކައް ޖާގައެއް މިގައުމަކުން އަހަރުމެން ނުދޭނަން
ރުޅިވެރިކަން އުފައްދާ މީހުންނަކީ، ހަމައެކަނި މިޒާތުގެ ވާހަކަދައްކާ މީހުންނެއްނޫން. މިފާޑުގެ ކަންކަން ކުރާ މީހުންވެސް މީގެތެރޭގައި ހިމެނޭނެ. އިނގިރޭސިންގެ "ޑިވައިޑް އެންޑް ރޫލް" ސިޔާސަތުން ވެރިކަންކުރަން ކަމަރުބަނދެގެންތިބި މީހުން، ޤައުމު ބައިބައިކުރަން އުފައްދާ ފިތުނައިން އުފެދޭ ނަފުރަތައް ފުރަތަމަ ފިޔަވަޅުއަޅަން ގޮވާލަން.
ފިޔަވަަޅު އަަލަން ޖެހޭނީ ހުވައާ ހިލާފުވެފަ ހުރި ސޯލިހައްނު. މިގައުމުގެ ދީނަށް ބުއްޅަ އަޑީގަ ހުރެ ދެމުންދާ ހަމަލާތަކެއް ސޯލިހަކަށް ނުހުއްޓުވުނުވިއްޔަ.
ދީން ހަލާކު ކޮށް ބައިބައިކުރަން އެލެކްސް އަހްމަދު ހިންގާ ޖަރީމާ ނުހުއްޓުވާ އަހަރެމެން ފަހަތުން ދުވަން ނޫޅޭތި.
ވަޅު ކައްޓަފުޅި ދާންޏަަކައް ނުސިހޭނެ ކިތަންމެ ބިރެއް ދެއްކިޔަސް އަހަރުން ކިޔާއެއްޗެއް ކިޔާނަން ނުހުއްޓުވޭނެ ދެނެއް
ގާނޫނު އަސާސީ ފެންނަނީ މިވެރިން ކަޑަވީމަ ދޯ. އެހެންނޫނީ ގޭގެ އަށް ވަދެ މީހުން ެުފުރާލާ ހައްދުފަހަނައެޅި މީހުންނޭ ކިޔައިގެން ހިންގި ބޮޑު ޖަރީމާ މާ ނުބައެއްނު. އެސަކަރާތް ޖެހީ ތި އެލެކްސް އަހްމަދު އަޑީގައި ހުރެ ސެކިއުލަރ ދީން ފަތުރަން. އެކަލޭގެ ހައްޔަރު ކޮށްބަލަ. ނޫނީ ރައްޔިތުން ނުކުމެ އެކަލޭގެ ގައުމުން ބޭރުކޮށްލަންވީތަ؟
ފުރަތަމަ ފިޔަވަޅު އަޅާ ކަލޭމެންގެ، މާއިބަދަށް ބޭސްކުރަންށޭ ކިޔާފަ ފިލި ކަލޭމެންގެ ރޫހާނީ ،ހާމާއިގެ ނުހުއްނަ ލީޑަރަށް.އެމް ގިނާއިން ނަފްރަތު އެފެދޭ ގޮތަށް ވާހަކަ މި ވީތަނަށް ދައްކާފަ ހުރީ އެކަލޭގެ.
އެހެންވެސް ވާނެ މިހެންވެސް ވާނެ މިހާރުވެގެން އޅޭ ގޮތަކީ އެންމެފަހުން މާލޭގަ ބޭއްވި އެމްޑީޕީ ޖަލްސާޔައް ދިޔަ ކުދިން ކޮޅު މަދުވެގެ މޭ މޭ މޭ ކަކަކަކަކަކަކަ ރައިގެން .....................
އެމް. ޑީ. ޕީ ގެ އިސް ފަރާތްތަކަށް ވެދުން ސަލާމަށްފަހު ދަންނަވަމެވެ. ދީނީ ގޮތުން ޚިޔާލު ތަފާތުވާ މީހުންނަކީ ލާދީނީ މީހުންނޭ ސެކިއުލަރ މީހުންނޭ ގޮވަނީ ކޮން ޢިލްމުވެރިޔެއް ހެއްޔެވެ؟ ކޮން ރައްޔިތެއް ހެއްޔެވެ؟ އަހަރެމެން މިދައްކާ ވާހަކަޔަކީ މިޤައުމުގައި އެއްޖިންުން ގުޅުންހިންގުން ހުއްދަކުރަން އުޅޭމީހުންނާއި މިޤައުމުގައި ބުދުފައްޅިއަޅާ އެހެންދީންތަކުގެ މީހުންނަށް ފާޅުގައި މިޤައުމުގައި އަޅުކަން ކުރެވޭގޮތް ހަދަންއުޅޭ މީހުންނާއި މިޤައުމުގެ ރައްޔިތުން އެހެން ދީންތަކަށް އުޅުމަށް ހުއްދަކުރަން އުޅޭ މީހުންނަކީ ސެކިއުލަރް ވިސްނުމުގެ އަދި ލާދީނީ މީހުން ކަމުގައެވެ. މިވާހަކަ ތިޔަ ޕާރޓީގެ ބޭފުޅުންނަށް ޤަބޫލުނުކުރެވިގެން އުޅުއްވާ ސަބަބަކީ ކޮބައިތޯއެވެ؟ އަނެއްކާ ތިޔަ ބޭފުޅުންނަކީ މިދެންނެވުނު ކަންތައްތައް ޕްރޮމޯޓް ކޮށް އެކަންތައްތައް މިޤައުމުގައި ފެތުރުއްވުމަށް މަސައްކަތްކުރާ ބޭފުންނަށް ވަނީތޯއެވެ.؟ އެހެންކަމަށްވާނަމަ ތިވިދާޅުވާ ބަސްފުޅުތަކާއި ނެރުއްވާ ނޫސްބަޔާންތަކާއިމެދު އަޅުގަނޑުމެން ޖެހިލުމެއް ނުވަނެވެ. އަދި ބިރެއްވެސް ނުގަންނަމެވެ. އަޅުގަނޑުމެން މިތިބީ އަޅުގަނދުމެންގެ ގޮތުގައި އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރުމުގައި އަތުކުރި އޮޅާލައިގެންނެވެ. އިޙުތިރާމާއި ޝުކުރިއްޔާ!
