ފެބްރުއަރީ 25 ވަނަ ދުވަހު ޗައިނާއިން ރާއްޖެ އައުމުން ކަރަންޓީން ކުރި ދެ ދިވެހިން ދޫކޮށްލައިފިއެވެ.

އެ ދެ ދިވެހިން ކަރަންޓީން ކުރި ނަމަވެސް އެއިން އެއްވެސް މީހެއްގެ ގައިން ކޮވިޑް-19 ގެ އަލާމާތެއް ފެނިގެނެއް ނޫނެވެ. އެމީހުން ކަރަންޓީން ކޮށްފައި ވަނީ ޗައިނާ އަށް ދަތުރު ކޮށްފައިވާ ދިވެހިން ކަރަންޓީން ކުރުމުގެ އުސޫލުގެ ދަށުންނެވެ.

އެގޮތުން 14 ދުވަސް ވަންދެން އެމީހުން ކަރަންޓީންގައި ބޭތިއްބުމަށްފަހު ދޫކޮށްލާފައި ވަނީ މިއަދު ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އެ މީހުން ދޫކޮށްލާފައިވާއިރު، ޗައިނާ އަށް ދެހަފްތާ ދުވަސް ތެރޭގައި ދަތުރު ކުރި އެއްވެސް މީހަކަށް ރާއްޖެ ނާދެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ޗައިނާ އަށް ދިވެއްސަކު ދަތުރު ކޮށްފައިވާނަމަ އެމީހަކު ދެހަފްތާ ދުވަހު ކަރަންޓީން ކޮށްފައި ބަހައްޓަން ސަރުކާރުން ވަނީ ނިންމާފައެެވެ.

ރާއްޖެއިން ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ދަނީ ފަރުވާދެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު