ހުޅުމާލޭގައި ޓެކްސީ އަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިހާދިސާ ހިނގިކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައި ވަނީ، މިއަދު ހަވީދު 4:45ގައި ކަމަށެވެ.

އަދި އެ އެކްސިޑެންޓު ހިނގީ ހުޅުމާލޭގައި އަސުރުމާ ހިނގުމާއި ރީތިގަސް މަގާއި ގުޅޭ ހަތަރު އަނގޮޅި ކަންމަތިން ކަމަށް ވާއިރު، އެ އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ، 49 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ވިދާޅުވެއެވެ.
އަނިޔާވި މީހާ އަށް ސީރިޔަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ހާމަކުރައްވައެވެ.

މި އެކްސިޑެންޓްގައި އެކްސިޑެންޓްވި ދެ އުޅަނދު ވެސް ދުއްވަން ތިބީ ލައިސެންސް އޮތް މީހުންނެވެ.

ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަމުންނެވެ.