ކޮވިޑް-19 އަށް ޝައްކުކުރެވިގެން އެކަހެރިކުރި ފްރާންސްގެ ދެ ފަތުރުވެރިން ތިބި ސަމަރ އައިލޭންޑް ރިސޯޓުގެ ޑޮކްޓަރުގެ ގައިންވެސް ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިއްޖެއެވެ.
އެ ރިސޯޓުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ، ފްރާންސްގެ ދެ ފަތުރުވެރިން ހުންގަދަވެގެން މިދިޔަ ބުރާސްފަތި ދުވަހު ރިސޯޓުގެ ޑޮކްޓަރަށް ދެއްކި ކަމަށެވެ. އަދި ރިސޯޓޫން އެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް އެންގި ކަމަށްވެސް ސަމަރ އައިލޭންޑް ރިސޯޓުން ވިދާޅުވިއެވެ.
މި ދެފަތުރުވެރިން ރާއްޖެއަށް އައީ މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
"އިއްޔެ ރޭ 10:00 ހާއިރު ޑޮކްޓަރު ކެއްސާ ނޭވާ ކުރުވާތީ ޑޮކްޓަރު އުޅޭ ރޫމުގައި ބެހެއްޓުމަށްފަހު އެޗްޕީއޭ އަށް ވަނީ އަންގާފައި،" ރިސޯޓުގެ ބަޔާނުގައި ވެއެވެ.
އަދި އެ ރިސޯޓުގެ އިތުރު ތިން މުވައްޒަފަކުވެސް ކުޑަކޮށް ކެއްސާތީ އެޗްޕީއޭގެ އިރުޝާދުގެ ދަށުން ރޫމުގައި މަޑުކުރަން އަންގާފައިވާ ކަމަށް ވެސް ރިސޯޓުން ބުންޏެވެ.
ސަމާ އައިލޭންޑް ރިސޯޓުން ދެފަތުރުވެރިއެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނުމާއި ގުޅިގެން އެޗްޕީއޭ އިން ވިދާޅުވެފައި ވަނީ، އެމީހުން މޮނީޓާކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް އެމީހުން ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ސަމަރ އައިލޭންޑް ރިސޯޓުން ކޮވިޑް-19 ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭފަދަ އަލާމާތްތަކެއް ދެ ފަތުރުވެރިއެއްގެ ގައިން ފެނިފައިވާތީ، އެ ރިސޯޓަށް އަރައި ފޭބުން މިހާރު ވަނީ ވަގުތީ ގޮތުން ހުއްޓުވާފައެވެ.
ސަމަރ އައިލޭންޑް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި ދެ ފަތުރުވެރިއަކު މިއަދު ފެނިފައިވާއިރު، ޅ.އަތޮޅު ކުރެއްދޫ ރިސޯޓްގައި މީގެ ކުރިން ޗުއްޓީ ހޭދަ ކުރުމަށްފަހު ރާއްޖެއިން ފުރައިގެން ދިޔަ އިޓަލީ މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.
ގެސްތުން ގެނަުން ހުހްތާލުމަށް ގޮވާލަން
އިޓްސް "ގެސްޓުން" ނޮޓް "ގެސްތުން". އޯލްސޯ ، ނޮޓް "ހުއްތާލުން" އިޓްސް "ހުއްޓާލުން"
ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ މި ދިވެހިރާއްޖެ އާއި މުޅި އިންސާނިއްޔަތު މި ނުރައްކާތެރި ވަބާާއިން ސަލާމަތްކޮށްދެއްވާފާދޭވެ. އާމީން
އަޅަމެން މިވަބާއިން ސަލާމަތް ކުރައްވާށި... އާމީން
ކޮވިޑް19 ގެ އަލާމާތްް ތަކަކީ އާންމު ގިނަ ބަލިތަކެއްގެވެސް އަލާމާތްތަކަށް ވާ އިރު، އަލާމާތެއް ފެންނައިރަށް އެވާހަކަ އާންމު ނުކުރުން ކިހިނެއްވާނެތޯ...؟ކޮރޯނާއަށް ޕޮސިޓިވް ވެއްޖެ ނަމަ އާންމު ކުރާނީ...އެހެންނޫނީ ގައުމު ހަމައިން ނެއްޓިދާނެހެން ހީވާތީ
މި ހަބަ ރުތަކަކީ ތެދު ހަބަ ރު ކަމުގައި ވާނަމަ މިހާ ރު ރާއްޖޭގައި ކޮވިޑް 19 އުޅޭނެކަމުގެ ޔަގީންކަން އަހަ ރެންނައް އެބައޮތް .
ކޮންމެ ގޮތަކަށް ކިޔަސް ކޮރޯނާ ވައިރަސް ގެ ކޭސްތައް ގިނަ ގައުމްތަކުން ފަތުރުވެރިން ގެނައުން ހުއްޓާލަން ޖެހޭ...