ރާއްޖޭގެ ބައެއް ރަށްރަށުގައި ބޭއްވި އިސްލާމް ދީނާ ހިލާފު ވޯކްޝޮޕްތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ވެއްދި ކުއްލި މައްސަލަ، އެޖެންޑާކޮށް ނުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނިންމަވައިފިއެވެ.
އިސްލާމް ދީނާ މެދުގައި ނަފްރަތު އުފުދޭ ވާހަކަ ދެއްކުމުގެ މަޝްހޫރު އިނގިރޭސިވިލާތުގެ ޖަމިއްޔާއެއް ކަމަށްވާ ކުލިއަމް އިން ވޯކްޝޮޕްތައް ބޭއްވި މައްސަލަ މަޖިލިހުގެ ޖަލްސާ އަށް ކުއްލި މައްސަލައިގެ ގޮތުގައި ވެއްދީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ)އެވެ.
އެކަމަކު، ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅަން ރިޔާސަތުން ފުރުސަތު ދިނުމުގެ ކުރިން އެމްޑީޕީގެ މެންބަރުން ނިޒާމީ މައްސަލަ ނެންގެވިއެވެ.
މޮސްޓާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި މައިގަނޑު ގޮތެއްގައި ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ލާދީނިއްޔަތު ފަތުރާ ޖަމާއަތެއްގެ ހަރަކާތްތައް ކުރިއަށް ގެންދާތީ އެކަން މަޖިލިހުގެ ސަމާލުކަމަށް ގެނެސް އެކަން ހުއްޓުވަން ކުރަން ޖެހޭ ކަންކަން ކުރުމަށެވެ. އެކަމަކު، މަޖިލިހުގެ ރައީސް ނަޝީދު ނިންމެވީ، މަޖިލިހުގެ ގަވައިދުގައި ބުނާ ކަންކަން ކުއްލި މައްސަލައިގައި ފުރިހަމަ ނުވާ ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ މޮސްޓާ ހުށަހެޅުއްވި ކުއްލި މައްސަލައަކީ މަޖިލިހުގެ ގަވައިދަށް ފެތޭ ކުއްލި މައްސަލައެއް ނޫން ކަމަށެވެ. އަދި މަޖިލިހަށް ކުއްލި މައްސަލައިގެ ގޮތުގައި މެމްބަރަކަށް ހުށަހެޅުއްވޭނީ ރާއްޖޭގައި ކުއްލި ގޮތަކަށް ހިނގާ ކަންކަން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އޭރު ވެސް، މަޖިލިހަށް ފޮނުވައިގެން އުޅެނީ ކޮން ކުއްލި މައްސަލައެއް ކަމެއް ގިނަ މެމްބަރުންނަށް އެނގިވަޑައިނުގަންނަވައެވެ.
ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މޮސްޓާ ހުށަހެޅުއްވި ކުއްލި މައްސަލައަކީ މަޖިލިހަށް ބަލައިގަންނަން ޖެހޭ ކުއްލި މައްސަލައެއް ކަމަށާއި އެ މައްސަލައާ މެދުގައި މަޖިލިހުގައި ބަހުސް ކުރަން ގަވައިދު ތަންދޭ ކަމަށެވެ.
މެމްބަރުންގެ ނިޒާމީ މައްސަލަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ، އެ މައްސަލަ އެޖެންޑާ ނުކުރެއްވޭނެ ކަން ލަފާ ދެއްވީ ކައުންސިލާ ޖެނެރަލް ފާތުމަތު ފިލްޒާ ކަމަށެވެ. އަދި އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ބެލެވެން ނެތް ކަމަށް ނަޝީދު ނިންމެވިއެވެ.
"ވަގުތު"އަށް އެނގިފައިވާ މި ވޯކްޝޮޕްތައް ބޭއްވުމަށް ހަރަކާތްތެރިވަނީ ހަރިސް ރަފީގް ނަަމަކަށް ކިޔާ އިނގިރޭސިވިލާތު ރައްޔިތެކެވެ. އޭނާއަކީ ކުރިން މުސްލިމެއް ނަމަވެސް މިހާރު އިސްލާމް ދޫކޮށްލާފައި ހުރި ކާފަރެކެވެ. މި ޖަމިއްޔާއިން އައްޑޫ ސިޓީ އާއި ހަނިމާދޫ ގައިވެސް ވޯކްޝޮޕަތަކެއް ހިންގިއެވެ.\
އިސްލާމިކް މިނިސްޓްރީން ބުނީ ދީނީ އެއްބަައިވަންތަކުގެ ގާނޫނާއި ހިލާފަށް ރާއްޖޭގެ އެކި ރަށްރަށުގައި ވޯކްޝޮޕްތައް ހިންގަމުންދާ ކަމުގެ ޝަކުވާ އިސްލާމިކް މިނިސްޓްރީއަށް ލިބެމުންދާތީ އެކަންތައް ބަލަމުން އަންނަ ކަމަށެވެ.
