މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގައި ބޭނުން ކުރާނެ ޒަމާނީ ވަސީލަތްތަކެއް ފުލުހުން ހޯދައިފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި މިއަދު ވިދާޅުވީ ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ އޮޕަރޭޝަންތަކަށް ޒަމާނީ އާލާތްތަކެއް އިތުރުކޮށްފައިވާ ކަމަށެވެ. އެއީ ބާރުގެ ބޭނުންކޮށްގެން ތަންތަނަށް ވަންނަން ބޭނުންކުރާ ޒަމާނީ އާލާތްތަކެކެވެ.

ފުލުހުން ބުނީ އާލާތްތަކުގެ ތެރޭގައި ދޮރު ހުޅުވުމަށާއި ދޮރު ވައްޓާލުމަށް ބޭނުންކުރާ ހައިިޑްރޯލިކް ވަސީލަތްތަކާއި ފާރުފަދަ ތަންތަން ތޮރުފަން ބޭނުންކުރާ ފަހުގެ ވަސީލްތައް ހިމެނޭ ކަމަށެވެ. މިއީ ފަހުގެ ތާރީހެއްގައި ފުލުހުންގެ މުއައްސަސާއަށް މިފަދަ ވަރުގަދަ ވަސީލަތްތަކެއް ގެނައި ފުރަތަމަ ފަހަރެވެ.

ޑްރަގް އޮޕަރޭޝަންތަކުގައި ހިންގާ ޒާތުގެ އެއްޗެއް ޕޮލިސް ކޮމިޝަނަރު (ކ) ފުލުހަކަށް ދެއްވަނީ. --- ފޮޓޯ: ޕޮލިސް

ޕޮލިސް ކޮމިޝަނަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަލަށް ލިބުނު ވަސީލަތްތަކާ އެކު، ޑްރަގް އޮޕަރޭޝަންތަކުގައި ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބައެއް ގެތައް މިހާރު ހަދާފައި ހުންނަނީ ދަގަނޑު ގޭޓްތައް ހަރުކޮށްގެންނެވެ. އެއީ ފުލުހުން އެ ތަންތަނަށް ފަސޭހަކަމާ އެކު ނުވަދެވޭ ގޮތް ހެދުމަށެވެ. އެކަމަކު، ދޭތެރެ ދޭތެރެއިން ބާރުގެ ބޭނުންކޮށްގެން އެ ގެތަކަށް ވަދެފައި އެބަހުއްޓެވެ. އެފަދަ ތަންތަނަށް ވަނުމުގައި ގިނަ ވަގުތު މިހާރު ހޭދަކުރަން ޖެހުމަކީ މަސްތުވާތަކެތި ފޮރުވުމަށް ލިބޭ ވަރަށް ބޮޑު އެހީއެއް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

ސެކިއުރިޓީ ވަރުގަދަކޮށްގެން ގިނަ ތަންތަނުގައި މިހާރު ވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި ބޭނުން ކުރުން އޮވެއެވެ. އަދި އެފަދަ މައްސަލަތަކުގައި ފުލުހުން މީގެކުރިން ވަނީ އެތައް ބަޔަކު ހައްޔަރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަހސ

    މިހަރު ފުލުހުން ހަދަ ޒަމަނި ވަސިލަތް ތައް ބެނުން ކުރަތަން ވަރަށް ފަހަގަވެ މި ތަކެއްޗަކި ވެސް ދުނިޔެ ގެ ކުރިއަރަ ފައިވަ ގަައުމުތަކުގައި ފުލުހުން ބެނުން ކުރަ ތަކެތި މަސްތުވައެއްޗެހި ހޯދުމައް

    2
    3
  2. އެޖެންޑާ 19

    ދެން ތި އާލަތް ތަށް ބޭނުންކޮށްގެން ދެމަފިރިން ނިދާފާ ތިބޭ ގަޑީގައި ނޫ އަނެއްކާ ވަންނާނީ އަކީ