މިހާރު ދުނިޔޭގެ ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ދިވެހި ރާއްޖޭގައިވެސް ފެތުރިދާނެ ކަމަށް ބަލައި، ލޯކަލް ކައުންސިލު އިންތިހާބު ފަސްކުރުމާ މެދު އިލެކްޝަންސް ކޮމިޝަނުން ވިސްނާލުން ރަނގަޅު ކަމަށް އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބު އޮތީ އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ. ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ހުރިހާ ސިޔާސީ ޕާޓީތަކުން ދަނީ އެއްވުންތަކާއި ޖަލްސާތައް ބާއްވަމުންނެވެ. އަދި ރަށްރަށުގައި ޑޯ ޓު ޑޯ ހަރަކާތްތައް ދަނީ ކުރިއަށެވެ.
މިކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާލުކުރައްވާ އައްފާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 ފެތުރިދާނެ ކަމަށް ބަލައި، ސިޔާސީ ކެމްޕެއިންތަކާއި އެއްވުންތައް މި ވަގުތަށް މަޑުޖައްސާލުން ބުއްދިވެރިކަަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ކައުންސިލު އިންތިހާބު ފަސްކުރުމާއި، މެދު އިލެކްޝަންސް ކޮމިޝަނުން ވިސްނާލުން ރަނގަޅު ކަމަށް އޭނާގެ ޓްވީޓުގައި ވެއެވެ.
As a concerned citizen, I believe the current political campaigns and gatherings should be slowed down as a positive step to prevent potential spread of #covid19. Perhaps @ElectionsMv could consider delaying the upcoming elections too. Better safe than sorry! Please.
— Afaal🇲🇻 (@ahmedafaal) March 4, 2020
އޭނާ މިގޮތަށް ޓްވީޓް ކުރެއްވިއިރު، އިލެކްޝަން ކޮމިޝަނުން ވިދާޅުވެފައި ވަނީ، އެ އިންތިހާބު ފަސް ކުރުމަށް އެއްވެސް ޕާޓީއަކުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެ ކޮމިޝަނުންވެސް އިންތިހާބު ފަސް ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް ރާއްޖެއަށް ދަތުރު ކުރި ޗިލީ މީހެއްގެ ގައިން ކޮވިޑް-19 ފެނިގެން މިއަދު އެ ގައުމުން ވަނީ ރިޕޯޓްކޮށްފައެވެ. އަދި އެ މީހާ ރާއްޖެ އަށް ވެސް އެތެރެވެފައިވާ ކަމަށް ބުނާތީ އެމީހާއާ ގުޅޭ ކަންކަން ބަލަމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ ބުނެފައެވެ.
ރާއްޖެއިން މި ވައިރަސް ފެނިފައި ނުވި ނަމަވެސް، ރާއްޖެއާ އަވައްޓެެރި ގައުމުތަކުން މި ވައިރަސް ވަނީ ފެނިފައެވެ. އެގޮތުން އިންޑިއާއިން 28 މީހަކު ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ،.
މޮޅުގޮތެ...މޑޕ އެދުނުކަމަކަށް ނުވާނެތާ މާދު ރުން ތާ އެދުނީ ފަސްކު ރަން އިންތިހާބު..މަޖުލިހަށްވެސް މޑޕ ހުށަހަޅަން ބޭނުންވާ ބިލުތައް ގަ ރާ ރުތައް ޖާބި ރު ލައްވައެއްނުން ހުށަހަޅަނީ. ރައްޔިތުންގެ ކަންފަތާހަމަޔަށް އަޑު ފޯ ރުވަނީ ޖާބި ރުލައްވާ މޑޕގެ މެސެޖްތައް. ޢައްފާލު އިހުތު ރާމާއެކު މަނިކުފާނުގެ ވިސްނުން މަނިކުފާނުގެ ދާއި ރާގަ ބާއްވާ. ސިއްހީގޮތުން ބުންޏަސް ތިބުނުމަކީ ސިޔާސީ ބުނުމެއް..
އެމްޑީޕީން ނުކުރާނެ ސަބަބަކީ އެމީހުނަށް އެޑްވާންޓޭޖެއް ލިބުނަސް ލިބޭނި ތި އަވަހަށް ބާއްވައި ނިންމައިގެން ކަމަށްވާތީ.. ލަސްވާކޮންމެ ދުވަހަކީ މި ސަރުކާރުން ހާވާ ހަޑީގެ ސަބަބުން ސަރުކާރު ދެކެ ރުޅިއައިސް ކޮންމެވެސް ބައެއްގެ ތާޢީދު ގެއްލޭނެ ދުވަހެއް
ނުކުރާނެ. ސަބަބަކީ ތި ފަސް ކުރިހާ ވަރަކަށް ޑިސްއެޑްވާންޓޭޖް ބޮޑުވާނެތީ. އެ ހެޔޮ އެހެން މީހުން ކަތި ލެވުނަސް
ކަލޯ ކަލޭގެ ދޫ އޭ ޑީ ކޭ 6 ފާރުތެރޭ ބޭއްވޭތޯ ބަލާ.....
އޭ ކޮވިޑް19 ރާއްޖެ ނައުމަށް މަވެސް ދުއާ ކުރަން އެކަމު ބުނަންތަ ވާހަކައެއް އެ ޖެންޑާ 19 ފެއިލް ވަމުން ދާންފެށީމަ ތި ގުޅުވަނީ ކޮންމެ ކަމެއް ކޮވިޑް 19ޔާދޯ އެ ދެއެއްޗަކީވެސް އެންމާބަނޑު ދެ ވައިރަސް،. އެހާމެ ނުރައްކާ ތެރި
ހަގީގަތުގައި ވެސް އަމިއްލަ އެދުން އިސް ނުކޮށް ސީރިއަސްކޮށް ވިސްނަން ވެއްޖެ. އިންތިޚާބަކީ ރޯގާ ފެތުރުމަށް އެތަށް މަގެއް ފަހި ވެގެން ދާކަމެއް
އިންތިހާބް ފަސްކުރުމުން
ރައްކާތެރިވުމުގެ ގޮތުން ކުރެވޭ ކަމެއް
ދައުލަތުގެ ބޮޑު ހަރަދުތަކަކުން މަޑުޖެހެލުމެއް
އަމިއްލަ ކެނޑިޑޭޓުންގެ ހަރަދުތަކުން ދުރަށް ޖެހެލުމެއް
މުގުނީ ބުނިބުނުމަށް ބޮޑެތި ހޮސްޕިޓަލްތަކުގެ މެނޭޖަރުން ތެޅިގަތީނު.
"ކޮވިޑް-19 ދިވެހި ރާއްޖޭގައިވެސް ފެތުރިދާނެ ކަމަށް ބަލައި" އޭ ތިޔަ ވިދާޅުވަނީ ތިބަލި ރާއްޖޭގައި އުޅެނީތޯ؟