އެއީ ފައްކާ ހަރުބީ އެވަތަރުގެ މީހެއް
ބަލަ ނަޝީދުރިޔާސަތުގައިދެގެން ލާދީނިއްޔަތާބެހޭއެއްވެސްކަމެއްހުއްޓުވަން ކުރާނެއެއްވެސްކަމެއްނޯންނާނެ އެހެންނޫނަސް ނަޝީދުއާ އާޒިމްއަކީ ހަފްތާނިންމަން ރިސޯޓުތަކަށް ދާމީހުން އެމީހުންނައްވެގެން މަޖިލީހައް ތިބާވަތުގެމައްސަލައެއް ވެއްދުމުގުފުރުސަތެއްނުދޭނެ
ނުކުރާނެ ނުކުރާނެ ތީ ޝައްކެއްވެސް އޮތް ކަމެއްނޫން އެއީ މަޖްލީސްގެ ރައީސްގެ ތާއީދާއެކު ކުރިއަށްދާ އެޖެއްޑާއެއް
އެއީ އެޝައިތާނު ކުރުވާ ކަމެއް
ނުކުރާނެ ނުކެރޭނެ ކުރާކަށްވެސް. އޭ މިސަރުކާރަށް ނޭނގި ހިނގާ ކަންކަމެއް ނޫން. ރާވައިގެން ހިންގާ ޖަރީމާ. ލާދީނީ ރިޕޯޓް ނެރުނު މީހުން ނަށް ވެސް ފިޔަވަޅެއް ނޭޅުނެއްނު. ދުޢާ އަކީ ވޭންހުރި ހިތިގޮތަކަށް މިސަރުކާރު ބަލިކަށިވެ ނިކަމެތި ވެގެން ދިއުން. ދީނާ ކުޅުމަކީ އެއްވެސް މުސްލިމަކަށް ބަލައިގަނެވިގެން ވާނެކަމެއްނޫން.
ﷲގެ ދީން މަތިވެރި ކުރަން ހުރިހާ ދިވެހި ރައްޔިތުން ތެދުވުމުގެ ވަގުތު ޖެހިއްޖެ. ރައްޔިތުންނޭ އާދޭސްކޮށްފައި ބުނަން. ލާދީނިއްޔަތު ފަތުރަން އުޅޭބަޔަކަށް ވޯޓް ލައިގެން އެކަމަށް ވާގިވެރި ނުވޭ.
ދީނައް ފުރައްސާރަ ކުރާ މީހުންނަށް ވެސް ގާނޫނެއް ބޭނުން ވެ އެވެ.
ގާނޫނެއްނެތީތޯ....؟
ލާދީނީ ސަރުކާރު
ކޮބާ ތާހިރު ވެއްޖެއެއްނު ފިލި މީހަކު ގެނެސް ބުއްފުޅި ޖެއްސީމާ އިބޫ ސޯލިހާ އެންޑީޕީ ބޮލައް އެލަނީ
ނަޝީދު ބުނެއްފިއްޔާ ކޮންމެކަމެއްވެސް އެމްޑީޕީ ކުދިންނަށް ރަނގަޅުވާނެ. އެޖެންޑާ 19 ވަރަށް ތަފާތުވާނެކަމަށް ކުރިންވެސް އައްނި ބުނެފަވޭ. އެޖެންޑާ 19އަކީ ޖަޒީރާ ވަންތަ، ލާދީނީ ވަންތަ، ތަރައްގީއެއް ނެތް ޚަޒާނާ ހުސްކުރާ ބައިގަނޑެއް ރައްޔިތުންގެ މައްޗަށް ފާވުން.
"އަދި މަޖިލިހަށް ކުއްލި މައްސަލައިގެ ގޮތުގައި މެމްބަރަކަށް ހުށަހެޅުއްވޭނީ ރާއްޖޭގައި ކުއްލި ގޮތަކަށް ހިނގާ ކަންކަން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ."