ސުބުހާނަﷲކޯލިޝަނަކާއި ނުލައި އެވަރު ގެބޮޑު ޖަލްސާއެއް އިދިކޮހުން ބޭވުމީ ﷲ އިދިކޮޅަށް ދެއްވި ނިއުމަތުން ފުރިގެންވާ ބާރެކެވެ.
ބަލަ ތިޔަ އެމްޑީޕީ ގުންޑާއިން ރ. ޔާންގެ އިޤްތިޞޯދީ ރަންފަސްއަހަރުތެރޭ ޤައުމުގައި ފިތުނަ އުފަންދަން ހިންގި ހީލަތްތެރި ރޭވުންތައް ކޮބާ! މިޤައުމުގައި މީހަކު މަރުވެއްޖެއްޔާ އެމީހަކީ ޑރ. އަފްރާސީމް މަރުގެ މަޢުލޫމާތު އެނގޭމީހަކޭ އެހެންވެ މަރާލިކަމަށް ހަދާ ޔާންގެ ބޮލުގައި އެކަންވެސް އަޅުވާ ވާހަކަ ފަތުރާ ގުންޑައިން މާލެތެރެއަށް ފޮނުވައިގެން މަސްލަހަތު ގެއްލުވާލި ދުވަސްތައް ހަދުމަވޭތަ! އަންހެނަކު ނަހަލާލަށް ވިހިއަސް އެ ޒިނޭގެ ޒިންމާވެސް އެޅުވީވެސް ޔާންގެ ބޮލުގައި ނޫންތަ! މަރާމާރީ އެއް ހިންގިއަސް އެވެސް ޔާން ކުރިކަމަކަށް ނަހަދަމުތަ! އެދުވަހު ތިބައިމީހުން އިންދި ނުބައި އޮށްތަކުން ގަސްފަޅައި މޫލައި ހެދިިގަތީމައި ތެޅިފޮޅޭނެކަމެއްނެތް!
ލާދީނީ ނަޝީދު ހަ މަ ކިޔާނައް. ޢެއްކަ މެއްވެސް ނުވާނެ. ލާދީނީ ނަޝީދު ފިޔަވަޅު އަޅާބަލަ ކިބޫ ސޯލިހުއަށް. ކިބޫ ސޯލިހު ފިޔަވަޅު އަޅާބަލަ ލާދީނީ ނަޝީދުއަށް. އެނި މުނީނު އެވަރު ކަ މެކޭ. ބޮޑު ލާދީނީ ނަޝީދު ގަނޑު.
މިނަޝީދު ބުނި .އަދީބަކީ އެސަރުކާރުގައި ތިމަންނަ އެޅުވި ފަންޏެކޭ. އެހެންވީމާ ފުރަތަމަވެސް މިނާއަށް ފިޔަވަޅު އަޅައިދީ.
ފިތުނަޔާ ފަސާދަޔާ ތަޅާފޮޅާ ބަޔަކީތި ލާދީނީ ބައިގަނޑު މުޅިގައުމު ހަލާކު ކޮއްފި
ރައްޔިތުންގެ މެދުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދެއްކުމާއި، މުޖްތަމައުގެ އަމަން އަމާންކަން ނަގާލުމަށް ވާހަކަ ދައްކާ ފަރާތްތައް އެންމެ ފުރަތަމަ ބަލަންޖެހޭނީ ތިޔަބުނާ ޕާޓީ ކުދިންގެ ވާހަކަތަކާ ހަރަކާއްތައް ރަށްރަށުގައި ހިނންގާ ފާޑުފާޑުގެ ވޯކްޝަޕް ހިންގާކުދިންކޮޅާ ހަމަހޭގަނަތި ހިތުހުރިއެއްޗެއް މީޑިއާގަޔާ މަޖްލިސްތެރޭގަ ވާހަކަ ދައްކާ ކުދިންކޮޅު
ނަބިއްޔާ އަށް ފުރައްސާރަކޮށް ވާހަކަ އެއް ދައްކަިފިނަމަ އެކަމާ ދަންނަ ބޭކަލުންގެ މެދުގަ ހިލާފެއް ނުއުފެދެއެވެ. އެކަމުގެ ހުކުމް ބަލާލަ ބަލާށެވެ.
ފުރަތަމަ މީހުން ރުޅުއަރުވަން ނޫޅޭ.. އޭގެ ފަހުން ތިޔަބުނާ ހޭޓެއްގެ ވާހަކަ ދައްކާ..