ތެދުފުޅެއް. ކުރިއާލައި ރޭވިގެން އެކަމަށް ވަގުތާއި މަސައްކަތް ކުރެވިގެން ކުރެވޭ ކަންތައް އެއީ ކުއްލި ކަންތައްތައް ކަމުގައި ނުވާނެ. އެހެންވީމަ އެމީހުން ތިކަން ބަލަން ބޭނުން ނުވާނެ
ވަށްސާފު މެޖޯރިޓީ ތިއޮތީ ލާދީނީވެފަކަން ދެންވެސް ވޯޓުދޭންޖެހޭތޯ...
ރާއްޖޭގައި ކުއްލި ގޮތަކަށް ހިނގާ ކަންކަން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ" މީގެން މި އެނގެނީ މީކީ ކުއްލިއަކަށް ހިނގިކަމެއްނޫންކަން، ރޭވިގެން ދުރާލާ ކުރާކަމެއްކަން
ކޮބާނައްޓު ކާމިޔަބުކަން ބަލާ..
ދިވެހިންނޭ މިއޮތީ ބުޅާ ގޯނިން ބޭރުވެފައިި..
މަޖުލިސްރައީސްތީ އެމީހުންރާއްޖެގެނެސް ދީނާހިލާފުވާހަކަތައް ފެތުރުމައްމަސައްކަތް ފެއްޓިމީހަކީ.
މޮސްޓާތިމައްސަލަ ހުށައެޅިއިރުވެސްއެގެންވާނެ ރ ނަޝީދު ރިޔާސަތުގައިއިދެގެން ތިޔަހުށައެޅުން ބަލައެއްނުގައްނާނެކަން
އެކަން އެނގޭ އެކަމަކު މިސަރުކާރަކީ ލާދީނީ ސަރުކާރެއްކަން ރައްޔިތުންނަށް އަންގައި ދިނުމަށްޓަކައި ހުށަހެޅީ. މިހާރުދެން އެންމެނަށްވެސް އެކަން ރަނގަޅަށްއެނގި ގަބޫލުކުރެވޭނެ. ގަރާރު ވަރަށް ކާމިޔާބު.
އަނހަ! ނުކުރާނެއެއްނު؛ އެ ވޯކްޝޮޕް ތަކަކީ އެޖެންޑާ ކުރާމީހާ ބޭނުންވެގެން އެނާގެ އެންގުމަށް ބާއްވާ ވޯކްޝޮޕްތަކެއް! އެހެންވީމާ އެ ވޯކްޝޮޕް ތަކާއިދެކޮޅަށް ހުށަހެޅޭ މައްސަލަތަކާއި ޤަރާރުތައް އެޖެންޑާއެއް ނުކުރެވޭނެ ދޯ!
ޔާﷲ މި ކެނެރީގޭ ނަޝީދު ކިބައިން މިޤައުމު ސަލާމަތްކޮށްދެއްވާންދޭވެ!
އާމީން
އިސްމާލާމިކް މިނިސްޓްރީން ބަލަންބަން ތިބޭކަން ނުޖެހޭ ނޫންތޯ ވަގުތުން ވަގުތަށް ހުއްތުވެން ޖެހޭނެ މިޤައުމުގައި ތިބި ވަކިބަޔަކު އިސްލާމްދީނުގެ ހަރުކަށި ފިކުރު ގެންގުޅޭ ނަމަވެސް ހުއްދަވެސް ބާޠިލްކުރެވޭ ވީމާ މިފަދަ ދީނާ ޚިލާފު ޢަމަލު މިޤައުމުގައި ހިންގާނަމަ އެފަދަ ފަރާތްތަކަށް ފިޔަވަޅުއަޅާ ހުއްޓުވުމުގެ ބާރު މިނިސްޓްރީ އަށް ލިބިގެންނުވޭތޯ ؟
މެޖޮރިޓީ މެންބަރުން ކުރަންބޭނުންވާކަން އެބައިގޭންނޫން...
ނުކުރާނެ... ސަބަބަކީ އެކަމުގެ އިސްކޮށް ހުންނާނީ ކެނެރީގޭ ލާދީނީ.....ޖާހިލު..އެމްޑީޕީ މީހުން ދުވޭ އަދިވެސް ލާދީނީ ފަހަތުން.. މަޖިލީހަށް ބަލައި ނުގަމތުމުންވެސް އެނގޭ އޭނަ އަޑީގާ ހުރެގެން ކުރާ ކަމެއްކަން...އެމްޑީޕީއަށް އަހަރެންގެ ވޯޓް ހަރާމް..
އަންނިއަކީ މިޤައުމަށް ދިމާވެފައިވާ ބޮޑުވެގެންވާ މުސީބާތެއް
އޭ ހައްދަވައި ބޮޑުކުރެއްވި މާތް ރަސްކަލާކޯ އިބުރާހީމް މުޙައްމަދު ޞާލިޙް އާއި، ކެނެރީގޭ މުޙައްމަދު ނަޝީދު އާއި، އެމް.ޑީ ޙަމީދު އާއި އީ.ސީ ޝަރީފުގެ ނުބައި ނުލަފާކަމުންނާއި އެބައިމީހުންގެ ބަލާތަކުން މިޤައުމު ސަލާމަތްކޮށް މާތްވެގެންވާ އިސްލާމް ދީނުގެ ހިމާޔަތުގައި އަބަދުގެ އަބަދަށް މިޤައުމު ދަމަހައްޓަވައި ފާންދޭވެ. އާމީން
ބޮޑުވަޒީރުގެ އެޖެންޑާ ކިހިނެއް ކުރިޔަށް ގެންދާނީ!
ހަމަ ފައްކާ ހަރުބީ އޭގެ މީހެއް
އެމްޑީޕީ ގަ މިތިބެނީ ލާދީނީ ބައިގަނޑެއް.... ކުރިން އެމްޑީޕީ އަށް ވޯޓް ދިނަސް މިފަހަރު ނޫނެކޭ ބުނަން.... ލާދީނީ ކަމުން ކުރިން ވެސް ވެރިކަމުން ވެއްޓުނީ.... ހަދާނެއް ނެތް ދޯ ލާދީނީ ބައިގަނޑު އަށް...
އެންމެ ބޮޑު ގާނޫނު އޮތީ ކީރިތިޤުރުއާންގައި ލިޔަވިފަ.. އެ ގާނޫނާ ށް ބަދަލު ގެންނަބައަކު އަމުދުން މިކަހަލަ ކަމެށް ބަލައިގަންނާނެތަ؟؟
މިފަދަ ކޮންމެ ކަމަކުން އެމްޑީޕީގެ ކްރެޑިޓް ދަށްވޭ.
ތީ އެއްވެސް މަސް އަލައެއް ނެއް ކަމެއް ނުންތޯ ތިޔަބޭފުޅުންނައް އެ އެޖެންޓް 19 އެނގިވަޑައިނުގަންނަވަނީ މީ އަސްލު އެބުނާ އެޖެންޓް 19 ޔަކީ ރައްޔަތުން ހޭއަރަންވީ ނަމާދު ތަކުގަ މިހާރު ކިޔާ ގުނޫތަގަވެސް މާތް ﷲގެ ޙަޒުރަތައް ދުއާދަންނަވަންވީ މިއެޖެންޓް 19 ގެ ކިބައިން ސަލާމތް ކޮއްދެއްވާ މިގައުމު ސަލާމތުގެ އައްސޭރިޔަކައް ދެވޭތޯ ޔާ ﷲ މިއެޖެންޓް 19ގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާ ފާންދޭވެ އާމީން
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ މޮސްޓާ ހުށަހެޅުއްވި ކުއްލި މައްސަލައަކީ މަޖިލިހުގެ ގަވައިދަށް ފެތޭ ކުއްލި މައްސަލައެއް ނޫން ކަމަށެވެ. އަދި މަޖިލިހަށް ކުއްލި މައްސަލައިގެ ގޮތުގައި މެމްބަރަކަށް ހުށަހެޅުއްވޭނީ ރާއްޖޭގައި ކުއްލި ގޮތަކަށް ހިނގާ ކަންކަން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ ކޮބާމިއޮތީ މަބުނާވާހަކަ އެންމެފަހުން ލާދީނީ ޕާޓީން އަމިއްލައައް އެއްބަސްވީ މީ ކުރިޔާލައި އެނގިގެން ހިނގާފައޮތްކަމެއްކަން ކުއްލިއަކައްހިނގި ކަމެއްނޫންކަން
މި ސަރުކާރުގައި ދީނީ ވާހަކަ ބަލައެއް ނުގަންނާނެ ހޮދު ނަޝީދު އަކީ ކާކު ކަން ދިވެހިންނަށް ރަގަޅަށް އެގޭ ކެރަފާ އާއިލާ އަށް ތާއީދު ކޮށް ވެރިކަން ދަމަހަށްޓަން އުޅެނީ ވެސް ﷲ އަށް ބިރުވެތި ނުވެ ބިރަކާ ނުލާ މަޖާ ކުރަން ބޭނުންވާ މީހުން
ބަލަގަ ކިތައްމެ ވޯކްޝޮޕެއް ބޭއްވިޔަސް ހަގީގީ އީމާން ކަން ސާބިތު މީހުންނަކާ ނުކުޅެވޭނެ ކަހައިރުވަކެކޭ ވެސް ހިތައް ނާރާނެ ދެންވެސް އަޅުގަނޑު ދޭނެ ނަސޭހަތަކީ ތިމާ ތިމާގެ އަހުލުން އަލިފާނާ ދުރުކުރަން ބޭނުންނަމަ އިސްލާމް ދީން [ދަރިލިޖަން އޮފް ޓުރުތް ] ތުުއްތު ކުދިން ނަށް ދަސްކޮށްދީ އަގީދާ ވަރުގަދަކުރާށެވެ
ސުބުހާނަ ﷲ ހެޔޮވާނީ ކިހިނެތް ތޯ ؟ މިއީ ސައްތަ އިން ސައްތަ އިސްލާމީ ދައުލަތެއް،ގާނޫނު ހަދާ މަތިގޭގެ ފަޑުއްކަ ތަކު ރަށް ވެދުން ސަލާން ، ކަލޯ އަޑުއައްސަވާ ! މި ބައް ރު އިސްލާމީ ދައުލަތެއްގެ ގޮތުގައި އޮންނަތާ އެތަކެއް ގަ ރުނެއް ވެއްޖެ ، ކޮންމެ ފަހަރަކު މިދީން ފޮހެލަން އުޅޭ ތިޔަކަހަލުގެ ކަޗޯ ރުން ގިއްގެޅެނީ ، މި ހިންދު ކަނޑު ތެ ރެއިން ﷲ ގެ ނިދާ ﷲ އަކުބަ ރު މި ހެން އެތަށް ގަ ރުނެއް ވަން ދެން މިގޮވަނީ ، ހިކުމަތެއް އޭގައި ވާތީ ، ކަލޭ ކަހަލަ ހޯއްޔަކަށް މި ބިމުން މި ދީނެއް ފޮހެ ނުލެވޭނެ ﷲ ގެ ކުޅަދުން ވަންތަކަން މާ ބޮޑު، ﷲ އަކްބަ ރު ، ﷲ އަކްބަ ރު .
ސުބުހާނަ ﷲ ހެޔޮވާނީ ކިހިނެތް ތޯ ؟ މިއީ ސައްތަ އިން ސައްތަ އިސްލާމީ ދައުލަތެއް،ގާނޫނު ހަދާ މަތިގޭގެ ފަޑުއްކަ ތަކު ރަށް ވެދުން ސަލާން ، ކަލޯ އަޑުއައްސަވާ ! މި ބައް ރު އިސްލާމީ ދައުލަތެއްގެ ގޮތުގައި އޮންނަތާ އެތަކެއް ގަ ރުނެއް ވެއްޖެ ، ކޮންމެ ފަހަރަކު މިދީން ފޮހެލަން އުޅޭ ތިޔަކަހަލުގެ ކަޗޯ ރުން ގިއްގެޅެނީ ، މި ހިންދު ކަނޑު ތެ ރެއިން ﷲ ގެ ނިދާ ﷲ އަކުބަ ރު މި ހެން އެތަށް ގަ ރުނެއް ވަން ދެން މިގޮވަނީ ، ހިކުމަތެއް އޭގައި ވާތީ ، ކަލޭ ކަހަލަ ހޯއްޔަކަށް މި ބިމުން މި ދީނެއް ފޮހެ ނުލެވޭނެ ﷲ ގެ ކުޅަދުން ވަންތަކަން މާ ބޮޑު، ﷲ އަކްބަ ރު ، ﷲ އަކްބަ ރު .
އެއްްވެސް އެމްޑީޕީ އެއް ނޯންނާނެ އިނގޭތޭ ބޮޑު އެއް އެމްޑީޕީ ނިޒާމް އޮންނާނީ އިނގޭތޭ ލާމަރުކަޒީ ނިޒާމް އަކީ އެއީ މަމެން ޕިންކީން އުފެއްދި އެއްޗެކޭ އެެއީ މަމެން ޕިންކީންގެ މިލްކެކޭ މީގައި އޮވެގެން ނުވާނެ އިތުުރު އެއްވެސް ޗޮއިސް އެއްް ވެސް އަދި އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް....
ބިކިނީ ލައިގެން އާންމު ތަނެއްގައި އުޅުމުން އެމީހާ ހއްޔރު ކު ރީމާ އެކަން ކުއްވެ ރިކު ރެވޭ . މީ އަދި އެވެސް ދިވެހި ރައްޔިތުން ގެ ފަ ރާތުން. ލަދު ކުޑަ ކެނެ ރީ ބައިގަނޑު